އެރޭގެ އެންމެ ފަހު ދަތުރު

ކިޔާފައިވާ ޢަދަދު: 1383
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުނީ: ނިއުޔޯކު ޓެކްސީދުއްވާމީހެއް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ 
”  އެރޭ އަހަރެންގެ ކުލީކާރުގައި ސެންޓަރުން އެންގި އެޑުރެހަށް ގޮސް ކުލީކާރު އަތުވެއްޖެކަން އަންގައިލުމުގެ ގޮތުން، ކާރުގައި އިނދެ ދެތިންފަހަރު ބަރުގަނު އަޅައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުފެނުމުން މި ދަތުރު ‘ނުނަގައި’ ގެއަށް ދާންވެސް ހިތަށް އެރިއެވެ. މިއީ އަހަރެންގެ ދަންފަޅީގެ އެންމެ ފަހު ދަތުރެވެ. ވެފައިވާ ވަރުބަލިން އެހެން ހިތަށް އެރިނަމަވެސް، ކާރުން ފައިބައިގެންގޮސް އެގޭ ދޮރުގައި ޓަކި ޖަހާލައިފީމެވެ.

އިބްރާހީމުގެ ހުވަފެން (2)

ކިޔާފައިވާ ޢަދަދު: 981
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދު ޝިޔާމް

އިބްރާހީމާއެކު ސިއްރުން މަގޫފަލުގައި އަދި ވަލުތެރޭގައި ބައްދަލު ކުރި ހަނދާންތައް އާވާން ފެށިއެވެ. އިބްރާހީމް، ހަލީމާގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ދެމީހުންގެ ދިރި އުޅުން އާރާސްތު ކުރާނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަމުންދިޔަ ގޮތުގެ ހަނދާން ތަކެވެ. ހަނދުވަރީ ރޭރޭ ހުސްފަޔާ ގޮނޑުދޮށުގައި، ދޮންވެލިގަނޑުގައި އަތުގުޅައިލައިގެން ހިނގި ހަނދާން ތަކެވެ. މަގޫގަސް ތަކުގެ ތެރޭގައި ފިލާ ތިބެ ބައްދަލު ކުރި ފޮނި ދުވަސް ތަކެވެ. ބޯކެޔޮގަސް ތަކާ އުނިމާ ގަސްތަކުގެ މަލުންދުވި މީރުވަހުން  ދެމީހުންގެ ލޯބި އޭގެ އެންމެ ފުންމިނަށް ފީނި ހަވީރު ގެ އުފާވެރި ކަމެވެ. 

ކެމްބޯޑިޔާގެ ރަށްފުށަށް ދިރުމެއްގެނައި ކުޑަކުޑަ ދަގަނޑު މަހެއްގެވާހަކަ

ކިޔާފައިވާ ޢަދަދު: 1353
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ކެނެޑާގެ ރައްޔިތެއްކަމުގައިވާ ޑރ. ކްރިސްޓޮފަރ ޗާލްސް، ޔުނިވަރސިޓީން ދަސްވެނިވެ ވަޑައިގަތުމުން ދިގު ދަތުރެއް ކުރަށްވައި ވަޑައިގަތީ ކެމްބޯޑިޔާގެ ރަށްފުށު ހިސާބަކަށެވެ. ދާދި ފަހުން ޑުބާއި ގައި ދެއްވި ދަރުސެއްގައި ވިދާޅުވި ގޮތުގައި އޭނާ އެދުވަސްކޮޅު ދިރިއުޅުއްވި ހިސާބުގައި ގްރޭޑް ނުވަޔަކަށްވުރެ މައްޗަށް ނިޒާމީ މަދަރުސާއަކުން ކިޔަވާފައިހުރި މީހަކީ އޭނާ އެކަންޏެވެ! އިނޖެކްޝަނެއް ޖެހުން ފަދަ ހުޅަނގުގެ ބޭސްވެރިކަމުގެ މިންވަރެއްވެސް ދަންނަ މީހަކީ އެދުވަސްވަރު އެ އަވަށުގައި ހަމައެކަނި އޭނާއެވެ. މިހެން އުޅުއްވުމުގެ ތެރޭގައި ފާހަގަ ކުރެއްވުނީ އެންމެ ހަލަބޮލިކޮށް ދުވެ، ފުމެ ތެޅިފޮޅޭ އުމުރުގެ ކުދިންވެސް ހަކަތަ ހުސްވެގެން މަޑުމަޑުން ތިބޭތަނެވެ. މާބަނޑު އަންހެނުންވެސް އާންްމު ސިއްހަތު ދައްކަމުން އެމީހުންވެސް ހަމަ މިފަދައެވެ! ސަބަބަކީ ލޭގައި ހުންނަންވާ ރަތް ސެލްސްގެ ފަގީރުކަމެވެ!  އާދެ އެނީމިއާއެވެ!
 

