މިރިނުވެ ގޮބޮޅި ކާށިވުން

ކިޔާފައިވާ ޢަދަދު: 1625
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ގޮބޮޅިއެއް މިރިއަކަށް ނުވަނިސް ހިތުންބޮޑު ކާށްޓަކަށް ވެއްޖޭ
       ގަބުޅިޔާ ކުރުނބަޔަށް ވުރެ ވެސް އިހަލު ބޭރަށް ނުކުމެވިއްޖޭ

ޖެހުނު   ވައިރޯޅިއެއްގައި  ހެލިލުމާއެކު  ދުނިޔެ  ފެނުނީމާ
       އެހިނދު  ހުރިހާ   ގޮބޮޅިޔަށްވުރެ ބޮޑޭ ހީވާ   ގޮތެއްވެއްޖޭ 

ފަސާދަކުރުމަށް ބުނާ ތެދައްވުރެ، ސުލްހަކުރުމަށް ހަދާ ދޮގުވެސް މާ ރަނގަޅެވެ.

ކިޔާފައިވާ ޢަދަދު: 1403
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒަހީން

ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ އިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އެއް ދުވަހަކު ރަސްކަލެއްގެ ދަރުބާރަށް ޙާޒިރު ކުރެވުނު ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު ރަސްގެފާނު، ނެރުއްވިއެވެ. މިކަން އެނގުމުން ކުށްވެރިޔާ ދިރިހުރުމުން އެދުން ކެނޑިގެން ދިޔަ ވަގުތުގައި، ރަސްގެފާނަށް ވަރަށް ނުބައި ބަސްތަކެއް ގޮވައިފިއެވެ. އޭނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ދެ ގައުކޮޅު

ކިޔާފައިވާ ޢަދަދު: 1719
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އިޓަލީ ވިލާތުގައި މާ ކުރީ ޒަމާނެއްގައި، އޭނާ ކުރަމުން އައި ވިޔަފާރި ބޮލާއަޅާފައިވާ ސައުދާގަރަކު އުޅުނެވެ. ވިޔަފާރިއަށް އައި ދަތި ދުވަސްވަރެއްގައި  ސޫދަށް ފައިސާ ދޫކުރާމީހެއްގެ އަތުން ދަރަންޏަށް ފައިސާގެ މިންވަރެއް ނަގަން މަޖުބޫރުވިއެވެ. ނަމަވެސް އެއްބަސްވެފައިވާ މުއްދަތު ޖެހޭއިރުވެސް އެ ފައިސާ ނުދެއްކޭނެކަން ޔަގީންވާތީ، ދަރަންޏަށް ފައިސާ ދޫކުރި މީހާ، ވިޔަފާރިވެރިޔާގެ ގާތަށް، ހުށަހެޅުމަކައިގެން ދުރުވެއްޖެއެވެ!

ދެކޭ ގޮތް ބަދަލުކުރުން

ކިޔާފައިވާ ޢަދަދު: 1906
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެއް ދުވަސްވަރެއްގައި ފިސާރި ބޮޑު މުއްސަންޖަކު ލޮލެއްގައި ރިހޭތީ އުޅުނެވެ. ތަނަވަސް މީހަކަށް ވާތީ މީނާ އަށް ފަރުވާ ކުރުމުގައި ސަރަހައްދުގައި ނަންހިނގާ ޑަކްޓަރުންގެ ޖަމާއަތް ޖަމާއަތުން ތަފާތު ބޭސް ހަދައިދީ އުޅުނެވެ. ނަމަވެސް ލޮލުގައި އަޅާ ގަދަ ވޭނަަށް ދާއިމީ ފަރުވާއެއް ނުލިބެއެވެ!

