އެ ޝަހީދުންގެ ހަނދާން

ކިޔާފައިވާ ޢަދަދު: 2170
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިޢު، ހިޔަލީގުލްޝަން، ބ.ދަރަވަންދޫ
ކިޔާމީ އެއަބުތޯލުނަށް އަދު ތަރާނާ،
   މިއައި ދުވަހު އިއްވަން އެހިތްދަތި ފަސާނާ
          ދިޔާލޭގެ ކޯރުން މިބިންފުރި ޒަމާނާ،
              ލެޔަށްވީ ދަރިންނީ މިޤައުމުގެ ނަމޫނާ
އެއައި ތަމަޅަ ބާޣީން ނޮވެމްބަރު ތިނެއްގާ،
      އަރާ ބަޑިތަކުން ހަމަލަތައް ދިން ވަގުތުގާ،
          މެޔާ ހަށިތަކެއް ތޮރުފަމުން ދިޔަ ހިނދެއްގާ، 
                  މިމާތް ބިން ހިމާޔަތް ކުރީތީ މިދީނާ،

ފިހާރަ ބަންދު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3857
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ ނަބީލާ ރައްޙާލް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މީގެ ދެތިން މަސްދުވަސް ކުރިން، ވަރަށް ކުޑަ ކާރެއް ލެބެނާނުގެ ސައްބީހަކަށް ސަހަރަށް ގޮސް މީހުން ގިނައިން އެއްވެ އުޅޭ ހިސާބު ހިސާބުގައި މަޑުކޮށްލައިގެން އޮތެވެ.
 
މިކާރުގެ އަސްލު ކުލަ ވަކިކުރަން ނޭނގޭވަރަށް  އެ ކާރުގެ ވަށައިގެން ވަނީ ‘ ބޮޑު ފިހާރައިން’ ވިއްކާ ތަކެތީގެ ‘ އިޝްތިހާރެވެ’! އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން، އިމާރާތް ކުރަން ފެށުމުގެ ކުރިން ހޯދަން ޖެހޭ ހުއްދަ، ވަކި ނިޔާއެއް އިއްވާފައި ޖައްސަވާ މުގުރު، ކަރަންޓު މީޓަރާއި ފެން މީޓަރު، މަތީ ތައުލީމުގެ ސަނަދުތައް، މިފަދަ ތަކެތީގެ ބޮޑެތި ފޮޓޯއިން މި ކުޑަ ކާރުގެ ބޭރުވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. އަދި ހުސްޖާގަ ފުރައިލުމުގެ ގޮތުން ރިޝްވަތާއި ފަސާދަ އާއި ގުޅުން ހުރި ސުރުޚީތައް ނޫސް މަޖައްލާއިން ނަކަލުކޮށް ބޮޑުކޮށް، ފޮޓޯ ޖަހާފައިވެސް ހުއްޓެވެ!
 

ލޯބީގެ ކުލަތައް (2)

ކިޔާފައިވާ ޢަދަދު: 2514
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
 
އެހެން ވާހަކައެކެވެ.
 
ޔުނިވަރސިޓީގައި ތަޢުލީމު ހާސިލްކުރަމުންދާ ރީތި އަންހެން ކުއްޖަކު އަޅުގަނޑު ދަންނަމެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ޅަނދޮޅު ކުއްޖެކެވެ. ވިދަވިދާ ހުންނަ ދެލޮލެވެ. އެއަށްވުރެ ވިދަވިދާ ހުންނަ ތޫނުފިލި ސިކުނޑިއެކެވެ. މުށިކުލައިގެ ރީތި ހަމެކެވެ. ލޯބިން ފުރިގެންވާ ހިތެކެވެ. ފެންނައިރަށް އަޅުގަނޑަށް ސުވާލު ކޮށްލެވެއެވެ. ހާލު ކިހިނެތްހެއްޔެވެ؟
 

އަސަރު (8)

ކިޔާފައިވާ ޢަދަދު: 3530
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް  
(25 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާއަށް ހޭލެވުނުއިރު ވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެނދުގައި އޭނާއަށް އޮވެވުނީ ބަންޑުން ކަހަލަ ގޮތަކަށެވެ. އެއްއަތް އޮތީ އެދުން ބޭރަށް އެލިފައެވެ.
ފުރޮޅިލެވޭތޯ އުޅުނެވެ. ނަމަވެސް ކުއްލިއަކަށް އޭނާއަށް އެނގުނީ އޭނާ ކައިރީގައި ކާމިނީ އޮތްކަމެވެ. މަގުއޮޅިފައިވާ ދަތުރުވެރިއަކު ގަހެއްގެ ދަށުގައި އެއްވެސް ފިކުރެއްނެތި ނިދައިލައިފައި އޮންނާނެހެން ނިދައިފައި ކާމިނީ އޮތެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ހެދުމުގެ ތަރުތީބުވަނީ ގެއްލިފައެވެ.
 

