އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (09)

ކިޔާފައިވާ ޢަދަދު: 734
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
 
25. ބިން ޢިމާރާތްކުރުމާއި، ތިމާވެއްޓަށް ރައްކާތެރިވުމާއެކު ތަރައްޤީ ހޯދުން
ބިން ޢިމާރާތްކުރުމާއި، މާއްދީ އަދި އިންސާނީ ވަސީލަތްތަކުގައި ފުރިހަމަ ތަރައްޤީ ހޯދުމާއި، ތިމާވެއްޓަށް ރައްކާތެރިވެ، ކުނިބުންޏާއި ނުސާފުކަމުން ރައްކާތެރިވުމާއި، ވެށީގެ ވަސީލަތްތައް ހަމަހަމަކުރުމާއި، މީހުންގެ ދިރިއުޅުން ފަސޭހަކޮށްދޭނެ ކަންކަމުގައި އެހީތެރިވެ އުޅުމާއި، ދިރިއުޅުން އިތުރަށް ޒީނަތްތެރިކޮށްދޭ ކޮންމެ ކަމަކީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއްކަމާއި އެއީ އަޅުކަމެއް ކަމުގައި ދެކެންވާނެއެވެ.

ކެޕިޓަލް މާރކެޓެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 713
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ވިޔަފާރީގެ ޙަރަކާތްތައް ދުނިޔޭގެ ބާޒާރަށް ހުޅުވައިލާފައިވާ ޒަމާނެއްގައި، ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު ހަމަޖެއްސުމަށް ހުރި ފުރުޞަތުތައް ހޯދައިބަލައި، އެވަސީލަތްތަކުގެ ބޭނުން ވީހައިވެސް ގިނަބަޔަކު ޝާމިލުވާ ގޮތަށް ހިންގުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިގޮތުން ވިޔަފާރީގެ މައިނާރުކަމަށްވާ “ފައިސާ” ހޯދުމަށް ހުރި ދެ ވަސީލަތުގެ ތެރެއިން ޢާންމު ފަރުދުންނާއި މުޅި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮވެގެން، ފަންޑު ހޯދުމަށް އޮތް ވަސީލަތަކީ، ކެޕިޓަލް މާރކެޓެވެ.
މި ގޮތުން މި މާރކެޓް ތަރައްޤީކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ:

ބަދުރު ހަނގުރާމަ-2 : ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން(1)

ކިޔާފައިވާ ޢަދަދު: 1029
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ: 2

ޤުރައިޝުންގެ ބޮޑާކަން ވެއްޔާ މޮޑެވުން (1)

ޢަބްދުﷲ ފާރޫޤް ޙަސަން

       
ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ ސަތާރަ ވަނަ ދުވަހު (13 މާރިޗު 624 މ.) ބަދުރުގެ މައިދާނުގައި މުސްލިމުންނާއި ޤުރައިޝުންނާ ދެމެދު ހިނގި ތާރީޚީ ހަނގުރާމައަކީ އިސްލާމީ އުންމަތުގެ ނަސީބާއި ޙައްޤުގެ މަގަށް ގޮވައިލެވުނު ގޮވައިލެވުމުގެ މުސްތަޤްބަލުގެ ނިޔާކަނޑައެޅުނު ހަނގުރާމައެވެ. އިންސާނީ ނަސްލުގެ މުސްތަޤްބަލު އެޙާދިޘާއަކާ ގުޅިފައިވާ ޙާދިޘާއެވެ. އެދުވަހުން ފެށިގެން މިއަދާހަމަޔަށް މުސްލިމުންނަށް ލިބެމުންދާ ކޮންމެ ފަތަޙައަކާއި ނަޞްރަކީ އެހަނގުރާމައިގެ ނަތީޖާއެވެ. މުސްލިމުންގެ ތެރޭގައި އުފެދުނު އަދި އުފެދެމުންދާނެ ހުރިހާ ދައުލަތްތަކަކީވެސް ބަދުރުގެ މައިދާނުގައި މުސްލިމުންގެ ކުޑަކުޑަ މީސްކޮޅަށް ލިބުނު ފަތަޙައިގެ ފޮނިމޭވާއެވެ. އެހެންކަމުން އަރަހުށި މާތްﷲ އެހަނގުރާމަ ހިނގި ދުވަހަށް ނަން ދެއްވައިފައިވަނީ “ޔައުމުލް ފުރްޤާނު” (ނިޔާކަނޑައެޅުނު ދުވަސް) ގެ ނަމުންނެވެ.

ވިސްނައިލަމާ (3) – މައްސަލަޔާ ކުރިމަތިވުމަކީ ކުރިއަށް ދާ ކަމުގެ ހެއްކެއް

ކިޔާފައިވާ ޢަދަދު: 1202
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ތިބާގެ މައްސަލައަކީ ކޮބައިތޯއެވެ؟ ދިމާވާ ކޮންމެ މައްސަލައަކީ ނުބައި މައްސަލައެއް ނޫނެވެ. ދިމާވާ މައްސަލަތަކުން ގިނަ ފަހަރަށް އެނގޭ ކަމަކީ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކުރިއަށް އެޅިއްޖެ ކަމެވެ. މަސައްކަތު އާލާތް ވިއްކާ ބަޔަކު ޢިމާރާތެއްގައި ބޮޑު ފިހާރައެއް ހުޅުވައިފިއެވެ. އެ ޢިމާރާތުގައި ހަމަ މި ބާވަތުގެ ސާމާނު ވިއްކާ ކުޑަ ފިހާރައެއްވެސް ހުއްޓެވެ. ބޮޑު ފިހާރަ ހުޅުވުމަށް ފަހު، އެ ފިހާރައިގެ އެތަންމިތާގައި ލިޔުމެއް ތަތް ކޮށްފިއެވެ. އެ ލިޔުމުގައި އޮތީ “ހުޅުވުން” މިހެންނެވެ. މި ލިޔުމުން ދޭހަ ކޮށް ދެނީ ފިހާރަ ހުޅުވުނު ކަމެވެ. ނުވަތަ ހުޅުވަނީ ކަމެވެ. ކުޑަ ފިހާރައިގެ ވެރިމީހާ ހެދީ ކިހިނެއް ކަމަށްތޯއެވެ؟ އޭނާގެ ފިހާރައިގެ ދޮރުމަތީގައި ބޮޑު ސިންގާ ބޯޑެއް ބެހެއްޓީއެވެ. އެ ބޯޑުގައި އޮތީ “މައި ދޮރު” މިހެންނެވެ.

