ދިވެހިބަހުގެ ދުވަހަށް ރަސްމީ ހައިސިއްޔަތު

ކިޔާފައިވާ ޢަދަދު: 1386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ. މިކަން ދައުލަތުގެ އިދާރާތަކަށް އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓަރ ޢަބްދުﷲ އަމީން ސޮއިކުރައްވައި އިއްޔެ ޢާއްމު ކުރި ދެންނެވުމުގައި އަންގަވައިފައިވަނީ “ރާއްޖޭގެ މަޝްހޫރު އަދީބު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީން އުފަންވެވަޑައިގެންނެވި ދުވަސްކަމުގައިވާ، އެޕްރީލް 14 ވަނަ ދުވަހަކީ “ދިވެހިބަހުގެ ދުވަސް” ކަމަށް ހަމަޖައްސަވައި، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެ ދުވަސް ފާހަގަކުރެއްވުމަށް ނިންމަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި”ކަމަށާއި “މިއީ ރާއްޖޭގައި މިހާރު ފާހަގަކުރާ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރެއްވުމަށް ހަމަޖެއްސެވި ދުވަހެއް ކަމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި” ކަމަށެވެ.

ބަލާޣާ ޢިލްމު

ކިޔާފައިވާ ޢަދަދު: 3176
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
بلاغةގެ ބަހަވީ މާނަ
البلاغة މި ބަސް ނެގިފައިވަނީ بَلَغَ  މި އަޞްލުންނެވެ. މާނައަކީ އެއްޗެއް ވާޞިލުވަން ޖެހޭ ލަނޑުދަނޑިއަކަށް ނުވަތަ އަމާޒަކަށް ވާޞިލުވުމެވެ. ނުވަތަ ފޯރުކޮށް ދިނުމެވެ. 

بلاغةގެ މަފްހޫމު 
      އެއީ ބަޔާންކުރުމުގެ ރިވެތިކަމާއި އަސަރުކުރުވުމުގެ ބާރެވެ. المعجم الوسيط  ބުނާގޮތުގައި އެއީ މުޚާޠަބު ކުރެވޭ ފަރާތުގެ ޙާލަތާ ގުޅޭ ގޮތުގެ މަތިން އެކުލަވައިލެވުނު ޢިބާރަތަކަށް  ނުވަތަ ކަލާމަކަށް  ވާންޖެހޭނެއެވެ. 

ވިޔަފާރިވެރިން ޒަކާތް ދައްކާނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 1872
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހިމް މާހިރު
ނަމާދާއި ރޯދަ ފަދައިން، މުދަލުގެ ޒަކާތަކީ އިސްމާލްދީނުގެ އެއް ރުކުނެވެ. ތިމާގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް މުދަލުގެ ޙަޤީޤި މިލްކުވެރި ފަރާތަކީ ކީރިތި ﷲ އެވެ. އެކަލާނގެ ވަނީ މުދަލުގައި ފަޤީރުންނަށް ޙައްޤެއް ކަނޑައަޅުއްވާފައެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަރު އައްޞިއްދީޤު ވަނީ ފަޤީރުންނަށް އެ ޙައްޤު ހޯއްދަވައި ދެއްވުމަށް ހަނގުރާމަ ކުރައްވާފައެވެ. މުޅި އިންސާނީ ތާރީޚުގައި ވެސް ފަޤީރުންގެ ޙައްޤު ހޯދުމަށް ދައުލަތަކުން ހަނގުރާމަ ކުރި ބަޔަކީ މުސްލިމުންނެވެ. މިލިޔުމުގައި ހަމައެކަނި މިވަނީ ވިޔަފާރިވެރިން ޒަކާތް ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތެވެ. 
 

“އިންސާނުންގެ ވިސްނުމާއި ފިކުރަށް އަންނަ ކުރިއެރުމަކީ ވެސް ތަރައްޤީ”

ކިޔާފައިވާ ޢަދަދު: 1391
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަދަބީ މުރާސިލު
ޤައުމެއްގައި ނުކުންނަ ފޮތުގެ އަދަދު އިތުރުވުމަކީ އެ ޤައުމެއްގެ ތަރައްޤީ ދައްކައިދޭ މިންގަނޑު ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލާރ އަލްއުސްތާޛުއްދުކްތޫރު މުޙައްމަދު ޒާހިރު ޙުސައން ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެންވިދާޅުވީ ދިވެހިރާއްޖޭގެ ތާރީޚާ ގުޅޭ މުހިއް ޙާދިސާއެއްގެ މައްޗަށް ހޯރަފުށީ މުޙަމއްމަދު ސަލީމް ލިޔުންވި ‘ދިޔޯ’ (ވާހަކަ ފޮތް) ނެރެދެއްވުމަށްފަހު އެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ “ތަރައްގީއަކީ ހަމައެކަނި އިމާރާތުގެ އަދަދު ގިނަވުމެއް ނޫން” ކަމަށާއި “އިންސާނުންގެ ވިސްނުމާއި ޚިޔާލާއި ފިކުރަށް އަންނަ ކުރިއެރުމަކީ ވެސް ތަރައްގީ” ކަމުގައެވެ. އެހެންކަމުން ނުކުންނަ ފޮތުގެ ޢަދަދު މަތިވުމަކީ ތަރައްޤީދައްކައިދޭ ޙަޤީޤީ މިންގަނޑުކަމަށް އެމަނިކުފާނު  ސިފަކުރައްވަމުން، އެކަށީގެންވާ ޢަދަދަކަށް ފޮތްތައް ޝާއިޢުނުކުރެވޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
 

އަބުއި ކަންތަކާއި، މީހުންނާއި މިނިވަން ޚިޔާލު

ކިޔާފައިވާ ޢަދަދު: 3653
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ދާދި މިދާކަށް ދުވަހު ފަރަންސޭސި ވިލާތުގެ ވެރިރަށުގައި، ވަކި އިމެއް، ހައްދެއް، މާތް މީހެއް، މުޤައްދަސް ދީނެއް ނުބަލައި މިނިވަން ޚިޔާލުގެ އެންމެ ބޮޑެތި ރާޅާ އަޅައި އުޅުނު ބަޔަކަށް  ބަޑި ހިފައިގެން ތިބި ބަޔަކު ވަރަށް އަނިޔާވެރި ހަމަލާއެއް ދީ އެތައް ބަޔަކު މަރައިފިއެވެ. މިއީ މިހާރު ބާ ޚަބަރެކެވެ.
 

ޤުރުއާނުގެ ހިޔަލުގައި (4)

ކިޔާފައިވާ ޢަދަދު: 3141
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ޤުރުއާން ބާވައިލެއްވެމުން ދިޔަ ދުވަސްވަރު، ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ކައުނީ ޙަޤީޤަތްތަކުގެ ވާހަކައަށް ކީރިތި ނަބިއްޔާ އިޝާރާތް ކުރެއްވިނަމަ، އޭރު މީސްތަކުންގެ ސިކުނޑިތައް ތަރައްޤީވެފައިވާ މިންވަރަށް ބަލާއިރު، ދީނުގެ އަސާސީ ކަންކަން ދޫކޮށްލައި، ކައުނުގެ ސިއްރުތަކާމެދު ބޭނުމެއްނެތް ޖަދަލަކާ ކުރިމަތިލައިފާނެއެވެ. އެއީ އޭރު މީސްތަކުން ތިބީ އެފަދަކަމެއް އެމީހުންގެ ސިކުނޑިތަކުން ވިސްނައި ފަހުމް ކުރެވޭވަރުގެ ޢިލްމީ ކުރިއެރުމެއްގައެއް ނޫނެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުގައިވަނީ ކައުނުގައިވާ ބައެއް ޙަޤީޤަތްތައް ޢިލްމީ ކުރިއެރުމާއެކު ހާމަވެގެން ދިއުމަށެވެ.
 

ހީނަރުވެ ފީވަމުންދާ އަވަށްޓެރިކަމުގެ ގުޅުން

ކިޔާފައިވާ ޢަދަދު: 2457
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒަހީން

ޒަމާން ބަދަލުވެއްޖެއެވެ. ތަރައްޤީއާ ކުރިއެރުން އިންސާނާ ހޯދާއިފިއެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މުޅި ދުނިޔެ ތިމާއަށް ބަލައިލެވިދާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިގާގޮތް އޮޅުން ފިލައިދާނެއެވެ. ފަޒާގެ ވާހަކަތަކާއި ކަނޑުއަޑީގެ ވާހަކަތަކާއި ބިމުގެ އެކި ބައްރުތަކުގެ ވާހަކަތައް ބޭނުންވަގުތަކު، ބޭނުން މިންވަރަކަށް އޮޅުން ފިލުވިދާނެއެވެ. މިކަމަށްޓަކައި ބޭނުންވަނީ މަދު ސިކުންތުކޮޅެކެވެ. ހަމަޔަޤީނުންވެސް އިންސާނާ ވަނީ ޓެކްނޮލޮޖީއާއެކު އެ ޒަމާން ހޯދާފައެވެ. ޢިލްމީގޮތުންނާއި ފިކުރީގޮތުން އެހާ ހިސާބަށް އާދެވިފައެވެ. އެހެންނަމަވެސް މި ކުރިއެރުމާއެކު އިންސާނިއްޔަތުން ބައެއް ފަހަތައްވެސް ސޮއްސައިލައިފިއެވެ.

ލޯބީގެ ކުލަތައް (4)

ކިޔާފައިވާ ޢަދަދު: 2614
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
ރޮމޭންޓިކް ލޯބި
ކޮންމެ އިންސާނަކު ވެސް ލޯބި ހޯދަން ބޭނުންވެއެވެ.
ކުޑަދަރިފުޅަށް މަންމަގެ ކުލުނު ބޭނުންވެއެވެ.
ބޮޑުވަމުން އަންނަ ދުވަސްވަރު ރަޙްމަތްތެރިން ބޭނުންވެއެވެ.
ބާލިޣުވެ ތަޞައްރަފު ފުދުމުން އަނބި ފިރިންނަށް ބޭނުންވެއެވެ.
މުސްކުޅިވުމުން ނަރުހަކަށް ބޭނުންވެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މަޢުލޫމާތު ހޯދުން

ކިޔާފައިވާ ޢަދަދު: 3834
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު
ދައުލަތުގެ ކަންކަން ހިނގާނުހިނގާ ގޮތުގެ މަޢުލޫމާތު ހޯދައި ލިބިގަތުމަކީ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި ޙައްޤު ކަށަވަރު ކޮށްދޭނެ ގޮތުގެ ތަފުޞީލުތައް ދީފައިވަނީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގައެވެ. މިކަން ކުރާންވާ ގޮތުގެ އިތުރު ތަފުޞީލުތައް އައިސްފައި ވަނީ މި ދެންނެވި ޤާނޫނުގެ ދަށުން ހަދައި ޝާއިޢުކޮށްފައިވާ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު”ންނެވެ.
 

ފަރަންސޭސިވިލާތުގައި ނިރުބަވެރިކަމާ ދެކޮޅުވުމުގެ ކަމާކެމީގެ އިސް ސަފުގައި ނަތަންޔާހޫ!!!

ކިޔާފައިވާ ޢަދަދު: 2720
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމު ރަޝީދު މޫސާ
ކޮންމެ ފަދަ ސަބަބުތަކަކާ ލައިގެން ހިންގުނު ކަމުގައި ވިޔަސް ، ދެމީހަކު ދެބަސް ނުވާނެ ފަދައިން ނިރުބަވެރިކަމަށް ދީނެއް އަދި ޢަޤީދާއެއް ނެތެވެ. އެއީ ފިކްރީ އަދި ނަސްލީ ޙައްދުފަހަނަޅައި ދިޔުމުގެ އުނގުތެރޭގައި ބޮޑުވެފައިވާ ރަން ދަރިއެކެވެ. އެއީ ހަމައެކަނި މުސްލިމުންގެ ބޮލަށް ފޫޅުކެނޑެން އޮތް ކަމެއް ނޫނެވެ. މުސްލިމުންނަށް ވުރެ މާ ގިނައިން ނަޞާރާއިންނާއި، ޔަހޫދީންނާއި، ހިންދީން ނިރުބަވެރި ޢަމަލުތައް ވަނީ ހިންގައިފައެވެ. އަދި ދަނީ ހިންގަމުން ވެސް މެއެވެ. ބައިނަލްއަޤްވާމީ ހަމްދަރްދީއާ އެކު ފަރަންސޭސި ވިލާތުގައި ނިރުބަވެރިކަމާ ދެކޮޅަށް ބޮޑު ހިނގައިލުމެއް ބޭއްވުމުން މުސްލިމުން ވެސް އެކަމާ އުފާކުރިއެވެ. އެއީ ހުޅަނގު ޤަބޫލު ނުކުރިއަސް ހައްދުފަހަނަޅައި ދިޔުމުގެ ނުރައްކާތެރިކަމާ ހިރާސް އެމީހުންނަށް ވެސް ތަޞައްވުރު ކުރެވުނީތީއެވެ. ޙަޤީޤަތަށް ބަލައި އިރު، މިހާރު  ފެތުރިފައި މިވާ ހައްދުފަހަނަޅައިދިޔުމުގެ ޙަރަކާތްތަކަކީ ހުޅަނގުގެ ބޭނުންތަކަށްޓަކައި އުފައްދައި، ބޯހިޔާވަހިކަން ދީ ، ބަލައި ބޮޑުކުރި ޙަރަކާތްތަކެކެވެ. މިހާރު އެ ޢިފްރީތު އެ އޮތީ އެމީހުންގެ ބާރުގެ ދަށުން ނުކުމެފައެވެ.