ދަނެއޮ

ކިޔާފައިވާ ޢަދަދު: 1154
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ” އިން:

ދަނެއޮ

މުޚްތާރު ފަހްމީ، މ.ސިނައެކަތަ

ދަނެއޮ! ހިތްހެޔޮ  ކުލުނަކީ،  މީހާގެ  އިޙްސާންތެރިކަމޭ.
         ދެނެ  ދެކެންވީ  ޚުލްޤަކީ،   މީހާގެ   އީމާންތެރިކަމޭ.

                * * * * * * * *
ޢަޒުމު ބޭނުން، ވަގުތު ބޭނުން، ހިތުގެ އާދޭސް ދަންނަވަން،
        ޢަޒުމު  މަތިވެރި  ކުރުމަކީ،   މީހާގެ  ހިންމަތްތެރިކަމޭ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1313
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

މުޚުތާރު ފަހުމީ އަވަހާރަވެއްޖެ

އިދާރާ
  
މަޝްހޫރު ޅެންވެރިއެއްކަމުގައިވާ، މ.ސިނައެކަތަ އަލްފާޟިލް މުޚްތާރު ފަހުމީ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް މުޚްތާރު ފަހުމީއަކީ، މަޝްހޫރު ޅެންވެރިޔާ އަލްމަރްޙޫމް ހުތް ޢަލީ ދީދީއަށް ކާފަ ވިދާޅުވާ ބޭފުޅުކެވެ. އޭނާގެ ބައްޕައަކީ، އަލްމަރުހޫމް ޙުސައިން ފަހުމީއެވެ.  އަވަހާރަވީ އިރު ޢުމުރުފުޅަކީ 66 އަހަރެވެ.
މަރުޙޫމް މުޚްތާރު ފަހުމީއަކީ، މިނިސްޓްރީ އޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނާއި ބައެއް ކޯޓުތަކުގެ އިދާރީ ވަޒީފާތަކުގައި ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮގެ އަޑުން އަޅުގަނޑުމެން އަޑު އަހަމުން ގެންދާ މަޝްހޫރު ބައެއް ލަވަތަކަކީ، މުޚްތާރު ފަހުމީ ހައްދަވާފައި ޅެންތަކެކެވެ.
މަރްޙޫމް މުޚްތާރު ފަހުމީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދު (10 އޭޕްރީލް 2015 ގައި) ހުކުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ. 
 
މާތްﷲ،  މަރްޙޫމް ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.  آميــــــن
إنالله وإناإليه راجعون
 
——————— 

ހުކުރު ދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 1198
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފުތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާ މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިދާޔަތާއި މާތް ކަން ދެއްވިއެވެ”.

އެ ކަމަނާ… ކިތަންމެހާވެސް ރީތި!

ކިޔާފައިވާ ޢަދަދު: 1174
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޤާސިމް، ކަނީރުމާގެ،  އދ. މަހިބަދޫ
 
ކީއްކުރާނީހޭ؟ އަރާ ފައިބާ ޚިޔާލެއް، ނެތް ހިތަކު
އިއްވިދާ ފަދަ ބަސްތަކުން، ބުނެވޭނެ ބާރެއް ނެތް ދުލަކު
 
ފައިސަޔާ ތަނަވަސްކަމާ މަޝްހޫރުކަން ލިބިފާ ވުމުން
ހައިބަތާ އެކު   “އުދުހުނީ” ދުނިޔޭގެ  ނަންވާހާ ތަނަކު
 

ސަންޑޭ (12)

ކިޔާފައިވާ ޢަދަދު: 2042
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 5 އޭޕްރިލް 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނަދޫ އަހަރެންގެ މިދެއަތުގެ ޙިމާޔަތަށް ނިކަން އައިސްބަލަ…..އަހަރެން ނަދޫދެކެ ހާދަ ލޯބިވެޔޭ….ގާތަށް އައިސް ނަދޫގެ މޫނު، އަހަރެންގެ މޭގައި ޖައްސާލަބަލަ.” ނަދުލާގެ ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ. 
 
“އަހަރެން މިހުރި މަގާމަށް އެހެން މީހަކު ހޯދާ ނަވާލް….ތިވިސްނާ ނަޒަރުން އަހަންނަކަށް ނަވާލާ ދިމާއަށް ބަލައިވެސްނުލެވޭނެ…..” ނަދުހާގެ ދެލޯވެސް ކަރުނައިން ތެމިއްޖެއެވެ.
 

