އަމިއްލަ ޙަޔާތުން ޙާޞިލްވީ ކިހާވަރެއް؟

ކިޔާފައިވާ ޢަދަދު: 6244
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
މީހުނަކީ ތަފާތު ބަޔެކެވެ. އެއްބަޔަކު ހަމުގެ ކުލައާއި، ނަސަބުގެ ގޮތުން ތަފާތެވެ. އަނެއް ބަޔަކު ފައިސާއާއި ތަނަވަސްކަމުގެ ގޮތުން ތަފާތެވެ. މީގެ އިތުރުން އަނެއްބައި މީހުންނަކީ، މީހުންގެ ލޯތްބާއި ރުހުން ވަރަށް ފަސޭހަކަމާއެކު ހޯދާ ބަޔެކެވެ. އެހެންނަމަވެސް ބައެއް މީހުން އެކަން ކުރުމަށް އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކޮށް ވެސް އެ ނަސީބެއް ނުލިބެއެވެ. މިއީ ވަރަށް އާންމު ތަފާތުތަކެއްގެ ވާހަކައެކެވެ. އެހެންނަމަވެސް މިނޫން ވަރަށް ގިނަ ތަފާތު ސިފަތަކާއި، އުޞޫލުތަކާއި ހަމަތައް ވެސް ﷲތަޢާލާ އިންސާނުންގައި ވަނީ ލައްވައިފައެވެ.

(ފަލަޞްޠީނު ޒުވާނެއްގެ ދުލުން)

ކިޔާފައިވާ ޢަދަދު: 3746
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލޮލުން ލޮލަށް

ޢަބްދުﷲ ޝާކިރު މުޙައްމަދު
އަހަރެންގެ ލޮލަށް ބަލައިލާށެވެ.
ތިބާއަށް ފެންނައެއްޗެއް ބުނެދީބަލާށެވެ.
ތިބާއަކަށް އެކަޗެއްވެސް ނުފެންނާނެއެވެ.
އެހެނީ އަހަރެންނާއި ތިބާއާދެމެދު އެއްވެސް ގުޅުމެއްނެތެވެ.

ޤައުމީ ބަޠަލުންގެ ޙުރުމަތް (1)

ކިޔާފައިވާ ޢަދަދު: 6469
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޤައުމީ ބަޠަލުންނަކީ ޤައުމު، ޤައުމަކަށް ހެއްދެވި މާތް ބަޠަލުންނެވެ. ޤައުމުގައި އޮތް ވަޙްދަތެއް، އެޅިފައިވާ ދީނީ ބިންގަލެއް، ދެމިގެންވާ ރީތި އާދަތަކެއް، ކުރެވިފައިވާ ފުރިހަމަ ބިނާތަކެއް ކުރެއްވި މާތް ބަޠަލުންނެވެ. ޤައުމުގައި އޮތް މިނިވަންކަމާއި ސިޔާދަތު ޤައުމަށް ގެނެސްދެއްވީ އެބަޠަލުންގެ ހިންމަތާއި މިންނަތުންނެވެ. އެހެންކަމުން ޤައުމީ ބަޠަލުން ދެކެ ލޯބިވުމަކީ ޤައުމު ދެކެ ލޯބިވާ މީހުންގެ ކިބައިގައި ހުންނަ ސިފައެކެވެ.

ފަތިސް ނަމާދު ހާޒިރީ

ކިޔާފައިވާ ޢަދަދު: 10997
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މެލޭޝިއާއަކީ މުސްލިމުގެ އަޣުލަބިއްޔަތު އޮންނަ، އިސްލާމީ ވެރިކަމެއް ހިނގާ ޤައުމެކެވެ. މައިގަނޑު 3 ދަރިކޮޅެއް މަސްހުނިވެގެން ދިރިއުޅޭ ޤައުމެކެވެ. މި ދަންނަވައިލަނީ އެތާނގައި އަޅުގަނޑުމެން އުޅުނު ދުވަސްވަރު ނަމާދު ހާޒިރީ ބަލާ ގޮތެވެ. އަޅުގަނޑުގެ އެކުވެރި ޙަސަން ޝާކިރު މުޙައްމަދުގެ “ފަންވަތުޖެހުން ނުވަތަ ނަމާދު ހާޒިރީ” ކިޔައިލީމާ އެ ހަނދާން އާވާ ގޮތް ވީ އެވެ.

ފަންވަތު ޖެހުން ނުވަތަ ނަމާދު ހާޒިރީ

ކިޔާފައިވާ ޢަދަދު: 7668
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
“ފަންވަތު ޖެހުން” މި ލަފުޒުގެ މާނަޔަކީ “މާލޭގައި ތަސައްރަފު ފުދިފައިތިބި އެންމެހައި ފިރިހެނުން، މިރަށުގައި (މާލޭގައި) ހުރި 34 * މިސްކިތުގެ މައްޗަށް ބަހައިލައިގެން އެ މިސްކިތަކަށްވީ ބަޔަކު ލިޔެގެން އެ މިސްކިތަކަށް ނަމާދަށް ދާން އެންގުމެވެ.” (1) މިއީ، އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ (ހ.މީރުބަހުރުގެ) މީގެ 45 އަހަރު ކުރިން، ފަންވަތު ޖެހުން މާނަ ކުރައްވާފައިވާ ގޮތެވެ.

