ފުރޭންޏަށް ލިބުނު ޢިއްޒަތް

ކިޔާފައިވާ ޢަދަދު: 10475
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ ޢާއިލީ ވިޔަފާރީގެ ދަށުން ޗާނަދަނީ މަގުގައި  ދެ ފިހާރަ ހިންގީމެވެ. އެއްފިހާރައިގައި ވިއްކީ ގެއާއި ބަދިގެއަށް ބޭނުންވާ ތަފާތު ތަކެއްޗެވެ. މި ފިހާރައިގެ މަހު ކުލި 400 ރުފިޔާއިން 25 އަކަށް އަހަރުގެ ތެރޭގައި 35000 ރުފިޔާއަށް އެރުމުން، ވިޔަފާރީގެ ނަފާ ހުލިވަމުން ބޮނޑުނިގުލަށް ދާން ފެށުމުން އެފިހާރަ ބަންދު ކުރަން މަޖުބޫރުވީއެވެ.

ދިވެހިބަހަށް ޝައުޤުވެރި ޖީލެއް ބިނާކުރެވޭނީ…

ކިޔާފައިވާ ޢަދަދު: 5639
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ އަޙްމަދު ރަޝީދު، މޫރިތިގެ، ހއ. އިހަވަންދޫ (2012)
ދިވެހިބަހަކީ ދިވެހިންގެ ބަހެވެ. ދިވެހިންނީ ކޮންބައެއްކަން އަންގައިދޭ ނިޝާނެވެ. ދިވެހިންގެ ރަސްމީ ސިއްކަ އެވެ. ވީއިރު ދިވެހި ބަސް ހިމާޔަތްކޮށް އެ ބަސް ނެގެހެއްޓުމަށް މަސައްކަތްތަކެއް ކުރުމީ ދިވެހި ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައި އޮތް ޤައުމީ ވާޖިބެކެވެ. މި ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ދިވެހިބަހަށް ޝައުޤުވެރިވާ، ދިވެހިބަސް ދެކެ ލޯބިވާ ޖީލެއް އުފެއްދިގެންނެވެ. އެފަދަ ޖީލެއް ބިނާކޮށްގެންނެވެ. ދިވެހިބަހަށް ޝައުޤުވެރި ޖީލެއް ބިނާކުރުމަށް ތަފާތު އެކިކަހަލަ ހަރަކާތްތަކެއް ރާވައި ހިންގިދާނެ އެވެ.

އަށް ކަމަކުން ހުރިހާ ޢިލްމެއް

ކިޔާފައިވާ ޢަދަދު: 6255
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
ވަރަށް މާތް ބޭކަލަކު އޭނާގެ ގޭގައި ބޮޑެތި މީހުންނަށާއި ކިޔަވާ ކުދީންނަށް ދީނީ ތަޢުލީމު އުނގަންނައިދެއްވަމުން ގެންދެވި ދުވަސް ވަރެކެވެ. މީސްމީހުން ޢިލްމަށް ފެންބޮވައި ގަނެގެން ހުސްއަތާ އޭނާގާތަށް އާދެއެވެ. ދާއިރު ޢިލްމުގެ ބޮޑު ޚަޒާނާއެއް ހިފައިގެންދެއެވެ.

މި މާތް ޢިލްމުވެރިޔާގެ ދަރިވަރަކު ވަރަށް ގިނަ ދުވަސް ވަންދެން އެ ބޭކަލެއްގެ ގާތުގައި ކިޔަވާން ހުއްޓެވެ. އެބޭކަލަކުވެސް މި ކުއްޖަކާ މެދު ވަރަށް ބޮޑަށް ޚިޔާލު ބަހައްޓަވައެވެ. އަދި ނުހަނު ޝައުޤުވެރި ކަމާއެކު އޭނާއަށް ކިޔަވައިދެއްވާމެއެވެ.

