އެވޭލާ ހޯދުންތައް.

ކިޔާފައިވާ ޢަދަދު: 1966
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފުރަތަމަ ކުރެވުނު ކަނޑުގެ ތަޙުލީލަކީ ކޮބާ؟

ޙުސައިން ޝާކިރު 
ކަނޑު ތަޙުލީލުކުރުމަށް ބަޔަކު  އެންމެ ފުރަތަމަ ފޮނުއްވިކަމަށް ފެންނަން ހުރި ތާރީޚީ ލިޔުން ތަކުން އެނގެނީ ޢީސާގެފާނުގެ ކުރިން 1478 ން 1458 ށް މިޞްރުގައި ވެރިކަންކުރެއްވި މަހާ ރާނީ ހެޓްޝެޕްސުޓް (Queen Hatshepsut) އެވެ. 
 

ޒަމާންވީ ސުވާލަކަށް ޒަމާނީ ޖަވާބެއް: ފައިސާއިން އުފާވެރިކަން ގަނެވޭހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 3836
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ:Andrew Blackman
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ކުރާ މަސައްކަތުން ލިބޭ އާމްދަނީގެ ސަބަބުން ވެރިވާ އިހްސާސް ތަކާއި ބެހޭގޮތުން، ފަހުގެ އިލްމީ ދިރާސާތަކުން އަޅުގަނޑުމެނަށް ވަރަށް ގިނަ މައުލޫމާތު ލިބެމުންދެއެވެ.  ދުނިޔޭގެ އެކި ގައުމު ގައުމުގައި، ފަރުދުންގެ އާމްދަނީ އާއި އެކަމުގެ ސަބަބުން އެމީހުން އިޙްސާސްކުރާ އުފާވެރިކަން، އިޤްތިޞާދީ ޢިލްމުވެރިން ވަރަށް ފުންކޮށް ދިރާސާކުރެއެވެ. ނަފްސާނީ ޢިލްމުވެރީން ވެސް ހަމަ އެފަދައިން، އެ މީހުން ބަލާ މިންގަނޑުން އެކަހެރި ފަރުދުންގެ ވިސްނުން، ފައިސާއާ ބެހޭ ގޮތުން ހުރި ނެތް ގޮތްތައް ބަލައި ދިރާސާކުރެއެވެ.

ޢިބްރަތުގެ ފިލާވަޅެއް

ކިޔާފައިވާ ޢަދަދު: 2944
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން 
ޙަސަދަ އުފެދިއްޖެ ނަމަ  ފިތުނަ އުފެދޭނެޔޭ
           ފިތުނަ އުފެދިއްޖެ  ނަމަ  ސުލްޙަ ގެއްލޭނެޔޭ
 
ހަތުރުވެރިކަމުގެ ގިނި ހުޅު ފަޅައިދާ ހިނދުން
            މިތުރުނަށް  ހުތުރު ނަން ދޭން ފަށައިފާނެޔޭ

އިސްލާމީ ޝަރީޢަތުގައި ދައުލަތް (6)

ކިޔާފައިވާ ޢަދަދު: 2400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙުސައިން ޢާމިރު

(12 ޑިސެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

2.2  ވެރިޔަކު ހޮވުމުގައި ސީދާވޯޓާއި ނުސީދާ ވޯޓް

އިސްލާމީ ޝަރީޢަތުގައި ވެރިޔަކު ހޮވުމުގެ ޙައްޤަކީ އުއްމަތަށް ލިބިފައިވާ ޙައްޤެކެވެ. ނަމަވެސް މިޙައްޤު ބޭނުންކުރާނީ ކިހިނެތް ކަމާމެދު ވިސްނާލަން ޖެހެއެވެ. މީގެ މާނައަކީ އުއްމަތުގެ ހުރިހާ ފަރުދުން ބައިވެރިވެގެން ސީދާގޮތެއްގައި ވޯޓްލައިގެން ހޮވާނީތޯ ނުވަތަ އުއްމަތުގެ އިތުބާރުހިފޭ ވަކިބަޔަކަށް ދީފައިވާ ޙައްޤެއްގެ ގޮތުގައި ބަލައި އެބައިމީހުން ރައީސަކު ހޮވާނީތޯއެވެ؟

އޮސްޓްރޭލިޔާގެ ރައްޔިތުން މިވަގުތު ދައްކަމުންދާ ތަހުޒީބީ ނަމޫނާ

ކިޔާފައިވާ ޢަދަދު: 3490
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މި ދުވަސްކޮޅަކީ އޮސްޓްރޭލިޔާގައި ދިރިއުޅޭ މުސްލިމުންނަށް ވަރަށް ހިތްދަތި ދުވަސްކޮޅެކެވެ. ވަކިން ޚާއްސަކޮށް އޮސްޓްރޭލިޔާގެ އެންމެ ބޮޑު ސަހަރު، ސިޑްނީގައި ދިރިއުޅޭ މުސްލިމުންނަށެވެ.

ކުޑަހުއްތު މުހަންމައިދީގެ ބޭސް ފަރުވާ

ކިޔާފައިވާ ޢަދަދު: 1993
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
އެއީ ވޭތުވެ ދިޔަ ވިހި ވަނަ ގަރުނުގެ ކުރީކޮޅުގެ އަހަރެކެވެ. ހާޖީ އިމާދުއްދީނު ގެ ރަސްކަން ޝަމްސުއްދީނުގެ މައްޗަށް ފުރޮޅިގެން ދިއުމާ ވިދިގެން ރާއްޖޭގެ ވެރިކަމުގެ ފަސްމުގޫ އޮތީ އަތިރީގޭ އިބުރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަތްޕުޅުގައެވެ. މާލޭ ދަނޑިކޮށީގޭ އާއިލާއަކީ އެދުވަސްވަރު އަތިރީގެޔާ ސިޔާސީ ގޮތުން ހަތުރުވެރި އާއިލާއެއް ކަމަށްވެއެވެ.
 

