މާތްވެގެންވީ މައްސަރު

ކިޔާފައިވާ ޢަދަދު: 796
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
 
ރަޙުމަތާ މަޣުފިރަތު ލައްވައި މާތްކުރެއްވެވި މައްސަރޭ
       ނަރަކައިންވެސް ދިންނެވުން އޮތް މާތްވެގެންވީ މައްސަރޭ
 
އަޅުކަމާ ތަޤުވާގެ  މޭވާ ލިބި  އުފާވެރިކަންމަތީ
      ފަޅުކަމާ ހިތްތަކުގެ   ކޫރުންތައް  ފިލައިދާ   މައްސަރޭ 
 
ކަންކަމާ ދީނާއި ދުރު ހަމަކޮންމެހެން ވާންވީއެ ދުރު
      ކަންކަމާ ދީނީ ގުޅުން  ބާއްވަންވި   މަތިވެރި  މައްސަރޭ
 

ބޭނުން ވަރަކަށް ޑޮލަރެވެ.

ކިޔާފައިވާ ޢަދަދު: 1189
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012)

ދުނިޔޭގެ ސުންނަތަކީ ވެސް އަޖާއިބެއް ކަހަލަ އެއްޗެކެވެ. އެއް ބަޔަކަށް ބަނޑުފުރާނަ މުއްތިކޮށްލާނޭ ކާއެތިކޮޅެއް ނުލިބި ބަނޑަށް މަރުވާއިރު، އަނެއް ބަޔަކު ކާނެ ނުކާނެ އެއްޗެއް ނޭނގި، ބައިވަރުތައް ހަދަހަދައިގެން އިސްރާފުކުރަނީ އެވެ. ކާން ނުލިބިގެން ބައެއް މީހުން އަނަރޫފަވެ ކަށި ފުރޭނި މަރުވާ އިރު އަނެއް ބަޔަކު ތިބެނީ ކާލެއް ގިނަ ކަމުން ލޮކި މަސް ޖަހައި ސަރުބީ ގިނަވެ ހިކުމަށްޓަކައި ހަދާނެ ގޮތް ހުސްވެފައެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. ހައްތާވެސް އިމްތިޙާނެވެ. ވިސްނާ ބަޔަކަށް މި ކަމުގައިވެސް ވަނީ ޢިބްރަތެވެ. މަތިވެރި ފިލާވަޅުތަކެވެ.

ހަނގާކުރުމީ އަނިޔާއެކެވެ. ބޮޑު ވަބާއެކެވެ.

ކިޔާފައިވާ ޢަދަދު: 799
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް 
  ގައިމޭ ނިކަން ވިސްނަންޖެހޭ، ކުރުމީ ހަނގާ އަނިޔާއެކޭ
ބައިވަރު ގޮތުން ގެއްލުން ލިބޭ، ވާށޭ ސަމާލު،  ވަބާއެކޭ
  ދޭދޭ އަޚުން ވަކިކޮށްލުވާ، ދޭތެރެ ނިކަން ދުރުކޮށްލުވާ
ދޭދޭ ކަތުން ދުޝްމަން ކުރާ، ބިރުވެރި ނިކަން  އާފާތެކޭ
  

އޭ! ރަމަޟާން މަހާއެވެ!

ކިޔާފައިވާ ޢަދަދު: 1228
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އޭ ތިބާ ހަމަކޮންމެ އަހަރަކު އަންނަނީ  ހިނިތުން ވަމުން،
ހޭލުމަށް މުޅި އުންމަތަށް މަތިވެރި  ބަޝާރަތު ފަތުރަމުން.
ހައިކަމާ ނަފުސުގެ އެދުންތައް  ހަށިގަނޑަށް އިޙްސާސުވާ،
ހައިނުކޮށް  ނުރުހެލިވުމަށް  އިރުޝާދު ދީ  ހޭލައްވަމުން.
މާތްވި  ތަޤްވާއިން  ލިބޭ   ކާނާގެ  ލައްޒަތު  ހޯދުމަށް،
ގާތްވުމަށް ފުރުސަތު އަލުން ފަހިކޮށްމަގަށް އަލިކޮށްދެމުން.
 