ލިޔަންކިޔަން ދަތުމުގެ މާނަ

ކިޔާފައިވާ ޢަދަދު: 1276
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ދަސްކުރުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވަވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

މާބަގީޗާއަށް ދަމާ

ކިޔާފައިވާ ޢަދަދު: 1074
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
މާބަގީޗާއަށް     ދަމާ     މާތައް    ބަލާން
                           މާބުރާ  އުދުހޭ  ކޮކާ   ބަޅިނދާ   ބަލާން

މަލުގެ   ރާނީ   ރަތް   ފިޔާތޮށްޓާ   ހުދުން
                          ފަޅުނުވާ ހެން ފަރިވެ ފޮޅިލާ  ތަން ބަލާން

ދޫނުކޮށް ފިނިފެންމަލަށް  ފަރިފަރި  ކަނީރް
                          މޫނު  ހިނިތުންކޮށްލަމުން  ދާ އިރު  ބަލާން

ކާފަގެ މުޅޯ

ކިޔާފައިވާ ޢަދަދު: 1118
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސައިން މަނިކު
ރީތި ހަވީރެއްގެ ފިނި ހިޔާ ރަށުތެރެޔަށް ފެތުރެމުން އަންނަނީއެވެ. “ތުއްރަވާސް ވައިކިސާފަށް” ގޮސް އެތެރެބަޔަށް ބޯދިއްކޮށްލިއިރު އިންޖިނޭރު އާމިރު އޭނާގެ މަޝްހޫރު ކޮއްޕި ބޮލަށް ފައްތައިގެން ނިތްގަނޑު ފަހަތަށް އަނބުރާލައިގެން މޭޒުދޮށުގައި އިނެވެ. ކައިރީގައި އޭނާގެ އައު މުނީމު ނަވާޒު ހުއްޓެވެ. އަހަރެން ފެނުމާއެކު އަޑުގެ ކޮޅަށް ގޮވައިލައިފިއެވެ.

ލިޔުންތެރިންގެ ގުޅުމުން ރ.އަލިފުށީ ސްކޫލަށް ފޮތް ހަދިޔާކޮށްފި

ކިޔާފައިވާ ޢަދަދު: 694
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިދާރާ
ރ.އަލިފުށީ ސްކޫލްގެ ލައިބްރަރީ މުއްސަނދި ކުރެއްވުމަށްޓަކައި، އަލިފުށްޓާއި މާލޭގައި މިއަދު ކުރިޔަށް ގެންދަވާ ފޮތް ހަދިޔާކުރުމުގެ ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން ލިޔުންތެރީންގެ ގުޅުމުން އަލިފުށީ ސްކޫލަށް ފޮތް ހަދިޔާ ކޮށްފިއެވެ.

ލޯބީގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1514
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 


މިއީ ފިލްމު “ތާޖް މަހަލް” ގެ ލަވައެއްގެ ތަރުޖަމާއެވެ. މި ލަވަ ކިޔައި ދީފައި ވަނީ ކަވީތާ ކްރިޝްނަމުރްތީއެވެ.
 

ދިލްކެ އަރްމާނޯންކީ ޝަމްޢާ ޖަލާއޭ ބެއިޓޭހޭ
އުންކެ ތަސްވީރުކޯ ދިލްމެ ޗުޕާއޭ ބެއިޓޭހޭ

މާނަ:
ހިތުގެ އެދުންތަކުގެ ބައްތި ދިއްލައިގެން އެބަ އިނީމުއެވެ.
އޭނާގެ ތަސްވީރު ހިތުގައި ފޮރުވައިގެން އެބަ އިނީމުއެވެ.

ދަރިފުޅުމެންނޭ މިއަޑު އަހާށޭ ރަނގަޅަށް އުޅޭށޭ! (+12)

ކިޔާފައިވާ ޢަދަދު: 893
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު މަޖުދީ އިބްރާހީމް، އއ.މާޅޮސް

ރާގު: ހޭވާހޭވާ ނެތިހޭ މިދަނީ…..

ހޭލާ  ދަންވަރު   ހަތަރުދަމާއެކު   ކޮއްޕާ  ފޯނުގަ  ނުތިބޭށޭ
                  ބޭކާރު  ވަގުތު  ޖާނާމާލާ،    ޣާފިލުވެ   ތިހެން   ނޫޅޭށޭ
                       **     ***    **
ބޯދިގުކޮށްގެން  ނިޔަފަތި   ނުކަނޑާ ދަތްއުނގުޅާލާ  ނުހެދީމާ
                      ގޯހޭ އެންމެން ބުނެ އަޑު އުފުލާ،  ލަދުގަންނަ ގޮތަށް  ނޫޅޭށޭ