ޙަޔާތުގެ ދަތުރު (1)

ކިޔާފައިވާ ޢަދަދު: 1208
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަޔާތުގެ ދަތުރު (1)

މާޔޫސް ނުވާށެވެ.

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ދިރިއުޅުމުގެ ޙަޔާތުގައި ދުނިޔެ ތިމާއަށް އަބަދު އެއްކުލަވަރެއް ދައްކަމުންދާނޭ ކަމުގައި އުއްމީދުކޮށްގެން ނުވާނެއެވެ. އިންސާނުންނާއި ދޭތެރޭ އެކި ފަހަރު މެދުވެރި ވަމުންދާނީ އެކި ގޮތެވެ. ބައެއް ފަހަރު ހިތްނުތަނަވަސް ވާނޭ ފަދަ ހިތްދަތި ދަނޑިވަޅުތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެފަދަ ކޮންމެ ވަގުތަކީ މާޔޫސްވެ، އާވާރާ ވެގެން ގޮސް ދުނިޔެމަތީން ފޫހިވެ ދިރިއުޅުން ދޫކޮށްލާން ހިތުލާން ޖެހޭފަދަ ވަގުތުތަކެއް ކަމުގައި ވެގެން ނުވާނެއެވެ. ކޮންމެ ޙާލަތަކީވެސް މިންވަރުފުޅުގައި ހުރިގޮތް ކަމުގައި ދެކެގެން މާތްﷲ ވަކީލުކޮށް ކުރިމަގު ފަހި ވުމަށް އަދައިގެން ދިމާވާ އަޑިގަނޑުތައް ކަޑައްތު ކުރުމަށް ހިންމަތްކޮށް ތިމާގެ ޙަޔާތުގެ ދަތުރާއިގެން ދާން ޖެހެނީ ކުރިއަށެވެ. ފެންނާން ހުރި ރާސްތާ ދިގުކަމުގައި ވިޔަސް އަތުވާން ހުރި މަންޒިލް ފާގަތި ވެދާނެއެވެ. އެހެން ކަމުން، އެއްގޮތަކަށްވެސް މާޔޫސް ވުމެއްނެތި ހުރަސްތައް ގިރާކުމަށް މަސައްކަތްކޮށް ޙަޔާތުގެ ލަނޑުދަނޑިތަކާއިގެން ކުރިއަށްދިއުން ހުއްޓައި ނުލާށެވެ.
 

އޭރުގެ ފަތްފުށްތަކުން…. (103)

ކިޔާފައިވާ ޢަދަދު: 1025
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (103)

ފެލިދެ އަތޮޅުގެ މައްޗަށް ބަލައިލުމެއް

ވ.ކެޔޮދޫ ކަތީބު ޢަބްދުއްސައްތާރު އަޙްމަދު


އަލްފާޟިލް ޢަބްދުއްސައްތާރު އަޙްމަދަކީ، މިނިސްޓްރީ އޮފް ޖަސްޓިހުން ހިންގެވި ޤާޟީން ތަމްރީނުކުރާ ކޯސް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ  އ.އަތޮޅު ކޯޓުގެ ޤާޟީ ކަމެވެ. އެއަށްފަހު، ވ.ރަކީދޫ ކޯޓުގެ ޤާޟީކަމެވެ. ޢަބްދުއްސައްތާރުވަނީ، ވ. ކެޔޮދުއާއި ފެލިދެ އަތޮޅަށް މުހިންމު ދާއިރާތަކެއްގައި ޚިދުމަތް ކުރައްވައިފައެވެ. އަދި މިހާރުވެސް ގެންދަވަނީ، ޚިދުމަތް ކުރައްވަމުންނެވެ. ޢަބްދުއްސައްތާރު މިހާތަނަށް އަދާކުރައްވާފައިވާ އެހެން މަޤާމުތަކުގެތެރޭގައި ކެޔޮދޫ ކަތީބުކަމާއި ފެލިދެ އަތޮޅުގެ އަތޮޅުވެރިޔާގެ އެހީތެރިޔާކަމާއި އަތޮޅުވެރިޔާގެ އިސް އެހީތެރިޔާކަން ފަދަ މަގާމުތައް ހިމެނެއެވެ. މިހާރު އޭނާއަކީ، ވ. އަތޮޅު ކައުންސިލްގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރެވެ.

