އެސްޕެރަންޓޯ، ބައިނަލް އަޤްވާމީ މަސްރަހުގައި ވާދަކުރާ ބަހެއް

ކިޔާފައިވާ ޢަދަދު: 10018
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ހަލުވި ކަމާއެކު ބަވަނަވަމުން އަންނަ މި ދުނިޔޭގައި އެމީހަކު ބޭނުން ގައުމަކަށް ނުހަނު ފަސޭހަ ކަމާއެކު ދަތުރުކުވެއެވެ. އެއް ގައުމެއްގައި އުފައްދާ ތަކެތި  އެމީހަކު ބޭނުން ގައުމަކަށް މާބޮޑު ދަތިތަކެއް ނެތި ފޮނުވެއެވެ. އަޅުގަނޑުމެންގެ މިރާއްޖެއަކީ ނިސްބަތުން އެކަހެރި ގައުމެކެވެ. ނަމަވެސް އެކިއެކި މުނާސާބާތަށް ބޭނުންޖެހޭ ކުލަކުލައިގެ އަދި ތަފާތު ވައްތަރުގެ ތާޒާ މައު، ދެކުނު އެމެރިކާގެ އެކުއެޑޯރުން ވެސް އެބަ އެތެރެކުރެއެވެ!

ކީރިތި ޤުރުއާންގައިވާ ޢިލްމީ ޙަޤީޤަތްތަކުގެތެރެއިން…(2)

ކިޔާފައިވާ ޢަދަދު: 10591
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނޑާއި ކޯރާ ދެމެދު ވާ ހުރަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔޭގެ ބޮޑެތި ކަނޑުތަކާ ގުޅިފައިވާ ކޯރުތައް ވަރަށް ގިނައެވެ. މި ކޯރުތަކުގައިވާ ފެނާއި ކަނޑުގައިވާ ލޮނު އެއްވަމުން މަސްހުނިވަމުން ގޮސްފައިވާނޭ ކަމީ އާދައިގެ އިންސާނެއްގެ ސިކުނޑިއަށް ޤަބޫލުކުރާން އެންމެ ފަސޭހަ ގޮތް ކަމަށް ވެދާނެ އެވެ. އަދި މިއީ މީހަކު ވިސްނަންޖެހޭ ވަރުގެ ކަމެއް ކަމަކަށްވެސް ނުބަލާނެ އެވެ. ނަމަވެސް 1972 ވަނަ އަހަރު ރިޗަރޑް އެލްބަޓް ޑޭވިސް ތަޞްނީފުކުރެއްވި “ޕްރިންސިޕަލްސް އޮފް އޯޝަނޮގްރެފީ” ގައި މިކަމާ ބެހޭ ގޮތުން މީހުން ޙައިރާންކުރުވި ޚިޔާލެއް ޝާއިޢުކުރައްވައިފައި ވެއެވެ.

ކޮން އިރަކު؟

ކިޔާފައިވާ ޢަދަދު: 8854
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާނާގެ ބައެއް ބާވަތްތައް އީޖާދުކުރުމުގެ ޚުލާޞާ ތާރީޚު

“ލިޔުންތެރިޔާ”
މި ސައިޓަށް މެހުމާނުން ޒިޔާރަތް ކުރި ޢަދަދު ރޭ 2 ޖަހާލިހާއިރު 3 ލައްކައަށް އަރައިފި އެވެ. މި މުނާސަބާގައި ސައިޓްގެ ކިޔުންތެރީންނަށް ތަހުނިޔާ އާއި މަރުޙަބާ ދަންނަވަމެވެ. 

އިސްރާ (3)

ކިޔާފައިވާ ޢަދަދު: 4757
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖުމީ

(23 އޮގަސްޓް 2012 (ބުރާސްފަތި) ގުޅޭ)

އެއީ ރީތި ހަވީރެކެވެ. ޒިޔާންއަށް އާދެވުނީ އަހަންނާ ސައުދު ސަންސެޓް ރެސްޓޯރެންޓްގައި ތިއްބައެވެ. އިރުއޮއްސެން ވަނީ ކައިރިވެފައެވެ. އަނެއް ފަރާތުން ތޭރަވިލޭރެއެއްގެ ހަނދު އަރަން ފަށާފައި ހުއްޓައެވެ. އަހަރެން އިނީ ސައުދުގެ ހެއްވާ ވާހަތަކަށް ހޭނށެވެ.  ކުރިމަތިން ފެންނަ ރީތި މަންޒަރަށް ނަޒަރު ހުސްކޮށްލައިގެންނެވެ. ޒިޔާން ފެނުމާއެކު އަހަރެން ތެޅިގެންފައި ތެދުވެއްޖެއީމެވެ. އަދި ޒިޔާންގެ ފަހަތުން ކުށްވެރިއެއް ފަދައިން އޮފީހަށް ހިނގައްޖެއީމެވެ.

ހިނި އަންނަވަގުތު ރުޅިއައުން!

ކިޔާފައިވާ ޢަދަދު: 10430
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ދެކޭގޮތުގައި  އަޅުގަނޑުމެން އެންމެންނަކީ ހަމަ ބުއްދިން ވިސްނާ، މެދުމިނެއްގައި ތިބޭ ބަޔެކެވެ. މިހެން ހަމަ ބުއްދީގައި ބައެއް މީހުން މެދުމިނެއްގައި ތިބެނީ ކައިރިން ކުރަތްޕެއް ފެންނަންދެނެވެ. އެއްކަލަ ކުރަތްޕަށް ކުރެވުނީ ކޮން ކުށެއްކަން ރޭކައިވެސް ނުލަނީސް، ބައެއް މީހުން ކުޅިޖަހާ ކުޅިހަމަކޮށް މޭޒު މައްޗަށް އަރައި، ފަންކާގައި ބޯޖެހި  ބޮޑެތި ހާނީއްކަ ވެފައި އެބަހުއްޓެވެ.

