ކަމުގެ ލޯބި

ކިޔާފައިވާ ޢަދަދު: 1367
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯނުގޭ ޙަސަން މަނިކު
 
މަޑުމަޑުން ނެތެމުން، ނުފެނިގޮސް ހަމަ މުޅީން ގެއްލިއްޖެއޭ
  ފަނޑުވަމުން ގޮސް އޭގެ އަސަރާ ރޫޙު ވެސް ގެއްލިއްޖެއޭ
 
އިޙުތިރާމާ އޮތް ކަމޭހިތުމާ ވެވޭ ކަންކަމުތެރޭ
އިހު އެދުށް މާތް ރީތި ސިފަ ހަމަގައިމުވަކިވެ ހިނގައްޖެއޭ
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (7)

ކިޔާފައިވާ ޢަދަދު: 2274
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
މަދަނީ ސިޔާސީ ޙައްޤުތަކުގެ ބައިނަލް އަޤްވާމީ މުޢާހަދާއަކީ އޭގެ ޠަބީޢަތުގައި ލެޖިސްލޭޓިވް އާލާތެކެވެ. އެހެންކަމުން މި މުޢާހަދާގައި އައިސްފައިވާ ޙައްޤުތަކުގެ ލިސްޓަކީ މި މަޟްމޫނުތަކުގެ ސްކޯޕަށްވުރެ މާ ފުޅާ ދާއިރާއެއްގައި އައިސްފައިވާ ޙައްޤުތަކެކެވެ. އެހެންކަމުން އެ ޙައްޤުތަކުގެ ތަފްޞީލަށް ދާން ޤަޞްދުކޮށްފައެއް ނެތެވެ. މި މައުޟޫޢުގައި ކޮންމެހެން ގެންނާންވެއްޖެ ކަމަށް ފެންނަ ބައެއް ނުކުތާތަކަށް އަލިއަޅުވާލައި ފާހަގަކޮށްލާނަމެވެ.
 

އަހަރެންގެ ކާމިޔާބީގެ ބިނާ، ބިނާކުރީ އެހެންމީހުން އަހަރެންނާ ދިމާއަށް އުކި އޮށްގަލުން

ކިޔާފައިވާ ޢަދަދު: 2363
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒަހީން
ދިރުއުޅުމުގެ ޙަޔާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ކޮންމެ މީހަކުވެސް އެދޭނެކަމެވެ. އެކަން ޙާސިލްކުރުމަށް އެކިމީހުން ގެންގުޅޭ ތިޔަރިއާ މޮޑެލް ތަފާތެވެ. ޢަލުކުރާކުރާގޮތާއި އުސޫލުތައް ތަފާތެވެ. އިސްލާމީ މަޝްހޫރު ޢިލްމުވެރިއެއްކަމަށްވާ ޑރ. ޢާއިޝް އަލްޤަރަނީ ވިދާޅުވެފައިވެއެވެ. ކާމިޔާބަކީ ހަދިޔާއެއްހެން ލިބޭނެ އެއްޗެއް ނޫނެވެ. އަދި މަސައްކަތަކާ ނުލައި ލިބޭނެ ޝަރަފެއްވެސް ނޫނެވެ. ކާމިޔާބާހަމަޔަށް ދިއުމަށްޓަކައި ގަދައަޅައި ހިތްވަރާއެކު މަސައްކަތްކުރަންޖެހެއެވެ. 
 

ތަޢުޒިޔާ

ކިޔާފައިވާ ޢަދަދު: 1540
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިދާރާ 
 
ލިޔުންތެރީންގެ ގުޅުން އުފެއްދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަތް، ލިޔުންތެރީންގެ ގުޅުމުގެ މެންބަރެއްކަމުގައިވާ ގ. ޒަމާން އަލްފާޟިލް ޙަސަން ނިޒާމް (52) މިއަދު މެންދުރުފަހުގެ ވަގުތެއް  އަވަހާރަވީ ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާއި އެކުގައެވެ. 

އަލްފާޟިލް ޙަސަން ނިޒާމަކީ، ލިޔުންތެރީންގެ ގުޅުން އުފެއްދުމަށްޓަކައި 2009 ވަނަ އަހަރު ހ.އާމުލީގޭގައި ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ގިނަ ޚިޔާލުފުޅުތަކެއް ފާޅުކުރައްވައިފައިވާ، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ލިޔުންތެރިއެކެވެ.

ސަންޑޭ (8)

ކިޔާފައިވާ ޢަދަދު: 2814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 7 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ބައްޕާ…..މަންމާ…ކިހިނެއްތަ ވެގެން މިއުޅެނީ؟ ކީއްވެތަ ކުއްލިއަކަށް އަފްޒަލްގެ ޚިޔާލު ބަދަލުވީ.” ޝިޒްނާ ރޮއިރޮއިފައި، އޭނާގެ މަންމައާއި ބައްޕަކުރެން އެއްސެވެ. 
ދަރިފުޅާ، ބައްޕައާ ތިޔަސުވާލު ނުކުރޭ. ބައްޕަ މޮޔަވެދާނެ. ފަހުން ބައްޕަ، ހުރިހާ ކަމެއްވެސް ދަރިފުޅަށް އޮޅުންފިލުވައިދޭނަން.” ޒުބޭރު ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވިނަމަވެސް އޭނާ ފަސްޖެހެއެވެ. ހީވާކަހަލައެވެ. ޙަޤީޤަތް ހާމަކުރުމަށް ހިތްއެދި، އަނގަ ހުޅުވާލާއިރަށް ދޫބަންދުވަނީއެވެ. ނޫނީ ޙަޤީޤަތް ހާމަކުރުމަށް އޭނާ ޖެހިލުންވެ ނުކެރޭންޖެހޭ ސަބަބެއްވާތީ އޭނާ މަޑުޖެހެނީއެވެ.
 

