ރޯދައާއި ކެތްތެރިކަން

ކިޔާފައިވާ ޢަދަދު: 1580
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކެތްތެރިކަމަކީ ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ އެއް ސިފައެވެ. ކެތްތެރިކަމުގެ ތަރުބިއްޔަތު އެންމެ ބޮޑަށް ލިބިދޭ އެއް އަޅުކަމަކީ ރޯދައެވެ. ކެތްތެރިކަމުގެ ތަމްރީނު ލިބިދޭ ރޯދަމަހާ އަޅުގަނޑުމެންނާ އަނެއްކާވެސް މި ބައްދަލުވީއެވެ. މި އުފާވެރި މުނާސަބަތުގައި “ލިޔުންތެރީން”ގެ އަހުލުވެރީންނަށާއި ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަމެވެ.

މުލަރޯދަ ދުވަސް

ކިޔާފައިވާ ޢަދަދު: 1136
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކުޑައިރުގެ ހަނދާންތަކުން…!

މުލަރޯދަ ދުވަސް

އަޙްމަދު ޝިޔާމް
އަޅުގަނޑުމެން ކުޑައިރު މުލަ ރޯދަ ވިލޭރެ އާއި މުލަ ރޯދަ ދުވަހަކީވެސް  ވަރަށް އެހެން ކަހަލަ އިހުސާސް އެއް ކުރެވޭ ދުވަހެކެވެ. ޝަޢުބާން މަހުގެ 29 ވަނަދުވަހު އިރު އެރީން ސުރެ އިންތިޒާރު ކުރެވެނީ  މުލަ ރޯދަ ވިލޭރޭގެ ހަނދަށެވެ. އެރޭގެ ހަނދަށް ވާނެ ގޮތަކާ މެދު ކިލާހުގައިވެސް ކުދިންނާ ޚިޔާލު ބަދަލު ކުރެވެއެވެ. އަނެއް ދުވަސް މުލަރޯދައަށް ވެއްޖިއްޔާ  ކުރަން ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުން ނެވެ. ކިޔަވާ ގެއިން  ނިމިގެން އައިސް ދެން ކުރާ ކަމަކީ ތިންހަމަ ފިލާ ގަނޑު ކަހަލަ އެއްޗެތި އަނެއް ދުވަހަށް ތައްޔާރު ކުރުމެވެ. ވަގުތިންހަމަ އާއި ބަބުރު ތިންހަމައަށް، މަދޮއްޓާއި ކުދި ބޮލި ފަދަ ތަކެތި ހޯދަމެވެ. އެ ދުވަހު ހަވީރު ވެގެން އަންނަ އިރު އިންތިޒާރު ކުރެވެނީ ހަނދާ ބެހޭ ގޮތުން ނޫހުގައި އޮންނާނީ ކޮންވާހަކައެއްތޯ ބެލުމަށެވެ. 
    

އެ ޙަޤީޤަތް

ކިޔާފައިވާ ޢަދަދު: 1170
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ވާހަކަ

އެ ޙަޤީޤަތް

އަޙްމަދު ނާފިޢު
“ވަފާ، ހާލު ކިހިނެއްތަ؟ ކިހިނެއް ވެފަ ތިއިނީ. ކޮބާ މަންމަމެން؟” އަޒީމް ވަފާ އާއި އެތައް ސުވާލެއް ކުރި ނަމަވެސް ވަފާ އަނގަޔަކުން ނުބުނެއެވެ. ވާހަކައެއް ނުދެއްކިއެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ޖޯލިފައްޗެއްގައި އޮށޯވެލައިގެން އުމުރުން 20 އަހަރުގެ ވަފާ ވިސްނަމުންދަނީ ކޮންކަމަކާ ކަމެއް ޚުދު އަޒީމް ވިސްނައި ވިސްނައިވެސް ނޭނގުނެވެ. އަޒީމަކީ ވެސް ވަފާއާ އެއްފުރައިގެ ލާނެއް ކުއްޖެކެވެ. ކުޑައިރުއްސުރެން ފެށިގެންވެސް ވަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި މިހާރު ވަފާގެ ލޯބިވެރިޔާއެވެ. ކުރިން އަބަދުވެސް ދެމީހުން އެކުގައި ހީނސަމާސާކޮށް ހަދައެވެ. ނަމަވެސް މިއަދު ވަފާއަށް މިވީ ކިހިނެއް ކަމެއް ޚުދު އާޒިމަކަށްވެސް ބުނެދޭކަށެއް ނޭނގެއެވެ.
 

