ޤާޟީގެ ދަރިފުޅު

ކިޔާފައިވާ ޢަދަދު: 6806
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
 ވަރަށް ކުރީން ސްޕޭންގެ ޝަހަރެއް ކަމުގައިވާ ޤުރްޠުބާގައި ޤާޟީ އަކު އުޅުއްވިއެވެ. އޭނާގެ ނަމަކީ މުޙައްމަދު ބުނު ޢަލީއެވެ. އެއީ ވަރަށް ހެޔޮލަފާ، އިންސާފަށް ލޯބި ކުރައްވާ ޤާޟީއެކެވެ. މުޅި ރަށަށް އޭނާގެ ނަން މަޝްހޫރު ވެފައިވެއެވެ. އޭނާގެ މި ހެޔޮލަފާކަމުގެ ސަބަބުން، އެތާނގެ ރަސްގެފާނު އިނާމެއްގެ ގޮތުން އޭނާއަށް ވަރަށް ގިނަ ފައިސާ ދެއްވަން ގަސްތުކުރެއްވިއެވެ.

ފިޠުރު ޢީދު – 1433

ކިޔާފައިވާ ޢަދަދު: 7014
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު

އީދު  އައުމުން  ރޫޙުދިރި  ހިތްތައް  އުފާކޮށް ދީފިއޭ
            ދީބުގައި އާކުލަތަކެއް ފެވި  އަޚްކަމެއް   ފަތުރައިފިއޭ
އިއްވަމުން ތަކްބީރުތައް  އަދި މީރުވަސް ފަތުރައިދެމުން
            ލެއްވެވުން އެދި  ދަރުމައިން   އުއްމީދު  އާކޮށްދީފިއޭ

އިސްތިސްޤާ ނަމާދު

ކިޔާފައިވާ ޢަދަދު: 9628
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާތް ﷲ އިންސާނުންނަށް އުޑުން ފޮނުއްވާ ޚާއްޞަ ރަޙުމަތް (ވާރޭ) ހިފަހައްޓަވަން އިރާދަކުރައްވައިފި ނަމަ، ވާރޭވެހުން ހުއްޓި ބިންގަނޑު ހަނަފަސްވެ، ކޯރުތަކާއި ލޭކްތައް ހިކި އިންސާނުންނަށް ބޮޑު އާފާތަކާ ކުރިމަތިވެއެވެ. މި ފަދަ ޙާލަތްތަކުގައި ﷲ އަށް ދުޢާކޮށް ރަޙުމަތަށް އެދި ދެންނެވުމަށް ޓަކައި ކުރާ ޚާއްޞަ ނަމާދެއް އޮވެ އެވެ. އެއީ އިސްތިސްޤާ ނަމާދެވެ. މިއީ توحيد ގެ މަތިވެރި ފިލާވަޅެއް ވެސް މެއެވެ. 

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 172
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

عيد مبــارك

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް

ލިޔުންތެރީންގެ ގުޅުމުގެ އެންމެހާ މެންބަރުންނަށާއި “ލިޔުންތެރިޔާ” އާއި “ލިޔުންތެރިން”ގެ ލިޔުންތެރިންނަށާއި ކިޔުންތެރީންނަށް

އަދި ޢާއްމުކޮށް ދިވެހިރާއްޖޭގެ މުސްލިމު ލޮބުވެތި ރައްޔިތުންނަށް

ވަރަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ.

މި ހެޔޮ އެދުމުގައި، ރާއްޖޭން ބޭރުގައި ތިއްބެވި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނާއި އަދި ދުނިޔޭގެ އެންމެހާ މުސްލިމުން ޝާމިލުކުރަމެވެ.

تقبل الله منا ومنكم.

 كـل عــام وأنتم في نعيم

 

“ލިޔުންތެރިންގެ ގުޅުން”، “ލިޔުންތެރިޔާ”، “www.liyuntherin.org

 

“ޑްރަގް” : ބޭނުންކުރުމުން ވާނުވާ ނޭނގޭ ވަބާ!

ކިޔާފައިވާ ޢަދަދު: 5770
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
ނަބީލަކީ ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ މީހެކެވެ. އަދި މީނާ ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައެވެ. މި ކުދިން ނަބީލް ކައިރިއަށް ދަނީ ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށް ސިއްރުންނެވެ. ޢާއްމުކޮށް ނަބީލާއެކު އުޅެނީ ދެކުއްޖެކެވެ. މި ދެކުދިންނަކީ މައިން ބަފައިންގެ އަޅައިލުން ނުލިބި ރަށުތެރޭގައި ވިޔާނުދާ އުޅުމެއް އުޅެމުންގެންދާ ދެ ކުދިންނެވެ.

