މިނިކާވަގެއްގެ ނަރުވާ

ކިޔާފައިވާ ޢަދަދު: 2351
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޗައިނާގެ ކޮންމެވެސް ހިސާބެއްގައި ޔުން އޮކް ނަމަކަށް ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ފިރިމީހާއާއި އެކު މި ދެމަފިރިން އައީ ވަރަށް ރީތި ދިރިއުޅުމެއް އުޅެމުންނެވެ. އޯގާވެރިކަމާއި ލޯތްބާއި ހިތްހަމަޖެހުމާއި އެކީ މި ދެމަފިރިން ދިރިއުޅުމުގެ ތެރޭގައި ފިރިމާހާ ހަނގުރާމައަކަށް ދާންޖެހިއްޖެއެވެ. ހަނގުރާމަ ނިންމާފައި އައި އިރު ކުރީގެ ހިތްހެޔޮ ކަމާއި އޯގާވެރިކަމާއި އަޅައިލުމެއް އޭނާގެ ކިބަޔަކު ނެތެވެ. ރުޅި ގަދަވެ ރުންކުރު ކަމުން، ފިރިމީހާ އާއި އަނގައިން ބުނާނޭ ގޮތެއްވެސް ޔުން އޮކް އަކަށް ނޭނގުނެވެ. އެކީގައި މިހާރު އުޅެން ޖެހިފައިވާ މީހާ އަކީ ކުރީގެ ފިރިމީހާއޭ ބުނަންވެސް ދައްޗެވެ. މިހާރު މިހުރީ އޭނާގެ ހިޔަނިން ކުޑަ މިންވަރެކެވެ! މި ރުޅިގަދަ މީހާއާއި އެކީގައި އެއް ގެއެއްގައި އުޅެން ޔުން އޮކް ބިރުގަންނަ ހިސާބަށް ކަންތައް ހިނގައްޖެއެވެ!
 

ރަޖަބުމަހުގެ ތާރީޚީ ޒިކުރާ

ކިޔާފައިވާ ޢަދަދު: 2215
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މުސްލިމުން ޤަބޫލުކުރާ ގޮތުގައި ރަޖަބު މަހަކީ ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރޭގައި ހިމެނޭ މަހެކެވެ. އެހެންކަމުން ރަޖަބު މަހަށް ވެސް ޚާއްޞަ ޙުރުމަތްތެރިކަމެއް ލިބިގެންވެ އެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)ގެ ސުންނަތުން ދަލީލު ލިބޭ ގޮތުގައި އަހަރެއްގައި އޮންނަ ބާރަ މައްސަރުގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހެވެ. މީގެ ތެރެއިން ތިންމަހެއް އަންނަނީ ވިދިވިދިގެންނެވެ. އެއީ މުޙައްރަމް، ޞަފަރު، ރަބީޢުލްޢައްވަލު މި 3 މަހެވެ އަނެއް މަހަކީ ދެ ޖިމާދާއި ޝަޢުބާން މަހާ ދެމެދުގައިވާ ރަޖަބެވެ”.  

ސަންޑޭ (18)

ކިޔާފައިވާ ޢަދަދު: 1693
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު
(30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަރެންގެ އަތްނބެއްގެ ގޮތުގައި މިގެޔަކުން ނުނިކުމެވޭނެ. މާނައަކީ….” ނަވާލަށް ޖުމްލަ ފުރިހަމަވުމުގެ ކުރިން ޒިލާ ގެއިން ބޭރަށް ނުކުތެވެ. ފަހަތުން ގޮސް ނަވާލް، ޒިލާ ހިފެހެއްޓުމަށްފަހު އެތެރެއަށް ވެއްދީ ގަދަކަމުންނެވެ.

