ރީތިކަން

ކިޔާފައިވާ ޢަދަދު: 2165
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢައްބާސް އިބްރާހީމް 
 
ރީތިކަން   ފަޚުރާއެކީގައި   ޤުދްރަތާ   ކުރިއޭ    ސުވާލް
ރީތިކަން  ހަމަ   އަޞްލުގައި  ވޭހޭ   ޙަޤީޤަތަކަށް   ކަމާލް
ޤުދްރަތުން   ލިބުނޭ  ޖަވާބެއް    ރީތިކަން   ޙައިރާންކުރާ
ޤުދްރަތޭ  ފުރިހަމަ  ޙަޤީޤަތަކީ   އެއަށް   ނުމެވާ   ޒަވާލް
 

ދޮގު މަޢުލޫމާތު ފަތުރައި، މީހުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމުގެ ނުރައްކާތެރިކަން

ކިޔާފައިވާ ޢަދަދު: 2885
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އެއްވެސް އަޞްލެއް އަސާސެއް ނެތް ވާހަކަތައް ދައްކައި އަމިއްލަ ބޭނުމަށްޓަކައި މީހުން ބަދުނާމުކުރުމަކީ ޑިމޮކްރެސީގެ ނަމުގައި ބައެއް މީހުން ކުރާ ކަމެކެވެ. އެއީ ވަރަށް ނުރައްކާތެރި ޢަމަލެކެވެ. މަޢުލޫމާތު ހޯދުމާއި، ލިބޭ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއްކަން ކަށަވަރު ކުރުމަށް އިސްލާމް ދީނުގައި ބާރުއަޅައިފައިވަނީ ދޮގު މަޢުލޫމާތު ފެތުރުމުގެ ނުބައިކަމުގެ ބޮޑުކަމުންނެވެ.

ދެ ދުނިޔެ އެދެންޏާ!

ކިޔާފައިވާ ޢަދަދު: 2067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
ނަމުރޫދުގެ ދަރުފުނި  ހިތުގައި    ރޯ ނުކުރާށޭ 
               ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ!
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
               ޢުޘްމާނުގެ މާތް އަތްތިލައިން  ގޮސް  އެ ނަގާށޭ !

މަގޭ ދަރިންނޭ.!!!

ކިޔާފައިވާ ޢަދަދު: 2203
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ލޯބިވާ ދަރިންނޭ! މިއީ މަޔެއްހިތުގައި ވާ ލޯތްބާއި ކުލުނުވެރިކަމުގެ ސަބަބުން އުފަންވި ޝޫއޫރުތަކެކެވެ. ހިތަށް އޮބިނޯވެގެން ބުނެދެނީއެވެ. ހިތަށް ކެތްނުވެގެން ބަންޑުންވީއެވެ. މި މަންމަގެ އުނގު، އަބަދުވެސް ތިޔަކުދިންނަށްޓަކައި ވަނީ ހުޅުވައިލެވިފައެވެ. އޯގާތެރިކަމާއެކުގައެވެ. ޙަމްދަރުދީއާއެކުގައެވެ. ކުލުނާއި ލޯތްބާ އެކުގައެވެ. މި ހިތުން ތިޔަ ކުދިންނަށް ތަފާތު ކޮށްފައެއް ނޯންނާނެއެވެ. ތަފާތެއް ފެންނާކަށްވެސް ނޯންނާއެވެ. އަދި ތަފާތެއް ނުވެސް ކުރާނަމެވެ. އެއީ މި މަންމަގެ މާޒީގައި ވެސް ކޮށްފައިވާނެ ކަމެއް ނޫނެވެ. ތަފާތު މިޒާޖުގެ ދަރިން ބަލައިބޮޑުކޮށްފީމެވެ. އެކަމަކު އެއިން ކުއްޖަކާމެދު ދުވަހަކު ވެސް ދެގޮތެއްވެފައެއް ނުވާނެއެވެ! އަޅެ ބުނެބަލާށެވެ. އެފަދަ ތަފާތެއް އަހަރެންގެ ފުށުން ފެނިފައި ވޭހެއްޔެވެ؟ 
 

އަދި ނުވޭ

ކިޔާފައިވާ ޢަދަދު: 1738
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
އަދިނުވޭ  އުންމީދު ކެނޑި މާޔޫސްވެ ހިތް މަރުވާކަށެއް
           އަނދިރިވެވި ދާނޭ  މަގެއް ދުނިޔޭގެނެތި  އޮންނާކަށެއް
 
މީރު ފެންފޮދުވެސް އަރުން ނުދިރޭނެހިތް ދަތި ޙާލުގައި
           ތީރު ޢިސްޤީ ހެރި އެކީ މުޅި ހިތް  ޒަޚަމް ކޮށްލާކަށެއް
 
ވެވުނު ޤުރުބާނީގެ އަގުވެސް ނުލިބުނީތީ ދުނިޔެއިން
           ވެވުނު އާދޭހާއެކީ  ނިކަމެތިވެ  ގޮތް   ހުސްވާކަށެއް

