އަސަރު (10)

ކިޔާފައިވާ ޢަދަދު: 3153
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(22 ޖަނަވަރީ 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާގެ ވަށައިގެން “މިނިވަން” ޖިސްމުތަކެއް ތުނިތުނި ހިޔަނިތަކެއްގެ ތެރެއަށް ގެނބިގެން ތިބި ހެންނެވެ. ނަމަވެސް އޭނާއަށް އިނދެވުނީ އެޖިސްމުތަކާއި ވަރަށް ދުރުގައި ހެންނެވެ. ވަރަށް ދުރުގައި އެކަނިމާއެކަނި ހެންނެވެ. އަދި އޭނާ އެ އެކަނިވެރިކަމުގެ މައްޗަށް ހިތަމާކޮށް ގިސްލަމުން ގެންދާ ކަމުގައެވެ. 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (5)

ކިޔާފައިވާ ޢަދަދު: 2642
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
(14 ޖަނަވަރީ 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެއްވެސް ދައުލަތަކަށް އެ ދައުލަތެއްގެ ޤާނޫނުން ހޯދައި ނުދޭ ޙައްޤެއްކަމުގައި ބުނެ އިންސާނީ ޙައްޤެއް ނިގުޅައިގަތުމަށް ޢުޛުރެއް ނުދެއްކޭނެއެވެ.

3. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނު ރާއްޖޭގައި ތަންފީޛުކުރުން

3.1 ދިވެހި ދައުލަތުގެ ޤާނޫނުގެ ތެރެއަށް ބައިނަލް އަޤްވާމީ ޤާނޫނުވެއްދުން
މުޢާހަދާތަކާ ބެހޭ ބައިނަލްއަޤްވާމީ އެއްބަސްވުން ކަމުގައިވާ ވިއެނާ އެއްބަސްވުމުގެ 27 ވަނަ މާއްދާގައި ވާގޮތުން “އެއްވެސް މުޢާހަދާއެއްގައިވާ ކަމެއް ތަންފީޛުކުރުމަށް ޢުޛުރުވެރި ވުމުގެގޮތުން ޤައުމެއްގެ ދާޚިލީ ޤާނޫނު ބަހަނާއެއްކަމުގައި ނުދެއްކޭނެއެވެ.” އޭގެ ބަދަލުގައި ކޮންމެ ދައުލަތަކަށްވެސް އެ ދައުލަތެއްގައި ބޭނުންކުރުމަށް ކަމުދާނޭ އުސޫލެއްގެމަތިން ޤާނޫނީ އިލްތިޒާމްތައް ޢަމަލީގޮތެއްގައި ތަންފީޛު ކުރުމަށްޓަކައި އެ ދައުލަތަކާގުޅޭ ނަމޫނާ (model) އެއް އިޚްތިޔާރު ކުރެވިދާނެއެވެ. 
 

އިބްތިހާލުގެ އަޑު

ކިޔާފައިވާ ޢަދަދު: 3538
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކީއްވެގެން…؟

     ޙަސަން ޝާކިރު މުޙައްމަދު

     އަނިޔާ މަށަށް ލިބުނު އިރު  ތިޔަ ލޯތަކަށް  ނުފެނުނީ،
                     އަނިޔާގެ  ހޫނު  އަޑުތައް،  ކަންފަތްތަކަށް  ނުއިވުނީ.

     ބަދިގޭގެ  އަސްކަނީގައި  ފެންކަޅިވެފައި މަ  އިންއިރު،
                     ދަތިކަން ހިތަށް ލިބޭކަން  ތިޔަ ހިތްތަކަށް  ނުއެނގުނީ.

تشبيه(ތަޝްބީހް)

ކިޔާފައިވާ ޢަދަދު: 2851
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހިމް ރަޝީދު މޫސާ

تشبيهގެ މާނަ
އަރަބި ބަހުގައި تشبيهގެ މާނައަކީ : އެއް ވައްތަރު ކުރުން ، އެއްގޮތްކުރުން ، އެއް ފަދަ ކުރުން އެވެ. މި ލަފުޒުގެ އަޞްލަކީ شِبْه  ނުވަތަ  شَبَه އެވެ.

تشبيهގެ އިޞްޠިލާހީ މާނަ

ޤުރުއާނުގެ ހިޔަލުގައި (5)