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ މުހިއްމު އަސާސްތައް

ކިޔާފައިވާ ޢަދަދު: 3721
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު 26 ވަނަ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ “ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް” ކަމުގައެވެ. އެ ދުވަހު ތަޖުރިބާކުރި ބިރުވެރި ސުނާމީގެ ހިތްދަތި ހަނދާންތަކާއެކީގައެވެ. އެ ދުވަހު ދިވެހީންގެ ފަރާތުން ފެނުނު އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އިއްޔެއަކީ އެ ދުވަހެވެ.

ސުނާމީ ކާރިސާގެ ހަނދާން: ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ކިޔާފައިވާ ޢަދަދު: 3588
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހި ޤައުމު ތަޖުރިބާކުރާންޖެހުނު އެންމެ ބޮޑު އެއް ކާރިސާ ކަމުގައިވާ ސުނާމީ ގައި ޙާލުގައި ޖެހުނު ރައްޔިތުންނަށް އަޅައިލުމާއި އޯގާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭން ދިވެހީން ދައްކައިދިން އެއްބައިވަންތަކަމަކީ ދިވެހި ސަގާފަތުގެ ވަރަށް ރީތި މިސާލެކެވެ. އެއީ ދިވެހީންގެ އެއްބައިވަންތަކަމުގެ ތާރީޚުގައިވެސް ރަން އަކުރުން ލިޔެވިފައިވާ ޞަފުޙާއެކެވެ. އެއީ ދިވެހީން ދުނިޔެއަށް ސާބިތުކޮށްދިން އާދަޔާޚިލާފު ރީތި މިސާލެކެވެ. އެއީ އިސްލާމްދީން އަޅުގަނޑުމެންނަށް ދީފައިވާ މަތިވެރި އިރުޝާދުގައި ދިވެހީން ސާބިތުވެތިބިކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެކެވެ. 
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (7)

ކިޔާފައިވާ ޢަދަދު: 2281
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
(19 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
 
2.3 އަހްލުލް ޙައްލު ވަލްޢަޤުދު
ދައުލަތުގެ ވެރިޔަކު ހޮވުމަށް ސީދާ ވޯޓު ލައިގެން ނޫންގޮތެއްގައި އިންތިޚާބު ކުރުމަކީވެސް އިސްލާމީ ޝަރުޢުގައި ބޭނުންކުރެވިފައިވާ އުސްލޫބެކެވެ. މިކަމާ ޙަވާލުވެ ތިބޭ މީހުންނަށް ފިޤުހުވެރިން ދެއްވާފައިވާ ނަމަކީ އަލް ޙައްލު ވަލްޢަޤުދުގެ އަހްލުވެރިންނެވެ. އެހެންކަމަށްވާނަމަ މިއީ ކޮން ބައެއްހެއްޔެވެ؟ އަދި މިބައިމީހުންނާއި އުއްމަތާ ހުރި ގުޅުމަކީ ކޮބައިހެއްޔެވެ؟ އެބައިމީހުންނަށް މިފަދަ މަޤާމެއް ލިބުނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ ސުވާލުގެ ޖަވާބަކީ، ފިޤުހުވެރިން މިބޭކަލުންނަށް ވަނީ ވަކި ސިފަތަކެއް ކަނޑައަޅުއްވާފައެވެ. އަލްމާވަރުދީ ވިދާޅުވާގޮތުގައި މިބޭކަލުންނަށް ތިން ސިފަ ޝަރުޠުވާނެއެވެ. އެއްކަމަކީ، ޢަދުލުވެރިކަމުގެ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވެފައި ހުރުމެވެ. ދެވަނަ ކަމަކީ، އިމާމުކަން އޭގެ ޝަރުޠުތަކާއެކު ޙައްޤުވަނީ ކާކަށްކަން އެނގޭ ޢިލްމާއި މަޢްރިފާ މިބޭކަލުންގައި ހުންނަންވާނެއެވެ.
 

