ކީރިތި ޤުރުއާނާ ބެހޭ ބައެއް މަޢުލޫމާތު

ކިޔާފައިވާ ޢަދަދު: 5634
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ފަހުމީ ދީދީ
 
ކީރިތި ޤުރްއާނުގައި 114 ސޫރަތް އޮވެ އެވެ. އަދި 6236 އާޔަތް އަދި 30 ފޮތް އަދި 60 ޙިޒްބު އޮވެ އެވެ. ކީރިތި ޤުރްއާނުގައި ވާ ނުގުތާގެ ޢަދަދަކީ، ގާތްގަނޑަކަށް 1015030 އެވެ. އަކުރުގެ ޢަދަދަކީ 323670 އެވެ. އަދި 77934 ކަލިމަ އޮވެ އެވެ.

ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލުން (2)

ކިޔާފައިވާ ޢަދަދު: 8846
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
(18 ޖޫން 2012 (ހޯމަ) ގުޅޭ)
ވާދޫ ގައްދަނޑު މަނިކުފާނާއި ކަނޑަހަލަގަލު އެދުރު ކަލޭގެފާނުގެ މުޤާބަލާގެ ފަހުންވެސް އެދުރު ކަލޭގެފާނުގެ ޢަލާމާތްތައް ކަނޑަހަލަގަލުގެ ބޭރު ކަނޑުތެރެއިންނާއި ބައެއްފަހަރު އެ ރަށުތެރެއިން ވެސް ފެންނަ ކަމަށް ކިޔައެވެ. އަދި މި އެދުރު ކަލޭގެފާނުގެ އެހެން ވާހަކަވެސް މިފޯކްލޯރގައި އާދެއެވެ. ނަމަވެސް ލިޔުން ދިގުވެދާނެތީއާއި މި ފޯކްލޯރއަކީ އޭގެ މަޤުޞަދު ނުގެއްލޭ ގޮތަށް ތަފާތު ޢިބާރާތުން ބައެއް ފޮތްތަކުގައިވެސް ލިޔެވި ފެންނަން އޮތް އެއްޗަކަށްވާތީ މިލިޔުމުގައި އިތުރަށް ނުލިޔުނީއެވެ.

ވަޒީފާގެ ފުރުޞަތު

ކިޔާފައިވާ ޢަދަދު: 189
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވަޒީފާގެ ފުރުޞަތު

މަޤާމު:   އިދާރީ އެހީތެރިޔާ (އިތުރު ވަގުތުގައި): ލިޔުންތެރީންގެ ގުޅުމުގެ އިދާރީ އޮފީހަށް

ޝަރުޠު:  މައިކްރޯ ސޮފްޓް ވޯޑާއި އެކްސެލް ގައި ތާނައިން މަސައްކަތްކުރާން އެނގުން އަދި

ކޮންޕިޔުޓަރުން ތާނައިން ސިޓީ ޓައިޕްކުރާން އެނގުން އަދި

ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތްކުރަންޖެހޭނީ: ހަފުތާއަކު 5 ދުވަހު ދުވާލަކު 2 ގަޑި އިރު، (2 ފަރާތުން އެއްބަސްވާ ވަގުތުތަކެއްގައި)

ވަޒީފާ އަދާކުރާ މުއައްޒިފަށް ފަސޭހަ ގަޑިޔަކަށް ވަގުތު ހަމަޖައްސައި ދެވޭނެ.

މުސާރަ: ވާހަކަދައްކައިގެން ހަމަޖެއްސުމަށް

ވަޒީފާއަށް އެދޭ ފަރާތްތަކުން 25 ޖޫން 2012 ގެ ނިޔަލަށް އެ މީހެއްގެ ވަނަވަރާއެކު ހުށަހެޅުން އެދެން

           އީމެއިލް އެޑްރެސް: info@liyuntherin.org
             ޕޯސްޓް އެޑްރެސް: ލިޔުންތެރީންގެ ގުޅުން. ހ. އާމުލީގެ، ބޮޑުފުންގަނޑުމަގު/ މާލެ

އިތުރު މައުލޫމާތު: 7774062،  7785619  މި 2 ނަންބަރުން……. 