މަޢުލޫމާތު ހޯދައި ލިބިގަތުމާއި މަޢުލޫމާތު ފެތުރުން

ކިޔާފައިވާ ޢަދަދު: 3017
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޚަބަރަކީ މަޢުލޫމާތުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ބައެއް ފަހަރު ދޮގު ޚަބަރާއި ޞައްޙަ ނޫން މަޢުލޫމާތު މުޖުތަމަޢުގައި ފެތުރޭގޮތް ވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގައި ނުތަނަވަސްކަން އިތުރުވެ، ޞުލްޙަ މަސަލަސްކަމަށް ބުރޫއަރާ ގޮތްވެއެވެ. މި ސަބަބަށްޓަކައި ލިބޭ ކޮންމެ މަޢުލޫމާތަކަށް ބުރަނުވެ، އެ މަޢުލޫމާތެއްގެ ތެދު ދޮގު ބަލައިފައި ނޫނީ އެފަދަ މަޢުލޫމާތަކަށް ބަރޯސާ ނުވުމަށް އިސްލާމްދީން ވަނީ އަމުރުކުރައްވައިފައެވެ.

މިނިވަން ފަންސާހުގެ ޢަޒުމު

ކިޔާފައިވާ ޢަދަދު: 2458
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަންކަމަށް ފަންސާސް ފުރުން  ހިނިތުންވެ ތިބެ ގެންނާނަމޭ
         މިނިވަން ރަމުޒު   ފެއްސާ ރަތާ  ހުދު  އަތުކޮޅަށް އުފުލާނަމޭ
ފަސްދީ އެދާ  ޢިބްރަތްތަކާ  ވިސްނައި  ބަލައި  މާޒީ އެކީ
         މުސްތަޤްބަލަށް  ޢަޒުމާއެކީ  ގޮސްލަން  ދަތުރު   ފަށްޓާނަމޭ
އައުދާނަކަން  ދެމެހެއްޓުމަށް   ޤައުމަށްޓަކައި ކުޅަ ޚިދްމަތެއް
         ތާރީޚުގައި  ފެވިފައި  ނެތަސް   ތާރީފުގައި    ހިމަނާނަމޭ

ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page


އެމްބީސީގެ ޓެލެވިޜަން މޯލްޑިވްސްއަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މުއައްސަސާގެ ޚިދުމަތްތެރީންނަށާއި އެ ދާއިރާގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.
ލިޔުންތެރީންގެ ގުޅުން 

 

ސަންޑޭ (10)

ކިޔާފައިވާ ޢަދަދު: 2854
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(25 މާރިޗު 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނޫން…ނޫން….ތިހެން ނުބުނޭ ބައްޕާ….” ޝިޒްނާ މަންމަގެ ގައިން ދޫކޮށްލުމަށްފަހު، ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިޒްނާގެ ފަހަތުން ފަރީދާއާއި ޒުބޭރުވެސް އެކޮޓަރިއަށް ވަދެއްޖެއެވެ. 
 
“ދަރިފުޅާ…..މަންމައަށް މަޢާފްކުރޭ. ދަރިފުޅުގެ ބައްޕައަކީ ޒުބޭރެއް ނޫން….ފަހުން މަންމަ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ދަރިފުޅަށް ދައްކާނަން. މިހާރު މިވާހަކަ ދަރިފުޅު ގާތު ބުނަން މިޖެހުނީވެސް ދަރިފުޅުގެ އުފަލަށްޓަކައި، ދަރިފުޅާއި އަފްޒަލްގެ ކައިވެންޏަށް ހުރަހެއް ނެތްކަން ހާމަކުރުމުގެ ގޮތުން.” ފަރީދާގެ ދެލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. އޭރު ޒުބޭރުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. 
 

އިސްލާމް ދީނާއި ޢިލްމާނިއްޔަތު (5)

ކިޔާފައިވާ ޢަދަދު: 2127
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
އަހަރެމެން މިބުނާ އިސްލާމް ދީނަކީ ﷲ ގެ ފޮތުގައި ބާވައިލެއްވި، އެ ދީނަކަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ގޮވާލެއްވި، ޚުލަފާއުއް ރާޝިދޫން ތަޠުބީޤުކުރެއްވި، އުންމަތުގެ އިމާމުންނާއި ފަޤީހުންނާއި، މުފައްސިރުން ތަފްސީރު ކުރެއްވި، އިސްލާމް ދީނެވެ ހަމަ ބުނާއިރަށް ޢިލްމާނީން ބުނެއެވެ. ތިޔަބުނަނީ ފޮތުގައި އޮތް ދީނުގެ ވާހަކައެވެ. އިސްލާމުން ދިރިއުޅޭ ދިރިއުޅުމުގެ ވާހަކައެއް ނޫނެވެ.