ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ކިޔާފައިވާ ޢަދަދު: 191
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ޢަބްދުﷲ ފާރޫޤު ޙަސަން

 “މާހޫލުގެ ކަރުދާހުގައި” ޤުރައިޝުން ލިޔެފައިވާ ހަނގުރާމައިގެ އިޢުލާން ސަރީޙަ ގޮތެއްގައި ލޯތަކަށް ފެނިގެންއައީ އެބައިމީހުން މަދީނާގެ މުނާފިޤުންގެ ރައީސް عبـداللّـه بـن أبـىّ އަށް ފޮނުވި އިންޒާރުގެ ސިޓީންނެވެ. އެސިޓީގައި، މަދީނާގެ އަންޞާރުންނަށާއި ޔަހޫދީންނަށް އިންޒާރުކޮށް އަންގައިފައިވެއެވެ. “ތިޔަބައިމީހުން އަމިއްލަޔަށް މުޙައްމަދުގެފާނު ތިޔަބައިމީހުންގެ ސަރަޙައްދުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން ތިޔަބައިމީހުންގެ ރަށަށް ޙަމަލަދީ ތިޔަބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް، ތިޔަބައިމީހުންގެ އަނބީންނަކީ އަހަރެމެންގެ ހިތްއުފާކޮށްދޭ ބަޔަކަށް ހަދާނޫއެވެ.”

ވިސްނައިލަމާ (1) – ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެ

ކިޔާފައިވާ ޢަދަދު: 1311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
ނިކަން ވިސްނައިލަމާތޯއެވެ؟ ވޭނަކާ ނުލައި ފައިދާއެއް ނުލިބޭނެއޭ ކިޔާ އަޑު އައްސަވަމެއް ނޫންތޯއެވެ؟ ކުޑަ ކުއްޖަކު ކަލާނގެއާ މުޚާޠަބްކޮށް ލިޔުނު ނޯޓެއްގައި އޮތެވެ. “މަންމަ އަޅުގަނޑު ވިހެއި ވަގުތު، ވަރަށް ބޮޑު ވޭނެއް ތަޙައްމަލު ކުރިއޭ ބޭބެ ބުންޏެވެ. އެއީ ބޭބެ ސަމާސަޔަކަށް ދެއްކި ވާހަކައެއް ދޮގެއްތޯއެވެ؟” ނޫނެކެވެ. އެއީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ދުނިޔޭގެ އެތައް މިލިއަން އަންހެނުންނެއް މި ބުރައާއި ވޭން އުފުލައެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ސަބަބަކީ އެ މީހުން ބޭނުންވާ އުފާވެރިކަމަށް އޮތް މަގަކީ އެއީ ކަމަށް ވުމެވެ. އަމިއްލަ ދަރިއެއް ލިބިގަތުމުގެ ބޮޑު އުފާ ހާސިލުކުރެވެން އޮންނަ ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ވުމެވެ.

ޙަމީދު ގެ ހަނދުމަތައް

ކިޔާފައިވާ ޢަދަދު: 810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޢަބްދުއްރަޙްމާން – ހއ.އުތީމު
 
ފެތުރިލާ މުޅި ދިވެހި ޖައްވަށް ވެރިކުރީ ފުންއަސަރުތައް
            އުތުރެމުން   އާލާވަމުން  ދާހާ  ޙަމީދުގެ  ހަނދުމަތައް
ކަނޑުތަކާފަޅުތައް ހުރަސްކުރި ހަނދުމައިންދޭ އަސަރުގައި
            ބަނޑުދަމާލީ  ގޮނޑުދޮށަށް އަދު ބީއްސަމުންދާ ރާޅުތައް
ފޯދެމުން އައި ބަހުގެ ގަސްތައް ލޯބިވެތި ފެން ދެއްވުމުން
            މޯޅި ވިއްޔޭ   މާތަކާއެކު   އޭގެ   ހުރިހާ  ކޯނިތައް

قوم ގެ ދަރީންނަށް….!

ކިޔާފައިވާ ޢަދަދު: 799
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (رحمه الله)


އިދާރާގެ ނޯޓެއް:
މިއީ، 18 ޖުލައި 2015 ވީ އަންގާރަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 61 އަހަރު ކުރިން، (17 ޝައްވާލު 1375 ގައި) ނުކުތް ” ޢިލްމީ އޮއިވަރު ” ގެ 7 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

ބަދުރު ހަނގުރާމަ-1: ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ކިޔާފައިވާ ޢަދަދު: 951
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ބަދުރު ހަނގުރާމަ-1: 

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ޢަބްދުﷲ ފާރޫޤު ޙަސަން
 “މާހޫލުގެ ކަރުދާހުގައި” ޤުރައިޝުން ލިޔެފައިވާ ހަނގުރާމައިގެ އިޢުލާން ސަރީޙަ ގޮތެއްގައި ލޯތަކަށް ފެނިގެންއައީ އެބައިމީހުން މަދީނާގެ މުނާފިޤުންގެ ރައީސް عبـداللّـه بـن أبـىّ އަށް ފޮނުވި އިންޒާރުގެ ސިޓީންނެވެ. އެސިޓީގައި، މަދީނާގެ އަންޞާރުންނަށާއި ޔަހޫދީންނަށް އިންޒާރުކޮށް އަންގައިފައިވެއެވެ. “ތިޔަބައިމީހުން އަމިއްލަޔަށް މުޙައްމަދުގެފާނު ތިޔަބައިމީހުންގެ ސަރަޙައްދުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން ތިޔަބައިމީހުންގެ ރަށަށް ޙަމަލަދީ ތިޔަބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް، ތިޔަބައިމީހުންގެ އަނބީންނަކީ އަހަރެމެންގެ ހިތްއުފާކޮށްދޭ ބަޔަކަށް ހަދާނޫއެވެ.”