ޝަރީޢާގެ ނަޒަރުގައި މަޞްލަޙަތު

ކިޔާފައިވާ ޢަދަދު: 9790
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

“އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.” (ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ).  މި އަސާސްގެ މައްޗަށް ރިޢާޔަތްކޮށް އެއްޗެއް ދަންނަވާނަމަ މުޅި އިސްލާމީ ޝަރީޢާގެ މައިގަނޑު މަޤްޞަދަކީ އިންސާނީ މަޞްލަޙަތުތައް ޙިމާޔަތްކުރުން ކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ.

ވާދޫއަށް އެރި ފުރޭތަ ސައިޒަށް ކަނޑައިލުން

ކިޔާފައިވާ ޢަދަދު: 6527
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ

ނޯޓު: އަޅުގަނޑު ލިޔަމުންގެންދާ “އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ” ގެ ސިލްސިލާ ވިދާޅުވަމުން ގެންދަވާ ބޭފުޅުންނަށް ބޭނުންތެރި މަޢުލޫމާތްތަކެއް މި ލިޔުމުގައި ހުރުން އެކަށީގެންވެއެވެ.

ހުވަދުއަތޮޅުގެ ފޯކްލޯރއެއްގައި އެ އަތޮޅު ވާދުއަށް އެރި ފުރޭތައެއްގެ ވާހަކަ ކިޔައި އުޅެއެވެ. ބައެއް ފޮތްތަކުގައި މިވާހަކަ އަންނަނީ ކަނޑަހަލަގަލު އެދުރުކަލޭގެފާނުގެ ވާހަކައިގެތެރެއިންނެވެ. ވާދުއަށް އެރި ނަމަވެސް އެދުވަސްވަރު ފުރޭތައިގެ މައި މަރުކަޒަކަށް ވެފައި އޮތީ ކަނޑަހަލަގަލެވެ. މި ފުރޭތައެއް ދެކެ މީހުން  ޚާއްޞަކޮށް ވާދޫ ކައިރި ރަށްރަށުގެ މީހުންނާއި ރޭގަނޑު އެހިސާބުން ދަތުރުކުރާ މީހުން ގަންނާކުރައްވާ ބިރުން ފުރޭތައޭ ކިޔަން ވެސް ބިރުގަނެއެވެ. ފުރޭތައޭ ކިޔަން ބިރުން އެދުވަސްވަރު އެކަކު އަނެކަކަށް މަޑުމަޑުން ކިޔައި އުޅުނީވެސް ކަނޑަހަލަގަލު އެދުރު ކަލޭގެފާނެވެ. 

ހަސަންފުޅުބޭގެ އާ ގަމީސް

ކިޔާފައިވާ ޢަދަދު: 4885
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ހަސީނާ ފަހާފޮށި ގަތީ މެއި މަހެއްގައި
               ހަސަން ފުޅު ދެ މުށް ފޮތި ދިނީ ޖޫން މަހެއްގައި
ހަސަންފުޅު ބުނީ ރީތި އަތްދިގު ގަމީހެއް 
               ފަހައިދޭށެ ދޮން ކަނބުލޮ ބޭނުން އަގެއްގައި 

އެކަނިވެރި ބަފައެއްގެ އިލްތިމާސް

ކިޔާފައިވާ ޢަދަދު: 8907
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަހަންނަކީ  ރަނގަޅު ދިރިއުޅުމެއް ހޯދޭތޯ ބައި ގަރުނެއްހާ ދުވަހު ވަރަށް ބުރަ މަސައްކަތް ކޮށް، ކުރި މިންނަތް މަސައްކަތުގެ ފޮނިމީރުކަން މުދަލާއި ފައިސާގެ ތަނަވަސް ކަމުގެ ގޮތުން ފެންނަން ހުރި މީހަކީމެވެ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިން ފިޔަވައި އެހެން މީހުންނަށް ހީވާނީ އަހަންނަކީ ވަރަށް ކާމިޔާބު މީހެއްކަމަށެވެ. މާލޭގައި ހިންގާ ކޮންމެ ބޭންކަކަށް އަހަރެން ވަނަސް އެތަނުގެ އެންމެ އިސް މެނޭޖަރު އަހަންނަށް ދޭ ސަމާލުކަމުން އޭނާ އެހުރީ ހަމަ އަހަރެންގެ އިންތިޒާރުގައި ކަމަށް ބަލަން ހުންނަ މީހަކަށް ހީވާނެއެވެ! ބޮޑު ގެއަކާއި އަގުބޮޑު ކާރާއި،  އެހެންކަމެއް ނުކޮށް ހަމަ އެކަނި އަހަރެންގެ ޚިދުމަތުގައި ހުންނަ ޑްރައިވަރެއް  މިހާރު މި ލިޔުންކޮޅު ލިޔާއިރު ވެސް މި ގޭގައި އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގައި އެބައުޅެއެވެ. 

