ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކުގެތެރެއިން …..(4)

ކިޔާފައިވާ ޢަދަދު: 11350
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިރަކީ އަލިކަން އެކުލެވޭ ތަރިއެއް ކަމާއި ހަނދަކީ އަލި އުފައްދާ އެއްޗެއް ނޫންކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން އެންމެންނަށް ވެސް ފެންނަ ޙަޤީޤަތަކީ އިރުން ދުވާލު (ގަދަ އަލިކަމަކުން) އަލިކޮށްދޭ ފަދައިން ހަނދުވަރު މޫސުމުގައި ހަނދުންވެސް ރޭގަނޑު (ފަނޑު އަލިކަމަކުން) އަލިކޮށްދޭ ކަމެވެ. މި ސާދާ ޙަޤީޤަތުގެ މައްޗަށް ބުރަވެ، އިންސާނާ ޤަބޫލުކޮށްފައިވަނީ އިރާއި ހަނދަކީވެސް އޭގެ އަމިއްލަ ޒާތުގައި އަލިކަންލައްވައިފައިވާ ދެ ނޫރުކަމުގައެވެ. ނަމަވެސް މިއަދު ގްރޭޑް 7 ގައި އުޅޭ ކުޑަކުއްޖާ އަށްވެސް ހާމަވެފައިވާ މި ޒަމާނުގެ ސައެންސްގެ ޙަޤީޤަތަކީ ހަނދުން ލިބޭ އަލިކަމަކީ އިރުން ހަނދަށް އެޅިފައިވާ އަލިކަމެއްކަމެވެ. 

ގެއްލޭ ކަރުދާސް ދަތިތައް ޖަމާވަނީ ކޮންތާކަށްބާ؟

ކިޔާފައިވާ ޢަދަދު: 10273
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ އޮފީސްތަކުގައްޔާއި ސްކޫލް ތަކުގެ އިތުރުން ގޭގޭގައާއި އަދި އަޅުގަނޑު ހިތުން މިހާރުގެ ކަންނެލި އޮޑިފަހަރުގައިވެސް، ޕޭޕަރކްލިޕްސް މިކިޔާ ކުދިކުދި، ކުލަކުލައިގެ ކަރުދާސް ދަތިތައް ގިނަ އަދަދަކަށް ހުންނާނެއެވެ. ތަފާތު އެތައް ކަމަކަށް ފުދޭތީކަމަށްވެސް ވެދާނެއެވެ. ދެ ކަރުދާސް ކޮޅު ނުވަތަ ދިހަވަރަކަށް ގަނޑު ވަގުތީގޮތުން އެއްކޮށްލުމަށް މި ބޭނުންކުރާހައި ކަރުދާސް ދަތިތައް ފިސާރި އަވަހަށް ގެއްލޭ ކަމީ ފާހަގަ ކުރެވިފައިވާ ކަމެއްތޯއެވެ؟

ކަތިވަޅި ހިފައިގެން އަންނަ ކޮންމެ މީހަކީ ކަތިލަން އަންނަ މީހެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 5789
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާފަ ކިޔައިދިން ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ކާފަ ބުނިގޮތުގައި އެއީ ހަގީގީ ހާދިސާއެކެވެ.

މުޙައްމަދު ނަސީމް އަޙުމަދު

ގާތްގަނޑަކަށް މީގެ ބައިގަރުނެއްހާ ދުވަސް ކުރިން އަހަރެމެންގެ ރަށުގެ ބަޔަކު އޮޑިއެއް ކަނޑައިގެން ފިލިއެވެ. އެމީހުންގެ މަގުސަދަކީ ރާއްޖޭން ބޭރުގެ ކޮންމެސް ގައުމަކަށް ގޮސް ކިޔަވައި، ވިޔަފާރިކޮށް، އެފަދަ އެހެން ވެސް ފުރުސަތުތައް ހޯދުމެވެ. ރާއްޖޭގެ ހާލަތު އޭރު އެހާ ވެސް ގޯހެވެ.

