ބައްދަލު ނުވެދާނެތީއެވެ.

ކިޔާފައިވާ ޢަދަދު: 732
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާލިޙު
ކައިރިވެލާށެވެ!
މިފަދަ ރެއެއް ފަހަރުގައި ދެން ނައަތުވެދާނެތީއެވެ.
ބުނެދެވޭނީ ވަކި ކާކަށްހެއްޔެވެ.
ކަލާއާއި އަލުން ބައްދަލުވެދާނެކަމެވެ.
މިއީ ޤުދުރަތުން ހިބަ ކޮށްދެއްވި ވަގުތު ކޮޅެކެވެ.

ވިސްނައިލަމާ (2) – ހުރަސްތަ؟ ނުވަތަ ފުރުޞަތުތަ؟

ކިޔާފައިވާ ޢަދަދު: 1279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 
ނިކަން ވިސްނައިލަމާތޯއެވެ؟
ޖެސީ އޮވެންސްއަކީ 1930 ގެ އަހަރުތަކުގައި މަޝްހޫރު ވެގެން ދިޔަ ދުވުންތެރިއެކެވެ. ފުންމުންތެރިއެކެވެ. އޭނާއަކީ އެމެރިކާއަށް އުފަން، އެފްރިކާ މީހެކެވެ. ކަޅު ނަސްލުގެ މީހެކެވެ. އެހެންވީމާ ނާޒީ ޖަރުމަނުގެ ދޮން މީހުންނާ ވާދަކޮށްގެން އޭނާއަށް އެއްވެސް ރޭހެއް ކާމިޔާބު ނުކުރެވޭނޭ ކަމަށް އޮތީ ބެލެވިފައެވެ. އޭނާޔާ ދިމާއަށް މީހުން އެހެން ކިޔަމުންވެސް ދިޔައެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި… (8)

ކިޔާފައިވާ ޢަދަދު: 928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
22. ތަފާތު އެތައްކަމެއް ހުރިކަން ޤަބޫލުކުރުން
ތަފާތު ދީންތައް ޤަބޫލުކުރާމީހުންނާއި، ތަފާތު ނަސްލުތަކުގެ މީހުންނާއި، ތަފާތު ބަސްތަކުން ވާހަކަދައްކާ މީހުން އުޅޭކަން އިސްލާމްދީން ޤަބޫލުކުރެއެވެ. އަދި ތަފާތު ޙަޟާރަތްތަކާއި، ތަފާތު ސަޤާފަތްތަކާއި ސިޔާސީ ތަފާތު ފިކުރު ޤަބޫލުކުރާ މީހުން ވެސް އުޅޭނެކަމީ އިސްލާމްދީން ޤަބޫލުކުރާކަމެކެވެ.

لاالہ الااللہ

ކިޔާފައިވާ ޢަދަދު: 1624
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 


މިއީ ޢައްލާމާ އިޤްބާލް ހައްދަވައިފައިވާ لاالہ الااللہ މި ޅެމުގެ ތަރުޖަމާއެވެ. އަޅުގަނޑަކީ އަބަދުވެސް އިޤްބާލުގެ ޅެމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން އަންނަ މީހަކީމެވެ. އެ ޝައުގުވެރިކަން ޖެހުނީ އަލްއަޚް ޢައްބާސް އިބްރާހީމާ ދެކެވޭ ވާހަކަތަކުގެ ތެރެއިންނެވެ. އިޤްބާލުގެ ޅެން ތަރުޖަމާ ކުރާ ހިތް އަބަދުވެސް އޮވެއެވެ. އެކަމަކު އެކަން ނުކުރެވި އޮންނަނީއެވެ. މި ޅެން ތަރުޖަމާ މި ކުރީ އަލްއަޚް އަޝްރަފް ޢަބްދުއްރަޙީމް ދާދި ފަހުން ނެރުއްވި ފޮތަކުން ލިބުނު އައު ހިތްވަރަކުންނެވެ. އޭނާ ވަނީ އިޤްބާލުގެ ޅެމެއް ކަމުގައިވާ “ޝުޢާއެ އުއްމީދު” ދިވެހި ބަހަށް ތަރުޖަމާ ކުރައްވައިފައެވެ. މީގެ ކުރީންވެސް އަޅުގަނޑު ބޭރު ބަސްބަހުން ހުންނަ ޅެން ތަރުޖަމާ ކުރީމެވެ. އެކަމަކު އެ މަސައްކަތް ވަޅު ޖަހާފައި އޮންނަތާ ދުވަސްކޮޅެއް ވެފައި ވަނިކޮށް، މި ސައިޓުގައި އަލްއަޚް ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވާ ޅެންތައް ފެނިފައި އަތާއި ސިކުނޑި ހިރުވަހިރުވާ ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
މި ތަރުޖަމާއަށް މަތީގައި ދެންނެވުނު ތިން ބޭފުޅުންގެ ތަނަވަސް ޚިޔާލުފުޅު ލިބިއްޖެއްޔާ ވަރަށް ބޮޑަށް އުފާ ކުރާނަމެވެ.