ކަނު ލޯބި

ކިޔާފައިވާ ޢަދަދު: 1646
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފް
މިއީ އިންޓަނެޓުގައި ދައުރުވަމުންދާތާ އަހަރުތަކެއް ވެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔުނު މީހެއް އަޅުގަނޑަކަށް ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ. އިންޓަރނެޓުން އެކި ފަހަރު އެކި ގޮތަށް މި ވާހަކަ ފެނިފައި ވާތީ، ތަރުޖަމާ ކުރި އިރު، އަޅުގަނޑު ވެސް ކޮންމެވެސް ވަރަކަށް ވާހަކައަށް ބަދަލު ގެނެސްފައިވާނެއެވެ. އެކަމަކު ވާހަކައިގެ އަޞްލަކަށް މާ ބޮޑު ބަދަލެއް ނުގެންނަމެވެ.
 

ބޭކާރު ކަމެއް ކަމަށް ބަލައި، ނުގަންނަން ނިންމި ސިމްކާޑު އެންމެ ފަހު ވަގުތުގައި ގަންނަންޖެހުނީ އަމިއްލަ ސަލާމަތަށްޓަކައެވެ.

ކިޔާފައިވާ ޢަދަދު: 2924
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.
ހެނދުނު 9:00 ން ފެށިގެން ހަވީރު 4:30 އަށް އޮންނަނީ މަޢުލޫމާތުގެ ދަންފަޅިތަކާއި ތަޖުރިބާކުރުމުގެ ދަންފަޅިތަކެވެ. މެންދުރު ކާން މެދުކަނޑައިލެވޭ ބައިގަޑިއެއްހާ އިރު ފިޔަވައެވެ. 4:30 ގައި ދުވަހުގެ ޕްރޮގްރާމް ނިންމައިލެވޭ އިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހަށިގަނޑުން ފިނިކަން ކެނޑި ހަމައަކަށް އެޅިފައެވެ. ނަމަވެސް ބައިގަޑިއެއްހާ އިރު ހިނގައިލުމަކަށް ފަހު، ހޮޓަލަށް އާދެވޭއިރު އަނެއްކާ ހުންނަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ހީކަރުވައިފައެވެ.
 

ދަރިއެއްގެ އާދޭސް…. އަހަރެންގެ ގަލަމުން

ކިޔާފައިވާ ޢަދަދު: 1009
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޤާސިމް، ކަނީރުމާގެ، އދ. މަހިބަދޫ
ލޯބިވާ ބައްޕާ މަގޭ ބޮލުގާ ނިކަން ފިރުމާލަދީ
        ލޯބި  ބޭނުންވޭ   ޙަޔާތަށް  މާފުކޮށް   ފިރުމާލަދީ
އެންމެ ޅައިރުއްސުރެ މަގޭ ތަރުބިއްޔަތަށް ވިސްނާލިކަން
        ދެންމެޔޭ އަދި ވިސްނުނީ މިކަމަށް މަށަށް ދެން މާފުދީ

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (04)

ކިޔާފައިވާ ޢަދަދު: 1427
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް މާހިރު

10. ކަންކަމުގައި އަވަސްއަރުވައި ނުގަތުމާއި ޙިކުމަތްތެރިވުން

އިސްލާމްދީނަށް ގޮވައިލުމާއި، ދީން އުނގަންނައި ދިނުމާއި ފަތުވާ ދިނުމުގެ އިތުރުން މުޖުތަމަޢުގެ ކަންކަން ހެޔޮމަގަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ވެސް އަވަސްއަރުވައިލުމަކީ އިސްލާމްދީން އަންގައިދީފައިވާ ގޮތެއް ނޫނެވެ. އަވަސްއަރުވައިލައިގެން ކަންކަން ކުރުމަކީ ވަގުތު ޖެހުމުގެ ކުރިން އެކަމެއް ކުރަންއުޅުން ފަދަ ކަމެކެވެ. ނުވަތަ ދޮންވުމުގެ ކުރިން މޭވާ ބިނުންފަދަ ކަމެކެވެ.

