ނައްޕި ދަތުރު

ކިޔާފައިވާ ޢަދަދު: 7931
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އަޅުގަނޑަށް ބޮޑު ތިލަދުންމައްޗަށް ކުރެވުނު ދަތުރަކީ، ވަރަށް ތަފާތު ތަޖުރިބާތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. އެދަތުރުގެ ހަނދާންތަކުގެތެރެއިން ނައްޕި ދަތުރަކީވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އަތޮޅުތަކުގެ އާދަކާދަތަކުގެތެރެއިން ކައިރި ރަށްރަށަށާއި ތަންކޮޅެއް ދުރުގައިވާ ރަށްރަށަށްވެސް ދަރުދަތުރު ކުރުމަކީ، ޒަމާނުއްސުރެ ހިނގަމުން އައި ކަމެކެވެ.

ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތެއް ނުކުމެއްޖެ

ކިޔާފައިވާ ޢަދަދު: 4065
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ައަދަބީ މުރާސިލު
“މަޒުމޫނު ލިޔުމުގެ މަގު” މި ނަމުގައި ވަރަށް ޚާއްޞަ ފޮތެއް ނުކުމެއްޖެ އެވެ. ސާނަވީ ދަރިވަރުންނަށް އަމާޒުކޮށްގެން ލިޔެފައިވާ މި ފޮތުގައި ކާމިޔާބު މަޒުމޫނެއް ލިޔުމުގައި ބޭނުންކުރާނޭ ސާދާ އުކުޅުތައް ހިމަނުއްވައިފައި ވެއެވެ. މި ފޮތުގެ އިސްބަސް ކުރިޔަށް ގެންދަވަމުން، މަޝްހޫރު ލިޔުންތެރިޔާ އަދި ޝާޢިރު އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން ލިޔުއްވައިފައި ވެއެވެ.

ޤައުމުގެ މައްސަލަތަކަށް ރޫހާނީ ޙައްލެއް؟

ކިޔާފައިވާ ޢަދަދު: 3805
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ކަމާލުއްދީން
ބައެއް ފަހަރަށް ފަހަތަށް ޖެހިލައިފައި މުޅި ގައުމާ ދިމާއަށް މީހެއްގެ ސިފައިގައި ބަލައިލުމަކީ ރަނގަޅު ކަމަކަށް ވެދާނެ އެވެ. އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ހޭދަކުރަމުން މިދާ މި ދުވަސްވަރަކީ އަޅުގަނޑުމެންނާ ވަރަށް ބޮޑެތި ޤައުމީ މައްސަލަތަކާ ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އެ މައްސަލަތަކަށް ތަފާތު ދިމަދިމާއިން ތަފާތު ޙައްލުތައް ހުށަހެޅެމުން އެބަދެއެވެ.

ޢުންދުލުސްގެ އަމީރާއި ޢީސާއީއެއް

ކިޔާފައިވާ ޢަދަދު: 6152
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު

“މާތް ޢިއްޒަތްތެރިޔާ ކަލާ މިހިސާބަށް ވަޑައިގަތުމުގެ އުނދަގޫ ތިޔަ އުފުލެއްވީ ކޮންކަމަކާތޯ؟” ރަސްގެފާނު ތެދުވެވަޑައިގެން ޢީސާއީ ފާދިރީއާ އިސްތިޤްބާލް ކުރައްވަމުން ވިދާޅުވިއެވެ.

“މާތް އަމީރުއެވެ! ތިޔަބޭފުޅުން އަޅުގަނޑުމެންގެ ފައްޅިހުރި ތަނާ ގުޅިފައިވާ ހުސްބިމުގައި މިސްކިތެއް ބިނާކުރައްވަން އުޅުއްވާ ޚަބަރު އަޅުގަނޑު އެހިން. އެއީ ތެދެއްތޯ؟” ޢީސާއީ ފާދިރީ ދެންނެވިއެވެ.

ޑެކަރޭޝަން ޕީސް(9)

ކިޔާފައިވާ ޢަދަދު: 4042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުއްޝަކޫރު ޢަލީ
(3 އޭޕްރިލް 2012 ގެ ބަޔާ ގުޅޭ)
“އެހެންތަ!!” ވިޝްވާސް ދިގުރާގެއްގައި ބުނެލިއެވެ.
“އެހެންތަ! ހާދަ ރަނގަޅޭ.” ރޭކާ ރުޅިއަތުވެއްޖެއެވެ. “ކަލޭ ތިޔަހެން ތިޔަބުނީ، ތިމާއަށް ތިމާއަކީ ކާކުކަން ނޭނގޭފަދައަކުން. އަހަރެން މިހެން މިބުނަނީ، ކަލެޔަކީވެސް އިންޑިޔާގެ ރަށެއްގައި ދިރިއުޅޭ މީހެއް. ކަލޭވެސް ހުންނާނީ އެފަދަ އެއްޗެތި ދެކެފަރިތަވެ، އެ އެއްޗިއްސަށް އާދަވެފާ. އެހެން ނޫންނަމަ، ކަލެޔަކީވެސް.” ރޭކާ ވާހަކައެއް ބުނަން އުޅެފައި ހުއްޓާލިއެވެ. “ކަލޭވެސް އުޅުނީ އަހަރެމެންގެ ރަށުގައިތަ.” ވިޝްވާސް ރޭކާގެ ވާހަކަ މެދުކަނޑާލަމުން ބުންޏެވެ.

