މިނިވަން 50 ގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޙީމް ޢަބްދުﷲ، ލ. ފޮނަދޫ
މިނިވަން ދުވަސް އައީމާ، ގިނިތައް ހިތުގެ  ނިވާލާ
           މިނިވަންކަމާ އެކީގައި  ދިނިގެން  މިއަދު  ތުރާލާ
                    މިނިވަން ދުވަހު ތަހާނީ ފިނިފެންމަލުން  ގަތާލާ
                             މިނިވަން ދިދައިގެ ހިޔަލުން ހިނިތުންވެ ތިބެ ގަތާލާ
ޤައުމަށްޓަކައި މި ދީބުގެ އަގުހުރި ދަރީންވި ޤުރުބާން
           އައުދާނަކަން  މަތީގައި  ގެނުވައިދިނީއެ  މިޒަމާން
                    ގައުމުން ފިލާނުދާނޭ ދުވަހަކު ޔަގީނެ އެ ހަނދާން
                             ޝައުޤާ އެކީ މި ހިތްތައް  ޝުކުރުންވަނީ  ފުރާލާ

އަހަރުމެން އެދޭ ފަތިހުގެ އިރު އަދި އަރާނެއެވެ.

ކިޔާފައިވާ ޢަދަދު: 1183
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް
ތިރީގައި މިވަނީ ހިންދީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “ވޯ ސުބަހް ކަބީތޯ އާއޭގީ” ގެ ދިވެހި ތަރުޖަމާއެކެވެ. 1958 ގައި ކުޅެވުނު “ޕިހރް ސުބަހް ހޯގީ” (އަދި ފަތިސް އަންނާނެއެވެ.) މި ފިލްމުގެ ލަވައެކެވެ. މި ލަވައަކީ މަޝްހޫރު އުރުދޫ ޝާޢިރެއްކަމަށްވާ ސާހިރު ލުދިއާންވީ ހަމަ މި ސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ޅެމަކުން ނެގިފައިވާ ލަވައެކެވެ. މި ޅެމުގައި ޝާޢިރު ފާޅުކުރައްވާފައިވަނީ އޭނާގެ ޤައުމުގެ އުދަރެހުން މުޅީން އާފަތިހެއްގެ އިރެއް އެރުމުގެ އެދުމެއްގެ ވާހަކަތަކެވެ.

މިނިވަން ފަންސާސް އައުމުން…..

ކިޔާފައިވާ ޢަދަދު: 815
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ
ނަޔާ ޢަޞްރެއްގެ މިނިވަންކަން މިޤައުމުގެ އުދަރެހުން ފެވެނީ.
ނަށައި ލަވަތައްކިޔައި  ހަދަމުން  އުފަލުގައިތާ  އެތިބަ އުޅެނީ.
ޙަޔާތުގެ ދައުރުގައި ފަންސާސް ވުމުން މިނިވަން ކަމާއެކުގައި
ދުޢާތައް ހިތްތަކުން މަތިވެރި އިލާހަށް  އަދު ވެވޭ ހިނދުގައި
ތުރާލާ  އާފަތުން މިނިވަން ވުމަށް ވެސް އެދި ދެއަތް ނެގެނީ.

އޭރުގެ ފަތްފުށްތަކުން…. (106)

ކިޔާފައިވާ ޢަދަދު: 946
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (106) 

“މީގެކުރީން ރާއްޖޭގެ މިނިވަން ދުވަސްކަމުގައި ފާހަގަކުރެވުނު ދުވަސް”ދުވަސް 

މުޙައްމަދު ޖަމީލު 

فضليۃ الشيخ محمــد جمــيل ދީދީ (رحمہ اللہ) އަކީ، ދިވެހި އަދަބީ ދުނިޔޭގައި އިތުރު ތާރަފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. އެމަނިކުފާނުގެ ގަލަންކޮޅުން ދިވެހި އަދަބީ ދުނިޔެއަށް ހަދިޔާ ކުރައްވާފައިވާ، ދީނީ، އަދަބީ، ތާރީޚީ އަދި މިނޫންވެސް ރޮނގުތަކުގެ ލިޔުންތަކަކީ، ދިވެހި ނޫސް މަޖައްލާތަކާއި ފޮތްތަކުގެ ފަޚުރުވެރި ސޮފުހާ ތަކެކެވެ. 
 
މި ލިޔުން ނަކަލުކޮށްފައި މިވަނީ، 26 ޖުލައި 1978 ގައި ނުކުތް “މިންނަތު” ގެ 3 ވަނަ އަހަރީ ނަންބަރުންނެވެ. މި ލިޔުން ނަކަލު ކުރުމުގައި އެއްވެސް އުނިއިތުރެއް ގެނެސްފައެއް ނުވާނެއެވެ.
 
فضليۃ الشيخ محمــد جمــيل ދީދީ ގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވާށިއެވެ.
 = އިދާރާ =

“منّۃ”ގެ އެޑިޓަރއަށް شکر ވެރިވަމެވެ. މިކަހަލަ ތަނަވަސް، مہمّ موضوع އަކާއިމެދު مضمون އެއް ލިޔާން އެންގެވިއަތީއެވެ. ނަމަވެސް موضوع އަށް ފަށައިގަތުމުގެ ކުރީން، معاف އަކަށް އެދޭން ޖެހެއެވެ.

