ދިވެހީންނަށް އިނގިރޭސި؟

ކިޔާފައިވާ ޢަދަދު: 3619
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނިޒާމު
މާލޭގައި ހިނގަމުންގޮސް މަޑުކޮށްލެވުނު ހިސާބުން ލޮލުގައި އިޝްތިހާރެއް އަޅައިގަތެވެ. ދިރާގުގެ މައި އޮފީހުގެ ކަންމައްޗަށް، ޗާންދަނީ މަގަށްވާ ގޮތަށް ބަހައްޓާފައިއި ހުރި ބޮޑު ބޯޑެކެވެ. އިނގިރޭސި ބަހުން އެބޯޑުގައި ބޮޑު އަކުރުން ލިޔެފައި ވެއެވެ. “ކޮންޒަރވް އިލެކްޓްރިސިޓީ”. ދެން އޭގެ ތިރީގައި ތަންކޮޅެއް ކުދި އަކުރުން ލިޔެފައިވަނީ މިކަންކުރުމަށް ކުރަންޖެހޭ ކަންތައްތަކެވެ. ލިޔެފައިވަނީ ހަމަ އިނގިރޭސި ބަހުންނެވެ. “ޓަރން އޯފް ލައިޓްސް، ޓީވީ، ފޭން އެންޑް އެއަރ ކޯން، އެންޑް ސޭވް އޮން ޔުއަރ އިލެކްޓްރިކް ބިލް”. 

އެންމެ މިނިވަން ދިދައިގެ ވެސް އެއްކޮޅުވަނީ “ހައްޔަރު” ކުރެވިފައެވެ.

ކިޔާފައިވާ ޢަދަދު: 5641
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އުސްތާޛުލްޖީލް މުޙައްމަދު ޖަމީލް ދީދީ މިނިވަންކަމުގެ މއުޟޫޢަކަށް ލިޔުއްވާފައިވާ މަޒްމޫނެއްގައި ވިދާޅުވެފައިވެއެވެ. މިނިވަންކަން ރަމުޒުކޮށްދޭ އެންމެ ވަރުގަދަ އެކެއްޗަކީ މިނިވަން ވައިގެ ތެރޭގައި މިނިވަންކަމާއެކު ވިހުރެމުންދާ މިނިވަން ދިދައެވެ. މިއިން މިނިވަންކަމުގެ ހުރިހާ މާނައެއް ވެސް ދައްކުވައިދެވެ. މި ދިދައިގެ އެއްކޮޅު ވަނީ އެހެން އެއްޗެއްގައި ހައްޔަރުކޮށްފައެވެ. އަނެއް ކޮޅު ވަނީ ވައިގެ ތެރެއަށް ފުރިހަމަ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ.

އޭރުގެ ފަތްފުށްތަކުން……(2)

ކިޔާފައިވާ ޢަދަދު: 3863
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި – އިނގިރޭސި އެގްރީމެންޓް

މުޙައްމަދު އިސްމާޢީލް (ރަޙިމަހުﷲ) ، ހ. މީރުބަހުރުގެ


މި ލިޔުމަކީ، މާލޭގައި 1960ގެ ކުރީކޮޅު ނެރެންފެށި “ފަތިސް” ނޫހުގެ 3 ވަނަ އަހަރީ ނަންބަރު (1 އޮކްޓޯބަރ 1963) ގައި އަލްފާޟިލް އަލްމަރްޙޫމް މުޙައްމަދު އިސްމާޢީލް (މުޙައްމަދު އިސްމާޢީލް ދީދީ) ހ.މީރުބަހުރުގެ، ލިޔުއްވާފައިވާ މަޒުމޫނެކެވެ. މުޙައްމަދު އިސްމާޢީލް ދީދީ  ނުވަތަ ދިވެހި އަދަބީ ދުނިޔޭގައި މަޝްހޫރު “ދޮންތުއްކަލާ” އަކީ، ގިނަ ލިޔުންތަކެއް ހަދިޔާކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ތާރީޚީ ލިޔުންތަކާއި ފޮތްތައް ލިޔުއްވައިފައިވެއެވެ. ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުން “ދިވެހި ނޫސްވެރިކަމުގެ މުއައްސިސުން” ޝަރަފު އެރުވި 5 ބޭފުޅުންތެރޭގައި މުޙައްމަދު އިސްމާޢީލް ދީދީ ހިމެނިވަޑައިގެންފައިވެއެވެ.

17 ސެޕްޓެމްބަރ 1891 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް، މުޙައްމަދު އިސްމާޢީލް ދީދީ އަވަހާރަވީ، 26 މާޗް 1970 ގައި ސިލޯނުގައެވެ.

އިނގިރޭސި ސަރުކާރު ދިވެހި ދައުލަތާއެކު އެގްރިމެންޓެއް ކުރިތާ މިހާރު ގާތްގަނޑަކަށް 75 އަހަރު ވެއްޖެއެވެ. ނަމަވެސް ދާދި މިކަލަކަށް އަންނާންދެން އެއީ އަޅުގަނޑުމެންގެ ތެރޭގައި ދައްކައިއުޅޭ ވާހަކައެއް ނޫނެވެ. މީގައި ލިޔެފައި އޮންނަނީ ކޮން އެއްޗެއްކަން ދަންނަ މީހަކު ދިވެހިރާއްޖޭގައި އުޅޭކަމެއް ނޭނގެއެވެ.