ސަމާސާ އަދަބު (2): ރަހުމަތުގެ ވާރޭ

ކިޔާފައިވާ ޢަދަދު: 2037
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަހުމަތުގެ ވާރޭ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ދުވަސްވަރަކީ މާލެއިން ފެން ހުސްވި ދުވަސްވަރެވެ. އާނއެކެވެ. މާލެއިން ފެން ހުސްވީއެވެ. ފެން ކުންފުނީގެ ޕެނަލް ބޯޑެއްގައި ރޯވެގެން އެ ކުންފުނީގެ މަސައްކަތް ހުއްޓި، މުޅި މާލެ ފެނަށް ޖެހުނީއެވެ. މާލޭގެ ވަޅުފެނުން ނުބައި ވަސް ދުވާތީ، އިހަށް ވަޅުފެން ބޭނުންކުރަމުން އައި ގޭގޭ މީހުންގެ ގިނަ ބަޔަކުވެސް ވަޅުތައް ދޫކޮށްލައި، ގާތްގަނޑަކަށް މުޅި މާލެ ޑީސެލިނޭޓަޑު ފެނަށް ބަދަލުކޮށްލިތާ ކިތަންމެ ޒަމާނެކެވެ. 
 

ޅެންވެރިކަމުގެ ވާދީ….!

ކިޔާފައިވާ ޢަދަދު: 1456
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ޅެންވެރިކަމުގެ ވާދީއަކީ ހިތްގައިމު ނަލަ ވާދީއެކޭ 
              ޅެންވެރިކަމުގެ މާތައްފޮޅޭ  އާރޯކަމުގެ  ވާދީއެކޭ 
ފިކުރާ ޚިޔާލާ ހުސްވުމެއް އަދި އުނިވުމެއްނެތް ގޮތްމަތީ
              ފިކުރާވެ ދެމިތިބެގެން އުފާ ހިއްސާ ކުރާ ވާދީއެކޭ 
އެކިކުލަކުލައިމަލުން އެތަން ތެދެކޭވުމުންޒީނަތްވެފައި 
              އެކަމުންހިތަށް އަދިހަމަޖެހުން ލިބެވޭ އެއީ ވާދީއެކޭ 

ދަތުރުނާމާ

ކިޔާފައިވާ ޢަދަދު: 3215
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ
ދުވަސްވަރަކީ 1979 ވަނަ އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީގެ ދުވަސްވަރެވެ. އޭރު ރަށުގައި ކިޔެވެން އޮތް އެންމެ މަތީ ގްރޭޑް(ގުރޭޑް 6) ނިމުމުން ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ،އަޅުގަނޑުގެ މަންމަ އަށް ލިބުނީ ބައްޕަ މާލޭގައި ވަޒީފާގައި ހުރެ ފޮނުވި ސިޓީއެކެވެ.އޭގައި ވަނީ އަޅުގަނޑު ކިޔަވަން މާލެ ގެންދިޔުމުގެ ހުރިހައި ކަމެއް ހަމަޖެހިފައިވާ ވާހަކައާއި އެންމެ އަވަހަށް ފުރާ ބޯޓަކުން މާލެ ފޮނުވުމަށް އެދިފައެވެ. 

ސަންޑޭ (11)

ކިޔާފައިވާ ޢަދަދު: 2301
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 28 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ހިތްހަމަނުޖެހިފައި އިނީ އަހަރެން އެކަންޏެއް ނޫން. ޒުހުރާ ނިކަން ދެކެބަލަ ނަދުހާގެ މޫނު…ނަދުހާގެ މޫނުމަތިން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ފިޔަވައި އިތުރު ކަމެއް އެބަފެނޭތަ؟” ދަލޭކަ ކަރުނުން ފުރިފައިވާ ނަދުހާގެ ލޮލަށް ސީދާ ބަލައިލަމުން ބުންޏެވެ. 

ދިވެހިބަހުގެ ލަފުޒުތަކުގައި އެއް އަޑު އަނެއް އަޑަށް ނުފޫޒުފޯރުވާ ބައެއް ޤަވާއިދުތައް

ކިޔާފައިވާ ޢަދަދު: 3429
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ އަޙްމަދު
އިންސާނުން ވާހަކަދެއްކުމަށް ބޭނުން ކުރާ ބަސްބަހުގެ ތެރެއިން މިހައިތަނަށް ދިރާސާކުރެވިފައިވާ ގިނަ ބަސްބަހުގައި އެއްގޮތް އުޞޫލުތަކެއް ނުވަތަ ހަމަތަކެއް ހުންނަ ކަމަށް ބަސްވާރުން ހާމަކުރައްވައެވެ. ހަމައެހެންމެ، އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ އަޑުގެ ނިޒާމުގައި ހިމެނޭ އަޑުތައް އެމުނި އެކުލެވި ލަފުޒުތައް އުފެދި އަޑުތައް ބުގިސްވެގެންދާއިރު، އެއްއަޑު އަނެއް އަޑާ ގުޅި ލާމެހިގެންދަނީ ބަހުގެ ޠަބީއަތުގައި ހުންނަ ވަކި ހަމަތަކަކާއި ވަކި އުޞޫލުތަކެއްގެ މަތިންނެވެ.