ދަހިކަމާއި ދީލަތިކަމުގެ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1548
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަރަބިކަރާގައި އެއްދުވަސްވަރެއްގައި، އަރަބީންގެ މީހަކު އޭނާގެ ޖަމަލަށް އަރައިގެން ތިމާގެ ބަޔަކު ދެކިލާން ދަތުރެއް ފެށިއެވެ. ހަނަފަސް ސަހަރާގައި ފެށި މި ދަތުރު ދިގުވެ ވަރުބަލިވެ ހައިވެ ފެންބޮވައިގެންފައި ހުރިލެއް ބޮޑުކަމުން ކުރިމަތިން ފެންނަންހުރި ބަދަވީންގެ ފޭލިގެއެއް ކައިރީގައި ޖަމަލު މަޑުކޮށްލައި ފައިބައި ސަލާންގޮވާލައިފިއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހުޅަނގުން ތަޢާރުފުކުރި ޙައްޤެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 1880
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާތް ﷲ ޚަލްޤުކުރެއްވި ކޮންމެ މަޚުލޫޤަކަށް ވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ޙައްޤަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. މިނިވަންކަމާއެކު އުދުހި އުޅޭ ދޫންޏެއް ހިފައި ކޮއްޓަކަށް ލުމުން އެ ސޮރު މިނިވަންކަން ބޭނުންވެގެން އުޅޭ މިންވަރު ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އެހެންކަމުން މާތް ﷲ އެންމެ މާތްކުރެއްވި އިންސާނާ މި ޙައްޤަށް ބޭނުންވާ މިންވަރު މާ ބޮޑަށް އިތުރުވާނެކަން ކަށަވަރެވެ.

މިނިވަންކަމަށް 50 އަހަރު ފުރޭ ހިނދު…

ކިޔާފައިވާ ޢަދަދު: 1394
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އަޅުގަނޑުމެންނާ ބައްދަލުކުރަމުން މި އަންނަނީ ތާރީޚީ ދުވަހެކެވެ. ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. މިނިވަންކަމާއެކު މި ޤައުމުގެ ދިދަ ވިހެރެމުންދާތާ 50 އަހަރު ފުރޭ އުފާވެރި ދުވަހެވެ. މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތްތާ ބައި ޤަރުނުވީއެވެ. މިއީ މަދު ދުވަސްކޮޅެއް ނޫނެވެ. 19 ވަނަ ޤަރުނުގެ ފަހުކޮޅު އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމާއެކު ސިޔާސީގޮތުން ގެއްލުނު މިނިވަންކަން ހޯދުނުތާ ބައި ޤަރުނުވީއެވެ. މިކަމުގެ ހުރިހާ ތަޢުރީފާއި ޝުކުރެއް ޙައްޤުވަނީ އަލްމަރުޙޫމް އިބްރާހީމް ނާޞިރަށެވެ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ހީރޯއެވެ. ހަމައެކަނި ސިޔާސީ މިވަންކަމެއް ނޫނެވެ. ވޯރާ ވިޔަފާރިވެރިންގެ އިޤުތިޞާދީ އަޅުވެތިކަމުން ދިވެހިން ސަލާމަތްކުރި ބާނީވެސް މެއެވެ.

ފޯކުލޯރަށް ދިވެހިބަހުން ކިޔަނީ “ނާޑުކަތާ” ކަމާމެދަކު ޝައްކެއްނެތެވެ.

ކިޔާފައިވާ ޢަދަދު: 1924
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ފޯކްލޯރ” ގެ މާނަ އަކީ ތުންތުންމަތީން ދެކެވެމުން އަންނަ ވާހަކަތައް ކަމަށް ބަސްފޮތްތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އޭގައި، ހަރުބާހާއި މަޤުބޫލު ޤަބޫލުކުރުންތަކާއި ހަލީސާ އާއި ޕަރީންގެ ވާހަކަތައް ވެސް ހިމެނޭ ގޮތުންނެވެ. ދިވެހި ސަގާފަތުގައިވެސް އެފަދަ ވާހަކަތައް ހުރެ އެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ނުވަތަ ފޯކްލޯރަށް ދިވެހި ބަހުން ކިޔާނީ ކީކޭތޯ ބައެއް ލިޔުންތެރިން ސުވާލު އުފައްދައެވެ.

ދޮންދީނާ

ކިޔާފައިވާ ޢަދަދު: 1279
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފް
އަނެއްކާވެސް އިންޓަނެޓުގައި ދައުރުވާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ލިޔުނު މީހަކު ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ.
 
ކާޅު ވަރަށް ގިނަ ރަށެއްގައި ހީވާގި ދަނޑުވެރިއަކު އުޅުނެވެ. މި ރަށުގައި އުޅޭ ކާޅާ ހުރެ މި ދަނޑުވެރިޔާގެ ދަނޑުން އެންމެ ރަނގަޅަށް މަންފާ ލިބޭ ގޮތެއް ނުވެއެވެ. ބުރަ މަސައްކަތުން ހައްދާ ދަނޑުގެ ގޮވާމުގެ ބޮޑު ބައި ކައި ހަލާކުކުރަނީ ކާޅެވެ. 

ޙަޤީޤަތުގައިވެސް ކެންސަރުބަލި އިތުރުވަނީ ހެއްޔެވެ؟ ނޫނީ އެބަލި ދެނެގަންނަން މިހާރު ފަސޭހަވީހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1916
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
ދިވެހިމުޖްތަމަޢުގައި އާދަޔާ ޚިލާފަށް މިހާރު ކެންސަރބަލި އިތުރުވަނީތޯ، ނޫނީ އެބަލި ދެނެގަތުމުގެ ފުރްޞަތު ކުރިޔަށްވުރެ ބޮޑަށް މިހާރު ތަނަވަސްވެފައިވާތީ ފަސޭހައިން އެބަލި މިހާރު ދެނެގަނެވެނީތޯ، މިއީ މިއަދުގެ އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ މުހިންމު ސުވާލެކެވެ.