ގަހެއްގެ ޝަކުވާ

ކިޔާފައިވާ ޢަދަދު: 900
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                     
މުޙައްމަދު ރިޟާ އާދަމް، ރޭނިގެ ބ.ދަރަވަންދޫ 
 
ތިމާވެށިފެހިކުރަން އަހަރެން ކުރާ މިންނެތް މަސައްކަތުގައި 
                  ހިމާޔަތް  ދެން މަށަށް  ނެތުމުން ކުރާ ޝަކުވާ މިއީ އަދުގައި 
 
ފަޅާހިނދު ކޯދުލާ ފަތްތައް ބިމުން މައްޗަށް ނުހެދި ހުއްޓާ 
                   ތަޅާ  ޗިސްކޮށްލައޭ ފުޑުކޮށް،  ނުވޭ ރަހުމެއް ތިބާ  ހިތުގައި 
 

ދުންބަޑި (1)

ކިޔާފައިވާ ޢަދަދު: 905
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާކޮށް އެކުލަވައިލީ: އަޙްމަދު އަޖުމަލް ޙާމިދު
ރަމަޟާން މަހަކީ ތަފާތު މަހެކެވެ. ދީނާ ކިތަންމެ “ދުރުވެގެން އުޅޭ މީހަކުވިޔަސް އެހެން މަސްމަހާ ޚިލާފަށް އެމަސް ގާތްވަމުން އަންނަ ވަރަކަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް ހިތުތެރޭގައި ހިނގައިގަނެއެވެ. ވަށައިގެންވާ ވެށީގައާއި އެވެށީގައި ދިރިއުޅޭ މީހުންގެ ކިބައިން ފެންނަ “ރޯދަ ރޫޙުގެ” ސަބަބުންވެސް ތޯއްޗެކެވެ. ތިރީސް ދުވަހުގެ މުއްދަތަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަށްޖެހޭ ބަދަލާމެދު ވިސްނާ ފިކުރުކުރެވެން ފަށައެވެ.  އެހެނީ އެމަހަކީ އަމިއްލަ އުޅުންތަކާއި ގުޅުންތައް މިނެލައި އެއިން ހެޔޮ ނުބައި ވަކިކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. އަޅުކަމާ ދުރުވެވޭކަމަށް ފާހަގަ ކުރެވޭނަމަ އެކަން އިޞްލާޙްކޮށްލެވިދާނެއެވެ. މިޒާޖުގައި އުނިކަމެއް ހުރިނަމަ އެސިފައެއް ބަދަލުކުރުމަށް ގަދައަޅައި މަސައްކަތްކުރެވިދާނެއެވެ. ނުބައި އެއްޗަކަށް އަޅުދާސްވެފައިވާނަމަ އެކަމާވެސް ދުރުހެލިވެވިދާނެއެވެ.

ސުޕަރމާކެޓުން ދިމާވި މަންމަ

ކިޔާފައިވާ ޢަދަދު: 1540
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މަތީ ތައުލީމު ނިމި އަލަށް ވަޒީފާ ލިބި، ދިރިއުޅުމެއް ފަށާއުމުރުގެ ޒުވާނަކު ވަޒީފާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، އޭނާއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ސުޕަރމާކެޓަކަށް ވަދެލިއެވެ. ތަފާތު ހަރުތަކުން އޭނާ ބޭނުން ތަކެތި ނަގަމުން ހަތަރު ފުރޮޅުލީ ގާޑިޔަލަކަށް އަޅަމުން މަޑުމަޑުންދެއެވެ. މިހެން ދިޔުމުގެ ތެރޭގައި މީނާއަށް ފާހަގަވީ، އުމުރުން ދޮށީ އަންހެނަކު އޭނާއާއި މާ ދުރު ނޫން ހިސާބެއްގައި ހުރެގެން ފަހަތުން އަންނަ ކަމެވެ. ދެފަހަރަކު ސީދާ ބަލައިލުމުން ފަސްދޮޅަހަކަށް އަހަރުގެ މި އަންހެނާ ކުޑަކޮށް ހީނލިއެވެ. އަދި އޭނާ ވެސް ފަހަރަކު އެއްޗެއް ހަރުން ނަގައި އޭނާ ކޮއްޕަމުން ގެންދިޔަ ގާޑިޔަލަށް އަޅަމުން ގެންދިޔައެވެ.
 