ހެދުމުގައި ބާހެދި ހާއަޅަން ފަށައިފައި…..

ކިޔާފައިވާ ޢަދަދު: 988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަޅުގަނޑުމެނަކީވެސް ޤައުމެކެވެ. ޤައުމުވަންތަ ގޮތް ހުރި ބައެކެވެ. ޤައުމިއްޔަތެއްގެ ރުކުންތައް ފުރިހަމަވާ ބައެކެވެ. ޤައުމު ކިތަންމެ ކުޑަނަމަވެސް މީސްކޮޅު ކިތަންމެ މަދުނަމަވެސް އަމިއްލަ ވަންތަކަމާއި އަމިއްލަ ދިރިއުޅުމަކަށް ބަރޯސާވާ ބައެކެވެ. އެގޮތްތައް ހިފަހައްޓަމުން އައިސްފައިވާ ބައެކެވެ. އެހެންނަމަވެސް ޒަމާނާއެކު ބަދަލުވަމުންދާ ދިރިއުޅުމުގެ ހަމަތަކުގެ ތެރެއިން އަމިއްލަ ވަންތަކަމާއި ޤައުމުގެ ޤައުމީ ވަންތަކަމަށް ފަނޑުކަމުގެ ކުލަވަރު އަރަން ފަށައިފިއެވެ. ޤައުމިއްޔަތުގެ ރުކުންތަކަކީ ކޮބައިކަން ވަކިކުރަން  ދަތިވާން ފަށައިފިއެވެ.

…ޤުރްބާނީ

ކިޔާފައިވާ ޢަދަދު: 974
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު


އިދާރާގެ ނޯޓެއް:
މިއީ، 18 އޯގަސްޓް 2015 ވީ އަންގާރަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 41 އަހަރު ކުރިން، (1974 އޭޕްރީލާއި ޖޫން މަހު) ނުކުތް ” އަމާޒު ” ގެ 21،23 (ދެ ޢަދަދު) ގައި ޝާއިޢުކުރައްވާފައިވާ ކުރުވާހަކަ އެކެވެ. މި ވާހަކަ އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

قدرتى قانون

ކިޔާފައިވާ ޢަދަދު: 830
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (رحمه الله) 

އިދާރާގެ ނޯޓެއް:
މިއީ، 18 އޯގަސްޓް 2015 ވީ އަންގާރަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 61 އަހަރު ކުރިން، (17 ޝައްވާލު 1375 ގައި) ނުކުތް ” ޢިލްމީ އޮއިވަރު ” ގެ 7 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ޅެމެކެވެ. މި ޅެން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.

ދެއްވި ޝަރަފަށް ޓަކައި ހިތުގައި އުފެދުނު ޝުޢޫރު

ކިޔާފައިވާ ޢަދަދު: 1441
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (19.08.2015)
 
މަށަށްވުރެ ޙުރުމަތީ އަދު ކޮން  ބަޔެއްތޯއޭ  މި  އުޑުދަށުގައި
                ހަށަން ބަނދެގެން ކޮޅަށް އެތިބީ ކިތަށް ބަޠަލުންހެ ޙުރުމަތުގައި
ކުރިން އުނދަގޫވެގެން އުކިޔަސް ނުހަނު ބޭޙުރުމަތީ ގޮތުގައި
                ކުރީން ދުށްގޮތް  މުޅިން  ދޫކޮށް ވަނީ  އަހަރެން އެޖެންޑާގައި
ކިތައް ޤައުމުގެ ވަޒީރުންތޯ މަށާ މެދުގައި މުޝާވިރު ކޮށް –
                ހިތަށް ވެސް  ނާންނަހާ  ހެޔޮކޮށް މަށާމެދު ވިސްނަނީ އަދުގައި

ވިސްނުންތެރި، އެކަމަކު ފުންމިން ނޭނގޭ ސިޔާސަތުގެ ވެރިޔާ

ކިޔާފައިވާ ޢަދަދު: 944
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކިންގ ފައިޞަލް

ވިސްނުންތެރި، އެކަމަކު ފުންމިން ނޭނގޭ ސިޔާސަތުގެ ވެރިޔާ

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

އިދާރާގެ ނޯޓެއް:
މިއީ، މިމަހުގެ 18 ވަނަ ދުވަހު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި، ދިވެހި އަދަބިއްޔާތާއި ދައުލަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަލްމަޣުފޫރުލަހޫ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) މީގެ 41 އަހަރު ކުރިން، ( ޖުލައި 1974 ގައި) ނުކުތް ” އަމާޒު ” ގެ 24 ވަނަ ޢަދަދުގައި ޝާއިޢުކުރައްވާފައިވާ ލިޔުމެކެވެ. މި ލިޔުން އަޅުގަނޑުމެން މި ނަކަލުކޮށްލީ އެ މަނިކުފާނުގެ އަދަބީ ޚިދުމަތުގެ ޒިކުރާ އައުކޮށްލުމުގެ ގޮތުންނެވެ.