ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދުމަށް!

ކިޔާފައިވާ ޢަދަދު: 6727
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދަން އަވަސް ކުރާށޭ
                         ފުރަމާނަ ހުރި  މިރޭތައް  ބޭނުންކުރަން  ކެރޭށޭ 
ވަގުތެއް ނަގާނުލައިތިބެ ހުރިހާ   ނަމާދަކަށްގޮސް
                        އަގުހުރި  އެމާތްވި އަޅުކަން ވަގުތުން  އަދާކުރާށޭ

ޖުމުލައެއްގެ ފަހަތުން…

ކިޔާފައިވާ ޢަދަދު: 4916
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
މިއަދު، ނޫހަކުން ފެނުނު ޖުމުލައެކެވެ. “ހަމައެކަނި މޫނު ބުރުގާ އެޅި އަންހެނުން މަސައްކަތްކުރާ ޓީވީ ސްޓޭޝަނެއް” މި އެވެ. މި ޖުމުލައިން ތިބާ އަށް ލިބިވަޑައިގަތީ ކޮން ދޭހައެއްތޯ އެވެ؟ ފަހަރެއްގައި ތިބާ ހިތްޕުޅަށް އަރައިފާނެ އެވެ. މޫނު ބުރުގާ ނޫން އެއްޗެއް އެ ކަނބަލުން ނާޅަނީ ބާވައެވެ؟

ދުނިޔެ ސިއްސުވައިލި އިލްމީ ތަޖުރިބާ

ކިޔާފައިވާ ޢަދަދު: 10366
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ޕްރޮފެސަރ ސްޓޭންލީ މިލްގްރާމަކީ ނަފްސާނީ އިލްމުގެ ތަފާތު ބައިތަކުގެ ތެރެއިން، އިޖްތިމާއީ ކަންތައް ދިރާސާކުރާ ގޮތްޕަށް ނިސްބަތްވާ ސޯޝަލް ސައިކޮލޮޖިސްޓެކެވެ. 1960 ގެ އަހަރު ތަކުގެ ކުރީކޮޅުގައި އެމެރިކާގެ  މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ނަފްސާނީ އިލްމު ކިޔަވައިދެއްވި ދުވަސްވަރު ހެއްދެވި އިލްމީ ތަޖްރިބާއިން ލިބުނު ނަތީޖާއަކީ، ޚުދު އޭނާއާ އެކުގައި އުޅުއްވި އެހެން ޕްރޮފެސަރުންވެސް ހައިރާން ކުރުވި ކަމެކެވެ.

ނުވެވުނު އިންކާރު

ކިޔާފައިވާ ޢަދަދު: 5130
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
ވަޒީފާ ލިބޭނެކަން ޔަގީންކޮށް މިއަދު ދިޔައީ ވަރަށް އުންމީދާއެކުގައެވެ. އެހެންވެ ރައްކާކޮށްފައިހުރި ފައިސާކޮޅުގެ ތެރޭން އެންމެ ފަހު 200 ރުފިޔާ، ރީތި ހެދުމެއް ގަތުމަށް ހޭދަކޮށްލީމެވެ. ވޮލެޓްގައި 10 ރުފިޔާ އޮތީ ވެސް ރޭގައި ނުކައި ހުރިކަމުންނެވެ.

އެނގޭތަ؟ ނޭނގޭތަ؟ އެނގެންޏާ ބުނާތި އިނގޭ!

ކިޔާފައިވާ ޢަދަދު: 9119
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ސާންސްކިރިތު ބަހުގެ ޕްރާކިރިތަކުން އުފެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ދިވެހިބަސް ވަކި ބަހެއްގެ ގޮތުގައި ބޭނުންކުރެވެމުން އަންނަތާ މަދުވެގެން 2500 އަށްވުރެ ގިނަ އަހަރު ވެފައިވާކަމަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ސާބިތުވެއެވެ. އެހާ ހިސާބުއްސުރެ އަދިއަދަށް ދާނދެން ދިވެހިބަސް މި އަންނަނީ ތަރައްޤީވެ ކުރިއަރަމުންނެވެ. މި ޖީލާ ހަމައަށް ދިވެހިބަސް އައިއިރު ދިވެހިބަހަކީ ހަރުދަނާ ހަމަތަކާތަކާއި އުޞޫލުތަކެއްގެ މަތީގައި ޤާއިމުވެފައިވާ ހަރުދަނާ ބަހެއްކަމުގައި ޤަބޫލުކުރެވެއެވެ.

ލަފުޒެއްގެ މާނަ ބަދަލުވުމުން އިންތިޚާބުގެ ނަތީޖާއަށް ފޯރި އަސަރު

ކިޔާފައިވާ ޢަދަދު: 9762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބޮޑު ބިޔަ ބައްރެއްގެ އެއް ފަރާތެއްގައި އޮންނަ ކުޑަ ޤައުމެކެވެ. އެ ޤައުމުގެ ސަރުދާރު ހޮވަނީ ޢާއްމު ވޯޓަކުން ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. ސަރުދަރުކަމަކީ އެ ޤައުމުގެ އެންމެ މަތީ ވަޒީފާއެވެ. އެންމެ ޝަރަފުވެރި މަޤާމެވެ. ކުރީ ޒަމާނުގައި އެކަމާ ކުރިމަތިލާނެ މާ ގިނަ ބަޔަކު ނުވަނީ ޤައުމަށް ލިބޭ އާމްދަނީގެ ކުޑަކަމުން ކަމަށް ވެދާނެ އެވެ. ޤައުމުގެ ހުރިހާ ރައްޔިތުންގެ ކަންކަން ފުއްދައިދިނުމަކީ ފަސޭހަކަމަކަށް ނުވެދާނެތީ އެވެ.

