ސަންދޯއް

ކިޔާފައިވާ ޢަދަދު: 9755
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އަޅުގަނޑުގެ މާމަ އަޅުގަނޑު ކުޑަ އިރު ކިޔައިދޭ ވާހަކައެއް މިހާރު ވެސް ހަނދާން އެބަ ހުއްޓެވެ. އެއީ އީމާންވުމާއި، ލޯ މަރައިލައިފައި ކަމެއްގެ މައްޗަށް ތިމާގެ އިތުބާރު ޤާއިމު ކުރުމާއި، މާ އަވަހަށް މާޔޫސްވުމުގެ މައްޗަށް ބިނާ ވެފައި އޮންނަ ވާހަކަ އެވެ.

“ހެޔޮ ވެރިކަން” ނުވަތަ “ގުޑް ގަވަރނަންސް”

ކިޔާފައިވާ ޢަދަދު: 9769
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ގަވަރނަންސް” އާއި “ގުޑްގަވަރނަންސް” އަކީ ތަރައްޤީގެ އަދަބިއްޔާތުގައި ބޭނުންކުރުން ފަހަކަށް އައިސް އިތުރުވެފައިވާ 2 ލަފުޒެވެ. ނުވަތަ 2 މަފްހޫމެވެ. މީގެ އިދިކޮޅު ނިޒާމު އާދެ! “ބޭޑްގަވަރނަންސް” ބެލެނީ އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި އުފެދޭ ނުރަނގަޅު ހުރިހާ ކަމެއްގެ އަޞްލު ސަބަބު ކަމުގައެވެ. ބައިނުލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ބޮޑެތި ޖަމާޢަތްތަކުން އެހީދިނުމުގައި މި ފަހަކަށް އައިސް ބަލާ މައިގަނޑު އެއް މިންގަނޑަކީ އެ ތަނެއްގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް، ނުވަތަ ހެޔޮ ވެރިކަމެއް (ގުޑްގަވަރނަންސް) ތަންފީޒުކުރެވޭ މިންވަރެވެ. 

[ގައުމީ ސަލާމް] ނުވަތަ ގައުމީ ލަވަ ތޯއެވެ؟

ކިޔާފައިވާ ޢަދަދު: 11867
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަޙުމަދު ސަމީރު ޢަލީ
އިންސާނުންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން އެބަޔަކާ އެއްގޮތް ބަޔަކާ އެކީ އުޅޭ ހިތްވެއެވެ. ބޭރުފުށުން އެއްގޮތް މީސްމީހުން އެކުގައި  އުޅޭހިތްވާ ކަމުގެ މިސާލަކީ އެއް ނަސްލެއްގެ މީހުން ގަބީލާ ތަކަށާއި އަވަށް ތަކަށާއި ރަށްރަށަށް ނިސްބަތްވުމެވެ. އެތެރެފުށް އެއްގޮތް ވުމަކީ ވިސްނުން ނުވަތަ ގަބޫލުކުރާ ދީނީ ނުވަތަ އިޖްތިމާއީ ނުވަތަ ވިސްނުން އެއްގޮތަ ބަޔަކު އެކުގައި އުޅޭހިތްވުމެވެ.

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (6)

ކިޔާފައިވާ ޢަދަދު: 10968
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެންމެ ކައިރީގައިވާ (ނުވަތަ އެންމެ ތިރި) ބިން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކީރިތިޤުރުއާނުގެ މުޢުޖިޒާވަންތަކަމަކީ އިންސާނަގެ ބުއްދި ޙައިރާންވާފަދަ މަތިވެރި ގިނަގުނަ ކަމެކެވެ. ވިސްނިވިސްނިހެން، ހޯދިހޯދިގެން ޤުރުއާނުގެ މުޢުޖިޒާތައް އިތުރަށް ހާމަވަމުން އާދެއެވެ.
ކީރިތި ޤުރުއާނުގެ މުޢިޖިޒާގެ ތެރެއިން އެއް ބާވަތަކީ، ތާރީޚުގައި އެކަމެއް ހިނގުމުގެ ކުރިން، އެކަމެއް ހިނގައިފާނެކަމަށް ބަޔަކު ޚިޔާލުވެސް ނުކުރާ އަދި އެގޮތަށް ޤަބޫލުވެސް ނުކުރެވޭ އެތައްކަމެއް އެކަމެއް ހިނގުމުގެ ކުރީން، ކައިރި މުސްތަޤުބަލެއްގައި ހިނގާނެކަމަށް ބަޔާންކުރައްވައިފައިވުމެވެ. އަދި އެކަން އެ ގޮތަށް ހިނގުމެވެ.

ބިއްލޫރި ފުޅި

ކިޔާފައިވާ ޢަދަދު: 11187
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ  (ލަފާ ކުރެވޭގޮތުގައި): މޭރީ ލިން ޕްލެއިސާންސް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޔުނިވަރސިޓީއެއްގައި ފަލްސަފާ މާއްދާ ކިޔަވައިދެއްވާ ޕްރޮފެސަރެއް އޭނާގެ ކުލާހެއްގައި އެއްދުވަހަކު ދަރުސެއް ދެއްވި އެވެ. ދަރުސް ދެއްވި އިރު، އޭނާގެ ދަރިވަރުންގެ ކުރިމަތީގައި ވަރަށް ބޮޑުފުޅިއެއް ނަންގަވައިފިއެވެ. ދެން ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވެ، ގޮލްފް ބޯޅަތަކެއް ކޮތަޅަކުން ނަންގަވައި އެ ފުޅިއަށް އަޅުއްވައި ފުޅި ފުރައިލައްވައިފިއެވެ. ދެން ދަރިވަރުންގެ ގާތު އެއްސެވީ މިހާރު އެ ބޮޑު ފުޅި އެހުރީ ފުރިފައިކަމަށް ގަބޫލުކުރަމުތޯއެވެ. ދަރިވަރުން ދެންނެވީ “އާދޭހޭ، ފުރިފައޭ” އެވެ.