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(9)

ކިޔާފައިވާ ޢަދަދު: 1064
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް(9)

ޢަބްދުﷲ ފާރޫޤު ޙަސަން

މުސްލިމުންނާ ދިމާވެފައިވާ ޤުރައިޝުންގެ ޤާފިލާތަކުގައި ތިންސަތޭކަ ނުވަތަ ދުއިސައްތަ ވަރަކަށް މީހުން ތިބުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. އެ ޢަދަދުތަކަކީ ޢާންމުގޮތެއްގައި ވިޔަފާރި ޤާފިލާތަކުގައި ދަތުރުކުރާ ޢަދަދުތަކެއް ނޫނެވެ. އެކަމުން އެނގެނީ، މިއީ ހައްތާވެސް ޤުރައިޝުންގެ ޢަސްކަރީ މިޝަންތަކެއްކަމެވެ. މުސްލިމުން ސަމާލުވެގެން ތިބޭތީ، ޢަސްކަރީ ކުރިމަތިލުމެއް ހިނގައިފައި ނުވަނީއެވެ.

އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ……..

ކިޔާފައިވާ ޢަދަދު: 1457
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ވަކިވެގެން  ދިޔައީ  މި ޤައުމުން ހާދަ  އަގުހުރި ދަރިޔެކޭ
                  ވަކިވެދިޔަޔަސް ޖިސްމު، ޒިކުރާއަށް ނިމުންނެތް ޝަޚުޞެކޭ

ޚިދުމަތުގެ މައިދާނުގައި ހުރިހާ  ގޮތުން  މިންކުރިޔަކަސް
                  ހިނދުހިނދަށް  އަދި  ދާއިމަށް އެއްވަނަ ދެވޭނޭ  ތަރިޔެކޭ

ހަމަ ޒުވާން ދައުރަށް ފެށުނު އަހަރުގެތެރޭ (އެއްދިހަ އަށެއް)
                   ޢަމަލުގައި ސާބިތު  އަތޮޅު  ވެރިޔެއްކަމަށް ވި  ޒުވާނެކޭ

އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 953
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހަނދާނުގައި

ޙަޔާތުގެ ބާބުތައް ޔާދުން….

މުޙައްމަދު ނަޞީރު، އއ.މާޅޮސް

ހަނދާންތައް، ދޮންވެލީގެ  މަޒާރުގައި  ބޮސްދޭށަ، ހިތި އަސަރާ
           ވަދާޢުގެ  ހިޔަނިލައި   ފެހިކޯނިތައް   ހެލިލާށަ،  ހުރި ޒިކުރާ

ޒަމީރަށް  ވެރިވަމުން،  ޞަދުމާގެ  ހޫނާ،  އޭގެ  ހުންނަ ތަދާ
           “ޙަމީދު”ގެ  ޒިކުރުގައި  ހެދެނީ،   ދުމޫޢުން  މޮޅިތަކާ  ފިކުރާ

