ލިޔަނީ ކީއްވެގެން؟

ކިޔާފައިވާ ޢަދަދު: 3531
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ފަށްފަށްކޮށް ގިނަގިނައިން ކުރާސުވާލެކެވެ. ޙައިރާންކުރުވަނިވި ސުވާލެކެވެ. އިރުއިރުކޮޅުން ބޭރުވާ ސުވާލެކެވެ. ޖަވާބެއް ލިބޭތޯ ކުރާ ސުވާލެކެވެ. ހަމަހިމޭންކަން ކަޑުވައިލުމަށްޓަކައި ކުރާ ސުވާލެކެވެ. އަނދިރިކަން ފޫއަޅުވާލައި އަލިކަމެއް ފެނޭތޯ ކުރާ ސުވާލެކެވެ. ޤަބޫލުކުރެވޭ ފަދަ ޖަވާބެއް ނުލިބިގެން ދަމަދަމާފައި ކުރާ ސުވާލެކެވެ.އަސްތަވުން ހުއްޓުވާލެވޭތޯ ކުރާސުވާލެކެވެ.

ހުވަދޫގެ ޚިދުމަތުގެ މަސްރަޙުން (1)

ކިޔާފައިވާ ޢަދަދު: 6261
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގައްދޫ ޙުސައިން މަނިކު

ޢަބުދުﷲ ޙިލްމީ
 
މާތްވެގެންވާ އިސްލާމްދީނާއި ޤައުމަށްޓަކައި، ތިމާއާއި ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައި، ކޮންމެ މީހަކީ ވެސް މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ މީހެކެވެ. ޒިންމާއެއް އުފުލަންޖެހޭ މީހެކެވެ. އެ މަސްއޫލިއްޔަތާއި ޒިންމާގެ ޙައިސިއްޔަތަކީ ފަރުދީ ޙައިސިއްޔަތު ނުވަތަ ޤައުމީ ޙައިސިއްޔަތު ކަމަށް ވިޔަސް ކަން އޮންނާނީ މިހެންނެވެ.

އުޞޫލުލްފިޤުހިގެ ތާރީޚު (2)

ކިޔާފައިވާ ޢަދަދު: 9136
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(24 ސެޕްޓެމްބަރ 2012 (ހޯމަ) ގުޅޭ)
މުޢާވިޔަތުގެފާނުގެ ވެރިކަމުގައި އެކަލޭގެ ފާނުގެ ވަލީއަޙުދަކަށް އެކަލޭގެފާނުގެ ދަރިކަލުން ޢައްޔަންކުރެއްވިކުރެއްވުމަކީ އިސްލާމީ އުއްމަތުގެ މުޅި ތަޞައްވުރާއި މަންޒަރު ބަދަލުވާންފެށި ސަބަބު ކަމަށް ބެލެވެ އެވެ.
ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، އާ ޝަހަރުތަކާއި ރަށްތައް މުސްލިމުން ފަތަޙަކުރެއްވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އިސްލާމް ދީން ޤަބޫލުކުރިއެވެ.

ސޯދުބެގެ [ގުދުރަތަށް ތަޢުރީފު] ޅެމާއި ފާއިޒާ ގެ [އަލަށް ފޮޅުނު ނަލަ މާ] މި ދެ ޅެމުން ކުރެ މޮޅީ ކޮންޅެމެއް؟

ކިޔާފައިވާ ޢަދަދު: 6472
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުމާއި ތަޢާރަފު

ޅެންވެރިކަމަކީ ވަރަށް މަތިވެރި ދަރަޖައެއް ދެވިފައިވާ ފަންނެކެވެ. މައުމޫނު ޢަބުދުލްޤައްޔޫމް (1982) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ ކޮންމެ ބަހެއްގެވެސް އަދަބީ އުފެއްދުންތަކުގެ ތެރެއިން ވަރަށް ޚާއްޞަ ފަންނެއް ކަމަށެވެ. ބަހުގެ ރީތިކަމާއި ބަލާޣާތްތެރިކަން އެންމެ ފުރިހަމައަށް ހާމަކޮށްދޭ ފަންނުކަމަށެވެ. މިކަމަށް ބާރުދެއްވަމުން އިބްރާހިމް ޝިހާބު (1994) ވިދާޅުވެފައިވަނީ ޅެންވެރިކަމަކީ އިންސާނުންގެ ވިސްނުމާއި ފިކުރުގެ ތަހުޒީބާ ގުޅިފައިވާ މަތިވެރި ފަންނުކަމަށެވެ.