މުސްކުޅިވުމަކީ ޞިއްޙީ އާދަތައް ރަނގަޅުކުރަންޖެހޭ ކަމެއް

ކިޔާފައިވާ ޢަދަދު: 4099
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙައްމަދު އިސްމާޢީލު ފުޅު ނައިފަރު

އުމުރުން ދުވަސްވުމަކީ ގިނަދުވަހު ދުނިޔޭގައި އުޅެންދިމާވާ ކޮންމެ މީހަކަށްވެސް ކުރިމަތިލާންޖެހޭނެ ޙާލަތެކެވެ. ވިސްނަންޖެހޭނެ ކަމަކީ އެޙާލަތައް ތިމާ ބަދަލުވެގެން ދާއިރު ދުޅަހެޔޮކަންމަތީ ހުރުމަށްޓަކައި ކުރާނެ  ބޭހަކީ، ހަދާނެ ފަންޑިތަޔަކީ ކޮބައިތޯ ބަލައި، ދުރާލައި އެކަންކަން ފުރިހަމަކުރަމުން ގެންދިއުމެވެ. ލޯބޯ ކޮށިވެ ގައިބާރު ދެރަވެގެންދާ މިދަނޑިވަޅުގައި އެހެންމީހުންނަށް ވީހާ ލުއިވާނެ ގޮތަކަކީ ކޮބައިތޯ ބަލައި އެކަނި ޙާލަށް އުޅެވޭފަދަ ގޮތަކަށް ކަންތައްތައް ބައްޓަންކޮށް ރާވަމުންގެންދިއުމެވެ. ކުރިމަތިވާ މިޙާލަތާ ގުޅޭ މަޢުލޫމާތު ވީވަރަކުން ހޯދައި  އެކަންކަމަށް ސަމާލުކަން ދިނުމެވެ. 

ޞޯދުބެ އުފެއްދެވި ސުވާލަށް ފަނަރައަހަރުގެ ފަހުން ޖަވާބު

ކިޔާފައިވާ ޢަދަދު: 5153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ، މަދަރުސާދޮށުގެ، ގދ.ތިނަދޫ

އަޅުގަނޑުގެ ރައްޓެހި ބޭފުޅަކު ފޯނުކުރައްވައި ވިދާޅުވިއެވެ. “ލިޔުންތެރިންގެ ގުޅުން” ވެބްސައިޓަށް އެއްޗެއް ލިޔަން އުޅެބަލާށެވެ. އެއީ ވަރަށްގިނަ މަޢުލޫމާތު ލިބޭ، ބަހާއި އަދަބުގެ ވެސް ސައިޓެކެވެ.

އަޅުގަނޑު ދެންނެވީމެވެ. ތިޔަ ސައިޓުގެ ނަން އެ ބުނަނީ އެ ސައިޓަކީ އަޅުގަނޑުމެން ކަހަލަ މީހުންގެ ސައިޓެއްނޫނެވެ. އަނެއްކާ ތިޔަ ވިދާޅުވިހެން ބަހާއި އަދަބުގެ ކަންތައް އެހާބޮޑަށް އޭގައި ހުރެއްޖެނަމަ އެޔާ ގާތްވާކަށް ނުކެރޭނެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ހާދިސާއަށް ބަހަވީ ނަޒަރަކުން ކަޅިއެއް

ކިޔާފައިވާ ޢަދަދު: 7401
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިޔާޒު ނަސީމް
ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާންދީން ގަބޫލު ކުރި ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. އެއީ ދިވެހި ތާރީހުގައި ހިނގާފައިވާ އެންމެ މުހިއްމު އެއް ހާދިސާއެވެ. އެހެން ކަމުން މި ހާދިސާއާ ބެހޭ ގޮތުން ތަފާތު އެކިއެކި ދިރާސީ އުސްލޫބުތައް ބޭނުން ކޮށްގެން ދިރާސާކޮށް ބަލައި ހޯދުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.

ލޫޅާފަތި ޓެކުސް!

