ރޯދަމަސް

ކިޔާފައިވާ ޢަދަދު: 814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ސަވާބުގެ ކޮޅެއް ނެތް މިއީ ރޯދަމަސް    
         ހެވާލާބައިން ފުރުނު މާތް ރޯދަމަސް
ތިމާގެ އަޚުވަންތަކަން ނެރި އެ ކުރިއަށް
    ތިމާގެކަން އޮންނަ ދިރުވާށެ  ކުރިއަށް
        އެކުވެރިވާން، ތެދުވެރިވާން ހިތްވަރުދޭ ރޯދަމަސް

އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ! ޙަޤީޤަތް ހާމަވީއެވެ!

ކިޔާފައިވާ ޢަދަދު: 1428
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

އަޅުގަނޑު އިސްލާންވީ މަޖުބޫރުވެގެންނެވެ!

ޙަޤީޤަތް ހާމަވީއެވެ!

ލިޔުއްވީ: Danielle LoDuca
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޑެނިއެލް ލޮޑޫސާ އަކީ ޔޫރަޕު މަތިކޮޅު، ޒުވާން އެމެރިކާ އަންހެނެކެވެ. ބޮޑުވަމުން އައީ ނަސޯރާ ދީނުގެ ކެތޮލިކް މަޒްހަބަށް ނަމަވެސް، 2002 ގައި އިސްލާންވުމުގެ ކުރިން، މީނާގެ ހިތުގައި އެއްވެސް ދީނަކަށް ކުޑަވެސް ގަދަރެއް ނެތެވެ. ޑެނިއެލް ލޮޑޫސާ އަކީ ފަންނުވެރިއެކެވެ. ފަސް ކުދިންގެ މަންމައެކެވެ. އެމެރިކާ މީހުންނަށް އިސްލާންދީން އޮޅުންފިލުވައިދެއްވުމުގެ ގޮތުން ގިނައިން ލިޔުއްވައެވެ.  އެނާ ދެކިލައްވާ ގޮތުގައި އަދިވެސް ބައެއް މީހުންނަށް އިސްލާންދީން ރަނގަޅަށް އޮޅުމެއް ނުފިލައެވެ!

 

ހިތް ހިތަކަށް… (2)

ކިޔާފައިވާ ޢަދަދު: 975
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
-އިބުރާހިމް ހުސެން މަނިކު- 
(19 ޖޫން 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަލަކާ ލަދުރަކި ގޮތަކަށް ހިނިތުންވެލައިފައި އިސްޖަހައިލިއެވެ. އަހަރެން މިރަށަށް އަންނަން ޖެހުނު މަގުސަދު މަށަށް އެނގޭ ފަދައިން މަލަކާއަށް ވެސް އެނގޭ ކަހަލައެވެ. މަންމަ މިރަށުގައި ހުރި އިރު އެވާހަކައެއް މޮހޮންމަދުބެޔާއި ފަހަރިދައިތައާ ދައްކައި ދެމަފިރީން މެދުވެރިކޮށް މަލަކާއާ ވެސް އޮތީ ދައްކާފައި ކަން މަލަކާ މަށަށް ބަލައިލި ގޮތުން ވިސްނުނެވެ. 

ތަޤްވާގެ މަތީ ދެމިހުރުމަށް!

ކިޔާފައިވާ ޢަދަދު: 1207
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު

ރޯދައިގެ ވިމާތް މަޤްޞަދު  ޙާޞިލު ކުރަމުންދޭ،
            ހޯދަން ނިޢުމަތް އެންމެތަކުން  އިސްނަގަމުންދޭ.

ވަގުތަށް ހުރުމަތްތެރިވެ ނަމާދުގެ  އެ ޖަމާޢަތް،
            ހަގުނާއި  ދޮށިން  ހޯދުމުގައި  ކުރިއަރަމުންދޭ.