ރޯދަމަހަށް ބަދިގެ (20)

ކިޔާފައިވާ ޢަދަދު: 742
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަމަހަށް ބަދިގެ (20)

ކިރިމި ޖެހި ބަނަސް

ޒަޢީމާ

•    ބޭނުންވާ ތަކެތި:
100 ގުރާމު ބަޓަރު
200 ގުރާމު އައިސިންޝުގަރ
4/1 ދަޅު ގެރިކިރު
2/1 މަތިގަނޑު ވެނީލާ އެސެންސް (އެސެންސް ފުޅީގެ މަތިގަނޑުގެ)
ބަނަސް

އެންމެ ދޮށީ ޔުނިވަރސިޓީ ބިނާކުރެއްވި ކަމަނާގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1546
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ތާރީޚު އިލްމުވެރިން  ލިޔުއްވާގޮތުގައި މަޣްރިބްކަރައިގެ ފާސް ގެ އަލްޤަރަވިއްޔީން ޔުނިވަރސިޓީއަކީ ދުނިޔޭގައި އެޅުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ޓޫނީޝިޔާގެ އައްޒައިތޫނާ ޔުނިވަރސިޓީ އާއި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއަކީ ނިސްބަތުން، މާ ފަހުގެ ތަންތަނެެވެ. އިޓަލީގެ ބޮލޯނިޔާގައި އުފެދުނު ޔުނިވަރސިޓީއަކީ ވިލާތުގެ އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ނަމަވެސް އަލްޤުރަވިއްޔީން ޔުނިވަރސިޓީއަށްވުރެ 191 އަހަރު ހަގެވެ. އޮކްސްފޯޑް ޔުނިވަރސިޓީއަކީ އަދި މާފަހެވެ!
 

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 804
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ރޯނުގޭ ޙަސަން މަނިކު

  ލިބޭ އެއްޗަކުން ވީ އުޅެން ދަސްކުރާށޭ       

        ލިބޭ މިންވަރުން ފުއްދަމުން ވީ އުޅޭށޭ

             ލިބޭ އަނެކުނާ އެއްވަރަށް ހިތުނުލާށޭ

                  ލިބޭ މިންވަރަށް ވީ ޝުކުރުވެސް ކުރާށޭ

ކީރިތި ޤުރްއާނަކީ…!

ކިޔާފައިވާ ޢަދަދު: 1222
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ކޮންމެއަކުރެއް ކިޔެވުމުން ދިހަ ގުނަ ސަވާބު ލިބޭ ފޮތެއް
އެންމެ ފުރިހަމަ ނިޢުމަތާ  ރަޙްމަތުގެ މަގު އަންގާ ފޮތެއް
 
މާތް އިލާހީ ޙަޟުރަތުން  އިންސާނުނަށް  މަގުދައްކަވަން
މާތް ނުހަނު ގިނަ މުޢުޖިޒާތްތައް އެކުލެވޭ މަތިވެރި ފޮތެއް 
 
އުފުލުމާ އުނގަނައިދިނުން ވެސް  ދަރުމަވެރިކަމުގައި ވެދާ
ނަފުސުތައް ޠާހިރު ކުރަން އޮތް ބަދަލުވުން ނުމެވާ ފޮތެއް
 

“ފަހެ، ތިމަންރަސްކަލާނގެ أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ.”

ކިޔާފައިވާ ޢަދަދު: 1118
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
އިންސާނާ ހައްދަވާ ފުރިހަމަ ކުރައްވާފައިވަނީ މަތިވެރި އިލާޙުގެ ޤުދުރަތްތެރި ކަމުންނެވެ. އެ އިލާޙުގެ އިލާޙުވަންތަކަމުން އިންސާނީ ފިޠުރަތުގައި ލައްވާފައިވާ ހަމަތަކާއި އުޞޫލުތަކަކީ އިންސާނާ އެއަށް ތަބާވާންޖެހޭ ހަމަތަކާއި އުޞޫލުތަކެކެވެ. މިއާއި ޚިލާފުވެއްޖެނަމަ އޭނާގެ ހިތާ ސިކުނޑިން ރަނގަޅާ ގޯސް ދެނެގަންނާކަށް ނޭނގޭނެއެވެ. ހެވާއި ނުބައި އޮޅުން ފިލުވަން ދަތިވެދާނެއެވެ. މިކަމުގެ ނަތީޖާއަކަށްވަނީ ގިނަފަހަރަށް ފިޠުރަތާއި ޚިލާފުކަންކަމާއި ދިމާއަށް ދެވުން އަވަސްވުމެވެ. ފިޠުރީހަމަތައް ދޫކޮށް ހަވާނަފުސުގެ އަޅަކަށް ވުމެވެ. މިފަދަ މީހުން ވެގެންވާނީ ހަވާނަފުސު އެދޭކޮންމެ ކަމަކަށް އިޖާބާދޭ މީހަކަށެވެ.