ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްތަކުގެ ނިޒާމު (1)

ކިޔާފައިވާ ޢަދަދު: 5460
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
އިދާރީގޮތުން ދިވެހިރާއްޖެ އަތޮޅުތައް މިހާރު ހިނގަމުންމިދަނީ، ލާމަރްކަޒީ އުޞޫލުން، ލޯކަލް ކައުންސިލް އޮތޯރިޓީއެއްގެ ދަށުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކެއް އުފެދިގެން އެތަންތަނުގައި ކައުންސެލަރުން ތިބެގެންނެވެ. މިގޮތަށް މިކަން ބައްޓަންވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ހިޔާވަހިކަމުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނާއި ބެހޭގޮތުން އެއްޗެއް ދަންނެވުމުގެ ކުރިން އަޅުގަނޑު ބަލާލާނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށެވެ.

ލޯތްބާ ދުރަށް (1)

ކިޔާފައިވާ ޢަދަދު: 5102
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
ސުވީތާގެ ކާވެނީގެ ތާރީޚު ކަނޑައަޅަން ގޭ މީހުން ވިސްނަމުންދާތާ ކިތަންމެ ދުވަހެކެވެ.
“ދޮންކަނބުލޮ އެހެރީ ބޮޑުވެ ފުރާވަރަށް އަރައިފައި.” މަރިޔަންފުޅު ރައްޓެހިން ގާތު ބުނެއެވެ.” އެކަމަކު އޭނާ އަދިވެސް އެ އުޅެނީ ކުޑަކުއްޖެއްހެން. އަބަދު ގައިސްއާ އެހާ ގައިގޯޅިކޮށް ނޫޅޭށޭ ވެސް އަހަރެން މިހާރު ބުނެފިން.”

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (7)

ކިޔާފައިވާ ޢަދަދު: 10190
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބޮޑު ގޮވުމުގެ (Big Bang) ނަޒަރިއްޔާތު

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔެ އުފެދުނު ގޮތާމެދު ސައެންސްވެރީން ތަފާތު ނަޒަރިއްޔާތައް ގެންގުޅެފައިވެއެވެ. ކާއިނާތަކީ ފެށުމެއް ނިމުމެއް ނެތް އެއްޗެއްކަމުގައި ދަޢުވާކުރި އެވެ. މިއިން ކޮންމެ ނަޒަރިއްޔާއެއް ބޭކާރުވެ އެންމެ ފަހުން، ކާއިނާތު އުފެދުނީ ބޮޑު ގޮވުމަކުން ކަމަށް 20 ވަނަ ޤަރުނުގައި ނިންމި އެވެ. އެއީ ބިގްބޭންގ ތިއަރީ އެވެ. ބިގް ބޭންގ ތިއަރީ އަކީ މިއަދު މުޅި ދުނިޔެ ޤަބޫލުކޮށްފައިވާ ޙަޤީޤަތެކެވެ.

ސުލްޠާނު މަޙްމޫދުގެ ކުރިފުޅުމަތީގައި މުސްކުޅި އަންހެނެއްގެ ހިތްވަރު!

ކިޔާފައިވާ ޢަދަދު: 4668
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މަޙްމޫދުގެ ޒަމާނުގައި ކަރުމާނުގެ ފަރުބަދަތަކުގެތެރޭގައި މަގުފޭރޭ މީހުންގެ ބޮޑެތި ޖަމާޢަތްތައް އުޅުނެވެ. ރުބާޠާއި އިޞްފަހާނަށް އަރައި މިބައިމީހުން މީސްތަކުންގެ ގެދޮރު ލޫޓުވައި އުޅުނެވެ. އެއް ފަހަރަކު ފޭރޭ މީހުން، ނިކަމެތި އަންހެނެއްގެ،  ގެ ލޫޓުވައިލައި އޭނާގެ މުދާކޮޅާއި ހިފައި ގެންގުޅޭ ތަކެއްޗަށް ދާންދެން ފޭރިގަތެވެ.