އެތަނާއި މިތަނުން ކުދިވާހަކަ(61)

ކިޔާފައިވާ ޢަދަދު: 1444
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަވަދިނެތި އުޅުން

ޢައްބާސް އިބްރާހީމް
 

ކޮންމެވެސް ޒަމާނެއްގައި އުޅުނު ގަސްކެނޑުމުގެ މަސައްކަތްކުރާ ގައިބާރުގަދަ މީހަކަށް ލަކުޑި ވިއްކާ ކުނފުންޏަކުން ވަޒީފާއެއް ދީފިއެވެ. އޭނާއަށް ކުރަންޖެހޭ މަސައްކަތަކީ، ވަލުތެރެއިން ގަސްކަނޑައިގެން ފެކްޓަރީއަށް ގެނައުމެވެ. އެކުންފުނިން އޭނާއަށް ދޭން ހުށަހެޅީ ވަރަށް ރަނގަޅު މުސާރަ އެކެވެ. އަދި ގަސްކަނޑަން އޭނާއަށް ދެއްކި ވަލަކީވެސް ވަރަށް ރަނގަޅު ގަސްތައް ގިނައިން ހުރި ވަލެކެވެ. އެހެންކަމުން އޭނާ އެ ވަޒީފާ ގަބޫލުކުރީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އަދި އޭނާއަށް ވީހާ ރަނގަޅަކަށް މަސައްކަތްކުރުމުގެ ޢަޒުމާއެކުގައެވެ.

رمضان : ރޫޙާނިއްޔަތުގެ މަސް

ކިޔާފައިވާ ޢަދަދު: 810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(الشيخ إبراهيم الدويش ދެއްވާފައިވާ ދަރުސަކުން ބައެއް)

ތަރުޖަމާ: އިބްރާހީމް މާހިރު
މައްސަރުތަކުގެ އެންމެ މާތް މައްސަރުކަމުގައިވާ ރަމަޟާން މަސް އަޅުގަނޑުމެން ގާތަށް އަތުވެއްޖެއެވެ. އެމާތް މައްސަރަށް މަރްޙަބާއެވެ! ރަޖަބު މަސް އައުމާއެކު ކީރިތި މާތް ނަބިއްޔު صلى الله عليه وسلم ދުޢާކުރައްވާ ކަމުގައިވެއެވެ “اللهم بارك لنا في رجب وشعبان وبلغنا رمضان” އޭ ﷲ އެވެ! ރަޖަބު މަހާއި ޝަޢުބާން މަހުގައި އަޅަމެންނަށް ބަރަކާތް ލައްވާނދޭވެ! އަދި އަޅަމެންނަށް ރަމަޟާން މަސް ފޯރުކުރައްވާނދޭވެ!”
 

ތިޔަބޭފުޅުން އަޑުއައްސަވާފައިނުވާ، ތަޤުވާވެރި، މާ ބޮޑުމަހުޖަނެއްގެވާހަކަ

ކިޔާފައިވާ ޢަދަދު: 1679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަޙްމަދް ސަމީރު ޢަލީ
މިސްރުގެ ވެރިރަށް ޤާހިރާގެ ވަޒަންވެރިންނަށް އެންމެ ފުރަތަމަ އިވުނީ އެރަށަށް، ބޮޑު ލަޝްކަރެއް އަރައިގެން އަންނަ އަޑުކަހަލަ އަޑުފަށްގަނޑެކެވެ. ވަނީ ކީއްތޯ ބަލަން އަސްމަތީގައި ދިޔަމީހުން މާނޭވާލަމުން އާދެވުނުއިރު އަޑުފަށްގަނޑު މަޑުމަޑުން ގަދަވަމުން އާދެއެވެ. ސަހަރާގެ ހުޅަނގުފަރާތުން އިވެނީ އެތައް ސަތޭކަ އަހަކާއި އެހައިމެ ގިނަ ޖަމަލާއި އެތައް ބަޔަކު ހިނގާފައި އަންނަ އަޑެވެ. ބެރުދުންމާރި ތާޅަފިލީގެ އަޑުވެސް މިހާރު އަންނަނީ ގަދަވަމުންނެވެ. ބުރަކަށިމަތީގައިވާ ތަކެތީގެ ބަރުކަމުން ޖަމަލުތައްވެސް އަރާމުކޮށްލަން އެދޭކަހަލައެވެ. އެޖަނަވާރުތަކާއި ހަވާލުވެގެން ތިބި މީހުން ބޭނުންވީ އަދި ގަޑިއެއްހައި އިރަށް ހިތްވަރުކޮށްލުމެވެ!

ނަމާދު ކުރަން ހާނުއްވާ

ކިޔާފައިވާ ޢަދަދު: 1060
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
                        ވަޒަން: އޭ ޚުދާ ހަރް ފައިސަލާ ތޭރާ މުޖޭ މަންޒޫރްހޭ
ފަދަޔަކުން އެއްވެސް ޢިބާދަތަކަށް ގޮވާކަށް ނާންގަވާ
  ގަދަ އަޑުން އަންނަން ނަމާދަށް ވަގުތު ޖެހުމުން އަންގަވާ
          ﷲ …ﷲ