އިސްލާމް ދީނާއި ޢިލްމާނިއްޔަތު (1)

ކިޔާފައިވާ ޢަދަދު: 2693
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ދެމީހެއްގެ ދެމެދުގައ ނުވަތަ ދެ ބައެއްގެ ދެމެދުގައި ޚިލާފު އުފެދިގެން އުޅޭ މަޢުޟޫއެއްގައި ވާހަކަ ދައްކައި ޙައްޤު އޮތީ ކޮން ތަނެއްގައިތޯ ބެލުމަށްޓަކައި ބޭނުންވާ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ވާހަކަ ދެކެވޭ  މައުޟޫޢުގެ އަސްލު އެނގުމެވެ. އެއްޗެއްގެ އަޞްލާއި އެ އެއްޗެއްގެ ގޮފިތަކަކީ އެއީ ދެ އެއްޗެކެވެ. އެއްޗެއްގެ އަޞްލު ޤަބޫލު ނުކުރާ މީހަކު ގާތު އެ އެއްޗެއްގެ ގޮފިތަކުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އަދި އެމީހަކުވެސް އެ އެއްޗެއްގެ ގޮފިތަކުގެ ވާހަކަދެއްކުމުގެ މާނައެއް ނެތެވެ.

ސަންޑޭ(2)

ކިޔާފައިވާ ޢަދަދު: 2990
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
(17 ފެބުރުވަރީ 2015 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އާނ، އަވަހަށް ތިބުނާ ސުވާލެއްކުރޭ، ޖަވާބުދޭން ތައްޔާރު.” ނަވާލްގެ ހިތް އަވަސްވިއެވެ.
“އަހަންނަށް ތިގުޅި މަޤްޞަދު ބުނެފާނަންތަ؟” މިފަހަރު ނަދުހާ ވާހަކަ ދެއްކީ ތަންކޮޅެއް ގަޔާވެހުރެއެވެ. އެހެންކަމުން، ނަވާލަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
“މަގުމަތިން ނަދުހާ ފެނި ވާހަކަ ދައްކާހިތުން.” ނަވާލަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ.

އަސަރު (15)

ކިޔާފައިވާ ޢަދަދު: 3142
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(15 ފެބްރުއަރީ 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާގެ ހިތަށް ކްލަބްގެ އަލިގަދަ މަންޒަރު ސިފަކުރެވެން ފަށައިފިއެވެ. ހިފައިގެނެގެން ތިބި ދެހިޔަނި އޭނާގެ ހިތަށް ގެނެވިއްޖެއެވެ. އެއީ ޝީލްއާއި މަހެންދަރްއެވެ. ޝަލްވަނީ މަހެންދަރްގެ އަތުގެ ތެރޭގައެވެ. ޝީލްގެ ބޯވަނީ، މަހެންދަރްގެ ކޮނޑުމަތީގައެވެ. މަހެންދަރްގެ މޫނުވަނީ، ޝީލްގެ އިސްތަށިގަނޑުން ފޮރުވިފައި އޭނާގެ ރީތި ކަނދުރާގައި ޖައްސާލެވިފައެވެ….

“ރައްޓެހިވަމާ!”

ކިޔާފައިވާ ޢަދަދު: 1523
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒާހިރު ޢަބްދުއްރަޝީދު (ޢަންދަލީބު)/ ހއ.އިހަވަންދޫ
 
ދުނިޔޭގެ   ތަހުޒީބަށްޓަކައި  ވެށި  ބަލަ  ނުވާނެ  ހަލާކުކުރަން 
          ކުނި “ވެށި” ވުމުން ދޭ ގެއްލުމާ  މެދުގައި  ޖެހޭނެ ފިކުރުކުރަން 
ކާރާއި އެކި މެޝިނުން   އަރާ   ގޭހުން،   ފަޒާ  ފޮރުވާލަމުން
          ނާރާ ހިތަށް  އެއްޗެއް  ތިމާ  ވީހޭ  މި   ދުނިޔެ  ހޫނުކުރަން 

ސަންޑޭ

ކިޔާފައިވާ ޢަދަދު: 3106
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މޫސާ ޞާޢިދު

ނޯޓެއް:
މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަލްފާޟިލް މޫސާ ޞާޢިދު ލިޔުއްވައިފައިވާ އަސަދުގަދަ، ލޯބީގެ، ބިރުވެރި ވާހަކައެކެވެ. މޫސާ ޞާޢިދަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެހީތެރިކަންދެއްވާ ޚިދުމަތްތެރި ބޭފުޅެކެވެ. އެންމެ ފަހުން މި ވެބްސައިޓްގައި ޝާއިޢުކޮށްފައިވަނީ އޭނާގެ “ދިޔަރެސް” އެވެ.
 