އިންޓަނެޓުގައި ޚިޔާލު ފާޅުކުރާއިރު ރުޅިގަދަވެ ބޭއަދަބީވަނީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 10151
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ޔޫޓިޔުބަކީ އެ ވެބްސައިޓުގައިވާ ކުރު ވީޑިޔޯ ތައް ގިނަ ބައެއްގެ ކުރިމަތީގައި މަޤްބޫލުކަމުން މަޝްހޫރުވެފައިވާ ސައިޓެކެވެ. ތަފާތު މައުލޫމާތު ހޯދުމާއި މުނިފޫހިފިލުވުމުގައި އެމީހަކު ބޭނުން ދާއިރާއަކުން އެ ބޭނުންވާ ވީޑިޔޯ ކްލިޕްކޮޅެއް  ފަސޭހައިން ހޯދައި ބަލައިލެވެއެވެ. މި ވީޑިޔޯތަކުގެ ތިރީގައި އެ ކަމަށް ޚާއްސަ ކުރެވިފައިވާ ގޮޅިއެއްގައި، ބަލާ މީހުންގެ ޚިޔާލު ލިޔުމުން ފާޅުކުރެވެއެވެ. 

”ޑްރަގް”: ބޭނުންކުރުމުން ވާނުވާނޭގޭ ވަބާއެއް!

ކިޔާފައިވާ ޢަދަދު: 236
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
ނަބީލަކީ ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ މީހެކެވެ. އަދި މީނާ ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައެވެ. މި ކުދިން ނަބީލް ކައިރިއަށް ދަނީ ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށް ސިއްރުންނެވެ. ޢާއްމުކޮށް ނަބީލާއެކު އުޅެނީ ދެކުއްޖެކެވެ. މި ދެކުދިންނަކީ މައިން ބަފައިންގެ އަޅައިލުން ނުލިބި ރަށުތެރޭގައި ވިޔާނުދާ އުޅުމެއް އުޅެމުންގެންދާ ދެ ކުދިންނެވެ.

ލޭ ބޯ ފަނި (4)

ކިޔާފައިވާ ޢަދަދު: 8990
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(10 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
“އެންމެ ރަނގަޅު. އެކަމަކު އަދި އަހަރެން ކަލެޔާއި ފީރޯޒާގެ ވާހަކަ ޖަވާދު ގާތަކު ނުބުނާނަން. އެންމެ ފުރަތަމަ ފީރޯޒާ ކަލެޔާ ހިތާވާކަން އަހަންނަށް ދައްކައިދީ.”

“ތިޔަ ކަންތައް ވަރަށް އަވަހަށް ދައްތައަށް އެނގިދާނެ. އޭނާ ކޮލެޖަށް ދާން ގެއިން ނުކުންނަނީ ހެނދުނު ނުވައެއް ޖަހާއިރުކަން މިހާރު އަހަންނަށް ވަނީ އެނގިފައި. އެނބުރި ގެއަށް އަންނަނީ އެކެއް ޖަހާއިރު. އެހެންވީމާ މެންދުރު ފަހު ދޭއް ޖަހާއިރު މިގޭ ފޯނު ރަނގަބީލު ވާން ފަށައިފިއްޔާ ދައްތައަށް އެނގެން ވާނެ އަހަރެން ފީރޯޒާއަށް ގުޅަނީކަން. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޭނާ ލައްވައި ފޯނު ނަންގުވާ. ލޮލުގެ ޒަރީޢާއިން މިހާރު ހިތާ ހަމައަށް ހިނގައްޖައިން. ދެން އޮތީ ކަންފަތުގެ ޒަރީޢާއިން ހިތާ ހަމައަށް ދިއުން.”

ޝައިޠާނާގެ ޑަބަލް ޕްރޮމޯޝަން

ކިޔާފައިވާ ޢަދަދު: 9009
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ޢައްބާސީ ވެރިކަމުގެ ދުވަސްވަރު ޢިރާގުގެ އަވަށްގަނޑެއްގެ ބަޔަކު ކުނިވާ ކާބޯތަކެތި އުކައިލާ ގަސްގަހާގެހީގެ ސަރަޙައްދެކެވެ. ރޭގަނޑު މެންދަމުގެ ވަގުތު ބޮޑު ޝައިޠާނާ އާއި އޭނާގެ ކުދި ޝައިޠާނީ އަޢުވާނުންގެ ބަޔަކު މިތަނުން ފައުޅުވެ އެބައިމީހުންގެ ބައްދަލުވުމެއް ބޭއްވިއެވެ.

ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 7751
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ތިބާ މި ލިޔުން ވިދާޅުވާން ތިޔަ ފައްޓަވަނީ އަޅުގަނޑު ދެކެ ވަރަށް ކޯފާވެ އިންނަވައިގެންތޯއެވެ؟ ނުރުހުމާއި ނަފުރަތުގެ ހިތްޕުޅަކައިގެންތޯއެވެ؟ އެހެންކަމަށް ވިޔަސް އަޅުގަނޑަށް ދެންނެވެން އޮތީ ހަމަ މިހެނެވެ. ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ. ކީއްވެގެންތޯއެވެ؟ ޖަވާބު، މި އަރުވަނީއެވެ.