ދެ ވެރިޔެއްގެ ދެ އިނާމު- ނިކަމެތި ފަޤީރު އަންހެނަކަށް

ކިޔާފައިވާ ޢަދަދު: 6427
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އިނާމަކީ ރަނގަޅު ކަމެއްގެ ބަދަލެވެ. ކަމެއްކުރީމާ ދޭ ހަދިޔާއެވެ. ހަދިޔާއަކީ އެކުވެރިކަމުގެ ގޮތުން ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހިލޭ ދޭ ތަކެއްޗެވެ. މިއީ ދިވެހި ބަހުގެ ރަދީފުގައި މި ކަންކަމަކީ ކޮބައިކަން ބުނެދޭ ގޮތެވެ. ހަދިޔާއަކަށް ދޭ އެއްޗަކީ ފައިސާކަމަށް ނުވަތަ އަގުގެ ގޮތުން އެހާ ބޮޑު އެއްޗަކަށްވުން ކޮންމެހެން މުހިއްމެއްނޫނެވެ. މުހިއްމީ އެ ޙާލަތަކާއި އެ ކަމަކާއި އެ އެއްޗެއް ދިން އަދި އެ އެއްޗެއް ލިބިގަތް ފަރާތެއްގެ ނިސްބަތެއްގައި އެ ކަމެއް އޮތްގޮތެވެ.

ރަމަޟާން މަހަށްޓަކައި ކުރެވޭ މަތިވެރި އުއްމީދު

ކިޔާފައިވާ ޢަދަދު: 8632
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ރަޙުމަތާ ބަރަކާތް އޮހޭ މޫސުން މިއަދު ކުރިމަތި ވަނީ 
                އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
                       ވަހުމުތައް  ދޫކޮށް  ސިރާޠުލްމުސްތަޤީމަށް  ދާން  ވަނީ
                           
ހެޔޮ ޢަމަލުތައް ގިނަކުރުން، އޭ އޮތް ތިމާއަށް ފުރުޞަތެއް
                ހެޔޮކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
                       ހެޔޮބަހެއް  ނޫނީ   ނުބުނެ   ހުރުމޭ  އަބަދު ލާޒިމުވަނީ
ފަސްވަގުތު ހަމަޔަށް އަދާކޮށް މުޅި ދުވާލުގެ ވަގުތުގައި
                ގަސްތުގައި ނިޔަތާ އެކީގައި ރޯދައަށް ހުރެ އެ ގޮތުގައި
                       މަޞްލަޙަތު އިސްކޮށް މި މައްސަރު  ހޭދަކުރުމޭ އޮންނަނީ

ލޯތްބާނުލައި (2)

ކިޔާފައިވާ ޢަދަދު: 4723
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ 
(18 ޖުލައި 2012 (ބުދަ) ގުޅޭ)
ޝަކުވާ ނުކުރަނީ ލޯބިނުވާތީއޭ ޒަބީދާ ބުނެއެވެ. އެކަމަކު އެކަކުވެސް އޭނާގެ ފިރިމީހާގެ ކިބައިން މިބާވަތުގެ އަމަލުތައް ފެންނާކަށް ނުރުހޭނެއެވެ. އެހެންނޫނަސް އަހަރެން ތަގިއްޔުގާތުން ވަރިވެގެން އެހެން މީހަކާ ގުޅޭކަށް ވެސް ނުވިސްނަމެވެ.

އަހަރެންގެ ފަރާތުން ދައްޗެއް އުނދަގުލެއް ނުވާނެކަން އެނގޭތީ ތަގިއްޔު އުޅެނީ އޭނާ ބޭނުންހާ ގޮތަކަށެވެ. ކުރަނީ ކުރާނެ ކަމެކެވެ. ބުނަނީ ބުނާނެ އެއްޗެކެވެ. އަހަރެން ދެރަވެދާނެތޯ ދަތިވެދާނެތޯ ހިތުގައި ޖެހިދާނެތޯއެއް ބަލައެއް ނުލައެވެ.

ޤާނޫނީ ޙިމާޔަތް

ކިޔާފައިވާ ޢަދަދު: 5157
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
އަދުގެ ދުނިޔެ ވަނީ އިންސާނީ ޙައްޤުތަކުގެ ރޭހުގައި މެކުހަށް ޖަހައިފައެވެ. ނޫނެކެވެ. ދަތްގަނޑު ނަގައި ކޮޅުގައި އަޅުވައިލައިފައެވެ. މި ކަމުގައި އަވަދިނެތިފައި ވަނީ ވެސް ހުޅަނގުގެ ޖާގަ ބޮޑެތި ދޮން ސިކުނޑިތަކެވެ. އެ މީހުން ލޮލުފިޔައެއް ނުޖަހައި ކުރާހައި ވެސް މަސައްކަތަކީ އިންސާނިއްޔަތަށް ހެޔޮ ގޮތް ހޯދައިދިނުމެވެ. ހުރިހައި ބާވަތެއްގެ ހުރިހައި ޒާތެއްގެ ޙައްޤުތައް އިންސާނުންނަށް ފޯރުކޮށްދިނުމެވެ.