އަޅުވެރިޔާގެ ދަހިވެރިކަން

ކިޔާފައިވާ ޢަދަދު: 4464
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
އިޙްޔާއުލްޢުލޫމުގައި ލިޔުއްވާފައިވެއެވެ. ބަނީ އިސްރާއީލުންގެ ވަރަށްބޮޑު އަޅުވެރިޔަކު އުޅުނެވެ. އޭނާ ހުރިހާ ވަގުތެއްގައި އަޅުކަމުގައި މަޝްޣޫލްވެގެން އުޅުއްވައެވެ. އެއްފަހަރަކު ޖަމާޢަތެއްގެ ބަޔަކުއައިސް އޭނާއަށް ދެންނެވިއެވެ. ޤައުމެއްގެ ބަޔަކު މިތާކައިރީގައި އެވެނި ބާވަތެއްގެ ގަހަކަށް އަޅުކަންކުރަމުން އެބަގެންދެއެވެ. މިޚަބަރު ލިބުމުން އަޅުވެރިޔާ ވަރަށްބޮޑަށް ރުޅި ދުރުވެއްޖެއެވެ. އަދި އެހިނދު ތޫނު ކޯރާޑިއެއް ހިއްޕަވައިގެން އެ ގަސްކަނޑާލެއްވުމަށް ހިންގަވައި ގެންފިއެވެ.

އިސްލާމީކް މިއުޗުއަލް ފަންޑެއްގެ ވިސްނުން ގެންނާކަށް ނުވޭބާ!

ކިޔާފައިވާ ޢަދަދު: 5494
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ހައްޖަށް ވަޑައިގަންނަވަން ބޭނުންވޭތޯއެވެ؟ ފައިސާ ނެތިގެން ޙައްޖާއި އުމުރާގެ އަޅުކަން އަދާނުކުރެއްވި ކިތައް ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިތޯއެވެ؟ މިއީ މާބޮޑު ތަފާސް ހިސާބެއް ނުބެލިނަމަވެސް ޖަވާބު ހޯދިދާނެ ސުވާލެކެވެ. ކޮންމެ ދިވެއްސަކީވެސް “މުސްލިމް”އެކެވެ.

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން(1):

ކިޔާފައިވާ ޢަދަދު: 7597
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ މުޞްޠަފާ 

ޢަބުދުﷲ ޙިލްމީ

“މަޖީދިއްޔާގައި އޭނާއަކީ އެންމެމޮޅު ޅެންވެރިޔާއަށް ވީފަދައިން ފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް “ހިޒާރު” (ޢަލީ މުޞްޠަފާ) އަކީ އޭނާއާއި ވާދަކުރުން ދަތި ޠަބީޢީ ޅެންވެރިއެކެވެ. ޤައުމީ މުބާރާތްތަކުގައި އެތައް ފަހަރެއްގެ މަތިން ހޮވުނު އެއްވަނަ ޅެންވެރިޔާއެވެ.”   – “މަލަސް”53 – 

ލިބާސް

ކިޔާފައިވާ ޢަދަދު: 8776
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ.

އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު…

އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟

ވަރި ޑަބިޔާ

ކިޔާފައިވާ ޢަދަދު: 6973
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ބަހުގައި ހިފެހެއްޓުމަކީ ބައެއް މީހުންގައި ހުންނަ ސިފައެކެވެ. ގޮތުގައި ހިފެހެއްޓުމޭ ވެސް ކިޔެއެވެ. ނަމަވެސް މި ދެ ބުނުމުގައި ވަނީ މުޅިން އެއް މާނައެއްބާ އޭ އަޅުގަނޑު ހިތަށް އަރައެވެ.  ބަހުގައި ހިފެހެއްޓުމަކީ ތިމާއަށް އެއްޗެއް ބުނެވުނީތީ، ނުވަތަ އެ އެއްޗެއް ބުނީ ތިމާ ކަމަށްވީތީ އެ ބަހެއްގައި ކޮލުދަތުން ދައިގަނެގެން ހުރުމެވެ. ބުނި ބަހަށް ކުޑަ ވެސް ދުލެއް ނުދިނުމެވެ. 

ހިތުލީ ލޯބި

ކިޔާފައިވާ ޢަދަދު: 6505
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.
ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.

އެނދަކީ ވެސް ފާޑެއްގެ އެއްޗެކެވެ.

ކިޔާފައިވާ ޢަދަދު: 11811
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
އެނދަކީ ކިހައިވަރެއްގެ ރައްކާތެރިކަމެއް ލިބޭ އެއްޗެއްހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުގައި މަތިންދާބޯޓުގެ ގޮނޑީގައި އެ ހުންނަ ކަހަލަ ސަލާމަތީ ކަމަރެއް އެނދުގައި ވެސް ހުންނާން ޖެހެއެވެ. ދުނިޔޭގެ އެކި ތަންތާގައި އެނދުގައި ހިނގައިފައި ހުރި ނުރައްކާތެރި ޙާދިސާތަކަށް ބަލައިލީމާ މިއީ ތެދެކޭ ހީވެއެވެ.