ކިޔާފައިވާ ޢަދަދު: 9982
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަހްމަދް  ސަމީރު އަލީ
ކޮންމެވެސް ވަރަކަށް އަނިޔާލިބޭ ކުޅިވަރު ކުޅުމާއި ދެލޯ ކަރާ ކަހަލަ ތަންތަނަށް އެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ގިނަބަޔަކު ކުރާހިތުން ކުރާކަމެކެވެ. ދުލުން ދިލަނަގާ ކަހަލަ ރޯ ގިތެޔޮ މިރުސް ހެފުމާއި މިތަންކޮޅު ކިޔާލުމުން ކުޅުދިޔާވާކަހަލަ ލޮނުލިނބޯ އަސާރަ ކެއުމަކީ ކޮންމެވެސް ކަހަލަ އުނދަގުލެއްގެ ފަހަތުގައި، ލައްޒަތެއްވެސް އޮތުމުން މީހުން ކޮށްއުޅޭ ކަމެއްތާއެވެ.

ހިތަކީ ކުޑަކުޑަ ދެބުރި ގެއެކެވެ.

ކިޔާފައިވާ ޢަދަދު: 5123
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޑރ. މުޙައްމަދު ރަޝީދު

ދުވެ ދުވެ ހުއްޓައި އެ ވެއްޓުނީއެވެ. ގޯލު ދަނޑިޔާ ނިކަން ގާތްވެފައި ހުއްޓައި، އަނގަވަތަށް، ބަންޑުން ވެއްޓުނީއެވެ. އެއީ ނޫކަށި ވިދޭ ޒުވާނެކެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދޭ ކުޅުންތެރިޔާއެވެ. ސަރުބީގެ ކަންފުޅެއްވެސް އެޒުވާނާގެ ލޭ ހޮޅިޔަކު ނުވާނޭކަން ގައިމެވެ. އެކަމަކު ދަނޑުމައްޗަށް އެ ވެއްޓުނީއެވެ.

ފޮތަކާބެހޭ ތަޢާރުފާއި “ފޮތުގެ ތަޢާރުފު”: ތަފާތަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 11924
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ފޮތާބެހޭ ތަޢާރަފެއް ލިޔުމާއި ފޮތުގެ ތަޢާރުފު ލިޔުމަކީ ވަރަށް އެއް ކަހަލަ ދެ ކަމެވެ. ފޮތާބެހޭ ތަޢާރުފު ކަމަށް އަޅުގަނޑު މި ދެންނެވީ ފޮތަކާ ބެހޭގޮތުން ލިޔާ ރިޕޯޓަކަށެވެ. އިނގިރޭސިބަހުން ކިޔާ “ބުކް ރިޕޯޓަށެވެ.” މިފަދަ ލިޔުމެއްގައި ބޮޑަށް ހުންނާނީ އެ ފޮތަކީ ކޮންކަމަކާ ބެހޭ ފޮތެއްކަން ބަޔާންކޮށް ފޮތާބެހޭ ތަޢާރުފެވެ.

ހުސްނޫނުގެ ބޭނުމަކީ ކޮބާ؟

ކިޔާފައިވާ ޢަދަދު: 10617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކުގެ ޙަޤީޤީ ބޭނުމަކީ ބަހުގެ އަޑުތަކާއި އަޑު ނެރެންވީ ގޮތް ފާހަގަކޮށްދިނުމެވެ. އަކުރުތަކަކީ އަޑުތަކުގެ ނިޝާނެވެ. ފިލިތަކުގެ ވަޒީފާއަކީ، އެ އަޑުތައް “އިއްވަން” ވީ ގޮތް އަންގައިދިނުމެވެ. ވީމާ، އަޑެއް ރަމްޒުކޮށްދޭ އަކުރާއި އަޑުނެރެންވީ ގޮތް އަންގައިދޭ ނިޝާންކަމަށްވާ ފިލި، ހަމަޔަށް ނެތް ނަމަ، އެ އަޑު ފުރިހަމަޔަށް “ނެރެވޭނޭ” ގޮތެއް ނޯންނާނެއެވެ.