ތިބާ ގެ ޕެންޝަން ފައިސާ ހަލާލުގޮތުގައި އިންވެސްޓްކުރަން ބޭނުންނަމަ، ޝަރީއާ ހުއްދަ ކުރާ މަގުން ފައިސާ އިންވެސްޓުކުރުމަށް ޕެންޝަން އޮފީހުން ހުޅުވާލައްވާފައިވާ ފުރުޞަތުގެ ބޭނުން ހިފަމާތޯ؟

ކިޔާފައިވާ ޢަދަދު: 5373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އެންމެ ހަލާލުފައިސާއަކީ އިސްލާމީ ޝަރީއަތް ހުއްދަކުރާ މަގުން ހޯދާ ފައިސާކަން ކަށަވަރެވެ. އަދި ތިމާގެ ނަފުސާއި އާއިލާއަށް ފޯރުކޮށްދެވޭ ކޮންމެ އެއްޗަކީވެސް ހަލާލުމަގުން ހޯދާފައިވާ ތަކެއްޗަށްވުމަށް ކޮންމެ މީހެއްވެސް އެދޭނެއެވެ.

ލޭ ބޯ ފަނި (1)

ކިޔާފައިވާ ޢަދަދު: 9486
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލޭ ބޯ ފަންޏާއި ލޯބިވެރިންނާ ދެމެދު އޮންނަނީ ހަމައެކަނި ނަމުގެ ތަފާތެކެވެ. ދެމެމުންދާ ކިސަޑާއި ކިލާގަނޑުގަނޑުގެ ތެރެއަށް އުފަންވާ ލޭ ބޯ ފަނި މީހެއްގެ ގައިގައި ތަތްކޮށްލުމަށް ފަހު ލޭ ބޯން ފަށްޓަނީއެވެ. ލޭ ބޮމުން ގޮސް މަރުވާންދެން އެމީހާގެ ގަޔަކުން ނުއެއް ނެއްޓެއެވެ.

މިނިވަންކަން ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ޢަޒުމުންނެވެ.

ކިޔާފައިވާ ޢަދަދު: 8387
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް (ތުޅާދޫގޭ ޢައްބާސް)
މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ހަނދާންކުރަން ޖެހޭނީ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަމެވެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ހޯދި މިނިވަންކަމެއް ކަމުގައި ވީނަމަވެސް، ނުވަތަ ހޮޅީންގެ ކިބައިން ސަލާމަތް ކުރެވުނު މިނިވަންކަމެއް ކަމުގައި ވީނަމަވެސް އަދި ކީއްތޯ؟ މިއަދު އަޅުގަނޑުމެން އެ މިނިވަންކަމަކަށްޓަކައި ފަޚްރުވެރިވަމުން މިދާ އިނގިރޭސީންގެ އަތްދަށުން ލިބިގަތް މިނިވަންކަން ކަމުގައި ވީނަމަވެސް އެމިނިވަންކަމެއް ރާއްޖެއަށް ލިބިފައިވަނީ ހަމަ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންނެވެ. ދިވެހީންގެ ހިތްތަކުގައިވާ ޤައުމީ ލޯތްބާއި މިނިވަން ޝުޢޫރުތަކުގެ ސަބަބުންނެވެ.

އިސްރާފުކުރުމުން ދުރުހެލި ވާށެވެ.

ކިޔާފައިވާ ޢަދަދު: 7024
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި

“ލިޔުންތެރިޔާ” (8) މިނިވަންދުވަހަށް ޚާއްޞަކޮށްގެން ނުކުމެއްޖެ

ކިޔާފައިވާ ޢަދަދު: 193
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިނިވަންދުވަހާއި މިނިވަންކަމާ ބެހޭ ލިޔުންތަކަށް ޚާއްޞަކޮށްގެން 132 ޞަފުޙާގެ މައްޗަށް އެކުލެވޭ ޢިލްމީ ރިފަރެންސެއްގެ ގޮތުގައި “ލިޔުންތެރިޔާ” (މަޖައްލާ)ގެ ޖުލައިމަހުގެ ޢަދަދު މިހާރު ވިކެމުންދަނީ އެވެ. މިނިވަންދުވަހާއި މިނވަންކަމާ ބެހޭ ގޮތުން މީގެ ކުރިން ޝާއިޢުކުރެވިފައި ނުވާ ވަރަށް ގިނަ ތާރީޚީ، ޢިލްމީ ލިޔުންތައް ހިމެނޭ މި ޢަދަދު މާލޭގެ މަޝްހޫރު ގިނަ ބުކްޝޮޕްތަކުގައި މިހާރު އެބަ ވިއްކައެވެ. މުދައްރިސުންނާއި ދަރިވަރުންނަށް ވެސް އަދި ސަރުކާރުގެ އެކި އެކި އިދާރާތަކަށްވެސް ވަރަށް މުހިއްމު ލިޔުންތައް ރާއްޖޭގެ މަޝްހޫރު ލިޔުންތެރީންގެ ޤަލަންކޮޅުތަކުން މި މަޖައްލާގައި ހަދިޔާކުރައްވައިފައި އެބަހުއްޓެވެ.

