ނެޕޯލިއަން ބޮނަޕާޓް އަރުވައިލެވުނު އެކަހެރި ޖަޒީރާގައި ދިވެހިން!

ކިޔާފައިވާ ޢަދަދު: 4051
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
“1735ގެ މާޗް މަހުގެ 17 ވަނަ ދުވަހު (އިނގިރޭސި ނައު “އެޗް އެމް އެސް ސާރ ފްރޭންސިސް ޑްރޭކް” ގެ) ކެޕްޓަން ޕެލީ، އެއްގަމާއި 840 ކިލޯމީޓަރު ދުރުން ކަނޑުމަތީގައި ބެހިގެން ދިޔަ، ގައިގެ ހަންކަޅު 10 ދިވެހިން އޭނާގެ ނައުކޮޅަށް ނެންގެވިއެވެ. ނެންގެވި އިރުވެސް މި ދިހަ މީހުންގެ ހާލު ވަރަށް ދެރައެވެ! އޮޑިމަތީގައި މީގެ ތެރެއިން 3 ދިވެހިން މަރުވިއެވެ. 5 ފިރިހެނުންނާއި އަންހެނަކާއި ކުޑަ ކުއްޖަކު މި ރަށަށް ( ސެއިންޓް ހެލީނާ އަށް) ގެނެވުނެވެ”
އިސްވެ ތިޔަ ވިދާޅުވި އިބާރާތް ކޮޅު ލިޔެވިފައި އޮތީ، ދެކުނު އެޓްލާންޓިކް ކަނޑުގެ އެންމެ އެކަހެރި ޖަޒީރާ ‘ ސެއިންޓް ހެލީނާގެ ވެރިރަށް ޖޭމްސްޓައުންގެ އަރުޝީފުގައެވެ! މިވާހަކަ އަޅުގަނޑުމެނާއި ހަމައަށް ތިލަ ކޮށްދެއްވީ ޖޯން ޓައިރެލް ކިޔާ ލިޔުންތެރިއެކެވެ!

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަސް

ކިޔާފައިވާ ޢަދަދު: 4633
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިއްޔެއަކީ އެ ދުވަހެވެ. ގިނަ މީޑިއަމްތަކުން އިވުނު ގޮތުގައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހެވެ. ޚަބަރުތަކުން މި އަޑު އިވުމުން އަޅުގަނޑަށް ވެސް ކުޑަ ހުއްޓުމެއް އައެވެ. މި އުޅެނީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވަންތޯ، ނުވަތަ އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލާން މަސައްކަތްކުރަންތޯ ސުވާލު އުފެދުނެވެ.

އަޅުގަނޑުގެ ވިސްނުން ކޮށީކަމަށް ވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންވެ މި ނަމާ މެދު އަންހެން ބޭފުޅުންގެ ޚިޔާލު ވެސް ބަލައިލީމެވެ. ގިނަ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އެ ބޭފުޅުންނަށް ރަނގަޅީ “އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ”އޭ ލިޔުމަށް ވުރެ “އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށޭ” ލިޔުނިއްޔާއެވެ. އަޅުގަނޑުގެ ސުވާލަށް ޖަވާބުދެއްވި ބޭބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

ކަންފަތް ކަހާން ވެގެން ދޯންޔަކުން ގެނައި ކުކުޅު ފައިތަކެއް

ކިޔާފައިވާ ޢަދަދު: 5099
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުގެ ރައްޓެއްގެ ފޯނަށް އައި ކުރު މެސެޖެކެވެ. އެސްއެމްއެހެކެވެ. މާލެ އަށް 10 ކުކުޅުފައި ފޮނުވައިދިނުން އެދި އެވެ. އަދި އެ ފައިތައް ފޮނުވާ ދޯންޔެއްގެ ނަމާއި، އަންނާނެ ކަމަށް ލަފާކުރެވޭ ތާރީޚު ވެސް އަންގައިދިނުން އެދިފައި އޮތެވެ.
އެސްއެމް އެސް އެއީ އަޅުގަނޑުމެން (ޢާއްމު ގޮތެއްގައި) ލެޓިން އަކުރުން ލިޔެއުޅޭ އެއްޗަކަށް ވާތީ ދޯންޔެއްގެ ނަން ބުނާށޭ ލިޔެފައި އޮތީމާ އެ ވާނީ ދޯންޏެއް ލިޔަން އުޅެގެން ލިޔެވުނު އެއްޗެއް ކަން ރަޙުމަތްތެރިޔާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވި އެވެ. ނަމަވެސް ރަޙުމަތްތެރިޔާއަށް ނުވިސްނުނީ، މާލެއަށް ރާއްޖޭގެ އެހެން ރަށަކުން ކުކުޅުފައިތަކެއް ގެންނަން ޖެހުނު ސަބަބެވެ. މާލޭގައި މާ ގިނައިން ކުކުޅުފައި ވިއްކަން ހުންނާތީ އެވެ.