ޙާޖީ ބަންޑާރައިންގެ ޚިދުމަތްތެރި ޢާއިލާ އިން ….(2)

ކިޔާފައިވާ ޢަދަދު: 17810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ދެވަނަ ބައި)

ޢަބުދުﷲ ޙިލްމީ
 
(15 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
 
ދިވެހި މުއައްރިޚު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ. “ބުނެވޭގޮތުގައި ކޮނޑޭ ޢަލިމަނިކުފާނަކީ ޝާހީވަންތަކަން ގަދަ ބާރާ ނުފޫޛު ހުރި ޝަޚުޞިއްޔަތެކެވެ. ކަޑިބަޑީގެ ހެވިކަމަށް އަރާހުންނެވި ބޭފުޅެކެވެ. އޭނާގެ ދަރިކޮޅަށް ހުވަދުއަތޮޅުގެ ވަރަށްގިނަ ރަށްރަށް ވަޤުފު ކުރެވިފައި ހުއްޓެވެ.” 
ކޮނޑޭ ޢަލިމަނިކުފާނު، ފާމުލަދޭރި ކިލެގެފާނުގެ ޢާއިޝާ ދީދީ އާއި ކައިވެނިކުރައްވައި ދެ ބޭފުޅުން (ދޮންދީދީ އާއި މުޙައްމަދު ދީދީ ނުވަތަ ތުއްކަލާ ދީދީ) ލިބިވަޑައިގަތް ފަހުން ޢާއިޝާ ދީދީގެ ބައްޕަ ފާމުލަދޭރި ކިލެގެފާނުގެ އެދިވަޑައިގަތުމަކަށް ޢަލިމަނިކުފާނު، ޢާއިޝާ ދީދީ  ވަރިކުރެއްވި އެވެ.

ކުޑަދޮރުން ބޭރު ފެންނަ އެނދު

ކިޔާފައިވާ ޢަދަދު: 10645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ހެރީ ބުޝްމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޖެފަރސަން މެމޯރިއަލް ހޮސްޕިޓަލުގެ ބާރަވަނަ ބުރީގައިހުރި ކޮޓަރިެއްގައި ވަރަށް ބަލި ދެމީހުން ދެ އެނދުގައި ތިއްބެވެ. މި ދެމީހުންނަށް ހަމަޖެހުނު ކޮޓަރިއަކީ އެއްވެސް ކަހަލަ ހިތްފަސޭހަ ކަމެއް ނެތް  ކިލަނބު ދަވާދެއްލާފައިވާ ކޮޓަރިއެކެވެ. ހީވަނީ ގަސްތުގައި މީހުން މާޔޫސް ކުރާ ކަހަލަގޮތަކަށް ފަރުމާކުރެވިފައިވާ ކޮޓަރިއެއް ހެންނެވެ! ގާތް ގަނޑަކަށް 10 ފޫޓު 12 ފޫޓުގެ  ކޮޓަރިއެކެވެ. މި ކޮޓަރި ވަނީ ޖެހިގެންހުރި  ހަމަ މިވަރުގެ އެހެން ކޮޓަރިއަކާ ގުޅިފައެވެ. އެއީ ދެކޮޓަރި ގުޅުވައިދޭ ފާޚާނާއަކުންނެވެ.

ޙާޖީބަންޑާރައިންގެ ޚިދުމަތްތެރި ޢާއިލާ އިން……….(1)

ކިޔާފައިވާ ޢަދަދު: 5738
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ފާމުލަދޭރި ކިލެގެފާނު (ފުރަތަމަ ބައި)

ޢަބުދުﷲ ޙިލްމީ
ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެއްޗެއް ދިވެހީން ނުލިޔާނަމަ ދެން ލިޔާނީ ކޮން ބަޔެއްތޯއެވެ؟ އިބުނު ބަޠޫޠާ އާއި ޕިރާޑު ކަހަލަ ބޭރުގެ ބޭފުޅުންތޯއެވެ؟ މިއީ އެ ދުވަހެއްނޫނެވެ. ނިމިދިޔަ ޖީލުތަކުން ލިޔަންޖެހި ނުލިޔެވި ހަނދާނުގައި ހުރި ގިނަކަންކަމާ އެކު ޖީލަކަށްފަހު ޖީލެއް ދުނިޔެ ދޫކޮށްފި އެވެ. ދިވެހީންގެ ތާރީޚަށްޓަކައި ލިޔަންޖެހޭ އެ ޖީލުތަކުގެ ގިނަ ޚިދުމަތްތައް ނުލިޔެވުނީ ލިޔަންޖެހޭ ބަޔަކަށް ލިޔެވޭނޭ ވަސީލަތް މަދުވުމުންނެވެ.