ލޯބި ކަނު އެއްޗަކަށްވީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 1074
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޚިޔާލީ ވާހަކައެއްގެ ތަރުޖަމާ

ލޯބި ކަނު އެއްޗަކަށްވީ ކީއްވެ؟

ތަރުޖަމާ: އިބްރާހީމް މާހިރު

މިއީ، މީގެ ދެއަހަރެއްހާ ދުވަސްކުރިން ކޮންމެވެސް ވެބްސައިޓަކުން ފެނިފައިވާ ވާހަކައެކެވެ. ބައެއް ސައިޓްތަކުގައިވާ ގޮތުން، މިއީ ގަލްފުގެ ޤައުމެއްގައި ބޭއްވުނު ޚިޔާލީ ކުރުވާހަކަ މުބާރާތަކުން ކޮންމެ ވެސް އަހަރަކު 01 ވަނަ ލިބުނު ވާހަކައެކެވެ. ނަމަވެސް އިތުބާރު ހުރި ސައިޓަކުން އެކަން ކަށަވަރުކުރެވޭ ގޮތެއް ނުވިއެވެ. އަދި ލިޔުނު މީހާގެ ނަންވެސް އެނގޭގޮތެއް ނުވިއެވެ. ލިޔުންތެރިންގެ ގުޅުމުގެ ވެބްސައިޓްގައި، ވަރަށް ފަހުން ޝާއިޢުކޮށްފައިވާ “ކަނުލޯބި” ވާހަކަ ފެށުމުގެ ކުރިން ލިޔުންތެރިޔާ ލިޔުއްވާފައިވާ ޢިބާރާތްކޮޅުން އަޅުގަނޑު ފުރަތަމަ ހީކުރީ އެއީ މި ވާހަކަ ކަމަށެވެ. އެކަމަކު އެއީ އަދި އެހެން ވާހަކައެއްކަން އެނގުމުން މި ހާވަހަކަ ވެސް ތަރުޖަމާކޮށްލާ ހިތްޖެހުނީއެވެ.

ސްރީލަންކާ އިން ފެނުނު ބައެއް ކަންތައްތައް

ކިޔާފައިވާ ޢަދަދު: 1102
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ޝިޔާމް
މެއި މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު ހުރީ ސްރީލަންކާގައެވެ. މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި މުޅި ދުނިޔޭގައިވެސް ފާހަގަ ކުރަނީ އެ ދުވަހެވެ. އަޅުގަނޑު ސްރީލަންކާގައި ހުރީ ތިމާގެ މީހެއްގެ ގޭގައެވެ. އެގެ ހުންނަނީ މައުންޓް ލެވޭނިޔާގައެވެ. ވަރަށް ގިނަ ދިވެހިން ދަންނަ އަޔަރުވެދިކް ހޮސްޕިޓަލާ ވަރަށް ގާތުގައެވެ. 
  

ވަޑިއެއްގެ ވާހަކައިން ލިބޭ ޢިބްރަތް!

ކިޔާފައިވާ ޢަދަދު: 1037
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޝަފީޢު ޢަބްދުﷲ  ، ޏ. ފުވައްމުލައް

އެއް ޒަމާނެއްގައި އުޅުނު ވަރަށް މޮޅު ވަޑިއެކެވެ. މުޅި އުމުރު ވަޑާން ކުރުމުގައި އޭނަ ހޭދަކުރިއެވެ. މި ގޮތުގައި ދިގު މުއްދަތެއް ފާއިތު ވުމަށް ފަހު، ޤުދުރަތީ ޤާނޫނުގައި އޮންނަ ގޮތުން މާވަޑިޔާއަށް ވެސް މުސްކުޅި ޢުމުރުގެ ހަރުފަތްތަކަށް އަރާން ޖެހުނެވެ. މުސްކުޅިކަމާ އެކު، މަސައްކަތުގައި ލިބިހުރި ތޫނުފިލިކަމުގެ މައްޗަށް ލޯބޯ ކޮށިވުމުގެ އުނިކަން މަތި ވެގެން ދިޔުމުން، މަސައްކަތާ ދުރަށް ގޮސް، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް އަނބިދަރިންނާއެކު ހޭދަކުރަން އޭނަ ނިންމިއެވެ.

ހޮނިހިރު ދުވަހު ރޯދަ ހިފުން

ކިޔާފައިވާ ޢަދަދު: 870
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިދާރާ

ތިރީގައި މިވަނީ “ޢަރަފާތު ދުވަހުގެ ރޯދަ ހޮނިހިރު ދުވަހާ ދިމާޥެއްޖެ ނަމަ….” މި މައުޟޫޢަށް އައްޝައިޚު އާދަމް ޝަމީމް ބިން އިބްރާހީމް، އޭނާގެ ބްލޮގް ގައި 4 ނޮވެމްބަރ 2011 ގައި ލިޔުއްވައިފައިވާ ލިޔުއްވުމެކެވެ. މުހިއްމު ޙުކުމެއް ބަޔާންކޮށްދެއްވައިފައިވާ ލިޔުމަކަށް ވާތީ މި ސައިޓްގެ އަހުލުވެރީންނަށް މި ލިޔުން ހަދިޔާކޮށްލާހިތްވީ އެވެ. ޝާއިޢުކޮށްފައި މިވަނީ އެއްވެސް އުނި އިތުރެއް ގެނައުމަކާ ނުލައެވެ.