ތަޢުލީމީ ޒުވާނަކާއި ދީނީ ޢިލްމުވެރިއެއް

ކިޔާފައިވާ ޢަދަދު: 4594
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ވިދާން ޝާކިރު
ދުވަސްތަކެއް ވަންދެން ޢިލްމު ހޯދުމަށްޓަކައި ޒުވާނަކު އެކި ޤައުމުތަކަށް ދަތުރުކުރިއެވެ. އޭނާ އެނބުރި ޤައުމަށް އައުމަށްފަހު،  އޭނާ ކުރާ ތިން ސުވާލަކަށް ޖަވާބު ދެވޭނެ ދީނީ ޢިލްމުވެރިއެއް ނުވަތަ ތަޖުރިބާކާރެއް ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ގާތުގައި އެދުނެވެ. އެ ޒުވާނާގެ އެދުމާ އެއްގޮތަށް އޭނާގެ މައިންބަފައިން ދީނީ ޢިލްމުވެރިޔަކާ އޭނާ ބައްދަލުކޮށްދެއްވިއެވެ.

ދަރަވަންދޫ އާއި ސަގާފަތް

ކިޔާފައިވާ ޢަދަދު: 5528
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ބ.ދަރަވަންދުއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލު ކުރީ، 4 ޖޫން 1962 ގައި ރައީސް އިބްރާހީމް ނާޞިިރުގެ ވެރިކަމުގައި އޭދަފުއްޓަށެވެ. އާބާދީގައި 1003  މީހުން ދިރިއުޅޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ. 

ބަރުބާދުވީ ޙަޔާތް

ކިޔާފައިވާ ޢަދަދު: 268
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

މިއީ ހިނގައިފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. 
އެކަމަކު މިއީ އެންމެ ޅަފަތުގައި ކުއްޖަކަށް ކޮށްފައިވާ ޖިންސީ ހާނިކައެއްގެ ވާހަކައެވެ. 

ސ.ހިތަދޫ / ބަރުބާދުގޭ އަލީ ސަލީމް (އަސްލު ނަމެއް ނޫން) އާއި އެރަށު / ބަރޯސާގޭ ހުސްނާ ޢުމަރާއި (އަސްލު ނަމެއްނޫން) ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ވީއިރު އެދެމަފިރިންނަށް 3 ކުދިން ވަނީ ލިބިފައެވެ.

ތެލި ތަށި އޮޔާ ދިއުން ހުއްޓި، މަގުފާރު އުސްވެގެން ދިޔަ ގޮތް ހޯދުން

ކިޔާފައިވާ ޢަދަދު: 4344
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ. މުޙައްމަދު ރަޝީދު
ޚިޔާލަށް ގެނެސްބަލާށެވެ. ނިކަން އެއްފަރާތަކަށް ޖެހިލައި އިނދެ ވިސްނައިލަ ބަލާށެވެ. މިވެނިތަނެއް ނެތް ހިނދެއް ދިޔަހެއްޔެވެ؟ މިވެނި ކަމެއް ނުހިނގާ ހިނދެއް ދިޔަ ހެއްޔެވެ؟ ރަށުގެ އެންމެން، އެންމެ ބޮޑަށް އަޅައިގަންނަ އެއްތަނުގެ މަތިން ހިތަށް އަރުވައިލަ ބަލާށެވެ. އެއީ ބޮޑު މިސްކިތް ހެއްޔެވެ؟ ބޮޑު މަދަރުސާ ހެއްޔެވެ؟ ބޮޑު ކާނިގަސް ނުވަތަ ނިކަ ގަސް ހެއްޔެވެ؟ އެ މިސްކިތް ނެތް އިރު، އެ މަދަރުސާ ނުއަޅާ އިރު އަދި އެގަސް ނުފޯދޭއިރު ކަން އޮތީ ކިހިނަކުން ހެއްޔެވެ؟ އެއިރު އަހަރެމެން ކޮބައި ހެއްޔެވެ؟ އަހަރެން ކޮބައި ހެއްޔެވެ؟

އިންޑޮނީޝިއާ ގޮވައިގެން މެޖިސްޓްރޭޓް ކޯޓަށް

ކިޔާފައިވާ ޢަދަދު: 10458
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ސަމީރު ޢަލީ
ދިވެހިންނަކީ ފަނޑިޔާރުގެއާއި ނައިބުގެއަށް މާ ދޯޅު ބައެއްނޫނެވެ. ހަރު ބަސްބަހާއި، މުސްކުޅި ބަސްބަހާއި މިސާލުބަސްތައް ހުންނަނީ، ހަނޑޫ ބަސްތާއަކާ ހެދީވެސް ފަނޑިޔާރު ގެއަށް ނުދާށޭ ބުނާ ފަރާތަށް ބުރަވާ ގޮތަށެވެ. މިހާރު މިފެންނަ ސިޓީބަސް މިކަން މާނަ ކުރާނެ ގޮތެއް އަދި ބަލައެއް ނުލެވެއެވެ.