ޤައުމީ އެއްބައިވަންތަކަން ބަދަހިކުރުމުގެ މަގު

ކިޔާފައިވާ ޢަދަދު: 4197
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެން ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރަމުން އަންނަތާ 11 އަހަރުވީއެވެ. އާދޭހެވެ! މާދަމާއަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެވެ. ފަހުގެ ތާރީޚެއްގައި ދެކުނު އޭޝިއާއަށް ކުރިމަތިވި އެންމެ ބޮޑު ޤުދުރަތީ ކާރިސާކަމުގައިވާ ސުނާމީގެ ސަބަބުން ދިވެހި ޤައުމަށް ކުރިމަތވި މުޞީބާތުގެ ވަގުތުގައި ދިވެހީންގެ ކިބައިން ފެނުނު ޤައުމީ އެއްބައިވަންތަކަމުގެ ރަމްޒެގެ ގޮތުންނެވެ. ދިވެހީންގެ އެ މަތިވެރި ސަގާފަތަށް ހިތްވަރުދީ ދެމެހެއްޓުމުގެ ގޮތުންނެވެ. 

އަސަރު (7)

ކިޔާފައިވާ ޢަދަދު: 3320
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 
(11 ޑިސެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަނެއްކާވެސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި މިކަންތައް ކުރާނޭ ގޮތަކާއިމެދު ވިސްނަން ފަށައިފިއެވެ. ކާމިނީ ގާތު މިވާހަކަ ނުބުނެ އަދި އޭނާގެ ރުހުން ނުހޯދާ ހިނގައްޖެނަމަ އެކަމަކީ އޭނާގެ މުޅި އުމުރުގައިވެސް އޭނާޔަށް މަޢާފު ނުދެވޭފަދަ ގޯހަކަށް ނޫނީ ނުވާނެއެވެ. އަދި އޭރުން ކާމިނީ އޭނާއާމެދު ހީކުރާނީވެސް ކީކޭ ހެއްޔެވެ؟ ކާމިނީ މިހާރުވަނީ އޭނާގެ ޙަޔާތުގެ ބައިވެރިއަކަށް ވެދިނުމަށް ވަޢުދުވެފައެވެ.

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާއިން ގައިދީންނަށް ކުރަމުންދާ އަނިޔާ އަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 3409
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އެމެރިކާގެ މަޝްހޫރު ޖާސޫސީ އިދާރާ ސީ އައި އޭ ގެ ފަރާތުން، އެމީހުން އަތްދަށުވާ ގައިދީންނަށް ކުރާ ތަފާތު އަނިޔާގެ ތަފްސީލު ތަކެއް، ދާދި ފަހުން “ޓޯޗަރ ރިޕޯޓް” ގެ  ނަމުގައި މުޅި ދުނިޔެއަށް ރަސްމީ ގޮތުން ހާމަކޮށްފިއެވެ! މި ބިރުވެރި އަނިޔާތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު ނެރެ އާންމު ކުރުމުން  މުޅި ދުނިޔެ ސިހިގެން ދިޔައެވެ. މިފަދަ ކަންކަމާއި މެދު މައުލޫމާތު ހޯދައި ވިސްނާ މީހުންނަށް  އެ ރިޕޯޓުގައި ހުރި ގިނަ ކަންތަކަކީ ކުރިން ޓީވީން ފެނި، އެއީ އެމީހުން ކުރާ ކަމެއްކަން އެނގި ޔަގީންވެފައިވާ ކަންކަމެވެ. ނަމަވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު އެއް ސަބަބަކީ އެ ރިޕޯޓު ނެރުނީ އެކަން ކުރި ނުވަތަ ކުރަން ފަހިކޮށްދިން މީހުން ކަމަށް ވުމާއި  ގައިދީންނަށް އެ ކުރާ އިންސާނިއްޔަތާއި ޚީލާފު އަނިޔާތައް ދަސްކޮށްދިން މީހުންނަށް އެމެރިކާ ސަރުކާރުން ދިން (އަޅުގަނޑުމެން ހައިރާންވާ ވަރުގެ) ފައިސާގެ ބޮޑު އަދަދެވެ. އަދި އަނެއް ކަމަކީ އެކަން ކުރީ އަސްކަރިއްޔާގައި ކުރިން އުޅެފައިތިބި، މިހާރު ނަފްސާނީ އިލްމުވެރިން ކަމުގައިވެސް ވާތީއެވެ!  މި ދެމީހުން އިސްވެ ތިބެ އަނިޔާކޮށް، އަދި އަނިޔާ ކުރަން ދަސްކޮށްދިނީ އެމީހުން އެކުލަވާލައިފައިވާ ބިރުވެރި ”މުގައްރަރެއްގެ”  އަތްމަތީ ފޮތުގައިވާ ގޮތަށް ކަމަށް ވެސް ވާތީއެވެ!