މަންމަގެ ދުޢާ

ކިޔާފައިވާ ޢަދަދު: 5878
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަސްމާ އަބޫބަކުރު
އައިޝާއަކީ އައިޝާގެ މަންމައާއި ބައްޕައަށް ލިބިލެއްވި ހަތްދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. އައިޝާގެ ތިން ދައްތައާއި ތިން ބޭބެ ތިއްބަވައެވެ.  އައިޝާގެ އެއްބަޑު އެއްބަފާ ހުރިހާ ދައްތަމެންނާއި ބޭބެމެން އައިޝާދެކެ ވަރަށް ލޯބިވެއެވެ. އައިޝާމެންނަކީ އަވަށުގައި ދިރިއުޅޭ އެންމެ ފަގީރު ކުދިންނެވެ. ބައްޕައަށް ލިބިލައްވާ ކުޑަ މުސާރައިން ކުދިންނަށް ކާންދެއްވައި ކިޔެވުމުގެ ކަންތައް ބަލެހެއްޓެވުމަށްފަހު ރީތި ހެދުމެއް ކުދިންނަށް ހޯއްދަވައިދެއްވޭވަރެއް ނުވެއެވެ.

ރައީސް އޮފީހުން ބުނާ ނަމަ، އެއީ ވަރަށް ބޮޑު ކުށެކެވެ.

ކިޔާފައިވާ ޢަދަދު: 6175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2012)
ދިވެހިބަހުގެ އާންމު ހަމަތައް ނިޔާ ކުރާގޮތުން މާތްކުރަނީ މީހުންނެވެ. ތަންތަނެއް ނޫނެވެ. ވަޒީރުގެ ކާރުކޮޅޭ ރަސްގެފާނުގެ ދާންމަތިކޮޅޭ ބުނުމުން އެ މާތް ކުރެވެނީ ކާރާއި އެނދެއް ނޫނެވެ. އަދި ކިއެއްތަ އެ މާތް ކުރެވެނީ ނުވަތަ ދަރަޖަ ދެވެނީ ރަސްގެފާނަށެވެ. ވަޒީރަށެވެ. 

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތާރީޚާއި ޙުދޫދު

ކިޔާފައިވާ ޢަދަދު: 8796
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ އިންސާނަކަށްވެސް މިނިވަންކަމުގެ ހިތްހަމަޖެހުމާއި އުފާ ބޭނުންވެއެވެ. އަޅުވެތިކަމުގައި އުޅޭކަށް އޭނާ ބޭނުމެއް ނުވާނެ އެވެ. އޭނާގެ ނަފުސުބަނދެވިފައިވުމަކަށް އޭނާއެއް ނޭދޭނެ އެވެ. މީގެ މާނައަކީ އެ މީހަކު ބޭނުންކަމެއް ކޮށް ބޭނުންގޮތަކަށް އުޅުމުގެ ފުރުޞަތު އޮތުމެއް ނޫނެވެ.

ކަރާގެ ރަދީފު (3)

ކިޔާފައިވާ ޢަދަދު: 4511
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
(23 ޖޫން 2012 (ހޮނިހިރު) ގުޅޭ)

ކަރާއަށް ޖެހޭ ބައެއް ބަލިބަލި

ކަރާގެ ރަދީފު (2) ގައި ހިމަނައިލެވޭތޯ އަޅުގަނޑު ބެލީ ކަރާ ހެއްދުމުގެ މަސައްކަތުގައި ބޭނުން ކޮށް އުޅޭ، އެ ނަމެއްގެ ކުރިޔަށް “ކަރާ” މި ލަފުޒު އިތުރުކޮށްފައި ނުވާ ބައެއް ނަންނަމެވެ. ޚާއްޞަކޮށް ކަރާވެޔޮ ހެދިބޮޑުވުމުގެ އެކި މަރުޙަލާއާ ގުޅިގެން ބޭނުންކުރާ ބައެއް ނަންނަމެވެ. މި ބައިގައި ބަލައިނާނީ ކަރާވެލަށާއި ކަރަޔަށްޖެހޭ ބައެއް ބަލިބައްޔަށް ކިޔައިއުޅޭ ނަންނަމަށެވެ. 

ހިންމަތުގެ ނަތީޖާ

ކިޔާފައިވާ ޢަދަދު: 5645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދައިގެ ރެކްސާ ދުއްވާ މީހަކު އަމިއްލަ ކްލިނިކެއްގެ ވެރިޔަކަށް

ތަރުޖަމާ: ޢަބްދުﷲ ޞާދިޤް
ޒައިނުލް އާބިދީން މިއަދު ވެސް އެވިއްސާރަރޭ ހަނދާން އެބަހުއްޓެވެ. އެއީ، އޭނާގެ ބައްޕައަށް ޑަކްޓަރީ އެއްވެސް އެހީއެއް ނުލިބިގެން މި ދުނިޔެ ދޫކުރި ރެއެވެ.