ބޮޑުމާލޫދާއި އޮލިމްޕިކްސް، ފަލްސަފީ ވިސްނުމަކުން!

ކިޔާފައިވާ ޢަދަދު: 9254
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އެންމެ ފަހުން އަޅުގަނޑުމެނަށް ލިބުނު ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި އަޅުގަނޑަށް ފެނުނު ކަމަކުންް މި މަޒްމޫނު ލިޔެލާހިތްވީއެވެ. މިދުވަސްވަރު އާންމުކޮށް ނުފެންނަ ތިޔާގި ކަމެއްގައި ގަނޑުކޮށް ވިޔަފާރި ކުރާ މަރުކަޒީ މައިގުދަނެއްގައި ލޯރިފަހަރަށް މުދާ ބަރާކުރަން އޮންނަ ހުސްޖާގާގައި މިރާއްޖޭގައި މަސައްކަތު އައިސް ތިބި ހަތަރު ބިދޭސީން ކެރެމް ކުޅޭ މަންޒަރު ފެނުމުންނެވެ. ކެރެމްބޯޑް ބަހައްޓާ ހަރު ހަދާފައިވަނީ ލަކުޑި ގުދަންތަކުން އުކައިލާ ހިމަ ފަތިންނެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (7)

ކިޔާފައިވާ ޢަދަދު: 3218
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(23 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ)

އިޞްލާޙެއް (1): ކުރީގެ ބަޔާނެއްގައި އަޅުގަނޑު ލިޔެފައިވާނީ އަތޮޅުކޮމިޓީގެ އިންތިޚާބު 1970 ވަނަ އަހަރު ބޭއްވިއިރު އަތޮޅުވެރިޔާ ގައްދޫ ޙުސައިން މަނިކު “ގައްދޫ މަގުދޮންފުތުގެ މައްސަލާގައި” އަތޮޅުވެރިކަމުން ވަކިކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ މަޢުލޫމާތުގެ ކުށެކެވެ. ރަނގަޅު ގޮތަކީ، ޙުސައިން މަނިކު އަތޮޅުވެރިކަމުގެ މަޤާމުން ވަކިވީ ހަވަރުތިނަދޫ އަތިރީގޭ މޫސާ ފަތުޙީ އިންތިޚާބުވުމާ ގުޅިގެންނެވެ. ހުސައިން މަނިކު ވެސް ކުރިމަތިލެއްވި އެވެ. ވުމާއެކު، ކިޔުންތެރީންގެ މި އިޞްލާޙު ދަންނަވައިލީ އެވެ. 
އިޞްލާޙެއް (2): ހަވަނަ ބަޔާނެއްގައި ނިމުނީ ލިޔެވިފައި އެވަނީވެސް އޮޅުމަކުންނެވެ. އަޅުގަނޑު ގަސްތުކޮށްފައި ވަނީ، ސިލްސިލާކޮށް ލިޔާށެވެ. އެކަމުގައި އަޅުގަނޑުގެ ބޭނުމަކީ، މާޒީ އިން ޢިބްރަތެއް ލިބިގަނެ އިޞްލާޙުވުމެވެ.

އެ ދުވަސްވަރު ހިނގާފައިވާ ނުރަނގަނޅު އެތައްކަމެއްގެތެރެއިން ބައެއްކަންކަން “ހަވަނަބައިގައި” އަޅުގަނޑު ލިޔެފައި ވާނެ އެވެ. އެހެންނަމަވެސް އަދި އޭގެ އިތުރަށްވެސް ބައެއް ވާހަކަތައް ލިޔެލަން އެބަ ޖެހެ އެވެ.

ދިވެހި އަދަބިއްޔާތު

ކިޔާފައިވާ ޢަދަދު: 9824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަބީބާ ޙުސައިން ޙަބީބު
ދިވެހިބަހަކީ ޢިލްމީ ނަޒަރަކުން ބަލާއިރު އޭގެ ޒާތުގައި އަމިއްލަ ގަވާއިދެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން ބަހެކެވެ. އަދި މިއީ މުއްސަނދި، ޒަމާނީ އަދަބިއްޔާތެއް އެކުލެވިފައިވާ ބަހެއްވެސްމެއެވެ. މިބަހުގެ އަޞްލަކީ، ސާންސްކިރިތް ބަހޭ ދަންނަވާއިރު، އިންޑޯއާރިއަން ގްރޫޕްގެ ވަރަށްގިނަ ބަސްތައް ދިވެހިބަހަށް ނުފޫޒު ފޯރުވާފައިވާކަން ހަނދާން ނައްތާލާކަށް ނުވާނެ ކަމުގައިވެސް ދަންނަވަމެވެ.

