އެނީމިއާ (2)

ކިޔާފައިވާ ޢަދަދު: 2507
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު   
(09 ޑިސެމްބަރ 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

އެނީމިއާގެ ޢަލާމާތްތައް

އެނީމިއާ ޖެހިފައިވާކަން ދެނެގަތުމަކީ ބައެއްފަހަރު އުނދަގޫކަމެކެވެ. ގިނަފަހަރަށް އެނީމިއާއަށް ވާސިލުކުރަނީ އެތައް ދުވަހެއްގެ ތެރޭގައި މަޑުމަޑުންނެވެ. މޫނުމަތިން ކުލަ ފަނޑުވެފައި ހުރުމަކީ އެނީމިއާގެ ޢަލާމާތަކަށް ވެދާނެއެވެ. އެއީ ލޭނާރުތަކުގެ ތެރެއިން ދަތުރުކުރާ ލޭގައި ރަތްސެލްތައް މަދުވުމުގެ ސަބަބުންނެވެ. ހިތުގެ ވިންދު އަވަސް ވުމަކީ ވެސް އެނީމިއާ ހުރިކަން ދޭހަކޮށްދޭ ސަބަބަކަށް ވެދާނެއެވެ. އެއީ ހަށިގަނޑުގައި ދައުރުކުރާ ލޭގައި ހިމެނޭ އޮކްސިޖަން މަދުވުމުގެ ސަބަބުން ހަލުވި މިނެއްގައި، ހަށިގަނޑުގެ ބައިތަކަށް ލޭ ފޮނުވައިދިނުމަށް ހިތުން ލޭ ޕަންޕުކުރާލެއް އަވަސްވަނީއެވެ. އެއާގުޅިގެން ވިންދުޖަހާލެއްވެސް ހަލުއިވަނީއެވެ.

[ޅެންވެރިޔާ – 2015]ގެ ނަމުގައި މުބާރާތެއް ބާއްވަނީ!

ކިޔާފައިވާ ޢަދަދު: 1704
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުން
އަންނަ 2015 ވަނަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޅެން ހެދުމުގެ ޚާއްޞަ މުބާރާތެއް “ޅެންވެރިޔާ – 2015″ގެ ނަމުގައި  ބާއްވަން ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީން ފާސްކޮށް، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި ރޭ ހުޅުވައިލައިފިއެވެ. މުބާރާތާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7774062 އާއެވެ. އެ މުބާރާތުގެ ގަވާއިދު ތިރީގައި މިވަނީ އެވެ.

34 ވަނަ މަސްވެރީންގެ ދުވަސް ނައިފަރުގައި ފާހަގަކުރެވުނު ހިނދު . . . .

ކިޔާފައިވާ ޢަދަދު: 1725
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މުޙައްމަދު އިސްމާޢީލު ފުޅު، ނައިފަރު
މަސްވެރިކަމަކީ ދިރިއުޅުމަށްޓަކާ، ރާއްޖޭގެ ހުރިހާރަށެއްގައިވެސް ޒަމާނުއްސުރެ ކުރަމުންއަންނަ އެންމެ ދުވަސްވީ މަސައްކަތެވެ. އަދި އެއީ ރާއްޖޭގެ އެންމެ ގިނަބަޔަކު އެމަސައްކަތެއްގައި ބައިވެރިވާ މަސައްކަތްވެސްމެއެވެ. މިގޮތުންބަލާއިރު ނައިފަރުގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އެކިއެކި ގިންތީގައި އެކިއެކި ސިފަސިފައިގައި މަސްވެރިކަމުގެ ދާއިރާއާ ގުޅި ލާމެހިފައިވާ މީހުންނެވެ. އެހެންކަމުން މަސްވެރިކަމުގެ ޞިނާޢަތުގައި ނައިފަރަކީވެސް ކޮންމެވެސްވަރެއްގެ މާޒީއެއް އޮތް ރަށެއްކަމުގައިނޫނީ ނުވާނެއެވެ.

އާންމު މައިދާންތަކަށް ރައްޔިތުން އެއްވެ، އަޑުއުފުލައި އުޅުމުގެ ޒަމާންވީ ތާރީޚަށް ބަލައިލުމެއް

ކިޔާފައިވާ ޢަދަދު: 3411
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން މައިޒާނޭ މިކިޔާ ބޮޑެތި ހުސްތަންތަން އެގޮތުގައި ބާއްވައި ޒަމާންވީ ސަހަރު ސަހަރު ފަރުމާކުރަން ފެށުނީ ގަދީމީ ޔޫނާނުގައެވެ. އާދެ، މިހާރުގެ ނަމުންނަމަ ގްރީސްގައެވެ. އާންމު ގޮތެއްގައި މިއީ އުފާވެރި، ސުލްހަވެރި ބައްދަލުވުންތަކަށް އެންމެ އެކަށީގެންވާ ތަންތަނެވެ!