އެބޯލާ ވައިރަސް (2)

ކިޔާފައިވާ ޢަދަދު: 2559
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

ޙުސައިން ޢާމިރު

(21 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ބަލިހުރިކަން އެނގޭނީ ކިހިނެއް؟

އެބޯލާ ވައިރަހަށް މީހާ ހުށަހެޅޭ ވަގުތުން ފެށިގެން އެބަލި ހުރިކަމުގެ އަލާމާތްތައް ފާޅުވާން، ދެ ދުވަހާއި އެކާވީސް ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާފާނެއެވެ.

އެބޯލާ ޖެހުމުން ފުރަތަމަކޮޅު ފާޅުވާ އަލާމާތްތަކުގެ ތެރޭގައި:

ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގެ އުފާވެރި ހަނދާން ތަކުގެ ތެރެއިން…..

ކިޔާފައިވާ ޢަދަދު: 4401
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގައި އަޅުގަނޑުމެން، ” ލިޔުންތެރީންގެ ގުޅުމުގެ” ފަރާތުންވެސް ބައިވެރިވެ ފޮތް ވިއްކީމެވެ. ބައެއް މޭޒު މޭޒުގައި ވިއްކީ ވަކި ލިޔުންތެރިއެއްގެ އަމިއްލަފުޅު ލިޔުއްވުންތަކެވެ. އަނެއްބައި މޭޒުމޭޒުގައި ވަކި ޗާޕު ޚާނާއެއްގެ މަސައްކަތެވެ. ނުވަތަ ވަކި އޮފީހެއްގެ ފަރާތުން ފޮތް ހިލޭ ބެހުމާއި ވިއްކުމެވެ. އަޅުގަނޑުމެން އެންމެ ގިނައިން ވިއްކީ، ” ލިޔުންތެރިޔާ ” އާއި ” ޅެންވެރިޔާ” ގެ އަދަދު ތަކާއި،  ތަފާތު ލިޔުންތެރިންގެ ފޮތްފޮތެވެ. ސަމާސާއަކަށް އަޅުގަނޑުމެން ކީ، ‘މިއީ ލިޔުންތެރިން ގުޅުވައިދޭ މޭޒެވެ. ވީމާ ކޮންމެ ބޭފުޅަކު އެދިވަޑައިގަތަސް އެބޭފުޅެއްގެ ފޮތް އަޅުގަނޑުމެން ވިއްކައިދޭނަމެވެ!”

ނަސޭހަތެއް

ކިޔާފައިވާ ޢަދަދު: 2726
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2014)
 
ނަމުރޫދުގެ ދަރުފުނި ހިތުގައި ރޯ ނުކުރާށޭ! 
        ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ! 
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
  ޢުޘްމާނުގެ މާތް އަތްތިލައިން ގޮސް އެ ނަގާށޭ! 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (30)