ވެރިފައި ހުރުމާއި “ވެރިފައި”ކުރުން

ކިޔާފައިވާ ޢަދަދު: 2058
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ  އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަންގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ދިވެހި ބަސްފޮތަށް ރުޖޫޢަ ވާއިރު މި ލަފުޒުގެ މާނައެއް ކަމަށް އޮންނަނީ “އެއްޗިހިތަކެއް ބޭފުން” ނުވަތަ “ގަސްގަހުން ފަތާއި މޭވާ ފަދަ ތަކެތި ފޭބުން” ނުވަތަ “އޮހުން” ކަމަށެވެ. ވެރުމުގެ އެއް މާނައެއްގައި “ބަނޑުންވުން”ވެސް ކިޔައެވެ. ބަނޑުންވުމުގެ މާނައެއް ކަމަށް ބަސްފޮތުގައި އޮންނަނީ “އެއްޗެއްގެ ތެރޭގައި ހުންނަ އެއްޗެއް ވެރުން” ކަމުގައެވެ. ވިހާވަރުން “ވެރިފައި”ގެ ދިވެހި މާނަ ހިތްޕުޅަށް ގެނެވޭވަރުވެއްޖެ ނޫންތޯއެވެ؟

ޙަޔާތުގެ ދަތުރު (2)

ކިޔާފައިވާ ޢަދަދު: 1298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިސްކަން ދޭންވީ ތަރުތީބު

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ކިޔުންތެރީންނަށް މި ޙިއްސާކޮށްލަނީ މުދައްރިސެއް އޭނާގެ ކުލާހުގައި ނަންގަވައި ދެއްވި ފިލާވަޅެކެވެ. މުދައްރިސް ކުލާހަށް ވަޑައިގަތީ ތަފާތު އެއްޗެހިތަކެއް ހިއްޕަވައިގެންނެވެ. އޭނާއަށް ޚާއްސަ މޭޒުގައި އެ ތަކެތި ބެހެއްޓެވުމަށްފަހު ކުލާސް ފެށުމުން، އޭގެތެރެއިން ބިއްލޫރި ފުޅިއެއް ނަންގަވައި މޭޒުމަތީގައި ބެހެއްޓެވިއެވެ. އެތެރެ ފެންނަ ކަހަލަ ފޫޓެއްހައި ބޮޑު ފުޅިއެކެވެ. ދެން އޭގެ ތެރެއަށް ގާތްގަނޑަކަށް 2 އިންޗި ހުންނަވަރުގެ ގާތަކެއް އަޅުއްވާ ފުރާލެއްވިއެވެ.

ފެށުން (2)

ކިޔާފައިވާ ޢަދަދު: 1159
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

މިވާހަކައަކީ މަޝްހޫރު ނޫސް ރިޕޯރޓަރ ކެވިން ކާރޓަރ، ނަގައި އިންޓަރނެޓަށް ލުމުން މުޅި ދުނިޔެއަށް މަޝްހޫރުވި،  މި ވާހަކައިގައި ބޭނުންކޮށްފައި އެވާ ފޮޓޯއާއި ގުޅުވައިގެން އަޅުގަނޑު ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ނަމެއްގެ ފަހަތުން…

ކިޔާފައިވާ ޢަދަދު: 1316
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހިމް ހުސެން މަނިކު

މިއީ ޚިޔާލީ ހާދިސާއެއްގެ މައްޗަށް ވާހަކައެއް ގޮތަށް ލިޔެވިފައިވާ މަޒުމޫނެކެވެ. މަޒުމޫނުގައި ހިމެނޭ ތާރީޚީ މީސްމީހުންނާއި ކަންކަން ފިޔަވައި ހިނގިކަމެއްގެ މައްޗަށް ނުވަތަ ދިރި ހުރި ނޫނީ މަރުވެފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް ލިޔެފައިވާ މަޒުމޫނެއް ނޫނެވެ.

އޭނާޔަކީ އިޓާލީވިލާތުގެ ބަޔަކު ހިންގާ ރިސޯޓެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. އޭނާ އިޓާލީ ބަހުން ވަރަށް ފަރިތަކޮށް ތަޅުވައެވެ. 

