ހިތްހަމަޖެހުމުގެ ޝުޢޫރެއް

ކިޔާފައިވާ ޢަދަދު: 8782
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވެބްސައިޓަށް 1 ލައްކަ ފަހަރު ޒިޔާރަތް ކުރެވުނީ އެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ލިޔުންތެރީންގެ ގުޅުމުން، ދިވެހި މުޖުތަމަޢުގައި މަޢުލޫމާތު ފެތުރުމާއި މީސްތަކުންނަށް ޞައްޙަ ތެދު، ޢިލްމީ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ޝާއިޢުކުރާ ވެބްސައިޓަށް މިއަދު (16 މެއި 2012) 00:46 އާ ހަމަޔަށް ކިޔުންތެރިން 1 ލައްކަ ފަހަރު ޒިޔާރަތްކޮށްފި އެވެ.

ދަންމަރު – 1

ކިޔާފައިވާ ޢަދަދު: 8440
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާމިޔާބު ދަތުރު

ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

1984 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ހެނދުނު ތައި އެއަރވޭޒްގެ ބޯއިންގ 747 މަރުކާގެ މަތިންދާބޯޓެއް ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ހުޅަނގަށް އުދުއްސާލައިފިއެވެ. ބޯޓު އުދުހެމުން ދިޔައީ އޮނަތިރީސް ހާސް ފޫޓު މަތިންނެވެ. ހަމަ އެ ވަގުތު އިންޑިއަން ލައިންސްގެ މަތިންދާބޯޓެއް މުމްބައިން ފުރައިގެން ދިއްލީއަށް ދާން އުދުއްސައިލަން ތައްޔާރު ވަމުން ދަނީއެވެ.

ޙައްޤުގެ އަޑު

ކިޔާފައިވާ ޢަދަދު: 5874
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ބަނީ އުމައްޔަތު ޚާންދާނުގެ ޚާލީފާއެއް ކަމުގައިވާ ހުޝާމު ބުނު ޢަބްދުލްމަލިކު އެއްދުވަހަކު ވަރަށް ޚާއްޞަ އެދުމެއް ފާޅުކުރެއްވިއެވެ. އެއީ، ދުނިޔޭގެ އެދުމުން ވަކިވެހުރި ތެދުބުނާ މާތް މީހަކު ޚަލީފާއާ ބައްދަލު ކުރުމެވެ. ހުޝާމުގެ ޒަމާނުގައި ޚާލިދުބުނު ޞަފްވާނޭ ކިއުނު ބޭކަލަކު ދިމިޝްޤުގައި އުޅުއްވިއެވެ. އެއީ މި ޚަލީފާކަމުގެ ވެރިރަށެވެ. ދަރުބާރުގެ އަހުލުވެރިއަކު، އޭނާ، ޚަލީފާގެ އަރިހަށް ހާޒިރުކުރިއެވެ.

ސައިންސްވެރިޔާ އާއި އޭނާގެ ޑްރައިވަރު

ކިޔާފައިވާ ޢަދަދު: 3928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު ޒަކަރިއްޔާ، ޅ. ނައިފަރު
މި ވާހަކަޔަކީ، ނިސްބީ ނަޒަރިއްޔާގެ ސާހިބު އަލްބަރ އޭންޝްތާން އާ ބެހޭ ވާހަކައެކެވެ. އޭނާއަކީ ނިސްބީ ނަޒަރިއްޔާއާ ގުޅޭގޮތުން ދުނިޔޭގެ އެތަންމިތާނގެ ޖަމްޢިއްޔާތަކާއި ޔުނިވަރުސިޓީތަކުގައި ތަޤްރީރުކުރުމުގައި ދަޢުވަތު ލިބި އެކަމުގައި ވަރުބަލިވެފައިވާ ކުޅަދާނަ ޢިލްމުވެރިޔެކެވެ.

ތުރުތުރުއެޅުން

ކިޔާފައިވާ ޢަދަދު: 10823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފަތިހު ހޭލެވުނު އިރުވެސް ޠަބީޢަތް ރަނގަޅެވެ. ފެންވަރައިގެން ފަތިސްނަމާދަށް ގޮސްފައި ގެޔަށް އައީ 6 ޖަހަން ކައިރިވީ ފަހުންނެވެ. ގެޔަށް ވަދެ ބަނޑަށް ކުޑަ ގޮތެއް ހަދައިލައި ނިމުނު އިރު ދަރިފުޅު ހުރީ ސްކޫލަށް ދާން ތައްޔާރުވެގެންނެވެ. ނުހަނު ހަމަޖެހުމާއެކު ސައިކަލުގައި ދަރިފުޅު ގޮވައިގެން މާލޭގެ އަނެއް ފަރާތަށް މިޞްރާބުޖަހައިފީމެވެ.

