ސައިންސުގެ ހިޔަލުގައި ރޯދަ!

ކިޔާފައިވާ ޢަދަދު: 861
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޞްލު ލިއްޔުވީ: ޢަބްދުލްކަހީލް
ތަރުޖަމާ: ޢަބްދުﷲ މުޞްލިޙު 
ހުޅަނގުގެ ބައެއް މީހުން ދެކޭގޮތުގައި ރޯދަހިފުމަކީ، އިންސާނާގެ ހަށިގަނޑަށް ވޭންތަކެއް ދީ އޭގެ ސަބަބުން ގެއްލުންތަކެއް ހަށިގަނޑަށް ލިބޭކަމެކެވެ. އަދި މިކަމުގެ ސަބަބުން ބަނޑުގައި ވައި އުފެދުމާއި ވަރުބަލިވެ ހާންތިވުން ފަދަ ކަންތަކާވެސް ކުރިމަތިކުރުވާ ކަމެކެވެ. ނަމަވެސް މިއީ، އެމީހުންގެ އަނގަމަތީ ގޮވެލިފަތިތަކެއް ކަމުގައި ވިއަސް މި ޒަމާނުގެ ހުޅަނގުގެ ހޯދުންތެރިން ވަނީ ރޯދަހިފުމުން ލިބެނީ ގެއްލުން ތޯ ނުވަތަ ފައިދާ ތޯ ދިރާސާކޮށް ފައެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ފަހުގެ ތާރީޚުތަކުގައި ސައިންސުވެރިން ކޮށްފައިވާ މިފަދަ ދިރާސާތަކަށެވެ.
 

ކަމަކުވެސް ނުދެޔޭ

ކިޔާފައިވާ ޢަދަދު: 1100
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
 
އެވީ ގޮތަކާމެދަށް ވިސްނަން އިނަސް އިނދެ ކަމަކުވެސް ނުދެޔޭ
             ހަވީރުފިނީ ހިނގަން އުޅުނަސް ހިނގައިވެސް ކަމަކުވެސް ނުދެޔޭ
ނިދަން އުޅެ ނުނިދެޔޭ ނިދިވީ އެތައް ކޯހެއްގެ ދުރުމިނުގާ
              ނިދޭފަހަރަކު އެހެން ނިދުނަސް ނިދައިވެސް ކަމަކުވެސް ނުދެޔޭ

ތިބާ ރޯދައަށް ތައްޔާރުތޯ؟

ކިޔާފައިވާ ޢަދަދު: 807
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ރޯދަ މަޒުމޫނު – 1

ތިބާ ރޯދައަށް ތައްޔާރުތޯ؟

މުޙައްމަދު ޢަބްދުﷲ
އަހަރަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ އަޅުކަމާ ތަޤްވާގެ މޫސުން މިވަނީ ފެށިފައެވެ. މިއީ އާޚިރަތުގެ އަގުބޮޑު މުދާ ހެޔޮ އަގުގައި “ސޭލް އެޅުވޭ” ފައިދާ ބޮޑު ބާޒާރުގެ މޫސުމެވެ. ކުޑަ ދުވަސްކޮޅަކަށް ދެމިގެންދާ މިމޫސުމުގެ ފައިދާ ލިބިގަނެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކާ މިމޫސުމާ ކުރިމަތިލާން ޖެހެނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.
 

ހިތް ހިތަކަށް… (3)

ކިޔާފައިވާ ޢަދަދު: 1031
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
-އިބުރާހިމް ހުސެން މަނިކު- 
(22 ޖެނުއަރީ 2015 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ) 
މަލަކާ ލޮލަށް ވެރިވެގެން ދިޔަ ލާނެތް ވިދުވަރުން އަހަރެން ބުނި އެއްޗެއް އޭނާޔަށް މޭރުންވީ މުޅިން ތަފާތު ގޮތަކަށްކަން އެނގުނެވެ. ބުނެލާ ކަހަލައެވެ. މަގޭ ދަށުފޭރާން ލަދަކަށް ނުވާނެތާއެވެ. ތިޔައީ މަގޭ ވާން އުޅޭ ފިރިމީހާއެވެ. ހިތުގައި ހިނގަމުން ދިޔަ ޝުއޫރުތަކުން ހެވި މަޖާވެފައި ހުރި މޫނުމަތީން ފެނިފެނި ހުރީ ކުޑާއިރުވެސް އެމޫނުން ފެންނަން ހުންނަ ޖެހިލުން ކުޑަގޮތެވެ. މަޖާ މައްޗަށް މަޖާ އެރީ ޖެހިގެން ހުރި ގޭގެ ރެޑިއޯއިން އަންނާން ފެށި ލަވަޔަކުންނެވެ. 
   

ތިބީންނަށް ބުނެލަދޭށޭ އުދުހި ގޮސް އަދު އެކި މަޖާލުތަކަށް!

ކިޔާފައިވާ ޢަދަދު: 1120
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2015)

 ޖަވާބެއް ދޭށެ ޔާ ރަމަޟާން، ވެވޭ މި ހިތުގެ  ސުވާލުތަކަށް
                ދުވާލެއް ރޭގަނޑެއް ނެތި ދައުރު ވާ އެކި އެކި  ޚިޔާލުތަކަށް

 ތިބާގެ ރިޙާބުގައި ނޫންހޭ ބަދުރު، އުންމަތް    މި ހެއްވާލީ
                އެބާރަށް އަދު މި ވީ  ކީއްހޭ   ބަލާށޭ އަދުގެ    ޙާލުތަކަށް

އިސްރާފު ކުރުން، އިޖްތިމާއީ ވިސްނުމަކުން!

ކިޔާފައިވާ ޢަދަދު: 962
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
މީގެ ތިންހަތަރު މަސްދުވަސް ކުރިން އަޅުގަނޑަށް ލިބުނު އީ މެއިލެއްގެ ސަބަބުން ކުރިން ވިސްނިފައި ނެތް ދިމާއަކަށް ފުންކޮށް ވިސްނައިލެވުނެވެ. އެ އީ މެއިލުގައި އޮތް މައިގަނޑު ޚަބަރު، މިހާރު އިންޓަނެޓުގައި އެކި ބައިބައި ބަދަލުވެފައި ހުއްޓައިވެސް އެބަ ފެނެއެވެ. އަޅުގަނޑަށް ލިބުނީ ރައްޓެއްސަކު  ކިޔާފައި އޭނާވެސް އަޅުގަނޑަށް ‘ ފޯރުކުރި’ މެއިލެކެވެ. ލިޔެފައި އޮތީ އަރަބި ބަހުންނެވެ.
 

ރޯދަމަސް

ކިޔާފައިވާ ޢަދަދު: 853
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ސަވާބުގެ ކޮޅެއް ނެތް މިއީ ރޯދަމަސް    
         ހެވާލާބައިން ފުރުނު މާތް ރޯދަމަސް
ތިމާގެ އަޚުވަންތަކަން ނެރި އެ ކުރިއަށް
    ތިމާގެކަން އޮންނަ ދިރުވާށެ  ކުރިއަށް
        އެކުވެރިވާން، ތެދުވެރިވާން ހިތްވަރުދޭ ރޯދަމަސް