ދިވެހިބަހުގެ ފުރަތަމަ ޕުރޮފެސަރު

ކިޔާފައިވާ ޢަދަދު: 6065
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
“ފަޟީލަތުއްޝައިޚަކީ، މޮޅު އަދީބެކެވެ. ކުޅަދާނަ ކާތިބެކެވެ. ފަންނުތަކުގައި ފުންނާބުފުޅު އުހުލިގެންވާ ޢިލްމުވެރިއެކެވެ. އިސްލާމީ ފިލޯސަފަރެކެވެ. ޤުދުރަތީ ޝާޢިރެކެވެ. ޤައުމުގެ ފަޚްރެއްކަމުގައިވާ ދިވެހި ދަރިއެކެވެ.
ދިވެހިރާއްޖެއަށް އެކިރޮނގުރޮނގުން އެ މަނިކުފާނުގެ ކިބައިން ލިބިފައިވާ ޚިދުމަތްތައް ގިނަގުނަ އެވެ. ދިވެހީން އެ މަނިކުފާނަށް ދަރާފައިވާ ދަރަންޏަކީ، ދުވަހަކު އަދާވެވޭނެ ދަރަންޏެއްނޫނެވެ. އެ މަނިކުފާނު އަވަހާރަވުމުން ދިވެހީންނަށް އެ ގެއްލުނީ، ކުޅަދާނަ ކިތައް މީހުންތޯ އެވެ؟”

އެންމެ ފަހު ވަގުތާ ހަމައަށް ވެސް އިޙުތިރާމް

ކިޔާފައިވާ ޢަދަދު: 6326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ބަންޑާރަ ހޮޅުއަށީގައި “އިޙުތިރާމް” އެނދުމަތިކޮށްފައި އޮންނަތާ ލައްކަދުވަސް ވެއްޖެއެވެ. އެނދުމަތި ކުރީމާ އެނގެނީ ކަމާއިބެހޭ ބައެއްގެ ބެލުމުގެ ދަށުގައި ބާއްވައިގެން ފަރުވާކުރަން ޖެހޭ ހިސާބަށް ދިޔައީއެވެ. އެކަމަކު ހިތަށް އެރިއެވެ. ހޮޅުއައްޓަކީ ބަލިވެގެން އެނދުމަތި ކުރާ ތަނެއްބާވައެވެ. މި ސުވާލު އުފެދިފައި ހުއްޓައި އެނގުނީ “އިޙުތިރާމަށް” ކަމެއް ވެއްޖެ ނަމަ އެކަން ރަނގަޅުކޮށްލުމަށްޓަކައި ޖާގަ އޮތް ކޮންމެތަނެއްގައި ވިޔަސް ފަރުވާއެއް ދޭން ޖެހޭ ކަމެވެ.

ޒަމާންވީ މިސްރަށް ރައްޔިތުން ހޮވި ވެރިއެއް

ކިޔާފައިވާ ޢަދަދު: 9128
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު އަލީ
މި ޖޫން މަހުގެ 24 ވަނަ ދުވަހަކީ ހަމަ ޔަގީނުންވެސް މިސްރުގެ ރައްޔިތުންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. މިސްރުގެ ޒަމާންވީ ތާރީޚުގައި މިނިވަން އިންތިޚާބެއް ބޭއްވި ރައްޔިތުންގެ ސީދާ ވޯޓަކުން އެމީހުންގެ ވެރިޔަކު ހޮވި ދުވަހެވެ.  ސަލާމަތް ލެއްވި ޢީސާގެ ފާނުގެ 4800 އަހަރު ކުރީގައިވެސް ނީލަކޯރުގެ އައްސޭރީގެ ތިޔާގި ބިމުގައި ތަހުޒީބީ ބަޔަކު ވަޒަންވެރިވެ އުޅެފައިވާކަމީ ތާރީޚީ ހަގީގަތެކެވެ.

އަހަރެންނަށް ޖެހުނު ހާލު

ކިޔާފައިވާ ޢަދަދު: 5836
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވިސްނައި ފިކުރުކޮށްލުމަށްޓަކައި:

         އަހަރެންނަށް ޖެހުނު ހާލު

ޢަބްދުއްރަޝީދު ޙުސައިން
ވިދައިލާ ތަރިތަކާ އުދުހޭ ކޮކާ މުނިޔާ މަށަށް ބުނެޔޭ
  ނިދައިލާށޭ  ބަގީޗާގައި ކަލޭ  ނޫން  އެކަކުވެސް  ނުވެޔޭ
މިގޯތީ ބޮޑުކަމާ އިންފާރު ނެތި ރަށު މެދުތެރޭ އޮތުމުން
  މިގޯތި ތެރޭން ހިނގާ މީހުން މިރަށުގައި އަބަދުވެސް އުޅެޔޭ
އަގެއް ނުނަގައި މަށަށް މިގެޔާ މިއޮތްބޮޑު ގޯތި ދޫކޮށްފައި 
  މަގޭ މަންމަގެ ދުލުން ފަހު ވަގުތު ބުނެލީ ހެޔޮބަހެއް އޮވެޔޭ
ހުރީތީ ބައްޕަ ހޭލައި ފާރަޔަށް މިގެ ދަރިފުޅަށް ލިބުނަސް
  ކުރީއްސުރެ މިގެ އެދޭމީހުން އެގޮތުގައި މިއަދުވެސް އުޅެޔޭ

ކުރުވާހަކަ ޑްރާމާއަށް ބަދަލުކުރާނެ ގޮތް

ކިޔާފައިވާ ޢަދަދު: 10677
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ލިޔެފައިވާ ވާހަކައަކަށް ސްޓޭޖް ޑްރާމާއެއް ކުޅުމަށްޓަކައި ވާހަކައިގެ އުސްލޫބު ބަދަލުކޮށްލައި ދެކެވޭ ވާހަކަ ގިނަކޮށް ޑްރާމައެއްގެ ގޮތަށް ސްކްރިޕް ލިޔެލާން ޖެހެއެވެ. މިސާލެއްގެ ގޮތުން އަޅުގަނޑު މި ސްކްރިޕްޓް ތައްޔާރުކުރަނީ “ފަތްތޫރަ 337” ގައި އަލްފާޟިލު މުޙައްމަދު މައުމޫން ފަހުމީ ދީދީ ލިޔުއްވައިފައިވާ “އެ ދުވަސް” މި ވާހަކައިގެ މައްޗަށެވެ.