އެ ޚިދުމަތްތެރިކަމާ ޝަޚްޞިއްޔަތާ  ގުޅިގެން އައިސް  މިތަނުން
           އެ ދިރިގެން ދިޔަ މިސާލާ  އޭގެ އަގު  ނުފިލާނެ  ހުރި  ފަޚުރާ

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (8)

ކިޔާފައިވާ ޢަދަދު: 875
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (8)

ޢަބްދުﷲ ފާރޫޤު ޙަސަން

މަދީނާގެ މި ދުސްތޫރީ މުޢާހަދާގައި އެކުލެވޭ ނުކުތާތަކަށް ބަލާއިރުވެސް، ޤުރައިޝުން މަދީނާއަށް ޙަމަލަދޭނެކަން އިތުރު ސާހިބާއަށް ޔަޤީންވެވަޑައިގަންނަވާކަން ކަށަވަރުވެއެވެ. އެހެންކަމުން، އެމީހުނާ މުޤާބަލާކުރައްވަން ސިޔާސީގޮތުން ބާރުހޯއްދަވަން ބޭނުންވާ ހުރިހާ ނުކުތާތަކެއް، މަދީނާގެ ޤާނޫނުއަސާސީގައި ކަޅާއި ހުދުން ވަނީ ހިމަނުއްވައިފައެވެ.

ޙިއްޞާ ގަނެވިއްކުން

ކިޔާފައިވާ ޢަދަދު: 806
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ސަލީމް
ކެޕިޓަލް މާރކެޓްގެ ޕްރޮޑަކްޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޢުންޞުރަކީ އިކުއިޓީ ކެޕިޓަލްގެ ތެރޭގައި ހިމެނޭ “ޙިއްޞާ” އެވެ. ޙިއްޞާއަކީ ކުންފުނީގެ މިލްކުވެރިކަމުގެ ކުޑަ މިންވަރެކެވެ. މީހަކު ނުވަތަ ކުންފުންޏަކުން، ކުންފުންޏެއްގެ ޙިއްޞާއެއް ގަނެފިނަމަ، އެއީ، އެކުންފުނީގެ ޙިއްޞާދާރެކެވެ. އެހެން ޢިބާރާތަކުން ބުނަނީ ނަމަ ކުންފުނީގެ ވެރިއެކެވެ.

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ކިޔާފައިވާ ޢަދަދު: 234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ-1

ޢަޤަބާއިން ފެށިގެން ބަދުރުގެ މައިދާނާ ހަމަޔަށް (7)

ޢަބްދުﷲ ފާރޫޤު ޙަސަން

 “މާހޫލުގެ ކަރުދާހުގައި” ޤުރައިޝުން ލިޔެފައިވާ ހަނގުރާމައިގެ އިޢުލާން ސަރީޙަ ގޮތެއްގައި ލޯތަކަށް ފެނިގެންއައީ އެބައިމީހުން މަދީނާގެ މުނާފިޤުންގެ ރައީސް عبـداللّـه بـن أبـىّ އަށް ފޮނުވި އިންޒާރުގެ ސިޓީންނެވެ. އެސިޓީގައި، މަދީނާގެ އަންޞާރުންނަށާއި ޔަހޫދީންނަށް އިންޒާރުކޮށް އަންގައިފައިވެއެވެ. “ތިޔަބައިމީހުން އަމިއްލަޔަށް މުޙައްމަދުގެފާނު ތިޔަބައިމީހުންގެ ސަރަޙައްދުން ނެރެލާށެވެ. އެހެންނޫނީ އަހަރެމެން ތިޔަބައިމީހުންގެ ރަށަށް ޙަމަލަދީ ތިޔަބައިމީހުންގެ ފިރިހެނުންތައް ޤަތުލުކޮށް، ތިޔަބައިމީހުންގެ އަނބީންނަކީ އަހަރެމެންގެ ހިތްއުފާކޮށްދޭ ބަޔަކަށް ހަދާނޫއެވެ.”