މި “ދީބު” ބިނާކުރެވޭނީ، ދީވީންގެ މަސައްކަތުން! (1)

ކިޔާފައިވާ ޢަދަދު: 6171
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު
ޤައުމަކީ، އެންމެންގެ ވެސް ޤައުމެވެ. ޤައުމު ތަރައްޤީކުރެވެނީ، އެންމެންގެ އެހީތެރިކަން ލިބިގެންނެވެ. މާޒީއަށް ރިޢާޔަތް ކުރުމަކީ، ނުހަނު ބޭނުންތެރި ކަމެއްކަން ކަށަވަރެވެ.    
                      
(ޒަމާނުއްސުރެ ޤާއިމުކުރެވިފައިވާ ބައެއް އުޞޫލުތައް، ރައްޔިތުންގެ މަޖިލިސް ހިންގުމަށް ބޭނުންވޭ: 30، 31 އޮގަސްޓް 2012 ޚާއްޞަ ރިޕޯޓް)
ޤައުމު ބިނާކުރުމުގެ އަޞްލު ފެށެނީ މާޒީގެތެރެއިންނެވެ. މާޒީއަށް ރިޢާޔަތް ނުކޮށް މުސްތަޤްބަލް ބިނާކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ، ފަށުވި ފޭރާމެއްގައި ކަށިބުރު ޖަންގައްޔެއްގައި ހިނގައިއުޅުމާ އެއްފަދަ ކަމެކެވެ.

ޙަޔާތުގެ ހިޔަނި

ކިޔާފައިވާ ޢަދަދު: 12224
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ރަޝީދު

މިއީ، “މިއަދު” ނޫހަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެނޫހުގެ ފަރާތުން ހުޅުވައިލި ވާހަކަ ލިޔުމުގެ މުބާރާތުން 1 ވަނައަށް ހޮވުނު ވާހަކައެވެ. މި ރީތި ވާހަކަ “ލިޔުންތެރިން” ގެ ސައިޓުގައި ޝާއިޢުކުރުމަށް ހަދިޔާ ކޮށްދެއްވިކަމަށްޓަކައި، ލިޔުންތެރިޔާ، ޑޮކްޓަރ މުޙައްމަދު ރަޝީދަށް ޝުކުރު ދަންނަވަމެވެ. 

ފަތިހުގެ ފިނިވައިރޯޅީގެ ފިނިކަން ކެނޑެމުން ދަނީއެވެ. ސާއަތެއްހާ އިރު ކުރިން އަނދިރިކަން ފެތުރިފައިވި އުދަރެހަށް ރަތުރަނު ކުލަ އަރައި އެކުލަ ރިއްސަށް ބަދަލުވަމުން އަންނަނީ އެވެ.

ދިވެހިރާއްޖެ އާއި ސީނުކަރައާ ދެމެދުގައިވާ ގުޅުން

ކިޔާފައިވާ ޢަދަދު: 9812
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ސީނުކަރައަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މީގެ ދޮޅު ގަޑިއެއްހާއިރު ކުރީން މާލެވަޑައިގެންފި އެވެ. މިއީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. ދިވެހިރާއްޖެއާއި ސީނުކަރައާ ދެމެދު ރަސްމީ ގުޅުން ޤާއިމުކުރިތާ ސާޅީސް އަހަރު ފުރޭ މިއަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސީނުކަރައަށް ކުރެއްވި މި ޒިޔާރަތަކީ ދެ ޤައުމަށް ޚާއްޞަކޮށް ދިވެހިރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ލިބުނު މުހިއްމު ދަތުރުފުޅެކެވެ. އަޅުގަނޑު މި އުޅެނީ މި ދަތުރުފުޅުގެ ވާހަކަތައް ލިޔާކަށް ނޫނެވެ. މި ކަމުގެ ތަފުޞީލުތައް ނޫސްތަކުން ހާމަކުރާނެތާ އެވެ.

އަނދައަނދައި އޮތް ގޮދަޑިއެއްގައި އޮށޯންނާނީ ކާކު؟

ކިޔާފައިވާ ޢަދަދު: 10889
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އެމެރިކާގެ ކޮންމެވެސް ހިސާބެއްގައި، އުސް އިމާރާތެއްގެ ހުޅުވިފައިހުރި ކުޑަދޮރަކުން އެތައް އިރެއްވަންދެން މަޑުމަޑުން އެއްވަރަކަށް ދުން ނިކުމެއެވެ. މިތަން ފެނިގެން އަލިފާންނިއްވާ މީހުންނާ ބަޔަކު ގުޅައިގެން، އެމީހުން އެގެންގުޅޭ ދިގު ހަރުގަނޑުލީ ފެންލޮރީތަކުގައި އައިސް އިސާހިތަކު މަސައްކަތް ފަށައިފިއެވެ. ދުން އަރާވަރަށް މާ ބޮޑު ބަދަލެއް ނައިސް ހަމަ އެއްވަރަކަށް ދުން އަރައެވެ. 