ހުނި ބިލެތް (2)

ކިޔާފައިވާ ޢަދަދު: 1271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
 
(3 މެއި 2015 ގައި ޝާއިޢު ކުރި މި ވާހަކައިގެ ފުރަތަމަ ބަޔާ ގުޅޭ) 
 
އަހަރެން އަހައިފައިވާ ގޮތުގައި ނާސިހާ ދިރިއުޅެމުން އައީ ބޭރު މީހަކާ އިނދެގެން ބޭރުގައެވެ. މިވަގުތު ކައިރީގައި ހަމަ ގައިމުވެސް ބޭރު މީހަކު ނެތެވެ. ހައްތާ ވެސް ތިބީ ދިވެހީންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ރާއްޖެ އައިކަމަށް ވާނީ ދާދި މިދާކަށް ދުވަހުއެވެ. ރާއްޖޭގެ ނޫހަކަށް ޝައުގެވެރިވާނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްލީމާ ކަމަށް ފެނެއެވެ. އަހަރެން ދެކި އުޅުނު އިރު އެއީ ނޫކަށިފުރައިގެ ކުއްޖެކެވެ. އޭރު މަށަށް އެންމެ ރީތި ވަރަށް ވުރެ ތުންޏެވެ. މިހާރު އެހެރީ ރޫފަޖެހި އެންމެ ރީތި ވަރަށް ބޮނޑިމަސްކޮންނެވެ. ހޯއްދުން ހެޔޮ ހައްޓެކެވެ. ހެޔޮވަރު އިސްކޮޅެއް ވެސް ހުރީތީ ލައިގެން ހުރި ފާސްކުރި ހެދުމަށް ހުރިހައި ގޮތަކުން ވެސް ފާޑެވެ.ބޮޑެތި ހުދު މާތަކެއް ޖެހި ވެސްނޫކުލައިގެ ހެދުމެކެވެ.

ލޭ މައްޗަށް ދިޔުން

ކިޔާފައިވާ ޢަދަދު: 2234
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
{jcomments on}
ޑރ. ފާޠިމަތު ޝިފާ
ބޭސްވެރިކަމުގެ ވިޔަފާރީގައި އެންމެ ގިނައިން ވިކޭ އެއް ބޭހަކީ ލޭ މައްޗަށް ދިއުމުގެ ފަރުވާއަށް އުފައްދައިފައިވާ ބޭހެވެ. މިއިން ދޭހަކޮށްދެނީ ލޭމައްޗަށް ދިއުން އާންމުވެފައިވާ މިންވަރެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި ލޭ މައްޗަށް ދިއުމުގެ ފުރުޞަތު އިތުރުކުރުވާ ވަރަށް ގިނަ ސަބަބުތައް ދިރިއުޅުމުގެ ތެރެއިން މެދުވެރިވެއެވެ.

ފަތައިގެން ލޫޅާފަތި ވާނެނަމަ ގޯލްޑްފިޝް އެ ކިއްސަރަކަށް ނުހުރީސްތާއެވެ!

ކިޔާފައިވާ ޢަދަދު: 2887
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފަސްއެނބުރި ވިސްނައިލާއިރު، ފަސްފޫޓު ހައިންޗީގެ ހަށިގަނޑެއްގައި ހުންނަންވާ ވަރަށްވުރެ، އަޅުގަނޑު ވިއްސަކަށް ކިލޯ ބަރުވެފައި މިހުރީ މިނިވަން ފަންސަވީސް ފާހަގަ ކުރެވުނު ފަހުންނެވެ! ވީމާ ވީ ކަމެއް މިވީ ލައްކަ ސިއްރު ސިއްރުން ހަމަ ހީވެސް ނުވާކަހަލަ އިތުރުވުމަކުން އިތުރުވުމަކުންތާއެވެ! ބޭންކުގައި ހުޅުވާ ފަހަށް ރައްކާކުރާ އެކައުންޓުވެސް ފަލަވެ ރޫފަ ޖެހިލަނީ ލައްކަ ކޮންޕައުންޑު އިންޓަރެސްޓު މަތިމައްޗަށް އެޅި ޖަަމާވެގެން ނޫންތޯއެވެ!