ބިއްލޫރިތަށީގެ ބަރުދަން

ކިޔާފައިވާ ޢަދަދު: 2448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ފާޠިމަތު ސަރީރާ ޢަލީ ޝަރީފް

ޢާންމުކޮށް ސައިކޮލޮޖީ ކިލާސްތަކުގައި ޓީޗަރުން ކޮށް އުޅޭ ކަމެއް އޮވެއެވެ. އެއީ ބައިތަށި ފެން ދަރިވަރުންނަށް ދައްކާލާފައި ސުވާލެއް ކުރުމެވެ. އެ ސުވާލަކީ “މިއީ ދެ ބައިކުޅަ އެއް ބަޔަށް ފުރިފައި ހުރި ތަށްޓެއްހެއްޔެވެ؟ ނުވަތަ ދެ ބައިކުޅަ އެއް ބައި ހުސްވެފައި ހުރި ތަށްޓެއްހެއްޔެވެ؟” މި ސުވާލުގެ ޖަވާބު އެކި ދަރިވަރުން ދޭނީ އެކި ގޮތަށެވެ. ދެން ޓީޗަރު ބުނާނެއެވެ. “ތިޔަ ހުރިހައި ދަރިވަރުންނަށް ވެސް ތިޔަ ފެނުނީ ހަމަ އެއް ތަށްޓެކެވެ. ފެން ހުރީ އެއްވަރަކަށެވެ. އެންމެން ތިޔަ ތިބީ އެއް ތަނެއްގައެވެ. ތަށި ތިޔަ ފެނުނީ ހަމަ އެއް ވަގުތެއްގައެވެ. އެކަމަކު ޖަވާބު ކިހައި ތަފާތުހެއްޔެވެ؟ އެއީ އެއްގޮތަކަށް ވެސް ފެންތަށްޓާ ގުޅުން ހުރި ކަމެއް ނޫނެވެ. ކޮންމެ ދަރިވަރަކު ދޭ ޖަވާބު ކަނޑައަޅަނީ އެ ދަރިވަރަކު ދުނިޔޭގެ ކަންތައްތަކާ މެދު ދެކޭ ގޮތެވެ. ދުނިޔޭގެ ކަންކަމާ މެދު ހެޔޮކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެ ބައިކުޅަ އެއްބަޔަށް ފުރިފައި ހުރި ތަށްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އޭގައި ހުރި ރިޒުގަށެވެ. ފެނަށެވެ. އަދި ގޯސްކޮށް ދެކޭ ދަރިވަރުންނަށް ފެންނާނީ ދެ ބައިކުޅަ އެއްބައި ހުސްވެފައި ހުރި ތަށްޓެކެވެ. އެ ދަރިވަރުން އެ ބަލަނީ އެތަށީގައި ވާ ހުސްތަނަށެވެ. އެ ތަށީގައިވާ ފެން އެ ދަރިވަރުންނަށް ނުވެސް ފެންނަ ފަދައެވެ.” 

 

ޙިކުމަތުގެ ގަލަމުން (1)

ކިޔާފައިވާ ޢަދަދު: 2012
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްލުމައް
މިލިޔުމުގައި ހިމަނާފައި މިވަނީ 2012 ވަނަ އަހަރުން ފެށިގެން ފޭސްބުކްގައި އަޅުގަނޑުގެ ޓައިމްލައިނުގައި ” ޙިކުމަތުގެ ޤަލަމުން ” މިނަމުގައި ފޮޓޯ ފޯލްޑަރ އެއް ހަދައިގެން ޢާއްމު ކުރަމުން ދިޔަ ބުނިބަސް (ކޯޓްސް ) ގެ ޢަދަދުތަކެވެ.  މީގެ ތެރެއިން ގިނަ ބުނިބަސް ތަކަކީ ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންކަމާއި އަދި އެކި މުނާސަބާތަކާއި ގުޅުވައިގެން ޝާއިޢުު ކުރެވުނު ބުނިބަސް ތަކެކެވެ. މިސައިޓުގެ ކިޔުންތެރީންނަށް މި ޢަދަދުތައް ޙިއްސާ ކޮށްލަނީ ޝަރަޙައާއި އެކުއެވެ. މި ބުނިބަސްތަކުގައި އެކުލެވިގެންވާ ފިލާވަޅުން މިންވަރެއް ކިޔުންތެރިންނާއި ހަމައަށް ފޯރައިފިނަމަ އަޅުގަނޑުގެ އުއްމީދު ޙާޞިލުވީއެވެ. މިލިޔުމުގައި ބުނިބަސްތައް ގެނެސްދީފައި މިވަނީ ފޭސްބުކުގައި ޝާޢިއު ކުރެވުނު ތަރުތީބުންނެއް ނޫނެވެ.

ގިލަންވެރިކަމަކަށް ވަކި ފަންތިއެއް ނެތެވެ!

