ދިވެހިބަހުގައި ނަފީކުރުމުގެ މައިގަނޑު އުޞޫލުތައް

ކިޔާފައިވާ ޢަދަދު: 370
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (2010

ނަފީކުރުމަކީ ވެސް ދިވެހިބަހުގައި އޮންނަ، ވަރަށް މުހިއްމު ހަމައެކެވެ. ބޭނުންތެރި ހަމައެކެވެ. ބަހުގެ ހަމަތަކާ އެއް ގޮތަށް ނަފީކުރުމުގެ އުޞޫލުތަކަށް ސަމާލުކަން ނުދޭނަމަ ގެއްލުންތަކެއް ލިބޭނެ ހަމައެކެވެ. ނަމަވެސް މިއީވެސް ވަރަށް ގިނަ ބަޔަކަށް ނޭނގޭ އަދި އިހުމާލުކޮށްލެވިފައިވާ ހަމައެކެވެ. ފަހެ ނަފީކުރުމަކީ ކޮބައިތޯއެވެ؟

އިންޞާފަށް ލޯބިކުރައްވާ މާތްވެރިޔާ

ކިޔާފައިވާ ޢަދަދު: 6080
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މިއީ، ބަނޫ އުމައްޔަތުގެ ވެރިކަމުގެ ދުވަސްވަރުގެ ވާހަކަ އެކެވެ. މިވެރިކަން ޤާއިމްކުރެއްވީ އަމީރު މުޢާވިޔަތުގެފާނެވެ. އެކަލޭގެފާނު އެވެރިކަން ތަރައްޤީ ކުރައްވާ ފުޅާކުރައްވަމުން ގެންދެވިއެވެ. އެހެން އެއްވެސް ބަޔަކަށް އެވެރިކަމާ ވާދަ ނުކުރެވޭފަދަ މިންވަރަކަށެވެ.

ދިވެހިބަހުގެ ހަރަކާތްތައް އަދިވެސް “އާދަކާދައި”ގެ ގޮތުގައި!!!

ކިޔާފައިވާ ޢަދަދު: 6601
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދިވެހިބަހަށްދޭ ސަމާލުކަން ކުޑަވާ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެއީ އާންމު ވާހަކައެކެވެ. އެކަން ރަނގަޅުކުރުމަށްޓަކައި ތަފާތު ނަންނަމުގައި ތަފާތު ހަރަކާތްތައް ހިންގައެވެ. ކުރިން ވެސް އަދި މިހާރުވެސްމެއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ ރަނގަޅު ނުވަނީ ކިއްވެގެން ބާވައެވެ؟ ބަހަށް ލޯބިކުރުން ދަށްވަނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ކުރެވޭ އަދި  ހިންގޭ ހަރަކާތްތަކުގެ ނަތީޖާ ނުނިކުންނަކީ ކޮން ސަބަބުތަކެއް ހުރެގެން ތޯއެވެ؟ މިއީ މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދިރާސާކޮށް  ޖަވާބު ހޯދަންޖެހޭ ސުވާލުތަކެކެވެ.

ތިބާގެ ވާހަކަތައް ތިންފުރޭނިން ފުރާނައިލާށެވެ.

ކިޔާފައިވާ ޢަދަދު: 3737
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޝާކިރު މުޙައްމަދު
އައްބާސީ ޚިލާފަތުގެ ރަންދުވަސްވަރުގައި، އެ ޚަލީފާކަމުގެ ވެރިރަށް ކަމުގައިވާ ބަޣުދާދުގައި ވަރަށް ވިސްނުންފުޅު ތޫނު ޢިލްމުވެރިއަކު ދިރިއުޅުއްވިއެވެ.
އެއްދުވަހަކު ޝައިޚްގެ އަރިހުގައި ދިރިއުޅޭ މީހަކު ޝައިޚްގެ ގާތަށް ޙާޟިރުވެ ދެންނެވިއެވެ. “އޭ ޝައިޚެވެ. ޝައިޚްގެ ރަޙްމަތްތެރިޔާއާއި ގުޅޭގޮތުން ދެންމެ އަޅުގަނޑަށް އަޑުއިވުނު ވާހަކައެއް ދަންނަވަންތޯއެވެ؟”

އެއީވެސް ދުވަހެކެވެ. މިއީވެސް ދުވަހެކެވެ.

ކިޔާފައިވާ ޢަދަދު: 6063
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


ޢަބްދުއްރަޝީދު ޙުސައިން
އިއްޔެގެ ދިވެހިންނަކީ ޤައުމީ އާސާރުތަކަށް ވަރަށްބޮޑަށް ޙުރުމަތްތެރިކޮށް ހިތަމުން އައިބައެކެވެ. އެކަން އެމީހުންނަށް ކުރަން ދަސްވެފައިވަނީ ދީނާ ގުޅުވައިގެންނެވެ. ސަބަބެއްކަމަށް ވިސްނެނީ ދިވެހިންގެ ތެރޭގައި އާސާރީ ތަންތަނުގެ ގޮތުގައި ގިނައިން ފެންނަންހުރީ މިސްކިތްތަކާއި ޒިޔާރަތްތަކާއި މަޤާމްފުޅުތައްކަމަށް ވީތީއެވެ. މާލޭގައިވެސް މާތްބޭބޭކަލުންގެ ޒިޔާރަތް ހުރަސްކޮށްދާމީހާ އެޒިޔާރަތްތަކަށް ހުއްޓި ޞަލަވާތްކިޔަވައި ޙަމްދުއަޅާތަން އަޅުގަނޑުމެން ދުށީމުއެވެ. ޚާއްޞަކޮށް މެދު ޒިޔާރަތަށެވެ.