ހުޅުލޭ އެއަރޕޯޓް: ރައްޔިތުން ގުޅިގެން ކުރި ޤައުމީ، އިޖުތިމާޢީ މަސައްކަތުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 9109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 

ދިވެހީންނާއި މަތިންދާ ބޯޓު:

1939ގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އޭގެ އަސަރު އެތެރިވަރިއަށް ކުރަން ފެށުމުގެ ކުރިން މަތިންދާ ބޯޓުގެ ވާހަކަ ގިނަ ދިވެހިން އަޑެއް ވެސް ނާހައެވެ. ރާއްޖޭން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބިފައިވި މަދު ބަޔަކަށް އެއީ ޖެހިލުންވާ އެއްޗަކަށް ނުވިޔަސް ގިނަ ދިވެހިންނަށް މަތިންދާ ބޯޓުގެ ވާހަކަ ވީ ބިރުން ފިތްކެނޑޭފަދަ ނުރައްކާތެރި ޚަބަރަކަށެވެ.

ޙަޔާތުގެ ހިޔަނި (2)

ކިޔާފައިވާ ޢަދަދު: 6262
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ.

(8 ސެޕްޓެމްބަރ 2012 (ހޮނިހިރު) ގުޅޭ)
އިސްކަންދަރު ސްކޫލު ގޯތިތެރޭގައި ކާރޫބާރޫ ބޮޑުކަމުން މީހަކަށް ނޭލާލަމުން ހިނގޭހާވަރު ނުވެއެވެ. ދެޖިންސްގެ މީހުންނެވެ. ޒުވާނުންގެ އިތުރުން މުސްކުޅިން ވެސް މެއެވެ. މި ބައިބޯ ޖަމާޢަތް އަދިވަކިން ބޮޑަށް ފާހަގަކުރެވެނީ، މިތާނގައި ބޭރުމީހުންގެ އަދަދު ގިނަކަމުންނެވެ. ތަނުގެއެކި ހިސާބު ހިސާބަށް ފެތުރިފައިވަނީ، އެކި ކަހަލަ ވަހެވެ. މީރުވަހެވެ. ކޮންމެ މީހަކުވެސް ބޭނުންކޮށްފައިވާ ސެންޓެއްގެ ވަސް އެމީހެއްގެ ވަށައިގެންވާ ހިސާބަށް ފެތުރިފައިވާ ހިނދު ހީވަނީ އެކިވައްތަރު ވައްތަރުގެ މާމެލާމެލިން ޒީނަތްތެރިވެފައިވާ ގުލްޝަނެއް ހެންނެވެ. 

ކިޔުންތެރިންނަށް އުފާވެރި ޚަބަރެއް

ކިޔާފައިވާ ޢަދަދު: 1847
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޞަހީޙު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ

ޢަބަދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދީނީ ތަފާތު މައުޟޫޢުތަކަށް ދިވެހިބަހުން ލިޔެވިފައި ހުންނަ ފޮތްތައް މަދު ވާހަކައަކީ ދަރިވަރުންގެ އަބަދުގެ ޝަކުވާއެކެވެ. އަދި ޚާއްޞަކޮށް ދިވެހިބަހުން އަދި އެޔަށްވުރެވެސް ޚާއްޞަކޮށް ދީނީ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ދިރާސާތަކަށްޓަކައި ރުޖޫޢަ ވާނޭ ދިވެހި ފޮތްތައް ނުހުންނަ ކަމީ އެންމެ ބޮޑު ގޮންޖެހުންކަމަށް ވެސް ބެލެވެ އެވެ. މިފަދަ ފަރާތްތަކަށް އުފާވެރި ޚަބަރެއް އެބަ އޮތެވެ.