ޙާތިމް ޠާއީ ގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1466
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މުސްލިމުން ކުރި ހަނގުރާމައެއްގައި އަސީރުވި މީހުން ތިބި ހިސާބެއްގެ ކައިރިން ކީރިތި ރަސޫލާ (صلى الله عليه وسلم) ހުރަސްކުރެއްވި ހިނދު، ހަނގުރާމައިގައި ހައްޔަރުކުރެވިފައި އިން އަންހެނަކު މާތް ނަބިއްޔާ އަށް މުޚާތަބު ކުރައްވައި ދެންނެވިއެވެ. ” އޭތް މުޙައްމަދުގެ ފާނެވެ! ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީނަމަ، އަޅުގަނޑު މިނިވަންކޮށް ދޫކޮށްދެއްވާށެވެ!

މިސްކިތަށް ދިޔަ ފުރަތަމަ ދުވަސް

ކިޔާފައިވާ ޢަދަދު: 1027
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
އަޅުގަނޑު މިސްކިތައް ނަމާދަށް ދިޔަ ފުރަތަމަ ދުވަހަކީވެސް ހަނދާނުން ފޮހެވިގެން އަދި ނުދާ ދުވަހެކެވެ. އަޅުގަނޑުމެންގެ ގެއަށް އާންމުކޮށް  ވަދެ އުޅޭ ގަވާއިދުން މިސްކިތަށް ދާ މީހަކާއެކު ފުރަތަމަ ފަހަރު މިސްކިތައް ފޮނުވުމަށް މަންމަ ނިންމި ދުވަހު ވަރަށް އުފާވިއެވެ. އެއީ އެތައް ދުވަހެއްގެ އިންތިޒާރެކެވެ. އަޅުގަނޑަކީ ކުޑައިރު މަދަރުސާއިން ދޭ ފިލާވަޅުވެސް ހިތުން ދަސް ކުރަން އުދަނގޫ މީހެކެވެ. ބައެއް ދުވަސް ދުވަހު ދަސް ނުވެގެން ކޮޅަށް ބަހައްޓަން ވެސް މުދައްރިސަށް ޖެހެއެވެ.  އެކަނި މިސްކިތަށް ދާން ފުރުސަތު ފަހިވާތީ ވަރަށް ބޮޑު މިނިވަން ކަމެއް ލިބެނީ ކަމަށް އޭރު ހިތަށް އަރައެވެ. ބޮޑު މީހަކަށްވުމުގެ ސަރުތުވެސް ފުރިހަމަވާނެ ކަމަށް ހިތަށް ވެރިވާތީއެވެ. 
   

ހިތް ހިތަކަށް… (4)

ކިޔާފައިވާ ޢަދަދު: 978
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

-އިބުރާހިމް ހުސެން މަނިކު-

(24  ޖޫން 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަށާއި މަލަކާ އެކުވެވޭނެ ހުރިހައި މިނިވަންކަމެއް ގޭތެރޭގައި އޮންނަނީ ދެވިފައެވެ. ވަރަށް ގިނަރޭރޭ ވަރަށް ދަންވަންދެން ދެމީހުން އެކަނި މާ އެކަނި ޖޯލިފަތީގައި ވާހަކަދައްކަން ތިބެމެވެ. އަދި ބައެއް ރޭރޭ ނިކުމެ އަތިރިމަތީ ޖައްސާލައިގެން ރާޅުތަކުގެ ހަމަ ހިމޭން ރާގުތައް އަހާލަން ވެސް ތިބެމެވެ. މިގޮތުން މިރޭ ވެސް ތިބީ އަތިރިމަތީގައެވެ. ކުކުޅުބިސްބުރުގެ ހަނދު މެދުއުޑުގައި ދެވިލާކޮޅު ދެމެދުގައި ހުއްޓިލައިގެން ހުއްޓެވެ. ދީފައިވާ ހަނދުވަރުގައި މަލަކާގެ އަތުގައި ހުރި އުޅަޔާއި އިނގިލީގައި އޮތް އަނގޮޓިއަށް ތަރި އޮހިފައި އޮތް ކަހަލައެވެ. ޒުވާން މޫނުވެސް މިހަނދުވަރުގައި ވަކީން މޫރިތިވެފައި ލޯތްބެވެ.