ފެހި- ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 2363
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މާލޭގެ ދެކުނު ފަރާތުގައި މޫދަށް އެރިއުޅެން ހަމަޖެހިފައިވާ ސަރަހައްދުގައި ދާދި ފަހުން ފެންމަތީގައި އޮންނަ ކޮށްޓެއް ރާވައި ހަތަރުފަރާތަށް ވާއަޅައި ހަރުކުރެވިއްޖެއެވެ. މިއީ ކުރީގައި އެ ހިސާބުގައި އޮތް އެފަދަ ކޮށިގަނޑު ބާވުމުން އޭގެ ބަދަލުގައި ފެތުމުގެ ތަމްރީނު ހޯދާ ކުދިންނަށް ލިބުނު ވަރަށް ރީތި، އެހައިމެ ބޭނުންތެރި ހަދިޔާއެކެވެ. މިފަދަ ކޮށްޓެއްގެ އެންމެ ފަސޭހަ ކަމަކީ އެ ކޮށީގެ އެތެރެއަށް އޮޔާދާ ކުނިބުނި ނުވަނުމާއި، ނެރުން ވައްދާ ރާޅުގެ އަސަރުވެސް ކޮށީގެ ތެރެއަށް ނުކުރުމެވެ. އަދި ފެތުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދޭ އެދުރުންގެ އިރުޝާދު އެމީހުން ނުތެމި، އެކުދިންނާއި އެއްވަރަށް މި ހަތަރެސްކަން ފާލަމެއް ކަހަލަ ކޮށި މަތީގައި ހިނގަމުން ކިޔައިދެވުމެވެ.

މުދައްރިސުންގެ ޚިދުމަތަށް ހަމަ ސާބަހެވެ.

ކިޔާފައިވާ ޢަދަދު: 1117
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޤާސިމް، ކަނީރުމާގެ،  އދ. މަހިބަދޫ
ތިޔަ ކުރައްވާ ޚިދުމަތަށް އައްސަރިބަހާ އެކު ސާބަހޭ
        ހިޔަ  ބަހުން  ޝުކުރާއި  ތަޢުރީފާ އެކީގާ  ސާބަހޭ

އެންމެ ޅަފަތުންހެން ފަށައިގެން މެދުޢުމުރު ފެށިދާ ހިނދަށް
        ނޭނގިފާ  ހުރިހާ  ކަމެއް   ބުނެދެއްވަވާތީ  ސާބަހޭ

އެކި ކުދިން ހަލަބޮލި މިޒާޖާ ބޯހަރަސް އަދި ލާނެތަސް
        ވަކި ތަފާތެއް  ވަކި ގޮތެއް  ނުބަހައްޓަވާތީ  ސާބަހޭ

ސަންޑޭ (17)

ކިޔާފައިވާ ޢަދަދު: 1143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނަވާލް ވިސްނައިލިއެވެ. “ނަދުހާ ބަދަލުވީ ހެއްޔެވެ؟ މިހާރު ނަދުހާގެ މަޤްޞަދަކީ، އޭނާގެ ޙަޔާތަށް އައުން ބާވައެވެ. ނޫނީ އަފްޒަލް ބުނިހެން ބަދުނާމުން މިންޖުވުމަށް މަސައްކަތް ކުރަނީ ނޫންބާވައޭ.” މިފަދަ މަސްހުނި ޚިޔާލުތަކެއްގައި ހުރެފައި، ނަވާލް ބޭނުންވީ ނަދުހާގެ ޙަޤީޤީ މަޤްޞަދު ދެނެގަންނާށެވެ.
އޭނާ ނަދުހާއަށް ގުޅިއެވެ. ފޯނު ރިންގްވާން ފެށުމާއެކު ނަދުހާ އުފަލުން ވަރެއްނެތެވެ.

ސަންޑޭ (16)

ކިޔާފައިވާ ޢަދަދު: 1787
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 28 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ވަރަށް އުފާވެއްޖެ. މިހާރު ބަނޑަށް ކިހާ ދުވަހެއް ވެއްޖެތަ؟” ނަވާލް ލިބުނު އުފަލާއެކު އެއްސެވެ. އޭރު ޒިލާވެސް ހުރީ ވަރަށް އުފާވެފައެވެ.

“ހަ ހަފުތާ. މަހަކު އެއްފަހަރު އަހަންނަށް ދައްކަންވާނެ.” ޑޮކްޓަރ ޝާންތާ މިފަހަރު ވާހަކަ ދެއްކީ އިނގިރޭސިބަހާ ދިވެހި ބަސް މަސްހުނިކޮށްގެންނެވެ.
“ޑޮކްޓަރ މިހާރު ދެން ރަނގަޅަށް ދިވެހިބަސް ދަސްވާހާ ދުވަސް ވެއްޖެއެއްނު.” ނަވާލް ޝާންތާއާ ދިމާކުރިއެވެ. ޝާންތާ ހިނިތުންވެލިއެވެ.