ކިޔާފައިވާ ޢަދަދު: 2461
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
އަހަރެމެން ޤުރުއާން ދެނެގަންނަން ބޭނުންނަމަ އިންސާނުން މިންއަޅައި މިނެކިރާ މިންތަކުން ބޭރަށް ނުކުންނަން ޖެހެއެވެ. އަހަރެމެން ދިގުމިން ބަލާ ފަތިގަނޑާއި ބަރުދަންބަލާ ރާތަލުން ކިރައިގެން އެކަން ކުރެވޭނެގޮތެއް ނޯންނާނެއެވެ. ޤުރުއާން އުނގެނުމަށްޓަކައި ފަށަންވާނީ ޤުރުއާނުގެ ފެށުމުންނެވެ. އެއީ بسم الله الرحمن الرحيم ، ސޫރަތުލް ފާތިޙާ އިން ފަށައިގެން ޤުރުއާނުގެ އެންމެފަހު ސޫރަތް ކަމުގައިވާ ނާސި ސޫރަތުގެ ނިޔަލަށެވެ. އަދި ޤުރުއާން ކިޔަވަން ފަށަންވާނީ ޝައިޠާނާގެ ވަސްވާސްތަކުން ދުރުވެ ރައްކާތެރިވުމަށް ﷲ ގެ ޙަޟްރަތުން ވާގިއެދި ތިބެގެންނެވެ. އަހަރެމެން ޤުރުއާން ކިޔަވަން ފަށާއިރު أعوذ ކިޔަނީ މި ސަބަބަށްޓަކައެވެ.

އިންދިރާސް

ކިޔާފައިވާ ޢަދަދު: 2050
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މަރިޔަމް ސަނާ، ށ. މިލަންދޫ
މިއީ ދުނިޔެއެވެ. ކިތަންމެ ކުޑަހެން ހީވިޔަސް ބޮޑު ތަނެކެވެ. ފަންސަވީސް އަހަރު ދުނިޔޭގައި ހޭދަކުރެވުނުއިރު ފެނުނީ ދުނިޔޭގެ ކުޑަ މިންވަރެކެވެ. ކުރެވުނު ތަޖުރިބާ އާއި އެނގުނު ކަންކަންމަދެވެ. އެކަން އިހުސާސް ކުރެވެނީ ކުރިން ނޭނގޭ އާކަމެއް ނުވަތަ އާތަޖުރިބާއެއް ކުރެވުމުންނެވެ. 
 

ލޯބީގެ ކުލަތައް (6)

ކިޔާފައިވާ ޢަދަދު: 2386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
ރޮމޭންޓިކް ލޯބިވުމަކީ އެ ލޯބިވާ މީހުން ދިރިއުޅޭ މުޖުތަމަޢު ފަޤީރުކަން އަންގައިދޭ ހެއްކެއް ނޫނެވެ. އެމެރިކާގެ ސައިންސްވެރިންނަށް އެނގުނު ގޮތުގައި ސްކޫލްތަކުގެ ދަރިވަރުންނާއި ޔުނިވަރސިޓީތަކުގެ ދަސްވެނިން، އެ ކުދިން ޞަރީޙަ ގުޅުންތަކުން ގުޅުމާއި ޖިންސީ ގުޅުންތައް ބޭއްވުމާއި އަދި ކައިވެންޏަށްވުރެ ވެސް، ރޮމޭންޓިކް ލޯތްބަށް ފެންބޮވާފައިވާލެއް މާ ބޮޑެވެ.
 

ފަޞާޙަތްތެރިކަން

ކިޔާފައިވާ ޢަދަދު: 3103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ

އަރަބި ބަހުގައި (الفصاحة) ގެ މާނައަކީ : ފާޅުކަމާއި ބަޔާންކުރުމާއި ދޫފަސޭހަކަމެވެ. މާތްﷲ ވަޙީ ކުރައްވަނީ ” أَخِي هَارُونُ هُوَ أَفْصَحُ مِنِّي لِسَانًا  – އަދި މިއަޅާގެ އަޚު ، هارون މިއަޅާއަށްވުރެ ދޫފަސޭހަކަން ބޮޑެވެ.”
އިޞްތިލާޙުގައި(الفصاحة) އަކީ : މާނަ ފާޅުކަން ބޮޑު، ބޭނުން ކުރުމުގައި އޮޅު ލަފުޒުތަކެވެ. 

فصاحة الكلمة ( ލަފުޒުގެ ފަޞާޙަތްތެރިކަން )

އިހަކަށް ނޭނގެއެވެ.

ކިޔާފައިވާ ޢަދަދު: 3754
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
އިހަކު މަށަކަށް ނޭނގެނޭ ޝަޚުޞިއްޔަތުގެ މަތިވެރިކަމެއް 
           އިވުނު ބަދުބަސްތައް އެއީ ނަފުރަތުގެ ވިހަ ޙަމަލާކަމެއް
މޫނަކަށް ކަނދުރާއަކަށް ނުބަލައި އުޞޫލަށް ބޯލަނބައި
           ދޫނުކޮށް  ސާބިތުކަމާއެކު   ކަންކަމާކެމި  ވާ  ކަމެއް

އިސްލާމީ ޝަރީޢަތުގައި ދައުލަތް (12)

ކިޔާފައިވާ ޢަދަދު: 2626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
 
3.5 ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވުން
ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވެ އެ ކަންތައް ކުރައްވަނީ ރަނގަޅަށްތޯ ބެލުމަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. އުއްމަތް ބިނާވެފައިވަނީ ފަރުދުންތަކެއްގެ މައްޗަށް ކަމުގައިވާ އިރު މިއީ ކޮންމެ ފަރުދެއްގެ ވެސް ޙައްޤެއްމެއެވެ.