އިސްލާމީ ޝަރީޢަތުގައި ދައުލަތް (12)

ކިޔާފައިވާ ޢަދަދު: 2679
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
 
3.5 ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވުން
ދައުލަތުގެ ރައީސް ކުރައްވާ ކަންކަމަށް ފާރަވެރިވެ އެ ކަންތައް ކުރައްވަނީ ރަނގަޅަށްތޯ ބެލުމަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. އުއްމަތް ބިނާވެފައިވަނީ ފަރުދުންތަކެއްގެ މައްޗަށް ކަމުގައިވާ އިރު މިއީ ކޮންމެ ފަރުދެއްގެ ވެސް ޙައްޤެއްމެއެވެ. 
 

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (1)

ކިޔާފައިވާ ޢަދަދު: 2178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޑރ.ޔޫސުފް އަލްޤަރަޟާވީ 
 ތަރުޖަމާ: އިބްރާހީމް މާހިރު
 
01. އިސްލާމްދީން އޭގެ ޝާމިލު މާނާގައި ދެނެގަތުން
އިސްލާމްދީން ފަހްމުކުރަންޖެހޭނީ ހުރިހާ ދާއިރާއެއް އެކުލެވޭ ޝާމިލު މާނާގައެވެ. ﷲ އެކަލާނގެ ރަސޫލާއަށް އެދީން ބާވައިލެއްވި ގޮތަށެވެ. އިސްލާމްދީނުގައި ޢަޤީދާއާއި ޝަރީޢަތް ހިމެނެއެވެ. ޢިލްމާއި ޢަމަލު ހިމެނެއެވެ. ޢިބާދާތާއި މުޢާމަލާތު ހިމެނެއެވެ. ޘަޤާފަތާއި އަޚްލާޤު ހިމެނެއެވެ. ޙައްޤާއި ބާރު ހިމެނެއެވެ. ދަޢުވަތާއި ދައުލަތް ހިމެނެއެވެ. ދީނީ ކަންކަމޭ ކިޔާ ކަންކަމާއި ދުނިޔަވީ ކަންކަންމޭ ކިޔާ ކަންކަން ހިމެނެއެވެ. ޙަޟާރަތާއި އުއްމަތް ހިމެނެއެވެ.
 

ސުބުޙާނަ ﷲ !

ކިޔާފައިވާ ޢަދަދު: 2895
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                        
  ކަނީރު ޢަބްދުއްރަޙީމް
 
  ﷲ އެއްކައުވަންތަ އޭ   ހަމަ  ގައިމެ   ކުޅަދުންވަންތަ އޭ
               ﷲ ދެނެވޮޑިގެންވެ އޭ  މަތިވެރި އެއީ   އޭ   ޛިލްޖަލާލް
 
  ވިސްނައިފިކުރުކޮށް ބުއްދިކޮށް ރަނގަޅާއި ނުބައި ވަކިކޮށްހަދައި
               ވިސްނާނެ މަގުތައް އަޅަމެނަށް ތަނަވަސް ކުރެއްވީ ޛިލްޖަލާލް
 

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާމެދު ހޭލުންތެރިކަން އިތުރުކުރުން

ކިޔާފައިވާ ޢަދަދު: 3541
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2008 ވަނަ އަހަރު ފާސްކޮށް ޢަމަލުކުރާން ފަށައިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގައިވާ ގޮތުން  “މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަން ކޮންމެ މީ ހަކަށްމެ ލިބިގެންވެއެވެ.” 
 

‘ދިވެހިބަހުގެ ދުވަސް’ ޞަލާޙުއްދީނަށް ނިސްބަތްކުރެއްވީ ކީއްވެ؟

ކިޔާފައިވާ ޢަދަދު: 4868
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ ޤައުމެއްގައިވެސް އެ ޤައުމެއްގެ އެންމެ މުހިއްމު ޤައުމީ ތަރިކައަކީ އަދި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އެ ބަޔެއްގެ މާދަރީ ބަސް ކަމުގައި ގަބޫލުކުރެއެވެ. އަދި އެ ބަޔެއްގެ ބަހުގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަކަކުރެއެވެ. ބައެއް ގައުމުތަކުގައި އެއ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފައި ވެސް ހުރެއެވެ.
 
