ކަން އޮތް ގޮތް (1)

ކިޔާފައިވާ ޢަދަދު: 3109
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަސީމް އަބޫބަކުރު – ލ. މާވަށް
މި ތާގައި ހުއްދަ ނޫން އެދުމަށް އެތާގައި ނަރަކަ ތައްޔާރޭ
               ކިތާބުން   ފެންނަނީ މި ގޮތަށް  ހިތާމަ  ޢަޛާބު  ތަކުރާރޭ
ވެވޭ ޢަހުދާއި ވަޢުދު އުވައިލެވޭނަމަ ކަން މުޅިން އޮޅުވައި
              ދެވޭ އިތުބާރު  ނެތް ނަމަ ވާ ވެވޭނީ  ގައިމު    ޣައްދާރޭ
އަގެއް ނެތް ކުޑަ މަދޮއްޓެއްވެސް ވަގަށް ނެގިނަމަ އިލޮއްޓެއްވެސް
               ހަގެއް ނުތަފާތު  ދޮއްޓެއް ވެސް އަގެން ނެތި ވާށި  ބޭޒާރޭ

ގަވަރުނަރުގެ ގެކޮޅު

ކިޔާފައިވާ ޢަދަދު: 5722
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މުޢާވިޔަތުގެފާނަކީ، އިސްލާމުންގެ ވެރިކަން ހިންގެވި އެންމެ ނަންހުރި އެއް ޚާންދާނު ކަމުގައިވާ ބަނޫއުމައްޔަތު ޚާންދާނުގެ ބާނީއެވެ. އިސްލާމީ ތާރީޚުގައި މި ޚާންދާނުގެ ވެރިކަމުގެ ޒަމާނަށް ދީފައިވާ ނަމަކީ، އުމަވީ ދައުރުގެ ވެރިކަމުގެ ޒަމާނެވެ. 

ޗައިނާ ދަތުރު: ބޫޓުގެ ސަބަބުން މުޅި ދަތުރަށް ފޯރުވި އަސަރު

ކިޔާފައިވާ ޢަދަދު: 9763
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
2011 ވަނަ އަހަރު ޖެނުއަރީމަހުގެ ދުވަހެކެވެ. އެތަންމިތާނގައި ތެޅިތެޅިފައި ގެޔަށް އާދެވުނީ ހަވީރު 6 ޖެހިފަހުންނެވެ. މިރޭ ރާއްޖެއިން ބޭރަށް ފުރަން އޮތީ ހަމަޖެހިފައެވެ. އިރުކޮޅަކުން ފޮށިތަންމަތި ބަލައި ދެ “ކުއްޖަކު” އަތުވެއްޖެ އެވެ. ފޮށި ހަވާލުކޮށްފައި ގޭތެރެއަށް ވަދެވުނީ ގޭ ދޮރުން ބޭރުގައި ބޫޓު ބަހައްޓައިފައެވެ. 10:30 އަށް ހުޅުލެޔަށް ދިޔުމަށް ޓަކައި 1 ނަންބަރު ފާލަން ދޮށަށް ދާން ޖެހެ އެވެ.

ޙާޖަތްތެރީންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުން (1)

ކިޔާފައިވާ ޢަދަދު: 5520
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
(ނޯޓް: މިބައިގައި އަޅުގަނޑު ލިޔާނީ “ޙާޖަތްތެރީންނަށް” ސަރުކާރުން ދެއްވާ އެހީތެރިކަމާބެހޭ ބައެއް މަޢުލޫމާތެވެ.)
ދިވެހި ތާރިޚުގެ ފަތްފުށްތަކުން އެނގި ކަށަވަރުވާ ގޮތުގައި ހުޅަނގުގެ ބޭސްވެރިކަމުގެ ވިލަރެސް ދިވެހިރާއްޖެއަށް ފެންނަށް ފެށީ، އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ދިވެހިސަރުކާރު ހިންގެވި ދުވަސްވަރުގަ އެވެ. އިބްރާހިމް ފާމުލަދޭރި ކިލެގެފާނަށްފަހު ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ހ.ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާސިރު އަށެވެ. އެއީ ހުޅަނގުގެ ބޭސްވެރިކަން ދިވެހި ރާއްޖެއަށް އުފަން ވަމުން ދިޔަ ދުވަސްވަރުކަމުގައި ދެންނެވުމުގެ ފުރުސަތު އެބަ އޮތެވެ. 

ރަން އުޅާ

ކިޔާފައިވާ ޢަދަދު: 4762
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(2 ޖުލައި 2012(ހޯމަ) ގުޅޭ)
ވަޅު އީދު ދުވަހު ހަވީރު ރަށު އޮފީހުގެ ފުރަގަހުގައި އޮންނަ ހުސް ބިމުގައި ވަރަށް މުހިންމު މަންޑި މެޗެއް ކުޅެވެމުން ދިޔައެވެ. އެމެޗް އެހާ ފޯރި ގަދަވީ އެ މެޗް ގައި ވާދަކުރަނީ މިރަށުގެ ޒުވާނުންގެ ޓީމަކާއި މަސްވެރި ކުދިންގެ ޓީމު ކަމަށްވާތީއެވެ. ޒުވާނުންގެ ޓީމުގެ ކެޕްޓަނަކީ އަހުމަދެވެ. މަސްވެރިކުދިންގެ ޓީމުގެ ކެޕްޓަނަކީ ހަސަނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

