ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1148
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސަޢީދު ޢަލިފުޅު އަވަހާރަވެއްޖެ

އިދާރާ
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ ލިބިވަޑައިގެންފައިވާ ބ.ދަރަވަންދޫ އަލްފާޟިލް ސަޢީދު ޢަލިފުޅު މިއަދު ހެނދުނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

ބަރުދާސްތު (2)

ކިޔާފައިވާ ޢަދަދު: 1363
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު،  ޏ. ފުވައްމުލައް
(16 އޭޕްރިލް  2015ގެ ޢަދަދާއި ގުޅޭ)
“ޝާނިލް .  .  . އަހަރެން މީހަމަ ޒާރާ . .  . .  ޝާނިލް ދެކެ އަމިއްލަ ފުރާނަޔަށްވުރެ ލޯބިވި ޒާރާ .  . އަދި މިހާރުވެސް އިތުރު މީހަކު ދެކެ ލޯތްބެއް ނުވޭ . . . އެހެނަސް މިއަދު އަހަންނަކީ މީހެއްގެ އަންބެއް . . ޝާނިލްގެ ސައިކަލަށް އަހަރެން އެރީ ފިރިމީހާގެ ގޭ ދޮރުމަތިން. މިރަށުގައި އުޅޭތާ މިހާރު ފަސްއަހަރުވީ. ހިތަދަތިކަމާއި ވޭނުގަ. ފިރިމީހާގެ އަނިޔާތަކަށް ކެތް ނުކުރެވިގެން އެތައް ފަހަރަކު މައްސަލަވެސް ޖެއްސިން. ރަށުމީހުން ރަށަށް ގަދަވާނީ. އަހަރެންގެ ވާހަކަ އެއްވެސް މީހަކު ޤަބޫލެއް ނުކުރޭ  .  .  .  . ” ޒާރާއަށް އަންއްކާވެސް ގިސްލެވެން ފެށިއެވެ.

ބަރުދާސްތު (1)

ކިޔާފައިވާ ޢަދަދު: 1298
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް 
ފަތިހުގެ އަލިކަން ދުނިޔެ ފަޅުފިލުވަމުން ދިޔަވަގުތެވެ. ފަތިސް ނަމާދު ކޮށްލުމަށްފަހު ޝާނިލް އޭނާގެ ސައިކަލުގައި މަޑު ދުވެއްޔެއްގައި ދުއްވާފައި ދެއެވެ. ކޮންމެ ރެއެއްގެވެސް އާދައިގެ މަތީން ގެއަށް ވަނުމުގެ ކުރީން ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. ގަޑިން ފަތިހު ފަސްގަޑި ބައިހާއިރެވެ. ގާތްގަނޑަކަށް މުޅިރަށްހެން އޮތީ ނިދާފައެވެ. މަދުމީހަކު ނޫނީ ހޭލާއުޅޭތީ ނުފެނެއެވެ. ޙަޔާތުގެ ހަރުފަތްތަކުން ކިޔާނަމަ ޝާނިލްއަކީ ހަރުފުރައިގެ ޒުވާނެކެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ރޫފަ އެޅޭވަރުގެ ހަށިގަނޑެއްގެ ވެރިއެކެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ކަނދުރާއާއި ހަމައަށް ދިގުކޮށްފައިވާ ރާޅުބާނި އިސްތަށިގަނޑެއް ލިބިފައިވެއެވެ. ޝާނިލް ވަޒީފާ އަދާކުރަނީ މާލޭގައެވެ. ރަށަށް އައިސްގެން އުޅޭތާ ވާނީ ދެތިން ދުވަހެވެ.
 

އިންތިޚާބު

ކިޔާފައިވާ ޢަދަދު: 1002
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

`

ލިޔުންތެރީންގެ ގުޅުން

(ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ)

   ހ.އާމުލީގެ، މާލެ 

 

ހިންގާ ކޮމިޓީން ހުސްވެފައިވާ 2 މަގާމަށް

މެންބަރުން އިންތިޚާބު ކުރުން

މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީން ހުސްވެފައިވާ 2 މަގާމަށް މެންބަރުން އިންތިޚާބު ކުރުން 2015 އެޕްރީލް 22 ވާ ބުދަ ދުވަހުގެރޭ 9.00 ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަމްޢިއްޔާގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ.

ދިވެހިބަސް

ކިޔާފައިވާ ޢަދަދު: 1969
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު ، ޏ. ފުވައްމުލައް
 
ފަޚުރާ ޝަރަފު ކަމުގައި ވެޔޭ  ދިވެހިންގެ ރީތި މި ދިވެހިބަސް
          ފަޚުރުން ފުރޭ އެތަކެއް ކަމެއް ހިމަނައިވެޔޭ ގައިމޭ މިބަސް
އެކިބަހުރުވައިން މުއްސަނދިވެފައި އެކިކަންކޮޅުން އެކި ރާގުގައި
           އެކިއަސަރުގައި މޭރުން ވެވޭ ބަހެކޭ މިއޭ ނަލަ ދިވެހިބަސް

ދިވެހިބަހުގެ ދުވަހާމެދު….