ރުކުގެ ނަން ބުނި ކުއްޖަކަށް އެރުކެއްގެ ކުރުނބާ

ކިޔާފައިވާ ޢަދަދު: 5377
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 ރައްޓެހިންގެ  ޖަމާޢަތެއް   ކަޑައެއް   ފުރައިލި    ހަވީރެކޭ
        އެއްކަނެއްގައި   ފުންޏަކަށް   ކުރުނބާތަކެއް    ހުރި   ދުވަހެކޭ
 އެކި ކުލައިގައި އެކި ގޮތަށް އަދި  އެކިވަރަށް  ފެންނަން  ހުރީ
        އެކި   ތަފާތު   ރުކުން   ގެނައި  ކުރުނބާގެ  ބޮޑެތި  އިހާތަކޭ

ޙަޔާތުގެ ހިޔަނި (4)

ކިޔާފައިވާ ޢަދަދު: 4273
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

ޑޮކްޓަރ މުޙައްމަދު ރަޝީދު
(22 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ) 
ތެދުރޮނގެއްގެމަތީގައި ކުރު ފިޔަވަޅުތަކެއް އަޅަމުން އައިމަނާއެކު އެ ފޮޓޯއާ ކައިރިވިއެވެ. ތަނުގެ ހަލަބޮލިކަމުން ފައިވާނުގެ ފުންނާބުގެ އަޑު މީހެއްގެ ކަންފަތާހަމައަށް ނުފޯރިޔަސް، އެ ދެފުންނާބުން އިސްކަންދަރު ހޯލުގައި އެ ކުޅެނީ ރީތި މިޔުޒިކެއްކަން އައިމަނަށް ރަނގަޅަށް އެނގުނެވެ. ފުންނާބުއުސް ފައިވާނުގެ ހުރަސްވަދުތަކުގެ ދޭތެރެއިން ހުހަށްހުރި ބައިން، ފައިތލައިގެ ކުލަ ފާޅުކޮށްދެއެވެ. އައިމަން ދެންބުނާނޭ އެއްޗެއްގެ އިންތިޒާރުގައި ސަމާލުވެގެން ހުއްޓެވެ. ކޮނޑުމައްޗާ ހަމައަށް އަންނަ ވަރަށް ކުރުކޮށް ކޮށައިފައިވާ ފަން އިސްތަށިތައް މަޑުމަޑުން އަތުން ދުރުކުރަމުންނެވެ.

ނިދި ގަދަވިޔަސް މި ވަރު ތަންކޮޅެއް ބޮޑު ދޯ؟؟!!

ކިޔާފައިވާ ޢަދަދު: 3263
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައިޝަތު ނަޝްފާ، ވެހި، ހއ. އިހަވަންދޫ
އިބުރާހިމްފުޅަކީ އާންމުކޮށް ނިދި ގިނަ މީހެކެވެ. ލިޔަން ގަލަން ޖައްސައިލާ ގޮތަށް ވެސް ނިދިފައި އިނދެ އެވެ. އަދި ބައެއް ފަހަރު ނަމާދުގައި ސަޖިދައަށް ގޮސްފައި ވެސް ނިދައިފައި އޮވެ އެވެ. މިހެން އުޅުމުގެ ތެރޭގައި އެއް ދުވަހަކު ބާޒާރަށް ގޮސް މަސްގަނެގެން ގެއަށް އައި މަގުމަތީގައި އިބުރާހިމްފުޅު އައީ ނިދަމުންނެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުގައި ވުމުން ވެރިވެފައިވާ އަނދިރިކަމާއެކު ތަނެއް ދޮރެއް ވަތްކެއްނުވެ އެވެ.

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (6)

ކިޔާފައިވާ ޢަދަދު: 5727
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(23 ސެޕްޓެމްބަރ 2012 (އާދީއްތަ) ގުޅޭ)
އަތޮޅު ކޮމިޓީތަކުގެ އިންތިޚާބުތަކާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ދެ ޖަމާޢަތެއް އުފެދުނުވެ. އެދުވަސްވަރަކީ، އަނިޔާވެރިކަން އަތުފަތު ނުޖެހި ހިނގަމުންދިޔަ ދުވަސްވަރެކެވެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކަށް ހުށަހެޅެމުން ދިޔަ (ޝަކުވާގެ) ސިޓީތަކުގެ ޢަދަދު ވެސް ހަމަ އެހާމެ ގިނަ އެވެ. މާދަމާ އިރުއަރާއިރު ގޯތިގެދޮރުގައިހުރި ގަސްގަހުގެ ސަލާމަތާމެދު ކުޑަވެސް ޔަޤީންކަމެއް ނޯވެ އެވެ. ރަށްރަށުގެ ފަޅުގައި ހުންނަ އޮޑިދޯނިފަހަރާއި، ބޮއްކުރާފަހަރު ފައްތައިނުލައި ނުވަތަ އޮޔާ ނުގޮސް ހުންނާނެ ކަމުގެ ޔަޤީންކަމެއް ވެސް ނޯވެ އެވެ.