އަބޫބަކުރުއްޞިއްދީޤު – ޚަލީފާކަން ބިނާކުރެއްވި ގޮތް

ކިޔާފައިވާ ޢަދަދު: 6938
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަބޫބަކުރުގެފާނު ޚަލީފާކަމާ ޙަވާލުވެވަޑައިގަތް ދުވަސްވަރަކީ މުނާފިޤުން އެ މީހުންގެ ފިތުނަވެރި މަސައްކަތް ކާމިޔާބުކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުން ގެންދިޔަ ދުވަސްވަރެކެވެ. އިސްލާމީ ދައުލަތް ރޫޅައިލައި ފޮތިފޮތިކޮށްލުމުގެ މަސައްކަތް ފަށައިފައިވާ ދަނޑިވަޅެކެވެ. ނަބީކަމަށް ދަޢުވާކުރާ އެތައް ބަޔު ނުކުމެއްޖެ އެވެ. އެ މީހުންނަށް ތަބަޢަވާ އެތައް ބަޔަކު އުފަންވެއްޖެ އެވެ. އަނެއް ކޮޅުން  ބައެއް ޤަބީލާތަކުގެ މީހުން އިސްލާމްދީން ދޫކޮށްލައި މުރުތައްދުވެއްޖެ އެވެ. މުސްލިމުގެ ތެރެއިން އެތައް ބަޔަކު ޒަކާތްދިނުމަށް އިންކާރުކޮށް، ދީނާ ދެކޮޅަށް ބަޣާވާތުގެ ދިދަތައް އުފުލައި ހޫރަން ފަށައިފި އެވެ.

އަދަބީ ފާޑުކިޔުން

ކިޔާފައިވާ ޢަދަދު: 6308
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހިމް

ފެށުން

ވަރަށް ތަފާތު ލިޔުންތައް އަޅުގަނޑުމެންނަށް ފެނެއެވެ. އޭގެ ތެރޭން ބައެއް އެލިޔުންތައް ދެވަނަ ފަހަރު ކިޔައިލާހިތް ވެއެވެ. އޭގެ އަސަރު ހިތުގެ އެންމެ ފުންމިނަށް ކުރެއެވެ. އޭގެ ޖަޒުބާތުގައި ޖެހެވޭގޮތް ވެއެވެ. މިހެން މެދުވެރިވަނީ އެލިޔުމެއްގައި ހުންނަ އަދަބެއްގެ ސަބަބުންކަމަށް ވިލިއަމްކޭ ވިމްސެޓް (1970) ހާމަކުރައްވައެވެ.

ބައި މިލިޔަން ޒިޔާރަތް

ކިޔާފައިވާ ޢަދަދު: 3127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓް (www.liyuntherin.org) ރަސްމީ ކޮށް އިފްތިތާޙުކުރީ 21 ފެބްރުއަރީ 2012 ގައެވެ. މާދަރީ ބަހުގެ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއީ މީގެ ގާތްގަނޑަކަށް 7 މަސްދުވަސްކުރި އެވެ. 7 މަސް ފުރުނީ 23 ސެޕްޓެމްބަރ 2012 ގައެވެ.

ލާމަސީލު ލިޔުންތެރިއެއްގެ ހިތްވަރު

ކިޔާފައިވާ ޢަދަދު: 9195
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅައިލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާދެވެމުން އެދާ އެކަކީ  އުމުރުން 43 އަހަރުގެ ޖާން ޑޮމިނިކް ބޯބީ (Jean-Dominique Bauby) އެވެ. ދެތިން ދުވަސް ކުރިން، އެއް ތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން  މަޖައްލާ އެލް (Elle) ގެ އެޑިޓަރެވެ! 

ވޯރާ ވިޔަފާރިވެރިން އެހާ ނުފޫޒު ގަދަވީކީއްވެ؟

ކިޔާފައިވާ ޢަދަދު: 5536
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަންވަރު އިބްރާހީމް
ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް، މާލޭގައި ވިޔަފާރިކުރަންތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރުއެވެ. އެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ މުށުތެރެއަށް ލިއެވެ. މުދާ ވިއްކުމާއި ގަތުމުގެ ކޮންޓްރޯލް އެމީހުން އަތުލިއެވެ. އަހަރުތަކެއް ނުވަނީސް، ދައުލަތުގެ އިގްތިޞާދީ ސިޔާސަތަށް ފާޅުގައި ދެކޮޅުހަދަން ފެށިއެވެ.

މި “ދީބު” ބިނާކުރެވޭނީ، ދީވީންގެ މަސައްކަތުން! (2)

ކިޔާފައިވާ ޢަދަދު: 7089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
(8 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
ޕޯޗްގީޒުންނާއި، ހޮޅީން ރާއްޖޭގައި ވެރިކަންކުރި ދުވަސްވަރުތައް ފިޔަވައި، ދިވެހީންގެ ބާރުވެރިކަން މުޅިންގެއްލޭގޮތައް (ބޭރުބަޔަކު) ދިވެހިރާއްޖޭގެ ސިންގާސަނާ ފަޅުފިލުވާފައިވާކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން އެއްޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރުމުގައި އިސްކޮށްތިބެނީ، ބޭރުމީހުންނެވެ. (މިއީ ތާރީޚީ ޙަޤީޤަތެކެވެ.)