އިސްލާމީ ޝަރީޢަތުގައި ދައުލަތް (5)

ކިޔާފައިވާ ޢަދަދު: 2455
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
(28 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

1.7 ޝަރީޢަތް ތަންފީޛު ކުރުމުގައި ޖަމާޢަތުގެ މަސްއޫލިއްޔަތު

ޝަރީޢަތުގެ ޙުކުމްތައް ތަންފީޛު ކުރުމާއި އެޙުކުމްތަކާއި އެއްގޮތަށް ދައުލަތުގެ ކަންކަން ހިންގުމަށް ޖަމާޢަތް މަސްއޫލުވާންޖެހެއެވެ. މި މަސްއޫލިއްޔަތު އޮތްކަން އެގެނީ ޤުރުއާނުގެ އެތައް އާޔަތަކުންނާއި ތާރީޚީ ގޮތުން ކަންތައް ހިނގާފައިވާ ގޮތަށް ބަލާއިރު ސާބިތުވާ ހެކިތަކުންނެވެ. ޤުރުއާނުގެ މިއާޔަތްތައްވަނީ ޖަމާޢަތާ މުޚާޠަބް ކުރެވިފައެވެ. މިގޮތުން އަންނަނިވި އާޔަތްތަކަށް ނަޒަރު ހިންގައިލާށެވެ.

އަސަރު (5)

ކިޔާފައިވާ ޢަދަދު: 3503
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް، މ. ސިލްވަރކްލައުޑް 
(6 ޑިސެންބަރު 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ސޯފާގައި އޮތްގޮތަށް އޮއްވާ އޭނާއަށް ނިދިއްޖެއެވެ. އަދި ހުވަފެނުގެ ދުނިޔެއަކަށް ހިނގައްޖެއެވެ. އެދުނިޔެއިން އޭނާއަށް ފެންނަމުންދަނީ ކާމިނީ އޭނާގެ އަލަތު އަނތްބަކަށް ވެގެން ދިޔަތަނެވެ.
އެރޭ އޭނާ ކާމިނީ ގޮތައިގެން “ޑީކެފޭ” އަށް ދިޔައެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް….(76)

ކިޔާފައިވާ ޢަދަދު: 1463
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް….(76) 

ހިތާމައިގާ ބައިވެރިވި ކޮންމެ މީހަކަށްވެސް ޝުކުރާއި ހެޔޮއެދުންތަކެވެ.  

___________ސިރިމާވޯ ބަންޑާރަ

އަތްނބަކަށް އުފުލަން ޖެހޭނޭ އެންމެ ފުން އެންމެބޮޑު ހިތާމައިން ފޯވެފައިވާ އަޅުގަޑު، އަޅުގަޑުގެ އަވަހާރަވި އޯގާތެރި ފިރިކަލުންގެ ކުއްލި އަވަހާރަވުމާއި ގުޅިގެން މިރަށުގެ ރަށްވެހިންނާއި، ބޭރު ރަށްރަށުގެ މީހުން ފައުޅުކުރި ހަމްދަރުދީއާއި ތަޢުޒިޔާއާއި މެދު ޢިބާރާތްކޮޅެއް އެކުލަވާލުމަކީ އަޅުގަޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ.

އިންސާނީ ޙައްޤުތައް 365

ކިޔާފައިވާ ޢަދަދު: 2101
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: އަޙްމަދު އަޖުމަލް ޙާމިދު
މިއަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރެވޭ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. އ.ދ. ގެ ޢާއްމު ޖަލްސާއިން 10 ޑިސެމްބަރ އިންސާނީ ޙައްޤުތަކުގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ނިންމާފައިވަނީ 1950 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ދުނިޔޭގެ ހުރިހާ އަހުލުވެރިންނާއި ޤައުމުތައް އިންސާނީ ޙައްޤުތަކާގުޅޭގޮތުން މަސައްކަތްކުރަންޖެހޭ އަމާޒަކީ އަދި ހާޞިލްކުރަންޖެހޭ ޢާއްމު މިންގަނޑަކީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުކަން ދުނިޔޭގެ އަހުލުވެރިންގެ ސަމާލުކަމަށް ގެނައުމެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުން – އިންސާނީ ވާޖިބެއް (1)

ކިޔާފައިވާ ޢަދަދު: 2495
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙުސައިން ޢާމިރު
10 ޑިސެމްބަރ 1948 ން ފެށިގެން ތާރީޚު ގުނާނަމަ މިއަދަށް ބަރާބަރު 66 (ފަސްދޮޅަސް ހައެއް) އަހަރު ފުރޭނެއެވެ. މިދެންނެވި ތާރީޚަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭ އެންމެ މުހިއްމު އެކަށައެޅުން ކަމުގައި ބެލެވޭ  “ބައިނަލް އަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރު” ފާސްކުރެވުނު ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހު 10 ވަނަ ދުވަސް (މިއަދު) ދުނިޔޭގެ ފެންވަރުގައި އަދި ރާއްޖޭގައިވެސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ގޮތުގައެވެ.