އަޅުގަނޑު މި އުޅެނީ އެ ދުވަސް ރަސްމީ ބަންދު ދުވަހަކަށް ހަދާން ޖެހޭނެ ކަމަށް ވަކާލާތު ކުރާކަށް ނޫނެވެ. މިހާރުވެސް ސަރުކާރުގެ މުވައްޒިފުންގެ އެންމެ ޗުއްޓީ ގިނަ ޤައުމުގެ ގޮތުގައި ފާހަގަކުރެވިފައިވާ މި ޤައުމުގައި އިތުރު ދުވަހެއް ބަންދުކުރާކަށް އަޅުގަނޑު ވަކާލާތެއް ނުކުރާނަމެވެ. އެއީ ކޮށްގެން ވާނެ ކަމެއް ވެސް ނޫނެވެ.
 

ޖަބް ޕިޔާރް ކިސީ ސޭ ހޯތާހޭ.

ކިޔާފައިވާ ޢަދަދު: 2116
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު 
މިއީ، ޢުމުރުގެ ސާދަ ފަނަރަ އަހަރާ ގުޅިފައިވާ ހަނދާނެކެވެ. ހަނދާނަށް ގެނެވޭގޮތުގައި އެއީ، ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކެވެ. “ފަންސިނަމާ” އާދެ، ފަރީދީ ސިނަމާގެ ދައުރު ނިމި މާލޭގެ މެދުތެރޭގައި އޮލިމްޕަސް ތިއޭޓަރ ހެދި އެ ދުވަސްވަރު އިންޑިއާގައި އުފައްދާ އެންމެ މަޝްހޫރު ފިލްމުތައް މާލެ ގެނެވި އޮލިމްޕަސް ތިއޭޓަރުގައި އަޅުވަމުން ދިޔަ ދުވަސްވަރެވެ. ބޮލީވުޑް ނަން ދިވެހިން ނުދަންނަ ޒަމާނެވެ. އަތުގައި އެންމެ ރުފިޔާއެއް އޮތްނަމަވެސް ދެޖިންސްގެ ޒުވާނުންނާއި ކޮންމެ ޒުވާން ދެމަފިރިޔަކު ހިތްހަމަޖައްސައިލުމަށްޓަކައި ބައިސްކޯފު ބަލާން އޮލިމްޕަހަށް ވަދެ އެނބުރޭފަންކާގެ ދަށުގައި ގޮދަޑިޖެހި ގޮޑީގައި އިށީނދެލައިގެން ފިލްމުބަލައި އުޅުނު ދުވަސްވަރެވެ. އިރުއޮއްސިގެން އަންނައިރު އޮލިމްޕަހު ގޭޓުންފެށިގެން އިރުމައްޗަށް ދަމާލެވޭ ކިޔޫ ހަނދުވަރު ހިނގުމުން އުތުރަށް ދަމައިލެވި މަގުފުރި ތޮއްޖެހިގެން ހަމަކޮންމެރެއަކުހެން ދިޔަ ޒަމާނެވެ.
 

ބަލާޣާ ޢިލްމުގެ ފެށުން

ކިޔާފައިވާ ޢަދަދު: 3149
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކޮންމެ ޤައުމަކަށް ވެސް އެބަޔަކު މޮށެ އުޅޭނެ ބަހެއް ލެއްވިއެވެ. އެބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާއެކު ތަފާހުމުވެ ، ބޭނުންތައް ފުއްދުމަށާއި ޚިޔާލުތައް ހުށައެޅުމަށްޓަކައެވެ. މާތްﷲ ވަޙީ ކުރައްވަނީ ” وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ – ތިމަންރަސްކަލާނގެ އެއްވެސް رسول އަކު އެބޭކަލެއްގެ قوم ގެބަހުން މެނުވީ ނުފޮނުއްވަމެވެ. (އެއީ) އެއުރެންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. ”  
 

