ސޭޓާއި ތަރުޖަމާނު

ކިޔާފައިވާ ޢަދަދު: 1085
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު
ސޭޓާއެކު ފަރީދު (އަސްލު ނަމެއް ނޫން) ކޮޅުނބަށް ގޮސް ހުރީ ސޭޓުގެ ތަރުޖަމާނެއް ގޮތުންނެވެ. ސޭޓަކީ އެދުވަސްވަރު ރާއްޖޭގެ ވިޔަފާރީގެ އުދަރެހުގައި އެންމެ ގަދަޔަށް ފިޔަޖަހާ އެއް ތަރިއެވެ. ސޭޓު ވެސް ކޮންމެ ވެސް ވަރަކަށް އިނގިރޭސި ބަސް ދެނެލައްވައެވެ. އެހެނަސް ތައުލީމީ މީހުންގެ ތެރޭގައި ލޯދިލުވައިލާން ކެރިލައްވާ މިންވަރަކަށް ނޫނެވެ. މިހައިކަށްހައި ވަރަށް ނުވަތަ މިއަށް ވުރެ ހެޔޮކޮށް ސިންގަޅަ ބަސް ދެނެލައްވައެވެ. ނަމަވެސް މިވަރަކުން އަދި ނުފުދޭނެ ތާއެވެ. ބައެއް ފަހަރު ވިޔަފާރީގެ ބޮޑެތި މުއާމަލާތުތައް ހިންގައިލާން ޖެހެނީ ލަންކާގެ ބޮޑެތި ބޮޑެތި ކުންފުނިތަކާއެވެ. އެތަންތާނގެ ވެސް އިސްވެރީންނާއެވެ. ނުވަތަ އިސް މެނޭޖަރުންނާއެވެ.

ފިޠުރު ޢީދަކީ ކުޑައީދު ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 1394
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކުޑައީދާއި ބޮޑުއީދަކީ ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ދެނަމެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދަށްވުރެ އެ ދެ ނަން ހަމަ ގައިމުވެސް ކުރީން ދިވެހީންގެ ތެރޭގައި މާ މަޝްހޫރެވެ. ފިޠުރު ޢީދަކީ ކުޑައީދުކަމާމެދަކު އަދި އަޟުޙާ ޢީދަކީ ބޮޑުއީދުކަމަށް އެއްވެސް ދިވެއްސަކު ދެކޮޅެއް ނަހަދައެވެ. 

ބަދުރު ހަނގުރާމަ: ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (2)

ކިޔާފައިވާ ޢަދަދު: 1145
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ބަދުރު ހަނގުރާމަ:

ޢަޤަބާއިން ބަދުރުގެ މައިދާނާ ހަމައަށް (2)

ޢަބްދުﷲ ފާރޫޤު ޙަސަން
(12 ޖުލައި 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެބޭކަލުންގެ ޙިމާޔަތުގެ ޔަގީންކަން އަރުއްވައި މަދީނާއަށް ވަޑައިގަތުމުގެ ދަޢުވަތު އެރުއްވިއެވެ. މިއީ އިސްލާމްދީނަށާއި މުސްލިމުންނަށް ހިޔާވަހިކަމުގެ މަންޒިލެއް ލިބުމުގެ ފެށުމެވެ. މުސްލިމުންގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އާރާއި ބާރުގެ މަރުކަޒަކަށް މަދީނާ ހަމަޖެހިގެން ދިއުމުގެ ފެށުމެވެ. މައްކާގެ ޒަމާންވީ ޝަރަފާއި، ޢިއްޒަތާއި އިޖްތިމާޢީ މަތިވެރި މަގާމުބީވެ ދިއުމުގެ މުޤައްދިމާއެވެ.

އަދި ހަރޯދަ ހިފައިލަމާ!

ކިޔާފައިވާ ޢަދަދު: 1393
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ތިމާއަށް ފަރުޟުވީ ޢަދަދަށް ނަވާވީސް ރޯދަ ހަމަކުރުމުން
                    ދިމާއަށް އޮތް ދަރަނި ނިމުނަސް މުހިއްމޭ އަދި ހަޔެއް ހަމަވުން
ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުރެމެންނަށް އޮތީ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން

ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 862
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްހަންނާނު މުޙައްމަދު
ހެޔޮކަންތަކުގެ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނު ބޮޑަށް އެދެވިގެންވާ ކަމެކެވެ. އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ ހިއްތައް ސާފުކޮށްލާ މާތް މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ އެންމެހާ ބަލިތަކުން ޝިފާ ލިއްބައިދޭ ބޭހެކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.