“ސަންޑޭ” އަކީ Sunday އެއް ނޫނެވެ. އެއީ sandey އެވެ. ބޯދާ ބަހުގައި ހަންޑިއަށް ކިޔާ ނަމެވެ. އާދެ! މި ރީތި ވާހަކައާއިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! ކުރިމަރާކަށް ނެތީމެވެ. މޫސާޞާޢިދަށް ހިފެހެއްޓުމެއްނެތް ޝުކުރެވެ. 

އެޑިޓަރ



ނިދާ ބޮކީގެ ފަނޑުއަލީގެ ތެރޭގައި ނަވާލް ދެލޯ މަރާލިއެވެ. ނަމަވެސް، އޭނާގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ލޯމަތިން ސިފަވަމުންދާ މަންޒަރުތަކެއްގެ ސަބަބުން، ލޮލާއި ނިންޖާ ދެމެދު ހުރަސްއަޅަނީ ފިކުރުތަކެވެ. ނަވާލްގެ ހިތަށް އެއީ ހިތްގައިމު މަންޒަރެކެވެ. އެބިޔަ ބަގީޗާގައި ފޮޅިފައިވަނީ އެންމެ މަލެކެވެ. އެމަލުގައި ތާޒާކަމާއެކު ހިތްގައިމު ވަހެއްވެސް ހުންނާނެއެވެ. ޢާންމު ބަގީޗާތަކުން އޭނާ ދުށް މާމެލާމެއްޔަށްވުރެން އެ މާ ފުރިހަމައެވެ. ކޮންމެއިރެއްގައިވެސް، އެމަލުން ފެންނަނީ ތާޒާކަމެވެ. ހީކުރެވުނެވެ. އެމަލުގެ މީރުކަމާއި ލައްޒަތު ލިބިގަތުމަށް މިހާރުވެސް އެތައް މާބުރުތަކެއް، އެމަލުގެ ވަށައިގެން ޠަވާފު ކުރާނެއެވެ. ނަމަވެސް، ބަގީޗާ ބަލަހައްޓާ މީހުންގެ ހުޝިޔާރު ލޯ ހުޅުވެނީއެވެ. 

ޤުރުއާނުގެ ހިޔަލުގައި (7)

ކިޔާފައިވާ ޢަދަދު: 2373
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާނުގެ އެހެން މުޢުޖިޒާއަކަށް ބަލައިލަމާތޯއެވެ؟ އެއީ ﷲ ގެ ރަސޫލެއްގެ ގޮތުގައި މުޙައްމަދު ބިން ޢަބްދުﷲ އިޚްތިޔާރު ކުރެއްވުމާއި އެ ރިސާލަތަށް އެކަލޭގެފާނު ތައްޔާރުކުރެއްވުމެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް އަހަރެމެން ބަލައިފިނަމަ ފެންނާނީ އެކަލާނގެ އިޚްތިޔާރު ކުރައްވާފައިވަނީ ލިޔަން ކިޔަން އެނގިވަޑައި ނުގަންނަވާ އުއްމިއްޔަ ނަބީއެއްކަމެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ދައްކައިދޭ ހުރިހާ ސިފަތަކެއް އެކަލޭގެފާނުގެ ފަރާތްޕުޅުންވަނީ ފާޅުވެފައެވެ. އެހެނީ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާއަކީ އެޒަމާނުގެ މަޝްހޫރުކަން ލިބިފައިވާ ޤައިސް ބިން ސާޢިދާ ނުވަތަ އަކްޘަމް ބިން ޞައިފީފަދަ، ޅެމެއް ނުވަތަ ނަޘްރެއް އަދި މިއިން އެއްވެސް ފަންނެއްގައި ކުރިއަރާފައިވާ ބޭފުޅެއްނޫނެވެ. ބަލާޣާތްތެރިކަމުން ކީރިތި ރަސޫލާއަށް ލިބިވަޑައިގެންފައިވަނީ އާދައިގެމިންވަރެކެވެ.
 

އަސަރު (14)

ކިޔާފައިވާ ޢަދަދު: 3304
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(14 ފެބްރުވަރީ 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިންދިރާގެ މޫނުމަތިން ނުރުހުމާއި ފޫހީގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. “ކަލާ ތިޔަހައްދަވަނީ ދޮގެވެ. ކަލާ ދުވަހަކުވެސް ނުދުރުވާނެއެވެ. ކަލާ ތިޔަ އުޅުއްވަނީ ޝީލްއާއިހުރެ ދީވާނާވެ ލައްވައިގެންކަން އަޅުގަނޑަށް އެނގެއެވެ. ދެންމެ ކަލާ އޭނާއާއި ތިޔަ ދެއްކެވި ހުރިހާ ވާހަކައެއް އަޅުގަނޑު އަހައިފީމެވެ. ކަލާ ކޮންމެ އަންހެން ކުއްޖެއް ކައިރީގައިވެސް ދައްކަވާނީ ހަމައެވާހަކަތަކެވެ…. ކަލާއަކީ ކެހިވެރިއެކެވެ…. ކަލާއަކީ މަކަރުވެރިއެކެވެ…. ކަލާ ކާމިނީގެ ޒުވާންކަން ބަރުބާރު ކޮށްލެއްވީއެވެ… ކަލާއަކީ އާވާރާއެކެވެ….. ކަލާއަކީ…. ކަލާއަކީ……”
 
“އިންދިރާ….!” ރާޖް ވަރަށް ބާރަށް ބުނެލިއެވެ.
 