ލޭ ބޯ ފަނި (5)

ކިޔާފައިވާ ޢަދަދު: 9670
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(17 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
މަންގްލާ ޑޭމްގައި މަސައްކަތް ކުރާ ޖެހެލަމް ސަހަރުގެ މީހުން އެތަނަށް ގެނެސް، އަނބުރައި ގެންދިއުމުގެ މަސައްކަތް ކުރަނީ ސަރުކާރުންނެވެ. އެކަމަށްޓަކައި ސަރުކާރުން ހަމަ ޖައްސައިފައި ހުންނަ ސަވާރީތަކެއް ހުރެއެވެ. އެދުވަހު ސަލްމާ، ޖަވާދާ މުޚާޠަބް ކޮށް ބުންޏެވެ. “އަޅުގަނޑުވެސް މިއަދު ޑޭމް ބަލައިލާން ދާނަން- އަޅުގަނޑު އަކްބަރްގެ ކާރު އަތުލައިފިން- އެކަމަކު ދުއްވަވަން ވާނީ ޖަވާދު.”

ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ތެރެއިން… (5)

ކިޔާފައިވާ ޢަދަދު: 10788
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވައްތީންޏާއި، ޒައިތޫންޏާއި “ޠޫރު ސީނާ” އާއި އަމާންވެގެންވާ ރަށް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ވައްތީނި ގަހަކީ އަޅުގަނޑުމެންގެ ތެރޭގައި ޢާއްމު އެއްޗަކަށް ނުވިޔަސް އެ ނަމަކީ އާ ނަމެއް ނޫނެވެ. “ވައްތީނި” މި ނަން ދިވެހި ބަހަށް އައިސްފައިވަނީ ޢަރަބިބަހުގެ “ތީން” މި ލަފުޒުން ކަމަށް ބެލެވެ އެވެ. އެހެނީ ތީންގެ ނަމުން ނަންދެވިފައިވާ ” سورة التّين ” ގެ ފުރަތަމަ އާޔަތުގައި ވަޙީކުރައްވައިފައިވަނީ ” وَالتِّينِ وَالزَّيْتُونِ” މިފަދައިންނެވެ. 

“ބެދޭ މަޅިއެއް ނުފެންނާނެ”

ކިޔާފައިވާ ޢަދަދު: 6096
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އޮފީހުގެ ވެރިއެކެވެ. އެއްދުވަހަކު އޮފީހުގައި މަޝްވަރާކުރަމުންދިއަ ކަމަކާ، ވާހަކަދައްކަވަމުން ވިދާޅުވި، އަދަބީ ބަހެކެވެ. އެ ޙާލަތާ ވަރަށް މުނާސަބު އަދަބީ ބަހެކެވެ. އަޅުގަނޑަށް އެބަސް ވަރަށް “ސަޅި” ވިއެވެ. ސަބަބަކަށްވީ އެއް ކަމަކަށް ވުރެ ގިނަކަންކަމާ، އެބަސް ގުޅުވައިލެވުމެވެ. މިހާރުގެ ޙާލަތާ ވަރަށް ބޮޑަށް ގުޅިފައިވުމެވެ.

“އިހާ އިސްކޫލާއި” “އިހާ މަދަރުސީ ނިޒާމު” އުފެދުނު ގޮތް

ކިޔާފައިވާ ޢަދަދު: 10655
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަޢާފުކުރެއްވުން އެދެމެވެ. އަޅުގަނޑު މި މައުޟޫޢުގައި ބަޔާންކުރަން މި އުޅެނީ ޙަޤީޤަތުގައި އިސްކޫލެއް ނުވަތަ ނިޒާމެއް އުފެދުނު ގޮތެއް ނޫނެވެ. އެކަމަކު އަޅުގަނޑު ދައްކަން މި އުޅެނީ، ދެ ނަމެއް އުފެދުނު ގޮތުގެ ވާހަކައެވެ. “އިހާ އިސްކޫލް” އާއި “އިހާ މަދަރުސީ ނިޒާމް” (މި ދެ ނަން) ދިވެހިބަހަށް އައި ގޮތުގެ ވާހަކައެވެ.

ހުސްހަށިބައި މީހުންގެ ކުލަބާއި، ތަލަ މީހުންގެ ކުލަބު

ކިޔާފައިވާ ޢަދަދު: 10236
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
ހުޅަނގަކީ ޙައިރާންވާ ކަހަލަ އެތައްކަމެއް ފެންނަ ތަނެކެވެ. އަޅުގަނޑުމެން ތިންވަނަ ދުނިޔޭގެ “ކަޓު”މީހުންނަށް ވިސްނައިނުގަނެވޭ އެތައް ކަމެއް ހުޅަނގުގެ މުޖުތަމަޢުތަކުން ފެންނާން އެބަހުއްޓެވެ. އެމީހުން ދެކޭ ގޮތުގައި އެ ކަންތައްތައް އަޅުގަނޑުމެންނަށް ނުވިސްނެނީ އަޅުގަނޑުމެންގެ ވިސްނުން ކޮށިކަމުންނެވެ.