ޢީދު ދުވަހުގެ ބައެއް އަދަބުތައް

ކިޔާފައިވާ ޢަދަދު: 739
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އައްޝައިޚު ޙަސަން މޫސާ ފިކުރީ 
ރަމަޟާންމަހުގެ އަޅުކަން ފުރިހަމަ ކުރުމާއި ގުޅިގެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި ފިޠުރު ޢީދުވަނީ އަޅުގަނޑުމެންނަށްޓަކައި ކަނޑައަޅުއްވައި ދެއްވާފައެވެ. ނަމަވެސް މިފަދަ ޢީދުތަކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީގޮތް ގިނަބަޔަކަށް މިއަދުވަނީ އޮޅިފައެވެ. ވީމާ ޞަލަފުއް ޞާލިޙުން ޢީދު ފާހަގަ ކޮށް އުޅުނު ގޮތުގެ މައްޗަށް ބަލައިލުން މުހިންމެވެ.

ފިޠުރު ޢީދު އައިމާ….

ކިޔާފައިވާ ޢަދަދު: 1301
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޢީދު އައިމާ ހިތްތަކުގެ ރޫޙަށް އުފާ ގެނުވައިފިޔޭ
            ޢީދުގައި ހިތް ހެޔޮކަމާއި  ސަލާމް އެކީ ފަތުރައިފިޔޭ 
ދީނުގައި އޮތް ވަޙުދަތާ އީމާންކަމުގެ ބާރުން ހިތަށް 
            ހީނުވާ ފަދަ އަޚުކަމެއް މުޅި އުންމަތަށް ގެނުވައިފިޔޭ
މުސްކުޅިންނާ ބޮޑެތި މީހުން، ކުޑަކުދީންނާ އެކުއެކީ
            މުސްލިމުންގެ އިޚާވަތުގެ ރޫޙެއް އަލުން ދިރުވައިފިޔޭ

ރަމަޟާން މަސް

ކިޔާފައިވާ ޢަދަދު: 849
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
މަސްތަކު ތެރެއިން ހެޔޮ އެންމެމާތް މަހަކީ ޔަޤީން ރަމަޟާން މަސް
އަސްލީ ހެވާ އަދި ލާބައިން ފުރިގެންވަނީ ރަމަޟާން މަސް
ޝައިޠާނުތައް ކަސްތޮޅު އެޅޭ އުރެދުންތަކާ ދުރުކޮށްލަދޭ
ޝައިޠާނު ދޭ ވަސްވާހަކަށް ފުރުޞަތު ނުވާ ރަމަޟާން މަސް
ކެތްތެރިކަމާ މަޑުމޮޅިކަމާ މާތް ސިފަތަކުން ވެ ޖަރީވެވޭ
ހިތްތިރިކަމާ އަޅުވެރިކަމުން ހަށިގަނޑު ދިރޭ ރަމަޟާން މަސް

އަޅުކަމާއި ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 1163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
ކޮންމެ ހެނދުނަކު އިރުއަރައެވެ. އަލި ދުވަހަކަށެވެ. ހަވީރުވުމުން ދުވަސް ނިމި އިރުއޮއްސެއެވެ. އަނދިރި ރޭގަނޑަކަށެވެ. އަނެއްކާވެސް އެހެން ދުވަހަކަށް އިރުއަރައެވެ. މިކަންކަމަކީ ބުއްދީގެ އަހުލުވެރީންނަށްޓަކައި އޭގައި ވަރަށްމަތިވެރި ދަލީލުތަކެއް ލައްވާފައިވާ ކަންތައްތަކެކެވެ. ނަމަވެސް އަޅުގަނޑުމެންގެތެރެއިން ބުއްދީގެ އަހުލުވެރިންގެ ތެރޭގައި ހިމެނެނީ ކިތައްމީހުން ބާވައެވެ. 

މިސްކިތުން ދިމާވި ކުޑަކުއްޖެއްގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1275
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
          
އަޅުގަނޑު އާންމުކޮށް ގޮސް އުޅޭ މިސްކިތަކީ ދެމަގަކުން ވެދެވޭގޮތައް ހުންނަ މިސްކިތެކެވެ. ކުރިން އެމިސްކިތަށް ކިޔާ ނަމަކީ ދިއްލީ މިސްކިތެވެ. މިހާރު އެއީ، މަސްޖިދު ޢަފީފުއްދީންނެވެ. ވަރަށް ކުޑަ ކުޑަ ކުދިންވެސް ވެސް  ބައެއް ފަހަރަށް މިސްކިތުން ފެނެއެވެ. ބެލެނިވެރިއަކާއެކުގައި ނޫނީ ތަންތަނަށް ގޮސް ނޫޅޭ އުމުރުފުރާގެ ކުދިން ވެސް މަދުމަދުން ފެނެއެވެ. މިސްކިތަކީ ﷲ ގެ ގެކޮޅުކަމުން އެތަނަކީ ހުރިހާ އެންމެނަށް ރައްކާތެރިކަމާ ހިމާޔަތް ލިބިދޭނޭ ތަނެކެވެ.