ޝާޢިރުގެ ގަލަމުން….

ކިޔާފައިވާ ޢަދަދު: 1975
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
 އަޅުގަނޑުގެ ގަލަމުން ލިޔާ އަގުހުރި މިއީ ޅެންބަސް ކޮޅެއް   
                  އަޅުގަނޑުގެ ހިތުގައިހިނގާ އިހުސާސް ހިމެނޭ  ބަސްކޮޅެއް 
 
އަޚުކަމާއި  އުޚުއްވަތާ  ދެމެހެއްޓުމަށް އެދި ދާއިމަށް
                  ފަޚުރުވެރި އަޚުނާއި އުޚުތުންނަށް   ހުށަހަޅާ ބަސްކޮޅެއް 
 

އަސަރު (13)

ކިޔާފައިވާ ޢަދަދު: 3313
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(10 ފެބުރުވަރީ 2015 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ރާޖްއަކަށްވެސް މިއަދު އެއްވެސް ލެކްޗަރެއް ނޭހުނެވެ. ހާސްވެފައި، ކުރާނެކަމެއް ނެތިފައި ހުރިކަހަލަ ގޮތަކަށް ކޮލެޖްގެ ގެލެރީގައި ހުރެގެން މަގުމައްޗަށް ބަލަމުން ދިޔައެވެ. ޝީލް އާދޭތޯއެވެ. އެތައްއިރެއް ފާއިތުވެގެން ދިޔައިރުވެސް ޝީލެއް ނައެވެ. ނަމަވެސް އެހުރިހާއިރު ވެގެން ދިޔައިރުވެސް އޭނާގެ ހިތުގައިވާ ފަނޑުފަނޑު އުންމީދުގެ އަލިކޮޅު އަދިވެސް ނުނިވި ހުރި ކަހަލައެވެ.
 
ކޮލެޖްގެ ޕީރިއަޑްތައް ފާއިތުވަމުން ދިޔައެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް (14)

ކިޔާފައިވާ ޢަދަދު: 2097
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
(6 ފެބްރުއަރީ 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޢާއްމުވަޒީފާ ހޯދުމުގެ ޙައްޤު
 
4.3 ޢާއްމު ވަޒީފާތައް ޙަވާލުކުރުމަކީ ތަކްލީފެކެވެ. އެއީ ފަރުދެއްގެ ޙައްޤެއްނޫނެވެ.
އިސްލާމީ ޝަރީޢަތުގައި ޢާއްމު ވަޒީފާތަކުގެ ވިލާޔަތަކީ ވަކި ފަރުދަކަށް އޮތް ޙައްޤެއްނޫނެވެ. ނަމަވެސް އެއީ ދައުލަތުން ފަރުދުންނާ ޙަވާލުކުރާ ތަކުލީފެކެވެ. އަބީމޫސާ އަލްޢަޝްޢަރީގެ އަރިހުން ރިވާވެފައިވާ ޙަދީސްފުޅެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނާއި އަދި ބަނީ ޢުމައްޔުގެ ދެ މީހަކު ކީރިތި ނަބިއްޔާގެ އަރިހަށް ވަޑައިގަތީމެވެ. އެހިނދު އޭގެ ތެރެއިން އެކަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނަށް މާތް ﷲ ދެއްވާފައިވާ ވެރިކަމުގެ ތެރެއިން ކަމަކަށް ތިމަން ވެރިކުރަށްވާށެވެ. (އެބަހީ ތިމަންނާއަށް ކޮންމެސް ވެރިކަމެއް ދެއްވާށެވެ.) އަބޫމޫސާ އަލްޢަޝްއަރީ ވިދާޅުވިއެވެ. އަނެއް މީހާވެސް މިފަދަ ކަމެއް އެދުނެވެ. ދެން ރަސޫލާ ޙަދީސްކުރެއްވިއެވެ. ﷲ ގަންދެއްވަމެވެ. ހަމަކަށަވަރުން ތިމަންކަލޭގެ ފާނު މިކަން އެދިގެން އަންނަ މީހަކަށް ނުވަތަ ބޭނުންވެގެން އުޅޭ މީހަކަށް ނުދެއްވާ ހުށީމެވެ.