ތާރީޚީ އޮޅުން ބޮޅުން (2)

ކިޔާފައިވާ ޢަދަދު: 8606
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
(15 ޖޫން 2012 (ހުކުރު) ގުޅޭ) 
ދެއްވަދޫ ރަސްގެފާނާއި އެއްބަނޑު އެއްބައްޕަ ބޭފުޅަކު ނެތި ހަމައެކަނި އެރަސްގެފާނާއި އެއްބަނޑު ބޭފުޅުންގެ ދަރިފަސްކޮޅެއް ހިނގާފައި ވިޔަސް އެހިސާބުން އެދަރިކޮޅަށް އުނިވާނެ ތަނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާއާއި ހަމައިން ހިނގާފައިވާ ދަރިފަސްކޮޅަކަށް އެދަރިކޮޅު ނުވުމެވެ.

ތާރީޚީ އޮޅުން ބޮޅުން

ކިޔާފައިވާ ޢަދަދު: 6984
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
އަޅުގަނޑަކީ ތާރީޚު ލިޔެ އުޅުނު މީހަކީމެއް ނޫނީމެވެ. އެކަމަށް ބޭނުންވާނޭ މަޢުލޫމާތު ހުރި މީހަކަށް ނުވުމާއެކު އެކަން ކުރެވޭނޭ މީހެއްވެސް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ފެންނަން ހުރި ލިޔުންތަކާއި ކަންކަމާއި ބައެއް ބޭފުޅުން ދެއްވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުރެ އެއާއި އެއްގޮތަށް ލިޔާ ބައެއް ލިޔުމަކީ ތާރީޚާއި ގުޅުން ހުރި ކަންކަމެއް ކަމަށް ބައެއް ބޭފުޅުން ދެކިވަޑައިގަނެއެވެ. އަދި އެފަދަ ބައެއް ބޭފުޅުން އެކަމަކަށް މުގުރަނިވި ފާޑު ވިދާޅުވުމެއް ނެތި އޭގެ ރަނގަޅު ނުރަނގަޅު އަންގަވައި “މަގު” ދައްކަވައިވެސްމެ އެވެ. 

ދަޢުވަތު

ކިޔާފައިވާ ޢަދަދު: 267
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުމުގެ ޚާއްޞަ ގުންޒަރު ބައްދަލުވުން

14 ޖޫން 2012 ވާ (ހުކުރުވިލޭރޭ) ބުރާސްފަތިދުވަހުގެރޭ 21:00 ން 22:30 އާ ދެމެދު

މ. ލަކީ ސްޓާރ ގެ 5 ވަނަ ބުރީގެ “ހާމަ ފެންޑާ” ގައި

އުފާވެރި މާހައުލެއްގައި، ހިއްގައިމު ޖައްވެއްގައި…….

އަދަބީ “އަނގަތަޅައިލުމަށް”……………

ވަޑައިގަންނަވާ! ވަގުތުކޮޅެއް ހުސްކޮށްލައްވާ!

ދަޢުވަތު: “ލިޔުންތެރީންގެ ގުޅުމުގެ” ހަމަ ހުރިހާ މެންބަރުންނަށް ހުޅުވައިލެވިފައި.

ފުރުޞަތު ދޫކޮށްނުލައްވާ!

އިތުރު މަޢުލޫމާތު: 7781678 ނުވަތަ 7774062 މި އިން ނަންބަރަކުން . . . .