ޝަރީޢަތުގެ ނަޒަރުގައި މަޞްލަޙަތު

ކިޔާފައިވާ ޢަދަދު: 12664
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފެށުން:
“އިސްލާމީ ޝަރީޢާގެ މަޤްޞަދަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން އިންސާނާއަށް ހޯދައިދިނުމެވެ. އެހެންކަމުން މި ޝަރީޢާ އައިސްފައި ވަނީ އިންސާނާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. ދުނިޔެމަތީގައި އިންސާނާއަށް ހިތްހަމަޖެހުމާއި ފައިދާއާއި ލާބަހުރި އެންމެހައި ކަންކަމަށް މަގުފަހިކޮށްދިނުމާއެކު، ގެއްލުން ހުރި އެންމެހައި ކަންތައްތަކުން އިންސާނާ ސަލާމަތް ކޮށްދިނުމަށެވެ.”

ދޮގު ޚަބަރު ފެތުރުން

ކިޔާފައިވާ ޢަދަދު: 5827
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

ދެންމެއަކު މި ގެއަށް އައިސް އާދަނު އެ ދިޔައީ ބުނެފަޔޭ
            އެންމެ  އެކުވެރި އައިމިނާ އުޅެނީ  ކުޑައިކޮށް  ބަލިވެޔޭ

ފާތިމާ އެގެއިން ނުކުމެ ބަހަކަށް އަރަން ދިޔަ މަގުމަތީ
            އާތިފާ  ބައްދަލުވެގެން   ވާހަކަ  ދެމީހުން    ދެއްކިޔޭ

އެމީހެއްގެ އެރިބައި ލިބޭނީ، ހަމަ އެމީހަކަށް (1)

ކިޔާފައިވާ ޢަދަދު: 5961
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަޞީރު

މިއީ ސިލްސިލާކޮށް ގެނެސްދިނުމަށް ގަސްތުކޮށްފައިވާ މަޒްމޫންތަކެއްގެ ފުރަތަމަ ބައެވެ.     އާދެ! ކޮންމެ އިންސާނަކު ވެސް ދާންނާނެފަދައިން އެންމެހާ އިންސާނުގެ ބަފައިކަލުނަވި، ސަލާމްލެއްވި އާދަމުގެފާނު ދިރިއުޅުއްވީ، އެކަލޭފާނު އުފައްދަވައި އަދި ފުރާނަ އެޅުއްވި މަރުކަޒުގައެއް ނޫނެވެ. ހަމައެފަދައިން އެންމެހާއާދަމުގެ ދަރީން އެބައިމީހުންގެ ދުނިޔޭގެ ދަންފަޅި، ވޭތިކުރަނީ ވެސް އެކަލޭގެފާނު ދިރިއުޅުއްވި ތަނުގައެއް ނޫނެވެ. ނަމަވެސް އެންމެހާ އާދަމުގެ ދަރީން އެބައިމީހުންގެ ދުނިޔޭގެ ދަންފަޅި ކުރަނީ މާތްﷲ ގެ ބިމުގަ އެވެ. ދަންފަޅިހަމަކޮށް އެނބުރިދިއުން އޮތީ ވެސް ހަމަކަށަވަރުން ﷲގެ ޙަޟްރަތަށެވެ.

އާޅެން: ފިތުނައިގެ ގަދަ ފިނި

ކިޔާފައިވާ ޢަދަދު: 5000
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޝާކިރު މުޙައްމަދު
ގަދަ ފިނީގައި ބެދިފައިވާ ހަމީހުންނެވެ.
ކުރިމަތީގައި އަނދަމުންދާ އަލިފާންގަނޑު ހުލިވަމުން ދަނީއެވެ.
ކޮންމެ މީހެއްގެ އަތުގައިމެ އެ އަލިފާން ދިރުވާދޭނޭ ދަރުގަނޑެއް އޮތެވެ.

ޤައުމީ ބަޠަލުންގެ ޙުރުމަތް (2)

ކިޔާފައިވާ ޢަދަދު: 5724
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
(5 މެއި 2012 (ހޮނިހިރު) ގުޅޭ)
ކޮންމެއަކަސް މިހާރު އަޅުގަނޑުމެންނަށް އަޑުއިވޭ ބައެއް ވާހަކަތަކަކީ އެއީ ދައްކަން ރަނގަޅު ވާހަކަތަކެއް ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވެއެވެ. އެކަހަލަ ވާހަކަ ދެއްކުން އަޅުގަނޑަކަށް މަޖާކަމަކަށް އަދި ހެއްވާކަމަކަށް ވެސް ނުވެއެވެ. އަޅުގަނޑަށް ހީވާ ގޮތުން އެ ކަމުން ވާނެހައިވެސް ކަމަކީ ދިވެހި ތާރީޚު އޮޅުމެވެ. ދިވެހި ޤައުމަށްޓަކައި ޤުރުބާންވި މާތް ޚިދުމަތްތެރިންގެ މައްޗަށް ދިވެހިންގެ ހިތްތަކުގައި ޒަމާނުއްސުރެ އޮތް ޤަދަރާއި ލޯބި ނެތެމުންދިއުމެވެ. އެ މާތް ބަޠަލުންގެ ޙުރުމަތް ކެނޑުމެވެ.