ކިޔާފައިވާ ޢަދަދު: 3104
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީ ކޮށް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ “ދިވެހިބަހުގެ ދުވަސް”ކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ދުވަސް އާދެ! ކޮންމެ އަހަރެއްގެ އޭޕްރީލް މަހު 14 ވަނަ ދުވަސް “ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފާހަގަކުރަމުން އަންނަތާ ދެތިން ހަތަރު އަހަރެއް ވެއްޖެ އެވެ. 2011 ވަނަ އަހަރުން ފެށިގެން އެ ޖަމްޢިޔާއިން މިދުވަސް ފާހަގަކުރައްވަމުން ގެންދެވީ 14 އޭޕްރީލް އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އަދީބު ޝައިޚު ޞަލާހުއްދީންގެ އުފަންދުވަސް ކަމުގައި ވާތީ އެވެ.

އަތްނބެއްގެ ޤަބުރު ކައިރީ ހުރެ!

ކިޔާފައިވާ ޢަދަދު: 1905
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
ރާގު: ތުމްހާރި ޕިޔާރުމެ….
  ކޮބާތަ ދަރިފުޅު މަންމާގެ ސާފު ލޯބި މިރޭ
                 ކަލާނގެ ލެއްވި ފުރާނާ – ކަލާނގެ ގެންދެވިރޭ
ވަނީ މޮޅީންނެ  މިކޮއި ރޯން  ނިދީގެ  ހުވަފެނުގާ
ވަނީހެ  ރޫޙު   ތިމާތްވީ   އެކޮއިގެ  ކައިރީގައި 
ނުދީ ޖަވާބު މި  ސަންދޯކުގައި  ހިމޭންވެ   މިރޭ.    ކޮބާތަ..
 

ދަނެއޮ

ކިޔާފައިވާ ޢަދަދު: 1196
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ” އިން:

ދަނެއޮ

މުޚްތާރު ފަހްމީ، މ.ސިނައެކަތަ

ދަނެއޮ! ހިތްހެޔޮ  ކުލުނަކީ،  މީހާގެ  އިޙްސާންތެރިކަމޭ.
         ދެނެ  ދެކެންވީ  ޚުލްޤަކީ،   މީހާގެ   އީމާންތެރިކަމޭ.

                * * * * * * * *
ޢަޒުމު ބޭނުން، ވަގުތު ބޭނުން، ހިތުގެ އާދޭސް ދަންނަވަން،
        ޢަޒުމު  މަތިވެރި  ކުރުމަކީ،   މީހާގެ  ހިންމަތްތެރިކަމޭ.

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

މުޚުތާރު ފަހުމީ އަވަހާރަވެއްޖެ

އިދާރާ
  
މަޝްހޫރު ޅެންވެރިއެއްކަމުގައިވާ، މ.ސިނައެކަތަ އަލްފާޟިލް މުޚްތާރު ފަހުމީ އަވަހާރަ ވެއްޖެއެވެ. އަލްފާޟިލް މުޚްތާރު ފަހުމީއަކީ، މަޝްހޫރު ޅެންވެރިޔާ އަލްމަރްޙޫމް ހުތް ޢަލީ ދީދީއަށް ކާފަ ވިދާޅުވާ ބޭފުޅުކެވެ. އޭނާގެ ބައްޕައަކީ، އަލްމަރުހޫމް ޙުސައިން ފަހުމީއެވެ.  އަވަހާރަވީ އިރު ޢުމުރުފުޅަކީ 66 އަހަރެވެ.
މަރުޙޫމް މުޚްތާރު ފަހުމީއަކީ، މިނިސްޓްރީ އޮފް އެޓޮލްސްއެޑްމިނިސްޓްރޭޝަނާއި ބައެއް ކޯޓުތަކުގެ އިދާރީ ވަޒީފާތަކުގައި ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްމަރްޙޫމް ނައިފަރު ދޮހޮއްކޮގެ އަޑުން އަޅުގަނޑުމެން އަޑު އަހަމުން ގެންދާ މަޝްހޫރު ބައެއް ލަވަތަކަކީ، މުޚްތާރު ފަހުމީ ހައްދަވާފައި ޅެންތަކެކެވެ.
މަރްޙޫމް މުޚްތާރު ފަހުމީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދު (10 އޭޕްރީލް 2015 ގައި) ހުކުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ. 
 
މާތްﷲ،  މަރްޙޫމް ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.  آميــــــن
إنالله وإناإليه راجعون
 
——————— 

ހުކުރު ދުވަހުގެ މާތްކަން

ކިޔާފައިވާ ޢަދަދު: 1233
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑޮކްޓަރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد
ހަފުތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާ މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިދާޔަތާއި މާތް ކަން ދެއްވިއެވެ”.