އައްޑުއަތޮޅު އެތެރެވަރިއަށް ފައްތާލެވިފައިވާ ތެޔޮޓޭންކަރު “ބްރިޓިޝް ލޮޔަލްޓީ”

ކިޔާފައިވާ ޢަދަދު: 1202
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަޙްމަދު ނާޞިޙް
“ބްރިޓިޝް ލޮޔަލްޓީ” އަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޭނުންކުރެވުނު އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެކެވެ. މި ބޯޓާ ބެހޭގޮތުން ޝައުޤުކުރުވަނިވި ތާރީޚެއްވެ އެވެ. މީގެތެރޭގައި ޖަރުމަނުގެ ސިފައިން މިބޯޓަށް ޓޯޕިޑޯގެ ޙަމަލާއެއް ދިނުމާއި، އެ ޙަމަލާގެ ސަބަބުން ބޯޓު މުޅިން ފެތިފައި ނުވުމާއި، އިނގިރޭސިން އެންމެފަހުން އަމިއްލައަށް މި ބޯޓު ފައްތާލުން ހިމެނެއެވެ. އަދި މިކަމުގެ ސަބަބުން މުޅި އައްޑުއަތޮޅުގެ އެތެރެވަރިއަށް ތެޔޮ އެޅި ތަޢައްޔަރުވެގެން ދިއުން ހިމެނެއެވެ.
 

ޙަޔާތުގެ ދަތުރު (1)

ކިޔާފައިވާ ޢަދަދު: 1205
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަޔާތުގެ ދަތުރު (1)

މާޔޫސް ނުވާށެވެ.

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ދިރިއުޅުމުގެ ޙަޔާތުގައި ދުނިޔެ ތިމާއަށް އަބަދު އެއްކުލަވަރެއް ދައްކަމުންދާނޭ ކަމުގައި އުއްމީދުކޮށްގެން ނުވާނެއެވެ. އިންސާނުންނާއި ދޭތެރޭ އެކި ފަހަރު މެދުވެރި ވަމުންދާނީ އެކި ގޮތެވެ. ބައެއް ފަހަރު ހިތްނުތަނަވަސް ވާނޭ ފަދަ ހިތްދަތި ދަނޑިވަޅުތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެފަދަ ކޮންމެ ވަގުތަކީ މާޔޫސްވެ، އާވާރާ ވެގެން ގޮސް ދުނިޔެމަތީން ފޫހިވެ ދިރިއުޅުން ދޫކޮށްލާން ހިތުލާން ޖެހޭފަދަ ވަގުތުތަކެއް ކަމުގައި ވެގެން ނުވާނެއެވެ. ކޮންމެ ޙާލަތަކީވެސް މިންވަރުފުޅުގައި ހުރިގޮތް ކަމުގައި ދެކެގެން މާތްﷲ ވަކީލުކޮށް ކުރިމަގު ފަހި ވުމަށް އަދައިގެން ދިމާވާ އަޑިގަނޑުތައް ކަޑައްތު ކުރުމަށް ހިންމަތްކޮށް ތިމާގެ ޙަޔާތުގެ ދަތުރާއިގެން ދާން ޖެހެނީ ކުރިއަށެވެ. ފެންނާން ހުރި ރާސްތާ ދިގުކަމުގައި ވިޔަސް އަތުވާން ހުރި މަންޒިލް ފާގަތި ވެދާނެއެވެ. އެހެން ކަމުން، އެއްގޮތަކަށްވެސް މާޔޫސް ވުމެއްނެތި ހުރަސްތައް ގިރާކުމަށް މަސައްކަތްކޮށް ޙަޔާތުގެ ލަނޑުދަނޑިތަކާއިގެން ކުރިއަށްދިއުން ހުއްޓައި ނުލާށެވެ.