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުން ދިވެހިބަހުގެ ދުވަސް ފާހަގަ ކޮށްފި

ކިޔާފައިވާ ޢަދަދު: 492
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ށ. އަތޮޅުގެ ޚާއްޞަ މުރާސިލު
ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުނަދޫ ސްކޫލުގެ ސާނަވީ ކިލާސްތަކުގެ ދަރިވަރުން ޚާއްޞަ ހަރާކާތްތްކެއް އިއްޔެ އެ ސްކޫލްގައި ހިންގައިފިއެވެ. މިގޮތުން ދުވަހާ ގުޅޭ ޅެމާއި ރައިވަރު ހުށަ ހެޅުމާއި، ބަނދިކިޔުމާއި، ވާހަކަ ހުށަހެޅުން އޮތެވެ. މީގެ އިތުރުން ވާހަކަދެއްކުމާއި ދުވަހާ ގުޅޭ ތަފާތު މަޢުލޫމާތު ހިއްޞާ ކުރުން ވެސް އޮތެވެ.

އުފެއްދުންތެރިކަމާއި ޞިނާޢީ އިންޤިލާބު (1)

ކިޔާފައިވާ ޢަދަދު: 4207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙުމަދު

ފެށުން

އިންސާނީ ނަސްލު ދުނިޔޭގައި އާބާދުވީފަހުން މިއަދާހަމައަށް ދުނިޔެއަށް މި ވަނީބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އުފެއްދުންތެރިކަމާއި މާއްދީ ގޮތުންނާއި ފަލްސަފީގޮތުން ވެސް އިންސާނުން މި ވަނީ އެތައް ކަންތައްތަކެއް ތަޖްރިބާކޮށްފައެވެ. އިންސާނީ ނަސްލަށް އަދާ ހަމައަށް ވާޞިލުވެވުނުއިރު، ދުނިޔެ މި ވަނީ އެތައް ބަދަލުތަކަކާއި އިންޤިލާބީ ހަރުފަތްތަކެއް ކަޑައްތުކޮށްފައެވެ.

ދިވެހިބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ކިޔާފައިވާ ޢަދަދު: 3505
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަދަބީ މުރާސިލު
ދިވެހިބަހުގެ ދުވަސް މިއަދު ދިވެހިރާއްޖެއާއި މަލިކުގައިވެސް ފާހަގަކޮށްފި އެވެ. ދުވެހާ ގުޅޭ ތަފާތު ޕްރޮގްރާމްތައް މީޑިއާއިން ފޮނުވައިފައިވާއިރު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޖަލްސާ އޮތީ މިއަދު ހަވީރު 4:00 ގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. ލިޔުންތެރީންގެ ގުޅުމާ ވެސް ގުޅިގެން ފެކަލްޓީ އޮފް އާރޓްސް ގެ ފާރާތުން ބޭއްވި

މަހަކު އެއްފަހަރު ނުކުންނަ “ލިޔުންތެރިޔާ”މަޖައްލާ

ކިޔާފައިވާ ޢަދަދު: 4073
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަބޫ ޠާސީން

“ލިޔުންތެރިޔާ” އަކީ، އަދަބީ މަޖައްލާ، އެންމެނަށް ކަމުދާ
                 ކިޔުންތެރިކަން އުހަށް ގެންދަން ދެވޭ ޚިދުމަތްތަކެއް މަދަދާ

ޢުލޫމުގެ މާބަގީޗާއިން ހޮވޭ  އަގުހުރި އެތައް  މަލަކުން
                 ސުލޫކާއެކު  ނަޔާ   މާފަތިތަކެއް  ފަރިޗާލު   ގަތަމުންދާ

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. މި ދުވަސް ދިވެހިރާއްޖެއާއި މަލިކުގައިވެސް މިއަދު ފާހަގަކުރަމުން އެބަ ގެންދެއެވެ. މި އަދުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސް ފަރާތުން ބާއްވާ ޚާއްޞަ ޖަލްސާ މިއަދު ހަވީރު 4:00 ގައި  ޔުނިވަރސިޓީގެ އެފްއީ އޮޑިޓޯރިއަމްގައި އޮންނާނެ އެވެ. “ލިޔުންތެރީންގެ ގުޅުމުގެ” ހުރިހާ މެންބަރުންނާއި ދިވެހިބަހަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުން މި ޖަލްސާއަށް ވަޑައިގެންދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.

މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޢާއްމުކޮށް،

އަދި ޚާއްޞަކޮށް ދިވެހި ބަސްވާރުންނަށާއި އަދީބުންނަށާއި ލިޔުންތެރީންނަށާއި މުޞައްނިފުންނަށާއި ޅެންވެރީންނަށާއި ދިވެހިބަހަށް ލޯބިކުރައްވާ ހުރިހާ ބޭފުޅުންނަށް

ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

“ލިޔުންތެރިޔާ” އަދި  “ލިޔުންތެރީންގެ ގުޅުން”