ވައްލަކޮއްޓަށް ލީ ބަނޑައިދޫ

ކިޔާފައިވާ ޢަދަދު: 6395
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޝީދު ޙުސައިން

 ވައްލަ، ކޮށްޓެއްގައި ތިބީ ބަނޑުހައިވެފައި އަނގަމަޑުވެފައި،
             ބައްލަވައިލައްވާނެ  ނަމައޭ    އެއުރެމެންނަށް     ހީވެފައި
 މަސްގެނެސްގެން  ގޭގެ  މީހުން  ބަދިގެ ދޮށުގައި ތީ އުޅޭ
             ވަސް   ދުވާތީ  އޭގެ  ރާޙަތް   ވާނެ   ނަމައޭ   ހީވެފައި

ރަނގަޅު ހެޔޮކަން

ކިޔާފައިވާ ޢަދަދު: 5980
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
އީރާނުގެ ނެއިޝާޕޫރުގައި ވަރަށް ހެޔޮލަފާ މާތް ވިޔަފާރިވެރިއަކު އުޅުނެވެ. މިއީ ވަރަށް ބޮޑު މުއްސަންޖެކެވެ. މާތް ރަސްކަލާނގެ އޭނާއަށް ޢިލްމުގެ މުދާވެރިކަންވެސް ދެއްވާފައިވެއެވެ. އޭނާގެނަމަކީ އިބްނު ނަޖީދެވެ.

އެއްދުވަހަކު އޭނާގެ އުސްތާޛު އަބޫއުޘްމާނު ބައްދަލުވާން ހިނގައްޖެއެވެ. އެކަލޭގެފާނު، އޭރު މުޖާހިދުންނަށް ޗަންދާ އެއްކުރައްވަމުން ގެންދަވައެވެ.

ކަލެއަށް ފަކީރާ އިން ދެއްވި އިރު …………

ކިޔާފައިވާ ޢަދަދު: 10945
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ސަމީރު ޢަލީ
“ގަލަމުގެ އަގު” މި ސުރުޚީގެ ދަށުން އަޅުގަނޑުމެންގެ އެދުރުބޭ އަލް އަޚް ސޯދުބޭ ލިޔުއްވި އަސަރުގަދަ މަޒުމޫނުން، ފަންނީ މަސައްކަތެއް ނިމިގެން ދާއިރު  ލިޔުން ތެރިން ފިޔަވައި  ފަންނީ އެހެން މަސައްކަތް ” ކުރައްވާ ބޭފުޅަކުނަމަ އަގު ނަންގަވަނީ………… ފަކީރާ ޖައްސަވާލައްވައިގެންނެވެ.”

ގަލަމުގެ އަގު

ކިޔާފައިވާ ޢަދަދު: 6482
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިޔަކަށް ދިމާވި ކަމަކާ ގުޅިގެން އެނާ ބޭރުކޮށްލެއްވި ހިތުގެ އުދާސްތަކެކެވެ. އޭނާއަކީ އޭނާގެ ވަރުން މުޖުތަމައަށް އޭނާ މަސައްކަތްކުރައްވާ މުއައްސަސާއަށް އަދި މި ނޫން ވެސް އެތައް ތާކަށް އޭނާގެ ގަލަމުން ޚިދުމަތްކުރެއްވި އަދި ކުރައްވަމުން ގެންދަވާ ޒުވާނެކެވެ.

ދިވެހިބަސް ތާނައިން ލިޔާއިރު ލަފުޒު ވަކިކޮށް ލިޔުމުގެ އުޞޫލު

ކިޔާފައިވާ ޢަދަދު: 14057
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

ދިވެހިބަހުން މަތީ ތަޢުލީމުގެ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނާ، ކޯހުން ޙަވާލުކުރެވޭ އެންމެ ގިނަ އެއް މަސައްކަތަކަށް ވާނީ ތަފާތު ދިރާސާތައް ކޮށް އެ ފަދަ ދިރާސަތަކުގެ ރިޕޯޓް އެކުލަވައިލުމެވެ. ނުވަތަ ދިރާސި މަޒުމޫނެއް ލިޔެލުމެވެ. މި ފަދަ މަސައްކަތްތަކުގެ މިން  ކަނޑައެޅިފައި ގިނަ ފަހަރަށް ހުންނަނީ ލަފުޒުންނެވެ. މިސާލަކަށް 2500 އާއި 3000 ލަފުޒާ ދެމެދުގެ މިންވަރަކަށް ނުވަތަ އެ ނޫން ވެސް މިންވަރަކަށް ލަފުޒުން ދިގުމިން ކަނޑައެޅޭ ގޮތަކަށެވެ. މި ފަދަ ޙާލަތްތަކުގައި ބައެއް ދަރިވަރުންގެ ކިބައިން އިވޭ ޝަކުވާއަކީ ދިވެހިބަހުގައި ލަފުޒު ދުރުކުރާނޭ ވަކި ގަވާއިދެއް އުޞޫލެއް ނޯންނަ ކަމުގެ ޝަކުވާ އެވެ.