ދިރުއުޅުމުގެ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި ތަޤުވާވެރިއަކަށްވުން

ކިޔާފައިވާ ޢަދަދު: 7286
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން

ތަޤުވާވެރިންނަކީ ކޮބާ؟

ސޫރަތުލް ބަޤަރާގެ 2 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ (2﴾ “މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.”  މި އާޔަތުގެ މާނައިން އޮޅުމެއް ނެތްގޮތުގައި އެނގި ސާފުވެގެންދަނީ ކީރިތި ޤުރުއާނަކީ ތަޤުވާވެރިންނަށް ނުވަތަ މުއުމިނު އަޅުތަކުންނަށް ހުރި ހިދާޔަތެއްކަމެވެ. ތެދުމަގެއްކަމެވެ. މާތް ﷲ ގެ މަގުގައި ހެޔޮޢަމަލު ކުރުން މަތީ ދެމި ހުރި މީހުނަށް ލިބިގެންވާ ނޫރެއްކަމެވެ.

އިރު އޮއްސެންވާއިރަށް ކުޑަކުދިން ގެއަށް ވައްދައި ދޮރުތައް ލެއްޕުން

ކިޔާފައިވާ ޢަދަދު: 4708
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: އައްޝައިޚް އާދަމް ޝަމީމް
بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وصحبه وسلم، وبعد:
 
އިހުޒަމާނުއްސުރެ މީހުން ކުރަމުން އައިސްފައިވާ ވަރަށް ގިނަ ކަންތައްތަކަކީ ބޯދާ ކަންތައްތަކޭ ބުނެވެއެވެ. އެއީ ހަގީގަތެއް ނުވަތަ އިލްމީ އަސްލެއް ނެތް ކަންތައް ތަކެވެ. ނަމަވެސް އިހުޒަމާނުއްސުރެ މީހުން ކުރަމުން އައި ކަންތައްތަކާއި ދެކެމުން އައި ހުރިހައި ގޮތަކީ ބޯދާ ކަންތައްތަކެއް ނުވަތަ ގޮތްތަކެއް ނޫނެވެ.

ފަންސަތިރީސް އަހަރު ފަސް

ކިޔާފައިވާ ޢަދަދު: 6698
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަޑަވެލީ ޢަލީ ނަސީރު

އާދެ! ހަތަރުފަރާތުން ކަނޑުއޮތް “ހިކިފަސްބިން” ކުޑަ އެރަށަށް، އެންމެ ފުރަތަމަ އަޅުގަނޑު ދިޔައީ ގުޅީތުއްތުމަނިކު އާއެކު 1977މ.ވަނަ އަހަރު އެވެ. (އޭނާއަކީ، އަލްމަރްޙޫމް ޢަބްދުލްޙަކީމު ޙުސައިންމަނިގެ އަނބިކަނބަލުންގެ ބޭބެ އެވެ.) ބިންހިއްކައިގެން ވެސް ބިން ބޮޑުކުރެވެން ނެތް އެ ރަށަކީ، ހަނަފަސްވެލީގެ ރަށެކެވެ. ރަށުތެރޭގެ ވެލިގަނޑު ހަރަކާތްކުރަނީ ވަޔާއެކު “ދެއްސަޅަށް” ފަހި ކޮށެވެ. ރަށުގެ އާބާދީގެ ކުޑަކަމާއެކު އިޤްތިޞާދީ، ތިޖާރީ، ތަޢުލީމީ އަދި ޢިމްރާނީ ދުޅަހެއުކަަން އެހާބޮޑަށް ފައްކާވެފައި ނުވިކަމަށް ވިއަސް އެ ރަށުގެ “ހުކުރުމިސްކިތް” ވަރަށް ތަނަވަސްކަމުގައި ދަންނަވަން ޖެހެއެވެ.

ޢަމަލުތަކުން ހަޤީޤަތް ބުނެދެޔޭ!

ކިޔާފައިވާ ޢަދަދު: 6326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ހަސަން ޒަހީން
ކަމެއް ކުރުމުގެ ހަޤީޤީ މަގުޞަދަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނީ އެކަންކުރި މީހަކަށެވެ. ސަބަބަކަށް ވަނީ ނިޔަތެވެ. އެއީ އެހެންމީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެމީހަކުކުރި ޢަމަލަށް ބެލުމަށްފަހު، އެކަމުގެ ނިޔަތްދެނެގަނެވިދާނެ އެވެ. ސަބަބަކަށްވަނީ މީހެއްގެ ޢަމަލުން އޭނާގެ މަގުޞަދާއި، އަމާޒު ކޮންމެވެސް މިންވަރަކަށް ތަސައްވަރުކުރެވޭތީ އެވެ.

ނަސަބުގެ ޢިލްމު

ކިޔާފައިވާ ޢަދަދު: 6701
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ. ތިނަދޫ
ތަރައްޤީގައި ދިވެހިރާއްޖެ ދަނީ ފަހަތަށް ނޫންކަމަށް މީހުން ބުނެއެވެ. އެހެން އެ ބުނަނީ ތަރައްޤީގައި ކުރިޔަށްދާތީ ކަމަށް ވެދާނެ އެވެ. ގިނަ ކަންކަމުގަ އެވެ. ޢިލްމީ ގޮތުންނެވެ. ވިސްނުމުގެ ގޮތުންނެވެ. ހުނަރުގެ ގޮތުންނެވެ. ތަކެތީގެ ގޮތުންނެވެ. އުޅުމާއި ގުޅުމުގެ ގޮތުންވެސް މެއެވެ. ނަމަވެސް އިހު އެވޭލާ ޒަމާނަށްވުރެ ފަހަތަށްދާ އެއްކަމެއް އެބަ އޮތެވެ. ބޭނުންތެރި ކަމެކެވެ. އެއީ ނަސަބުގެ ޢިލްމު ދިރާސާ ކުރުމެވެ.