”ބްލެކް މެއިލްކުރުން” – މި ޤައުމުން ނައްތައިލާންޖެހޭ ބޮޑު ވައިރަހެއް

ކިޔާފައިވާ ޢަދަދު: 2175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ނާފިއު، ބ.ދަރަވަންދޫ
ދުނިޔެއަށް އަންނަމުންމިދާ ތަރައްޤީއާއި ތަހުޛީބުގެ ކުލަތައް އަޅުގަނޑުމެންގެ މިލޮބުވެތި ޖަޒީރާ ރަށްތަކަށްވެސް މިއަދު މިވަނީ ކުރަންފަށާފައެފައެވެ. ދުރުގައި ހުންނަމީހުން ގާތު ބުނަން ބޭނުންވާ ވާހަކަތައް ސިޓީގެ ގޮތުގައި ޕޯސްޓްކުރި ޒަމާން މިއަދު މިވަނީ މާޒީވެ ގޮސްފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން މިރާއްޖޭގައިވެސް އިންޓަނެޓާއި ފޯނު ފަދަ ޓެކްނޮލީގެ އާ ވަސީލަތްތައް މިވަނީ ތަޢާރަފް ވެފައެވެ. އިންޓަނެޓާއި ފޯނުގެ ޒަރީއާއިން މިއަދު މަންފާތަކެއް ޙާޞިލްކުރެވުނުކަމުގައި ވިޔަސް މިފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ވިސްނައިލާންޖެހޭ ކަންތައްތަކެއް މިއަދު ހުންނާނެކަން ޔަޤީނެވެ.
 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން – އިންސާނީ ވާޖިބެއް (2)

ކިޔާފައިވާ ޢަދަދު: 2391
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
(10 ޑިސެންބަރު 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 
2.2 ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުން
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ނެގެހެއްޓުމުގެ ސިޔާސަތު ރަސްމީ ސިފައެއްގައި ފެށިފައިވަނީ 2003 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކ. މާފުށީ ޖަލުގައި ހިންގި ލާ އިންސާނީ ޢަމަލުތަކާ ގުޅިގެން ނުކުތް ނަތީޖާއެއްގެ ގޮތުންނެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނެއް 10 ޑިސެމްބަރު 2003 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވިއެވެ. 

އޭރުގެ ފަތްފުށްތަކުން (100)

ކިޔާފައިވާ ޢަދަދު: 1686
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދިވެހި. ހަކުރު. 

حسين صلاح الدين

 ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން (رحمه الله) އަކީ، ދިވެހި އަދަބީ އުދަރެހުގައި އިތުރު ތާރަފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. ދީނީ، އަދަބީ، ޤައުމީ، އަދި މިނޫންވެސް އެންމެހައި ރޮނގުތަކުގައި ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ޝާޢިރެކެވެ.  އެމަނިކުފާނުވަނީ، 50 އަށްވުރެ ގިނަ ފޮތް އެކުލަވައިލައްވާފައެވެ. އޭގެތެރޭގައި އައްސީރަތުއްނަބަވިއްޔާއާއި ބޮޑުތަކުރުފާނު ވާހަކަފަދަ އެތައްފޮތެއް ހިމެނެއެވެ. އެމަނިކުފާނަކީ، ދިވެހީންނަށް ޢިލްމު އުގަންނައިދެއްވުމަށް އެތައްޒަމާންތަކެއްވަންދެން ހިލޭދަރުމައަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، ޢަރަބި، ޢުރުދޫ އަދި ފާރިސީބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. 

ދިވެހިރާއްޖޭގައި ދިވެހިބަސް ދެވަނަ ދަރަޖައިގައި ބޭއްވުމަށް ރުހެވޭނެތޯ؟

ކިޔާފައިވާ ޢަދަދު: 1805
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނެވިގޭ ޝަފީޢު
ދިވެހިންނަކީ ޤައުމީ ކަންކަމުގައި ވަރަށް ފޯރިގަދަ ބައެކެވެ. ދިވެހިރާއްޖޭގައި ދިވެހިބަހުގެ ދަރަޖަ ދަށްވެ ދެވަނައަށް ވެއްޓިގެން ދިޔުމަކީ ހަމަކަށަވަރުންވެސް ގިނަ ދިވެހިން އެދޭނެ ގޮތެއްނޫނެވެ. ކަންމިހެން އޮތްކަމުގައި ވިޔަސް، ނޭންގި ތިބެނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކަންކުރެވޭ ގޮތުން އެހާލަތު އައުމަކީ މުސްތަޙީލް ކަމެކޭ ބުނެވޭކަށް ނެތެވެ. އަޅުގަނޑުމެން މަރުފަދަ ލޯބިވާ ޤައުމިއްޔަތުގެ އެންމެ މުހިންމު އެއްބަހާ ކަމުގައިވާ، ދިވެހިބަސް މިދަނީ އެންމެންގެ ހާޒިރުގައި، އެންމެންގެ ލޯމަތީގައި ޤަދަރު ކުޑަވެ ކަމީނާވަމުންނެވެ.