ރުއިމުގެ ޒަހަރު

ކިޔާފައިވާ ޢަދަދު: 1155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާލިޙު
 
ހަމަ މަ ރޯންވީ ހެއްޔެވެ.
ތިޔަ އަސަރުގައި ނުނިދި ރޮވެނީއެވެ.
ވޭނީ ސުވާލުތައް އުފެދެނީ މިހިތުގައެވެ.
ހަމަ މި އެކަނިވެރިކަމުގައި ހިތި ޒަހަރު ބޯންވީހެއްޔެވެ.
ކަމުގެ ދެކޮޅު ނުބެލީ ކީއްވެ ހެއްޔެވެ.
މި އަޅާފުށުން ވީ ކޮން ކުށެއްހެއްޔެވެ.
އަޅެ އަންގާލަ ދީފާނަން ހެއްޔެވެ.
ތީހަމަ ތިބާގެ ޤާނޫނުހެއްޔެވެ.

100 ރުފިޔާ ދިގުވަނީ…!

ކިޔާފައިވާ ޢަދަދު: 1311
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޙަސަން ޝާކިރު މުޙައްމަދު 
ހޮނިހިރު ދުވަހެކެވެ. ކުޑަމެންދުރު(1) 11.30 ހާއިރު، ތިލަދުންމަތީގައި އުޅުއްވާ އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިޔަކު ގުޅުއްވާފައި ކަމެއް ކޮށްދިނުމަށް އެދިވަޑައިގެންފިއެވެ. ހޮނިހިރު ދުވަހަކީ، ރަސްމީ ބަންދު ދުވަހެއް ނަމަވެސް އެއީ، އޮފީސް ދުވަހަކަށްވުރެ އަވަދިނެތި އުޅެންޖެހޭ ދުވަހެކެވެ. ސައިކަލުގެ ދިޔަވަރު ހިނދޭލެއް އަވަސްވާ ދުވަހެކެވެ. ދާންޖެހޭ ތަންތަން ގިނަވެފައި ކުރަންޖެހޭ ކަންކަންވެސް ގިނަ ދުވަހެކެވެ. އެދުވަހުގެ އަވަދިނެތް ވަގުތުތަކަށް ކުއްލިއަކަށް މި އިތުރުވީ، ދުވަހަކުވެސް ނުކުރާ ބާވަތެއްގެ ކަމެއް ކުރާށެވެ. ނުގަންނަ އެއްޗެއް ގަންނާށެވެ. ކާރެއްގެ ޓަޔަރެއް (ރަދީފުގައި އޮތީ “ޓައެރު” ނަމަވެސް ކިޔައިއުޅޭ ނަމުން ލިޔެލީއެވެ.) ގަނެފައި އެދުވަހު ހަވީރު 4 ޖަހާއިރު ފުރުމަށް ހަމަޖެހިފައިވާ ބޯޓަކަށް އެރުވުމެވެ.
 

ކަންބޮޑުވުން

ކިޔާފައިވާ ޢަދަދު: 1214
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

ޤައުމުގެ މިވާ ޙާލަތު ބަލައި ކަންބޮޑު ވެގެން ހިތްމަރު ވެދޭ
          ޤައުމުގެ މިއޮޑި ހުރެދާ ގޮތުން ފެނުމެއް ނުވޭ މަންޒިލް ތެދޭ

ދުވަހެއް މިތާ ފާއިތު ނުވޭ ކަމަކުން ނުބައި ނީވޭ ގޮތުން
         ދެވަރެއް ނުވާ އުރެދުން ތަކޭ ބިމުގައިވަނީ   ފުރިފާ ތެދޭ

ކުޑައެއް ބޮޑެއް މީހަކު ނުވޭ ކުށުގައި ބަނދެވި ނުމެވާ ގޮތުން
         ކުޑަކުޑަ މިއޮތް މި ޖަމާޢަތަށް ވިސްނައިލުމުން ހައިރާން ވެދޭ