ކިޔާފައިވާ ޢަދަދު: 3985
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަލްމަރްޙޫމް ޑޮކްޓަރ މުޞްޠަފާ މަޙްމޫދް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މިސްރަށް އުފަން الدكتور مصطفى محمود އަކީ މެޑިކަލް ޑަކްޓަރެކެވެ. މެއަށް ޖެހޭ ބަލީގެ ޚާއްސަ ޑަކްޓަރެއްގެ ގޮތުގައި އަށެއްކަ އަހަރު މަސައްކަތް ކުރެއްވުމަށްފަހު 1960 ން ފެށިގެން ލިޔުންތެރިކަމަށް ޚާލިސްވެ ވަޑައިގެން، 2009 ވަނަ އަހަރު މި ދުނިޔެ ދޫކުރެއްވިއިރު 89 ފޮތް ޝާއިއު ކުރައްވާފައިވެއެވެ. ލިޔުއްވުމުގެ އިތުރުން، العلم والإيمان ގެ ނަމުގައި، ކީރިތި ޤުރުއާނުގައި ވާ ޢިލްމީ މުޢުޖިޒާތް އާންމުންނަށް ވިސްނޭފަދަ ތިލަ ގޮތަކަށް، (މިސްރާއި  އަރަބި ދުނިޔޭގައި ވަރަށް މަޝްހޫރުވި އެ ސިލްސިލާގެ) 400 އަށްވުރެ ގިނަ ޓިވީ ޕްރޮގްރާމު  ހުށަހަޅުއްވައިދެއްވެވިއެވެ. އަދި 1979 ގައި “مسجد مصطفى محمود” ގެ ނަމުގައި ވަރަށް ބޮޑު މިސްކިތެއް އަޅުއްވައި މިމިސްކިތުގެ ތިރިން ބައެއްގައި  ނިކަމެތީންނަށް ވަރަށް ހެޔޮ އަގުގައި ބޭސްފަރުވާ ކުރެވޭނެ 3 ކްލިނިކް މިހާރުވެސް ހިންގެއެވެ.
 

ސަންޑޭ (20)

ކިޔާފައިވާ ޢަދަދު: 3089
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 12 މެއި 2015 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ދޮންމަންމައަކަށްދޯ ވާނީ. މަންމަ އަންނާނަން ފާޚާނާއަށް ވަދެލާފަ…..” މަރީނާ ތެދުވެގެން ގޮަސް ކޮޓަރިއަށް ވަދެއްޖެއެވެ. ނަދުހާވެސް ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. ސިޓިންގރޫމްގައި ހުއްޓާ މުނާޒް އައިސް ދިމާކޮށްފާނެތީއެވެ. އެހެން ވެއްޖެއްޔާ މަރީނާ އަންނައިރުވެސް މުނާޒް އަޅާނުލާ ހުރެދާނެއެވެ. ކޮޓަރިއަށް ވަދެ ނަދުހާ އެނދުގައި އޮށޯވެލިއެވެ. ކޮޓަރި ދޮރުވެސް އޭނާ ނުލައްޕައެވެ. މުނާޒަށް ފުރްޞަތު ކުޑަކުރުމުގެ ޤަޞްދުގައެވެ. މުނާޒް އެކަންޏެއް ނޫނެވެ. ދަލޭކައަކީވެސް ބޮޑު ތުރާލަކަށް މިހާރު އޭނާއަށް ވެއްޖެއެވެ. އެހެންވެ މަންމައާއި ބައްޕަ ގާތު ބުނެގެން ފަންޑިތަ ހަދަންވެސް މިހާރު އޭނާ ހިތަށްއަރައެވެ. ނަދުހާ އެހެން އޮންނަތާ މާގިނައިރުތަކެއްނުވެ، ބާރު ވައިރޯޅިއަކާއެކު ކޮޓަރި ދޮރު ނިކަން ބާރަށް ލެއްޕިއްޖެއެވެ. ނަދުހާ ފުންމައިގެން ތެދުވެއްޖެއެވެ. އެއީ މުނާޒް ނޫނީ ދަލޭކަގެ އިޝާރާތެއްކަން އޭނާއަށް އެނގުނީމައެވެ. ނަދުހާ ތެދުވެގެން ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އޭނާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ހީވަނީ މީހަކު ދޮރުގައި ހިފަހައްޓާފައި ހުރިހެންނެވެ.