ގިލްގާމިޝްގެ ދާސްތާން

ކިޔާފައިވާ ޢަދަދު: 3864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލްއުސްތާޛު އަޙުމަދު މާޖިދު
ގިލްގާމިޝްގެ ދާސްތާނަކީ ޤަދީމީ ސޫމާރާއި އައްކާދުގެ އަދަބީ ސަގާފަތުގެ ތެރެއިން އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައިވާ އެންމެ މަޝްހޫރު ވާހަކައެވެ. އަދަބިއްޔާތުގެ ތާރީޚު ދިރާސާކުރައްވާ ޢިލްމުވެރީންގެ ނަޒަރުގައި މި ދާސްތާނުގެ އަޞްލަކީ ޤަދީމީ ޒަމާނުގައި ސޫމާރީންގެ ތެރޭގައި އުޅުއްވި ރަސްކަލެއް ކަމުގައިވާ ގިލްގާމިޝްގެ ޙަޔާތްޕުޅާ ގުޅުވައިގެން ކިޔެމުންދިޔަ ޙަޤީޤީ ވާހަކަތަކެކެވެ.

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން….. (2)

ކިޔާފައިވާ ޢަދަދު: 17396
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު)

ޢަބުދުﷲ ޙިލްމީ
ޝައިޚު މުޙައްމަދު ޖަމާލުއްދީން، ނާއިބު ތުއްތުއަކީ މުސްލިމެއްގެކިބައިގައި ހުންނަންޖެހޭ “ގޮތާއި ފޮތާއި” ދުނިޔެވީ މުހުތާދަށްޓަކައި ބޮލާލައި ޖައްސަވައި ދޫކޮށްލެއްވި ބޭފުޅެއްނޫނެވެ. އޭނާއަކީ ހަރުދަނާ ދީނީ ބިންގަލެއްގެ މަތީ ފުރިހަމައަށް ސާބިޘުވެހުންނެވި ޢަޒުމް ވަރުގަދަބޭފުޅެކެވެ. ޙައްޤުގެމަގުގައި އޭނާގެ ބަސްފުޅާއި އޭނާގެ ގޮތަކީ އިރުވައިގެ ވަހުތާނެއްހެން އެކި އިރު އެކި ދިމާލަށް އެނބުރެމުން ބަދަލުވަމުން ދިޔަ އެއްޗެއްނޫނެވެ.

އޭރުގެ ފަތްފުށްތަކުން…..(2)

ކިޔާފައިވާ ޢަދަދު: 4512
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރިކަމުގެ ބޮޑުބުރުގާ އެއްލައިލަމާތޯ އެވެ!

ޢަބްދުﷲ ވަޙީދު މަންދު 
އަޅުގަޑުމެން  ލިއުންތެރިކަމުގައި އަޅުވައިގެން މިއުޅޭ “ބޮޑުބުރުގާ” ނަގާ އެއްލާލައިފިނަމަ، ފެންނަނީ ކޮންއެއްޗެއްތޯއެވެ؟ މާކަ އާދަޔާ ޚިލާފުއެއްޗެއް ނުފެނެއެވެ. ލިއުންތެރިކަމަކީ، ފަހަރެއްގައިވެސް،”ބޮޑުބުރުގާ” އަޅުވައި، މާލިހައްދައިގެން ގެންގުޅެވޭވަރުގެ “ގަނޑުވަރުތެރޭގެ ގޮމާއެއް” ފަދަ އެއްޗެއްނޫނެވެ.

ޓީޗަރުގެ ގެއްލުނު ފައިވާން

ކިޔާފައިވާ ޢަދަދު: 13864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަހަރަކީ 1993 ވަނަ އަހަރެވެ. ތަނަކީ ލ. ފޮނަދުއެވެ. އަޅުގަނޑު އޭރު މަސައްކަތްކުރީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭރު ސީދާ ސަރުކާރުން ހިންގަވާ ސްކޫލްތަކުގެ ގޮތުގައި އަތޮޅުތަކުގައި ހުންނަ ސްކޫލްތައް ވަރަށް މަދެވެ. އެހެންކަމުން ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ގިނަ ޙަރަކާތްތައް ހިންގަނީ އަތޮޅުތަޢުލީމީ މަރުކަޒުގައެވެ.

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (3)

ކިޔާފައިވާ ޢަދަދު: 6607
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(30 އޮގަސްޓް 2012)ބުރާސްފަތި) ގުޅޭ)
ކުރީގެ ބަޔާނެއްގައި ލިޔެފައިވާނެ ފަދައިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގައި މަސައްކަތްކުރަން އަޅުގަނޑު ފެއްޓީ 2005 ވަނަ އަހަރު އެވެ. އެ އަހަރު ނިމެންދެން މަސައްކަތްކުރީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް (ކ.ގުރައިދޫ) ގަ އެވެ. 2006 ވަނަ އަހަރު ޖަނަވަރީން މަހުން ފެށިގެން މިނިސްޓްރީ (މާލޭ) ގަ އެވެ.

އެކެއްދޭއްގެ ދަތުރު

ކިޔާފައިވާ ޢަދަދު: 4149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން، ހއ.އުތީމު 
 އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ.