އިސްލާމީ ޝަރީޢަތުގައި ދައުލަތް (10)

ކިޔާފައިވާ ޢަދަދު: 2447
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
 
3.2 ޒަމާނަށް ފެތޭގޮތަށް މަޝްވަރާކުރުން އިންތިޒާމުކުރުން
އިސްވެދިޔަ ނުކުތާތަކުގައި ކީރިތި ރަސޫލާ ގެ ސުންނަތުގައި މަޝްވަރާ އޮތްގޮތާ ބެހޭގޮތުން ވާހަކަ ދެކެވިއްޖެއެވެ. ޖުމްލަކޮށް އެއިން އެނގެނީ އިސްލާމީ ޝަރީޢަތުގައި މަޝްވަރާކުރުމަށް ވަކި ޚާއްޞަ މަޙްދޫދު ނިޒާމެއް  ކަޑައަޅާފައި ނުވާކަމެވެ. މިއިން ދޭހަވަނީ ސުންނަތުގެ ފުރިހަމަކަމާއި މުސްތަޤްބަލުގައި ދިމާވެދާނެ ކަންކަމަށް ތަންދީފައިވާކަމެވެ. އެހެނީ ޢަމަލީގޮތުން، މަޝްވަރާ ކުރަންޖެހޭ ކަންތައްތައް ޒަމާނާއި ތަން ތަފާތުވުމުން ތަފާތުވާނެއެވެ. ވީމާ އެ ކަންތައްވަނީ އުއްމަތުގެ ޙާލާއި ބޭނުންތަކާ އެއްގޮތަށް ކުރުމަށް ދޫކުރައްވާފައެވެ.
 

ޅެންވެރިންގެ ދުވަހުގެ ހަނދާނުގައި……!

ކިޔާފައިވާ ޢަދަދު: 2397
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ޅެންވެރިންގެ ދުވަސް އައީމާ  ހާދަހާ އުފަލެއްވެޔޭ 
             ޅެން ހަދައިގެން އެ ދުވަހުގެ އިހުސާސް ދިރުވާހިތްވެޔޭ 
 
ދިވެހި އަދަބީ އުދަރެހުން އެރި އެންމެ އަލިގަދަތަރިތަކުން 
             ދިވެހި ޖައްވު ވިދާ ބަބުޅަމުން ދިޔަ ހަނދާންތައް އާވެޔޭ 
 

ކަރަންޓްގެ އަލިކަން ނައިފަރުގެ ޖައްވުން ފާއްދައިލި ހިނދު!

ކިޔާފައިވާ ޢަދަދު: 2615
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު އިސްމާޢިލް ފުޅު
އިލެކްޓްރިކްގެ އަލިކަން ދިވެހިރާއްޖެއަށް ފުރަތަމަ ތަޢާރުފުވީ 29 ޞަފަރު 1369 (20 ޑިސެމްބަރ 1949) ރޭ މާލޭގައެވެ. އިލެކްޓްރިކްގެ އަލިން ރާއްޖޭގައި އެންމެ ފުރަތަމަ ދިއްލައިލި ބިނާއަކީ އޭރު “ނާދީ ތަމައްދުނު” ހިނގަމުންދިޔަ ޢިމާރާތެވެ. “ކީރިރތި ޤުރުއާނާ ބެހޭ މަރުކަޒު” މިހާރު ހިނގަމުންއެދަނީ މި ދެންނެވި ޢިމާރާތުގައެވެ. 
 

މި ދައްކާ ބިރުވެރި ކަމަކީ ދީނަށް ޓަކައި ކުރާ ކަންކަމެއް ނޫނެވެ!

ކިޔާފައިވާ ޢަދަދު: 4174
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
Kareem Abdul-Jabbar 
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަނެއްކާވެސް ބިރުދެއްކުމުގެ އަނިޔާވެރި އެތައް ކަމެއް އިސްލާން ދީނުގެ ނަމުގައި ބަޔަކު ހިންގައިފިއެވެ! ނޫސްވެރިން އެމީހުންގެ ފޯނުތަކުގައި ކުރިން ޕްރޮގްރާމްކޮށްފައިވާ ފިތްތަކުން، “މަޝްހޫރު މުސްލިމުން” ގެ ލިސްޓުން އަޅުގަނޑު ފަދަ މީސްމީހުންގެ ނަންބަރު ހޯދައި ގުޅަން ފަށާނެއެވެ! އެތައް ބަޔަކު ރުޅި އައިސް މާޔޫސްވެ ނަފްރަތުން ފުރިގެންވި ވަގުތެއްގައި އަނެއްކާވެސް މި ޖެހުނީ، އިސްލާމުންނަށް ނިސްބަަތްވާ މަދު ބަޔަކު ކުރާ ގަދަބަދަވި ކޮންމެކަމަކީ އިސްލާންދީނާއި ގުޅުން ހުރި ކަމެއް ނޫންކަމުގައި މީޑީޔާގައި އޮޅުން ފިލުވައިދޭށެވެ!
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން، އިންސާނީ ވާޖިބެއް (4)

ކިޔާފައިވާ ޢަދަދު: 2278
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
 
2.7 އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށް އެޅޭ ހުރަސްތައް
އިންސާނީ ޙައްޤުތައް ކަމުގައިވާ އެމީހަކަށް ފެންނަގޮތެއް ބުނުމުގެ ޙައްޤު، ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ޙައްޤު، ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙައްޤު، އަދި، ޒާތީ މުވާޞަލާތު ކުރުމުގެ ޙައްޤަކީ އެހެން ބައެއްގެ މިފަދަ ޙައްޤުތަކެއް ރައްކާތެރި ކުރުމުގެ ބޭނުމުގައި ޤާނޫނެއްގެ ދަށުން ކޮންމެވެސް މިންވަރަކަށް ހިފެހެއްޓިދާނެ ޙައްޤުތަކެކެވެ. މިގޮތަށް ހިފަހައްޓަނީ އަނެކުންގެ ޙައްޤުތަކާއި މިނިވަންކަން، ދައުލަތުގެ އަމަން އަމާންކަން، ޢާއްމު ޞިއްޙަތާއި ޢާއްމު އަދަބުތައް ރައްކާތެރި ކުރުމަށްޓަކައެވެ. މިފަދަ ޙައްޤުތައް ހަނިކުރުމާއި ޙައްޤުތައް ދިނުމުގައި ޢާއްމު ފަރުދެއްގެ މިނިވަންކަމާއި ޖަމާއަތުގެ މަސްލަހަތަށް ބަލައި ތިލަފަތް ހަމަވާ އުސޫލަށް ވަޒަންކުރަންވާނެއެވެ. މިއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން ޑިމޮކްރެޓިކް މުޖްތަމައެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭ މިންވަރަށެވެ.
 

“އަޅުގަނޑު ދީން ބަދަލުކުރީއެއްނޫނެވެ. ޙަޤީޤަތުގައި ދީނަކީ އިސްލާމްދީނެވެ.”

ކިޔާފައިވާ ޢަދަދު: 2135
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

“އަޅުގަނޑު ދީން ބަދަލުކުރީއެއްނޫނެވެ. ޙަޤީޤަތުގައި ދީނަކީ އިސްލާމްދީނެވެ.”

—————ގުލްޒާރު އަޙްމަދު 

ޢަބްދުﷲ ފާރޫޤް ޙަސަން

ގުލްޒާރު އަޙްމަދަކީ ކުރީގެ ކްރިސްޓިއަންފާދަރެކެވެ. 27 މާޗް 2004 ގައި އޭނާވަނީ އިސްލާމްވެވަޑައިގެންފައެވެ. އޭނާ އިސްލާމްވެވަޑައިގެންނެވި ގޮތާބެހޭގޮތުން އޭނާވަނީ ވާހަކަދައްކަވައިފައެވެ. އެވާހަކަފުޅުގައި އޭނާވަނީ ކްރިސްޓިއަންދީނުގައިހުރި އުނިކަންތައްތަކާ ބެހޭގޮތުންވެސް ޢިލްމީގޮތުން އަލިއަޅުއްވައިލައްވައިފައެވެ. ތިރީގައިމިވަނީ އޭނާ ދެއްވައިފައިވާ ބަސްދީގަތުމުގެ ތަރުޖަމާއެކެވެ. 

-އެންމެ ފުރަތަމަ ކަލާގެ ކުރުތަޢާރުފެއް ދެއްވަފާނުތޯއެވެ؟ 
 

ބައްޕަގެ ދަރިފުޅާ މުޚާޠަބުކޮށް…..!

ކިޔާފައިވާ ޢަދަދު: 2056
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ހެޔޮރަނގަޅު އުޅުމާ ގުޅުން ޤާއިމުކުރާށޭ ދަރިފުޅާ 
               ހެޔޮމަގުން ހިނގުމަށް ހަލުވި ފިޔަވަޅު އަޅާށޭ ދަރިފުޅާ 
 
ބަސްއަހައިގެން ކިޔެވުމަށް ހިތްވަރުތަކެއް އަމަލީގޮތުން 
               ފަސްނުޖެހިކުރުމަށް ސަމާލުވެ އިސްނަގާށޭ  ދަރިފުޅާ 
 

ޤުރުއާނުގެ ހިޔަލުގައި (3)

ކިޔާފައިވާ ޢަދަދު: 2672
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
 
ޤުރުއާނުގައިވާ ގޮންޖެހުން:
 
ބަހުގެ ގޮތުންނާއި ބަލާޣާތްތެރިކަމުގެ ގޮތުން ޤުރުއާން ވަނީ ޢަރަބިންނަށް ގޮންޖައްސަވައިފައެވެ. ނަމަވެސް ޤުރުއާން ބާވައިލެއްވީ އެންމެހައި މީސްތަކުންގެ މައްޗަށެވެ. ހަމައެކަނި ޢަރަބިންނަކަށް ނޫނެވެ. ވީމާ ޢަރަބިން ފިޔަވައި ދެން ތިބި މީހުންނަށް ވެސް އެމީހުން ކުރިއަރައިފައިވާ ކަންތައްތަކުގައި ޤުރުއާނަކީ ޗެލެންޖަކަށް ވާންޖެހެއެވެ. ވީމާ އެ ބާވައިލެއްވި ވަގުތު ޢަރަބިން ނޫން އެހެން މީހުންނަށް ވެސް ޤުރުއާން ވަނީ ތަޙައްދީ ކުރައްވައި ގޮންޖައްސަވައިފައެވެ.
 

ޞައްޙަ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މުހިއްމުކަން

ކިޔާފައިވާ ޢަދަދު: 4178
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ އިންސާނަކު، އާދެ! ޢާއްމު އިންސާނަކު ދުނިޔެއަށް އަންނަނީ ފުރިހަމަ ހުސް ސިކުނޑިއަކާ އެކީގައެވެ. ޤުދުރަތުގެ ދީލަތި ކަމުން އެ ސިކުނޑި ހެދިބޮޑުވެ ޖިސްމާނީ ގޮތުން ފުރިހަމަކުރެއްވުމާއެކު، އެ ސިކުނޑި ވިސްނުމާއި ބުއްދީގެ ގޮތުން މުއްސަނދިކުރުމުގެ ވަސީލަތްތަކެއް ވެސް ލައްވައިފައިވެއެވެ. ޢިލްމީ ގޮތުން ސިކުނޑި މުއްސަނދިވާނީ އެ ސިކުނޑިއަށް ޢިލްމާއި މަޢުލޫމާތު ލިބިދިން މިންވަރަކުންނެވެ. ކަންކަން އޮޅުންފިލައި ޢިލްމީ ގޮތުން މީހާ ކުރިއަރައިދަނީ އެ މީހަކަށް ލިބޭ މަޢުލޫމާތެއްގެ ނިސްބަތަކުންނެވެ.
 

ދިރާސީ އާ އަހަރަށް މަރުޙަބާ ކިޔުން

ކިޔާފައިވާ ޢަދަދު: 1644
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާމިނަތު ޙުސައިން މޫސާ
މާދަމާއަކީ ދިވެހި ޤައުމީ ޙަޔާތުގައި މުހިއްމު ޞަފުޙާއެއް އެއްލާ ދުވަހެކެވެ. އާ މާއްދާތަކަކާއެކު އާ މަންހަޖެއް ތަންފީޒުކުރުމަށްޓަކައި އާ އުންމީދަކާއެކު، 2015 ވަނަ އަހަރތުގެ ދިރާސީ އާ އަހަރު ފަށަނީ އެވެ. މި ތާރީޚީ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ދަރިވަރުންނަށާއި ޚިދުމަތްތެރި މުދައްރިސުންނަށާއި ހީވާގި ބެލެނިވެރީންނަށް ތަހުނިޔާ އާއި މުބާރުކުބާދި ފޮނުވަމެވެ.