ބަރުދާސްތު (5)

ކިޔާފައިވާ ޢަދަދު: 1287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

(23 އޭޕްރިލްގެ ޢަދަދާއި ގުޅޭ)

“ޝާނިލް . . . ޝާނިލް އަހަރެން އޭނާ މަރާލީ ޤަސްދުގައެއް ނޫން. . . . އަހަރެން . . .  އަހަރެން” ޒާރާ އަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

“ޒާރާ . . . މިމައްސައިގެ ހެކި އެބަހުރި. . . ދެރަނުވޭ، ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް .  .  . އަހަރެން ޒާރާ އާއި އެކު އަބަދުވެސް ހުންނާނަމޭ ބުނީމެއްނު” ޝާނިލް މަސައްކަތްކުރީ ޒާރާއަށް ހިތްވަރު ދެވޭތޯއެވެ. “ޒާ އަކީ ކުށްވެރިއެއް ނޫނޭ .  .  .  ބަލާބަލަ!” ޝާނިލް އިޝާރާތްކުރީ ފާރުގައި ހުރި ޓީވީއަށެވެ.

ސަންޑޭ (15)

ކިޔާފައިވާ ޢަދަދު: 1731
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

( 26 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“ނަދުހާ، ނަދުހާގެ މައިންބަފައިންގެ ގާތުގައި ދިރިއުޅޭ.
އަހަރެންވެސް އެހެން ގޮތެއްވޭތޯ މަސައްކަތް ކުރާނަން.” މުނާޒް ބުންޏެވެ. ނަދުހާ ބޯޖަހައިލިއެވެ.

“މުނާޒް ރުޅިއައީތަ؟ އަހަރެންގެ މަންމައާއި ބައްޕައަށް ނޭނގިވެސް ކައިވެނިކޮށްގެން އުޅެވިދާނެއެއްނު.” ނަދުހާ ޖިންނީންގެ ދިރިއުޅުމާ ދޭތެރޭ ކުޑަކޮށް ވިސްނާލުމަށްފަހު ބުންޏެވެ.

“ނ.އަތޮޅު ޤުރުއާން މުބާރާތް-2015” ގެ ހަނދާނުގައި…..!

ކިޔާފައިވާ ޢަދަދު: 1271
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ

އަތޮޅު ޤުރާން މުބާރާތަށް ފަހިކަމާ އެންމެ ފާގަތިކަން
              ވަކިން ލިބުމޭ މިފުރުޞަތުގައި މި އެދެނީ  ހާއުފާވެރިކަން
 
ބައިވެރިންނަށް މުބާރާތުގެ މަރުހަބާ ހެޔޮހިތުން ކިޔަމުން 
              ހަޔާތެއް ބާއްޖަވެރިދެއްވާ އެދެން އަތޮޅަށް ޝަރަފުވެރިކަން

އިލާހީ  ހަޟުރަތުން ﷲ   ބާލެއްވި  މާތް ޤުރުއާން
              މިއީ ތެދުމަގު ހަޔާތުގެ ކަށަވަރޭ ޝައްކެއް މިއަދު ނުކުރަން

ސަންޑޭ (14)

ކިޔާފައިވާ ޢަދަދު: 1752
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު

(19 އެޕުރީލު 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނުކުރާނަން، ތިކަމެއް ދުވަހަކުވެސް ނުކުރާނަން. ވަރިހަމަ ކިތަންމެ ދުވަހެއް މިހެން އުޅެން ޖެހުނަސް.” އޭރު އަދި އަމިއްލަ އިޚްތިޔާރުން ބޭރުނުވާތީ ނަވާލް ހަޅޭއްލަވައިގަތެވެ. އެހިނދު މުނާޒް ނަވާލްގެ ހަށިގަނޑުތެރެއަށް ވަންތަން ނަދުހާއަށް ފެނުނެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް ތަކުރާރުކޮށް (ވަރި) އަށް އެދުނެވެ.

“ވަރިކުރަންވީތަ، ނަދުހާ ހީކުރީތަ އަހަންނަށް ނުކެރޭނޭ….” މުނާޒްގެ ބާރުގައި ނަވާލް ބުންޏެވެ.

ރޭގައި ތިބާ . . .

ކިޔާފައިވާ ޢަދަދު: 1235
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

ރޭގާ ތިބާ ހުވަފެން ތެރެއިން ފެނުމުން މިހިތް ފުރުނޭ ނިކަން
    މޭގާ މިވާ ކުދި ނާރުތައް ނޭދޭ ތިނޫން މޫނެއް ދެކެން
        ހޭގާ މަ ދިރި ހުރިހާ ހިނދަކު އެދެނީ ކަލާ ލިބުމޭ ހިތުން

” ރޭ ފަތިހޭތޯއެވެ! ”

ކިޔާފައިވާ ޢަދަދު: 2221
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މަތީގައި އެވާ ސުރުޚީ އަށް އަލިއަޅުވައިލާނަމޭ ހިތައި، އަޅުގަނޑު ޚިޔާލު ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ. އިއްޔެ (ހުކުރު ދުވަހު) ފަތިހު ކެންދޫގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއްގެ ޚަބަރު ކިޔައިލި އިރު ‘ ރޭ ފަތިހު ލޯންޗަކާއި ދެ ދޯންޏެއް އަންދައިލި’ ޚަބަރުގައި ލިޔެފައިވެއެވެ.  ހަގީގަތުގައި މި ކުރު މަޒްމޫނުގައި  އެ ލިޔުންތެރިޔާ އަށް އަޅުގަނޑު ރައްދެއް ދޭކަށް ގަސްދެއް ނުކުރަމެވެ.  އަޅުގަނޑަށް ވިސްނޭ ގޮތުގައި މިއީ މިހާރު ވަރަށް އާންމު ކުށް ބަހެކެވެ.