ކިޔާފައިވާ ޢަދަދު: 1918
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޝަރީފް ، ހ. ފިލިގަސްދޮށުގެ
(25 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކައިވެނި ކޮށް ދިނުމަށް ޙާޞިރު ވެ ހުރި ފަދިރީ އަކީ މުސްކުޅިއެކެވެ. އޭނާ އެދެމީހުންނަށް ހިނިތުން ވެލަމުން އަންނަނިވި ޢިބާރާތް ފެށިއެވެ.
“ލޯބިވެރިންނޭވެ. އަހަރެމެން މިތަނަށް އެއްވެ މިތިބީ………”
މިސްޓަރ މުއަރ ޕެނެލޯޕް އެއް ފިޔަވަޅު ފަހަތަށް ޖެހިލައިފިއެވެ.  ބްރައިޑްސް  މެއިޑް  ޕެނެލޯޕްގެ އަތުގައި މިހާރު އެއޮތީ ބްރައިނީގެ މާބޮޑިއެވެ. އެ މާބޮޑި ހަދާފައި ވަނީ ފުން ރަތް ކުލައިގެ ފިނިފެންމަލުންނެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް (3)

ކިޔާފައިވާ ޢަދަދު: 2766
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
(14 ނޮވެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)
 
7. ދައުލަތަކީ ކޮބާ؟
މިޒަމާނުގެ ޤާނޫނީ އިޞްތިލާޙުތައް ބުނާގޮތުގައި ދައުލަތަކީ، ވަކިނިޒާމެއް ޤަބޫލުކުރާ ފަރުދުންތަކެއްގެ މައްޗަށް އެކުލެވިގެންވާ، ޖިއޮގްރަފީގޮތުން ވަކި އިންތަކެއް  ކަނޑައެޅިފައިވާ، ވެރިކަމުގެ ބާރުލިބިފައިވާ، ޖަމާޢަތެއްގެ މައްޗަށް އެކުލެވޭ މަޢުނަވީ ޝަޚުޞިއްޔަތެކެވެ. މިހެންކަމަށްވާނަމަ ދައުލަތެއްގައިހުންނަ ބައިތަކުގައި:-
1. ފަރުދުންތަކެއް އެކުލެވޭ ޖަމާޢަތެއް
2. ވަކިޚާއްޞަ ނިޒާމަކަށް ތަބާވުން
3. ޖިއޮގްރަފީގޮތުން ވަކި އިންތަކެއް ކަނޑައެޅިފައިވުން
4. ވެރިކަމެއްގެ ބާރުއޮތުން
5. އެއަށް ޚާއްޞަ މަޢުނަވީ ޝަޙުޞިއްޔަތެއްވުން ހިމެނެއެވެ.
 

“އަޅުގަނޑަށް އިސްލާމްދީނަށް ދަޢުވަތުދެއްވީ އަރަހުށި މާތްﷲއެވެ.”

ކިޔާފައިވާ ޢަދަދު: 1992
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“އަޅުގަނޑަށް އިސްލާމްދީނަށް ދަޢުވަތުދެއްވީ އަރަހުށި މާތްﷲއެވެ.”

 __ ޢަބްދުލްވަލިއްޔު ގޯމިޒު

ޢަބްދުﷲ ފާރޫޤު ޙަސަން
އަޅުގަނޑު އިސްލާމްވުމަކީ ވަރަށްގިނަ ރަޙްމަތްތެރީންނާއި ތިމާގެމީހުން ޙައިރާންވާންޖެހުނު ކަމެކެވެ. އަދި ކީއްތޯއެވެ؟ އެމީހުންނަށް ޔަޤީންކުރަންވެސް އުނދަގޫވިކަމެކެވެ. އަޅުގަނޑުކަހަލަ މީހަކު އިސްލާމްވެދާނެބާވައެވެ؟

އެބޯލާ ވައިރަސް (1)

ކިޔާފައިވާ ޢަދަދު: 2372
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު
 
އެބޯލާ އަކީ ކޮންއެއްޗެއް؟
 
ތިޔަ ހީކުރެއްވި ފަދައިން އެބޯލާއަކީ ވައިރަހެކެވެ. އޭގެ ސަބަބުން އެޖެހޭމީހާ އިންތިހާއަށް ބަލިވާ އަދި ބައެއްފަހަރު މަރާ ކުރިމަތިލާންޖެހޭ ނުރައްކާތެރި ވައިރަހެކެވެ. މި ދުވަސްވަރު ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދޭ ޚަބަރުތަކުން އެނގެނީ މިބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ އެފްރިކާ ގައުމުތަކުގައިކަމެވެ. ޚާއްޞަކޮށް ހުޅަނގު އެފްރިކާގައެވެ.