ޙައްޖު ދަތުރު

ކިޔާފައިވާ ޢަދަދު: 6645
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
ޢަބްދުﷲ ބުނު މުބާރަކަކީ މާތްކަމަށް މަޝްހޫރުވެގެންވާ ބޭކަލެކެވެ. ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. އަދި ނުހަނު ހެޔޮ ލަފާ ބޭކަލެއްމެ އެވެ. އޭގެ އިތުރަށް ބޮޑު މުދާވެރިއެއް ވެސް މެއެވެ.

އެއް އަހަރަކު ޢަބްދުﷲ ބުނު މުބާރަކު ޙައްޖަށް ވަޑައިގަތުމަށް ގަސްތު ކުރައްވައިފި އެވެ. ދެން ޚާދިމު ގޮވައިގެން މާތްވެގެންވާ މައްކާއާ ދިމާއަށް މިސްރާބު ޖައްސަވައިފި އެވެ.

” ޒަހަރެކޭމީ އޭގެވާ ތިރުޔާޤު ދޭހުން ނުލިބިފާ “

ކިޔާފައިވާ ޢަދަދު: 3552
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


މުޙަންމަދު ނަޞީރު، އއ.މާޅޮސް
އޭވަޔާއޭ! ދާށެ މި ފަސާނާ ހިފައިގެން އަރިއަހަށް
            އޭ ފަޒާއޭ!   ހެކިވެދޭށޭ،    ޔާދު   ނުފިލާ   ރޭރެޔަށް
މޫނެކޭ އާފާޤު ލަދުވެތިވާނެ، ހަނދުވެސް ފަނޑުކުރާ
            ނޫނެކޭ މި ޚިޔާލުގައި   ޤުރުބާންވުމޭ   ރަނގަޅީ   ހިތަށް
ހުވަފެނުން ނުފިލާއަބަދު ޝަކުވާގެ ސާޙަތުގައި މިވާ
           ހުވަނދެކޭމީ އޭގެ   ޖަޒުބާތުން   އަސަރުކުރުވާ    މެޔަށް

ޑިމޮކްރަސީ: ހުރިހާ ގޮތަކަށް މާނަކުރެވޭ ފުޅިމަދު އުނގުރިއެއް

ކިޔާފައިވާ ޢަދަދު: 6740
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ބައެއް ލަފުޒުތަކަކީ އަރަތެއްކަހަލަ ލަފުޒުތަކެވެ. ލަފުޒުގައި އެކުލެވިގެންވާ މާނަތައް ގިނަވުމާއި، އެއިން ތިމާ ބޭނުންވާ ހުރިހާ މާނައެއް ނެގޭ ލަފުޒުތަކަށްވާތީ އެވެ. އަނެއްބައި ލަފުޒުތަކަކީ ޤައިދުކުރެވިފައިވާ ނުވަތަ ބަންދުކުރެވިފައިވާ ލަފުޒުތަކެވެ. މިއީ ބަހުގެ މޮޅުކަންކަމަށް އެއްބަޔަކު ބުނަމުންދާއިރު، އަނެއްބައެއްގެ ނަޒަރުގައި އެއީ އަޅުގަނޑުމެންގެ ބަހުން އެލަފުޒުގެ ހަޤީޤީ މާނަ ނެރެވެން ނޯންނާތީ ވާގޮތެވެ. މިއީ ހަމައެކަނި ދިވެހިބަހުގައި ހުރިކަމެއް ނޫނެވެ. ބައެއް ލަފުޒުތަކުގެ މާނަ ދުނިޔޭގެ ކޮންމެ ބަހަކު ކުރިނަމަވެސް  ކަން އޮންނަ ގޮތެވެ. ކޮންމެއަކަސް އެކަން ދޫކޮށްލަމާތޯއެވެ.

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (1)

ކިޔާފައިވާ ޢަދަދު: 7867
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ
ތާރީޚުގައި ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ ކަމެއްނޫނެވެ. ތާރީޚަކީ ވަރަށްބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ. ތާރީޚުގައި ފާހަނގަކުރަންޖެހޭ ކަމެއް ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.

ސައިންޓިސްޓުންނަށް ހަމަ ސާބަސް!

ކިޔާފައިވާ ޢަދަދު: 11164
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަހްމަދް ސަމީރު އަލީ
އެމެރިކާގެ އެންމެ އުތުރުން ކެނެޑާއާ އިންވެފައި އޮންނަ  މިނެސޯޓާ އިސްޓޭޓުގެ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. ރޮބަރޓް ބެނެންސަން Dr. Robert Benenson  މިދިޔަ ހުކުރު ދުވަހު ޝާއިޢު ކުރެއްވި އިލްމީ ދިރާސާއަކުން އަޅުގަނޑަށް ” ކުއްލި ސިހުމަކާއި ހައިރާންކަން” ލިބިއްޖެއެވެ. މިދެންނެވި ރިޕޯޓުގެ    ” ޕްރައިމަރީ ސޯހޭ ” ޒުވާން ކުދިން މިކިޔާ އަސްލު ލިޔުމެއް އަދި އަޅުގަނޑުގެ އަތަކު ނުޖެހެއެެވެ. ނަމަވެސް އެ ދިރާސާއަށް އިޝާރާތްކުރާ ވަރަށް ގިނަ ލިޔުން ފެނިއްޖެއެވެ.