ރަސްގެފާނުގެ އިންސާފު

ކިޔާފައިވާ ޢަދަދު: 4448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
ސުލްޠާނު މުލްކު ޝާހު އެއްފަހަރަކު އިޞްފަހާނުގެ ޖަންގައްޔަށް ޝިކާރައަށް ވަޑައިގެން އުޅުއްވިއެވެ. އަދި އެދަތުރުގައި ކުޑަ ރަށެއްގައި ޤިޔާމް ކުރައްވައިގެން ހުންނެވިއެވެ.
ވަރަށް ނިކަމެތި އަންހެނަކު އެހިސާބުގަނޑުގައި ދިރިއުޅުނެވެ. އޭނާގެ ފިރިމީހާ މަރުވިއިރު ދެމަފިރިންގެ ތިން ކުދިން ތިއްބެވެ. މި އަންހެންމީހާގެ މިލްކުގައި ގެރިއެއް އޮތެވެ. ޔަތީމު ތިން ކުދިން ގެންގުޅެ ބޮޑުކުރަނީ، އެ ގެރިން ލިބޭ ކިރުންނެވެ.

ހަ މީދާ

ކިޔާފައިވާ ޢަދަދު: 5766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ފިނިކުރާ ނިޒާމުގެ އެހީގައި ވަރަށް ފިނިކޮށްފައިވާ އޮފީހެކެވެ. ކޮމްޕިޔުޓަރުތައް ވަރަށް ގިނައެވެ. އަވަދި ނެތް އެތައް ބައެކެވެ. ކޮންމެ މީހަކު ވެސް އުޅެނީ ދުނިޔޭގައި އަލަށް ހިނގީ ކޮން ކަމެއްތޯ ބަލާށެވެ. ރާއްޖޭގެ މި އަދުގެ އެންމެ ފަހުގެ ހާދިސާތަކަކީ، ކާރިސާތަކަކީ ކޮބައިތޯ އޮޅުން ފިލުވާށެވެ. ބައެއް މީހުން ފޯނުންނެވެ.

އިސްރާ (2)

ކިޔާފައިވާ ޢަދަދު: 4935
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙަސަން ނަޖްމީ

(22 އޮގަސްޓް 2012 (ބުދަ) ގުޅޭ)

ޒިޔާން ހީނލިއެވެ.

“ނޫން. ” ހަމަ ރަނގަޅު ވަޒީފާއެއް ދީފާނަން. “ކޮމްޕިއުޓަރ ބޭނުންކުރަން އެނގޭތަ؟”

އަހަރެމެންނަށް ދަސްވާނީ ކޮން ކޮމްޕިއުޓަރެއް ހެއްޔެވެ؟ ރަށުން ކިޔެވުނީ ގުރޭޑް 7 އާ ހަމަޔަށެވެ.

“ނޫން.” އަހަރެންގެ އުންމީދުކޮޅު ގެއްލުނެވެ. “އެކަމަކު ރަށު މަދުރަސާ ނިންމީ މިދިޔަ އަހަރު.”

ކީރިތި ޤުރުއާނުގައި ވާ ޢިލްމީ މުޢުޖިޒާގެ ތެރެއިން … (1)

ކިޔާފައިވާ ޢަދަދު: 10885
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބީހުމުގެ ޙިއްސާއި ތަދު އިޙުސާސްވުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުރިން އިންސާނުންނަށް ޤަބޫލުކުރެވިފައިވަނީ ތަދު އިޙުސާސްކުރެވެނީ ސިކުނޑިއަށްކަމަށެވެ. އިޙުސާސްކުރުމުގެ ޙިއްސަކީ ސިކުނޑިކަމުގައެވެ. ނަމަވެސް ހޯދިފައިވާ ގިނަ ހޯދުންތަކުން މިއީ ކުށް ހީއެއްކަން ވަނީ ސާބިތުވެފައެވެ. މިކަމާބެހޭ ގޮތުން އެންމެ ގިނަ ދިރާސާކުރެއްވި އެއް ބޭފުޅަކީ ތައިލެންޑްގެ ޗިއަންގމައި ޔުނިވަރސިޓީގެ އެނެޓޮމީ ޑިޕާޓްމަންޓްގެ ރައީސް، ޕްރޮފެސަރ ޓަގަޓެޓް ޓެޖާސެން އެވެ.

އިސްރާ (1)

ކިޔާފައިވާ ޢަދަދު: 5132
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
ލޯންޗު ނެރުން ވަންނަތަން ފެނުމާއެކު އެ ރެއަކީ އަހަރެމެން ކުދިންގެ ރޭކަން އެނގުނެވެ. ލޯންޗް ފުރެންދެން އެތިބީ ޒުވާނުންނެވެ. އެމީހުން މިރޭ ހޭދަ ކުރާނީ މި ރަށުގައެވެ. އެމީހުން އަހަރެމެން ކުދިން ހޯދާނެއެވެ. އަހަރެމެންގެ ކިބައިން އުފާ ޙާސިލު ކުރާން އުޅޭނެއެވެ. ބަދަލުގައި އަހަރެމެންނަށް އަގުބޮޑު ހަދިޔާތައް ދޭން ބުނާނެ އެވެ. ފައިސާއާއި ހަދިޔާ ލިބޭނީ ކެރިގެން ނުކުންނަ ކުދީންނަށެވެ.