ކިޔާފައިވާ ޢަދަދު: 5744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު
އާދެ! އިންސާނީ ދަރިފަސްކޮޅު އުފެދުނީއްސުރެންފެށިގެން ވެސް އެމީހުންގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން އުޅެ އެވެ. މިއީ އިއްޔެއަކު  އިހައްދުވަހަކު އަދި މިއަދަކު އެކަނި ހިނގާ ކަމެއް ނޫނެވެ. އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ ޒަކާތަކީ ވެސް އެކަމާއި ގުޅިފައިވާ ކަމެކެވެ. ނުކުޅެދުންތެރިވުމަކީ (އެމީހަކު އަމިއްލަޔަށް) ކަމެއްކުރުމުގެ ކުޅަދާނަކަމެއް އެމީހެއްގެ ކިބައިގައި ނެތުމެވެ. 

ދިވެހިތާރީޚުން ނުފެންނަ ޞަފުޙާއެއް

ކިޔާފައިވާ ޢަދަދު: 4837
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ހަވަރުތިނަދޫން މީހުން ބޭލުމާ ގުޅިގެން ބަނޑުފުރާނަ މުއްތިނުވުމުގެ ސަބަބުން ދުނިޔެ ދޫކުރެއްވި ފަރާތްތަކުގެ އެ ޙާލަތާއި އެ ކަންކަން ހިނގި ގޮތް ސީދާ އެ ދުވަސްވަރު ދެކިވަޑައިގެންފައިވާ އެ ފަރާތްތަކާއި ގާތް ބޭފުޅުންނަށް މި ލިޔުމުން ހިތްޕުޅަށް ދަތިފުޅު ވެދާނޭ އިޙުސާސްތަކެއް ކުރެއްވުމަކީ އެކަށީގެންވާ ކަމަކަށްތީ އެ ކަމަށް ވިސްނައިވަޑައިގަތުން އެދެވިގެންވެއެވެ. މި ލިޔުން ޓައިޕްކުރަމުން ދިޔައިރު ވެސް އެފަދަ ކަމެއް ދިމާވެފައިވެއެވެ. 

ރަން އުޅާ

ކިޔާފައިވާ ޢަދަދު: 4717
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
މިރެޔަކީ އަހަރެންގެ އަލަތު ކާވެންޏަށް ރަން ކިޔާ ރެއެވެ. އަހަރެން ކިހާ އުފާވާން ޖެހޭނެ ހެއްޔެވެ؟ އިންނަން އުޅެނީ އެންމެ ކުޑައިރުން ފެށިގެން އެކީގައި ބަތްކަތްކާ ކުޅެން އުޅުނު ދެކުދީންގެ ތެރޭން ކުއްޖަކާ އެވެ. އެއީ އަޙުމަދެވެ. ރިސޯރޓެއްގައި މަސައްކަތް ކުރަން އުޅެފައި ރަށަށް އައީ މީގެ ތިން ހަފުތާ ކުރިންނެވެ.

އަތް ގާޑިޔަލުގައި އޮފީހަށް

ކިޔާފައިވާ ޢަދަދު: 9396
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ނަޢީމު އިބްރާހީމް
އެ ދުވަސްވަރަކީ މާލޭގެ މަގުތައް މިހާރު މި އޮތް ގޮތަށް ހަދައިފައި އޮތް ދުވަސްވަރެއް ނޫނެވެ. ބޯކޮށް ވާރޭވެހިއްޖެއްޔާ ބައެއް މަގުމަގުގައި ކަކުލާ ހިސާބަށް ވެސް ފެންގަނޑު ހެދިފައި އޮވެއެވެ. ދުވަސްވަރަކީ ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އަޅުގަނޑު އެ ދުވަސްވަރު އުޅުނީ ސަރުކާރުގެ ކުޅިވަރާ ބެހޭ އޮފީހުގައެވެ. އެއީ އަށްޑިހައިގެ އަހަރުތަކުގެ ފަހު ކޮޅެވެ.

މަންމަގެ ދުޢާ

ކިޔާފައިވާ ޢަދަދު: 5823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
އައިޝާއަކީ އައިޝާގެ މަންމައާއި ބައްޕައަށް ލިބިލެއްވި ހަތްދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. އައިޝާގެ ތިން ދައްތައާއި ތިން ބޭބެ ތިއްބަވައެވެ.  އައިޝާގެ އެއްބަޑު އެއްބަފާ ހުރިހާ ދައްތަމެންނާއި ބޭބެމެން އައިޝާދެކެ ވަރަށް ލޯބިވެއެވެ. އައިޝާމެންނަކީ އަވަށުގައި ދިރިއުޅޭ އެންމެ ފަގީރު ކުދިންނެވެ. ބައްޕައަށް ލިބިލައްވާ ކުޑަ މުސާރައިން ކުދިންނަށް ކާންދެއްވައި ކިޔެވުމުގެ ކަންތައް ބަލެހެއްޓެވުމަށްފަހު ރީތި ހެދުމެއް ކުދިންނަށް ހޯއްދަވައިދެއްވޭވަރެއް ނުވެއެވެ.