ހުސްވުމުގެ ކުރީން ބައްލަވައިގަތުން ވަރަށް މުހިއްމެވެ.

—————————– 

“ގުޅިފަޅު” ، “ގުޅީ ފަޅު”: މާނަ އެއްގޮތްބާ؟

ކިޔާފައިވާ ޢަދަދު: 9201
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ގުޅިފަޅު” ހިއްކައިގެން ގެދޮރު އެޅުމުގެ މަޝްރޫޢެއް ހިންގާ ވާހަކަ އިވުނެވެ. އިވެއެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި “ގުޅިފަޅު” އެއީ މާލެ އަތޮޅު ވިލިގިއްޔާއި ތިލަފުއްޓާ ދޭތެރޭގައި އޮންނަ ފަޅެކެވެ. އެތަން މިހާރުވަނީ ކޮންމެވެސް ވަރަކަށް ހިއްކައިފައެވެ. “ރަށަކަށް” ވެފައެވެ. އަދި މީހުން ދިރިއުޅުމަށްޓަކައި ފްލެޓް ޢިމާރާތްކުރުމުގެ މަޝްރޫޢެއް ވެސް އެ ތާގައި މިހާރު ކުރިޔަށް އެބަގެންދެވެއެވެ. 

ށ. ފުނަދޫގެ ޝަޙުޞިއްޔަތުތަކުގެ ތެރެއިން ….. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް

ކިޔާފައިވާ ޢަދަދު: 3506
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފު ށ.ފުނަދޫ، ރޯޒީ
އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ނ.ކުރެދިވަރު ހޮޅުދޫގޭ ޢަބުދުލްކަރީމް އާދަމާއި، ޙައްވާ އިބުރާހީމްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 02 ފެބުރުއަރީ 1932ގައި ނ. ކުރެދިވަރު ހޮޅުދޫ ގެއަށެވެ. 
އެދުވަސްވަރަކީ ރާއްޖެތެރޭގައި މަދަރުސާތަކުން ކިޔެވުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ލިބި ނެތް ދުވަސްވަރަކަށްވުމުން އަބުދުﷲ ޢަބުދުލްކަރީމް ތަޢުލީމް ޙާޞިލްކުރެއްވީ މަންމައާއި ބައްޕަގެ އަރިހުންނާއި، މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތާފުޅުގެ އަރިހުންނާއި، ބައްޕަގޯތި ކާފާފުޅު (އާދަމް މުހައްމަދުފުޅު) ގެ އަރިހުންނެވެ. 

ފުރުޞަތުގެ ބޭނުންކުރާށެވެ.

ކިޔާފައިވާ ޢަދަދު: 7309
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ނަފުސުގެހިސާބުކުރަން މިއީ މަތިވެރިރަނގަޅުވީ ފުރުޞަތެއް
                  ހަފުށުން ސަލާމަތް ހޯދުމަށް ލިބިފައިވި ހެޔޮމާތް ފުރުޞަތެއް
ތަޤުވާގެ  ދަންމަރު ދިއްލިދާ  ރަމަޟާންކަރީމުގެ ހިޔަލުގައި
                  އަގުމާތްވި ރަޙްމަތް ގުނަވެދާ ލޮބުވެތި ނަސީބުގެ ފުރުޞަތެއް

ސުވަރުގޭގެ ލަވަ

ކިޔާފައިވާ ޢަދަދު: 5397
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2012)
 
ނޯޓު: މި ޅެން އެކުލަވައިލެވިފައި މި ވަނީ “ސަބްކުޗް ލުޓާކެ ހޯޝުމެ” (1957). މި ރާގުގެ ވަޒަނަށެވެ. 
މީ ބިންމަތީގެ ސުވަރުގެޔޭ ޞުލްޙަވެރި އަމާން 
     މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 
ރަޙްމަތުގެ ޙައްޤު ދީން މި ބިމަށް ފެތުރި ނޫރުގާ 
އަޚްވަންތަކަން  ހިނގާލީ،  ވިންދާ   ޝުޢޫރުގާ  (ނަފުސާއި ރޫޙުގާ)
ފަޚުރެއް ކަމަށް ނުވޭހެ   މި  ދިން ޙުރުމަތާ   އަމާން 
            މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 

ހުތްތައްޚާނުގެ ލަކުޑި ސިޓީ

ކިޔާފައިވާ ޢަދަދު: 6406
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ހުތްތައްޚާނު ލިޔެދިން ލަކުޑިސިޓީއަކަށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުން ރުއްލަކުޑި ކަނޑުވައިދިން ވާހަކަ ފުރަތަމަ އަޅުގަނޑަށް ވިދާޅުވެދެއްވީ ހުވަދުއަތޮޅު ވިލިގިލީ ޝަބުނަމީގޭ އަލްފާޟިލް އިބުރާހީމް އަނީސެވެ.