ހުނި ބިލެތް

ކިޔާފައިވާ ޢަދަދު: 238
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
ހުޅުވިފައި އޮތް ބޮޑު ފޮތް މައުރަޒުން ނިކުމެވުނީ އެތަނުން މަށާ ބައްދަލުކުރި ދުވަސްވީ އެކުވެރިއެއްކަމުގައިވާ ސާދާތާއެކުގައެވެ. ދުވަސްވީ އެކުވެރިއެކޭ ބުނުމަށް ވުރެ ހަގީގަތާ ގާތްކުރާނީ ދުވަސްވީ ދެކެ ފަރިތަ މީހެކޭ ބުނިއްޔާކަން ނޭނގެއެވެ. އޭނާ އަކީ ނޫހެއްގެ މުހައްރިރެކެވެ. އަހަންނަކީ ވާދަވެރި ނޫހެއްގެ މުރާސިލެކެވެ. އެހެނަސް ވާދަވެރިކަމެއް އަހަރެމެން ދެމީހުން ދެމެދަކު ނެތެވެ. ވާދަވެރި ރޫހެއް އޮތް ނަމަ އޮތީ ލޯ ހުޅުވާލަނިވި ލިޔުންތައް ލިޔެ، ކިޔުންތެރީންނަށް ގެނެސްދިނުމުގެ ގޮތުންނެވެ. އޭނާގެ މޮޅު ލިޔުމެއް މަޒުމޫނެއް ނުވަތަ މުހައްރިރުގެ ބަހެއް އެނޫހުގައި ޖަހައިފިއްޔާ އަހަރެން އެލިޔުމެއްކީ ދޮންމަތީގައި ހިތުގެ ހޫނުކަމާއެކު އޭނާއަށް ފޯނުކޮށް ތާރީފުކޮށް ތަހުނިޔާކިޔާ ހަދަމެވެ. އެގޮތުން ސާދާތު ގަޔާވާ ލިޔުމެއް އަހަރެމެންގެ ނޫހުގައި އަހަރެން ލިޔެފި ނަމަ އޭނާ ވެސް މަށަށް ފޯނުކޮށް ތަހުނިޔާކިޔާ އުޅެއެވެ. އަހަރެން އޭނާ އަށް ކިޔާ ތަހުނިޔާ އިޚުލާސްތެރި ނަމަވެސް އޭނާގެ ތަހުނިޔާ މަށަށް އަބަދު ވެސް ސިފަވާން އުޅެނީ އިރަށް ދޮންވީ އާވި އަނބަކާއެވެ. ކައިލާން މާކަ ދެރައެއް ނޫނެވެ. އަނބުގައި ހުންނަން ޖެހޭ ވަންތަކަމާމެދު ނުވިސްނާ ނަމައެވެ. އަނބުގައި ހުރި ހުތް މިލަފޮނި އާވި ރަހަ އެއީ ރަހަކަމަށް ދެކޭ ނަމައެވެ. އަހަންނަކީ އޭނާޔަށް ލިބިފައިއޮތް ކަހަލަ “ރިހި ދުލެއް” ނޫނީ “ރަންގަލަމެއް” ލިބިފައި އޮތް މީހެއްކަމަށް ނުދެކޭ އިރު ވެސް އަދަބު ސަދަބު ނިޔާކުރާ ގޮތުން މިކޮޅުން ކީ ތަހުނިޔާއަކަށް އެކޮޅުން ތަހުނިޔާއެއް ކިޔަނީ ކަމަށް ވެދާނެއެވެ. އަހަރެން މަގެއް މަތީން ދިމާވެއްޖެއްޔާ އޭނާ ހިނިތުންވެ ނިތް އަރުވައިލާނެއެވެ. ނުވަތަ ސަލާމަށް އަތް އުފުލައިލާނެއެވެ. ނަމުން ގޮވާލާ ހުއްޓި ވާހަކަ ދައްކާލުމެއް ފޯނުން ނަމަވެސް ޚިޔާލު ބަދަލުކޮށްލާ ހެދުމެއް ވަރަށް ނޯވެއެވެ. އެހެންކަމުން އެއީ މަގޭ ރައްޓެހި ރަހުމަތްތެރިއެކޭ ބުނަން ދައްޗެވެ.