ލޯބީގެ ކުލަތައް (5)

ކިޔާފައިވާ ޢަދަދު: 2508
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ލޯބީގެ ފިލްމުތަކާއި ވާހަކަތަކުގައި ދައްކާ ރޮމޭންޓިކް ލޯބީގެ މަންޒަރުތައް ދައްކަނީ މާ އަސަރުގަދަކޮށް ލޯބީގެ ފަންވަރު މާގަދަކޮށެވެ. މިސާލެއް ދަންނަވާނަމަ ފިލްމު ފެށެނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ނަފްރަތު ކުރާތަނުންނެވެ. ދެމީހުން ބައްދަލުވަނީ ކުއްލިއަކަށެވެ. އެއްވެސް އެނގުމެއް ނެތިއެވެ. އެކަކު އަނެކަކު ދެކެ އަންނަ ރުޅިއާއި ކުރާ ނަފްރަތުން އެކަކު އަނެކަކާ ހަތަރުކަޅި ހަމަކޮށްލަންވެސް ނުރުހެއެވެ.
 

އަހަރުމަތިފުޅުު ދުވަހުގެ ސިހުން

ކިޔާފައިވާ ޢަދަދު: 323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިންޓަނެޓުން ފެނުނު ޖޯކެއް ކިޔާފައި:
ލިޔުނީ އަޙްމަދް ސަމީރު ޢަލީ
މާ ދުރު ހިސާބެއްގައި ކޮންމެވެސް ދުވަސްވަރެއްގައި، ދަޅުގައި ބަންދުކުރި ތޮޅިއޮށް މާ މީރު މީހަކު އުޅުނެވެ. މި ދެންނެވުނު ވައްތަރުގެ ތޮޅިއޮށް މީނާ  ކާހިތްވަނީ ވަކިވަރަކަށް ނޫނެވެ! އެއީ ދެވި ހިފުމެކޭވެސް ބައެއް މީހުން ބުނާ މިންވަރަށެވެ! ދަޅުގައި ބަންދުކުރި ތޮޅިއޮށް ކާ ކޮންމެ ފަހަރަކު އެކަމުގެ ނުތަނަވަސްކަން ނުފެންނަ ފަހަރެއް ހަނދާން ނެތިގެންވެސް ކައްސާލައިފައެއް ނެތެވެ! މި ދިމާވާ ކަމަކީ ލައްކަ ގިނަ ބަޔަކު ލަދު ގަންނާނޭ ކަމެއް ކަމުގައި ވިޔަސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ތޮޅިއޮށް ކާ ކޮންމެ ފަހަރަކު ދިމާވާ ކަންތަކަކީ އޭނާ މާ ކަންބޮޑުވާ ކަމެކޭ ދެންނެވޭކަށްވެސް ނެތެވެ. އެއީ އޭނާ އެކަމުގެ ސަަބަބުން އުފުލާ ބުރައެއް ތުރާލެއް ނެތުމުންނެވެ. ދިމާވަނީ، އިޖްތިމާއީ ގޮތުން ބޭ އަދަބީ ކަމެކޭ ހަމަ ކަށަވަރުންވެސް ލިޔެވިދާނެއެވެ!
 

“ޅެންވެރިޔާ – 2015” ގެ ޝަރަފު، ހަތިފުށީ ޝާކިރު ހޯއްދަވައިފި.

ކިޔާފައިވާ ޢަދަދު: 1737
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޚާއްޞަ މުރާސިލު
ލިޔުންތެރީންގެ ގުޅުމުގެ “ޅެންވެރިޔާ -2015″ގެ ޝަރަފުގެ އައްޑަނަ ހ.  ބައިކަނޑިގޭއާގޭ އަލްފާޟިލް ޢަބްދުﷲ ޝާކިރު (ހަތިފުށީ ޝާކިރު) މިރޭ ހޯއްދަވައިފިއެވެ.