ކޮނޑު ދަބަސް

ކިޔާފައިވާ ޢަދަދު: 1683
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަޢީދު ޢަލި ފުޅު، ބ. ދަރަވަންދޫ
ކޮންމެ އަންހެނަކަށް  ދިވެހި  ބޭނުންވެޔޭ  އަދު ކޮނޑު ދަބަސް
ކޮންމެ މީހަކު  ބޭރުގައި  ހިނގަނީ  އަޅައިގެން  ކޮނޑުދަބަސް
އުނނަގަނޑާ  ހަމަޔަށް  އެލޭ  ދިގު  ވާގަނޑެއް  ލާފައިމެ ވާ،
އުނނަގަނޑުން ލަކި ޖައްސަމުން ހިނގުމަށް އަޅާނޭ ކޮނޑުދަބަސް
އޭގެ   ތެރެއަށް   ރީތިވާ   ސާމާނު   ހަމަކޮށް  އެންމެ  ހާ،
އޭގެ ތެރެއިން  މޭކަޕްގެ   ސާމާނު   އުނގުޅާ   ކޮނޑުދަބަސް

ޤުރުއާނުގެ ހިޔަލުގައި (11)

ކިޔާފައިވާ ޢަދަދު: 2382
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
أعوذ با لله من الشيطان الرجيم
ޤުރުއާން ކިޔެވުމުގެ ކުރިން ޝައިޠާނާގެ ނުރައްކާތެރިކަމުން ރައްކާވެތިބެ ﷲ ގެ ވާތްގާއި މަދަދާއި އެހީތެރިކަމަށް އެދުމަށް މާތް ﷲ ވަނީ މުއުމިނުންނަށް އަންގަވާފައެވެ. އެހެންކަމުން ޝައިޠާނާ ދުރުކުރެއްވުން އެދުމަކީ ޤުރުއާން ކިޔަވަން ފެށުމާއި މުއުމިން އިންސާނާއާ ހުރިގުޅުމެވެ. ނަޙްލު ސޫރަތުގައި މާތް ﷲ ވަޙީކުރައްވަނީ: فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللّهِ مِنَ الشَّيْطَانِ الرَّجِيمِ (98) މާނައަކީ: ފަހެ، ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲ ގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ!

ކުށެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 2477
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް 
 
ކަލާގެ ޚިޔާލުގައި ދިރިއުޅުމަކީ ޢުމުރުގެ ކުށެއް ނޫނޭ
ކަލާ ފެނުމުން ވެވުން މަސްތެއް  އެއީ  ނަޒަރުގެ  ކުށެއް  ނޫނޭ.
“ހަނދާއޭ!” ހަނދުވަރުގެ ނޫރުން މިޖިސްމަށް ކުރުވި ލޯބި އަސަރު
        ހަނދާނުން ވަކިވެގެން  ނުދިއުން  އެއީ  އަސަރުގެ  ކުށެއް ނޫނޭ.

ދެ ފޫހި

ކިޔާފައިވާ ޢަދަދު: 2135
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ
ޖެހިގެން އިން ގޮނޑީގައި އިށީންނަމުން   ހީނލާފައި، ” ހައި.. ހަވް އާ ޔޫ؟ ”  އަހަރެން ގާތު ދުވަހަކުވެސް މީގެ ކުރިން ދެކެފައިނުވާ ވަރުގެ ފަލަ، އަންހެނަކު އަހައިލިއެވެ.  ގަދަކަމުން ކަހަލަ ގޮތަކަށް ގޮނޑިއަށް ފެތިގަނެ، މި މީހާ އަށް ގޮނޑީގައި އިށީނދެ ހަމަ ޖެހިލެވުނީ އަހަރެންގެ ގޮޑިންވެސް ބައެއް ހިފައިގެންނެވެ. ގޮނޑީގެ އަތްގަނޑުގައި ޢޭނާގެ އެތުގެ އަތްފަދަ އަތް ބާއްވާލިއެވެ. އެ އަންހެންމީހާއަށް ހަމަޖެހިލެވުނު އިރު ދެން އެތާނގައި އަހަންނަށް ނޭވާލެވޭވަރުވެސް ނުވިއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ކުޑަ ދޮރާދިމާއަށް އެނބުރި ބޭރަށް ބަލަން އިނީމެވެ. 
 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޮތްކަން އެނގުން

ކިޔާފައިވާ ޢަދަދު: 3004
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ޙައްޤެއް ލިބިދީފައި އޮތަސް އެ ޙައްޤެއްގެ ބޭނުން ކުރެވޭނީ އެ ޙައްޤެއް އޮތްކަން އެ ޙައްޤު ލިބިފައިވާ ބަޔަކަށް އެކަން އެނގިގެންނެވެ. އެކަމާމެދު ހޭލުންތެރިވެގެންނެވެ. އެހެންނޫނީ އެ ޙައްޤަކުން ކުރާނެ މަންފާއެއް ނޯންނާނެއެވެ.