ފިރިހެނުންނާއި ފިރިހެން ކުދީންނަށްޓަކައި އެކުގައި މަސައްކަތްކުރުން.

ކިޔާފައިވާ ޢަދަދު: 4626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބައިނަލްއަޤުވާމީ ފިރިހެނުންގެ ދުވަހުގެ ޝީޢާރު

ފިރިހެނުންނާއި ފިރިހެން ކުދީންނަށްޓަކައި އެކުގައި މަސައްކަތްކުރުން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ސުރުޚީގައި އެ ވަނީ މިއަހަރުން ފެށިގެން 2015 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ޝިޢާރު (Working Together for Men and Boys) ގެ ލަފުޒީ ތަރުޖަމާއެކެވެ. މިއަދު ދުނިޔޭގައި ފާހަގަކުރާ ބައިނުލްއަޤުވާމީ ފިރިހެނުންގެ ދުވަހުގެ ޚާއްޞަ ވެބްސައިޓުން ކަނޑައަޅައިފައިވާ ޝިޢާރެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
 
މިއަދުގެ އެ ޝިޢާރު ކަނޑައަޅައިފައިވަނީ ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށް އަމާޒުކޮށްގެންކަން ކަށަވަރެވެ. މަޤުޞަދުތަކެއް ޙާޞިލުކުރުމަށް އަމާޒު ހިފައިގެންކަން ޔަޤީނެވެ. ވީމާ، އަންހެނުންނަށް ޙައްޤުތަކެއް ވާފަދައިން ހަމަ އެ މިންވަރަށް ފިރިހެނުންނާއި ފިރިހެން ކުދީންނަށް ވެސް ޙައްޤުތަކެއް ވާކަން ޤަބޫލުކުރާންޖެހެއެވެ.

ޢަލީ

ކިޔާފައިވާ ޢަދަދު: 2061
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް 
އަޅުގަނޑު މިހާރު މިވަނީ ވަރުބަލި ވެފައެވެ. ހައިހޫނުކަން ފިލައިދާ ގޮތެއްނުވެއެވެ. އަބަދުވެސް ހުންނަނީ ބޮލުގައި ރިއްސައިފައެވެ. ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ.  މިއީ ކުރިން ދިމާވި ކަމެއް ނޫނެވެ. ކުޑައިރުކޮޅަކު ބަލިމީހާގެ މޫނަށް ބައްލަވަން ޑޮކްޓަރު އިންނަވާފައި ވިދާޅުވީ “ތިކަމަކީ އާންމުކޮށް މިހާރު ޢަލީއަށް ދިމާވާކަމެއްނު، އެހެނަސް މިފަހަރު ވެސް ޓެސްޓް ހަދާލަންވާނެ”
  

އަސަރު (3)

ކިޔާފައިވާ ޢަދަދު: 3612
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިންދިރާއާއެކު ކާމިނީ ރާޖް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ އެސްފިޔަތައް ވަރަށް އަވަސް އަވަހަށް ޙަރަކާތް ކުރަމުން ދިޔައެވެ. “މިއީ ރާޖް ބާބޫއެވެ……” އިންދިރާ ތަޢާރަފް ކޮށްދިނެވެ. އަދި ޕްރިތިވީއާއި ދިމާއަށް ބަލާލާފައި ބުންޏެވެ. “އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. މިހާރު އަހަރުމެން މިތިބެނީ އޭނާގެ ގެއެއްގައެވެ……”

ދުނިޔޭގެ ދިރިއުޅުމަށް ނަޒަރެއް…!

ކިޔާފައިވާ ޢަދަދު: 2318
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ 
 
ދުނިޔޭގެވަގުތީ ދިރިއުޅުން ވިރެމުން އެދާ އުއްބައްތިހެން
              ހުލިވާނެކަން  ނިމިދާނެކަން  ތެދެކޭދަނީ  ސާބިތުވެގެން 
އުމުރުން ދުވަސްތައް ފާއިތުވެގޮސް އުމުރުވެސްހުސްވާނެކަން       
              ހުރިހާހިނދެއްގައި ލޯމަތިން މިދަނީ ޔަޤީން ކަށަވަރުވެގެން  

އަސަރު (2)

ކިޔާފައިވާ ޢަދަދު: 3719
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(13 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިހާރު އޭނާ މިހިރީ މިދެންނެވި އިންދިރާގެ ކައިވަންޏަށްޓަކައި އެހެން މީހެއްގެ ބާރާތު ގޮވައިގެން އައިހެވެ. އެހެން މީހަކީ އޭނާގެ އަންމެ ގާތް ރަޙްމަތްތެރިޔާ ޕްރިތިވީއެވެ. ޕްރިތިވީ އޭނާގެ ކައިވެނީގެ ހުރިހާކަމެއް އޮގަނައިޒްކޮށް ހިންގުމާ ޙަވާލުކުރީ ރާޖްއާއެވެ. އެހެންކަމުން އޭނާ މިކަންތައް ކުރީއެވެ. އަދި ކައިވެންޏަށްޓަކައި އައްސާލެވޭ ޚާއްޞަ ސާލު އޭނާގެ އަމިއްލަ އަތުން ޕްރިތިވީގެ ބޮލުގައި އައްސާލަ ދިނީއެވެ.
 

ދުވާލު ހަތަރުދަމު އަވަދިނެތި ތެޅިފޮޅެންޖެހޭ ބަލި!

ކިޔާފައިވާ ޢަދަދު: 4143
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: Dr. Omid Safi   
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ޕްރޮފެސަރ ޢުމީދު ސާފި (Professor Omid Safi)  އަކީ، އެމެރިކާގެ ޑިޔުކް ޔުނިވާރސިޓީގެ “އިސްލާންދީން ދިރާސާ ކުރާ މަރުކަޒުގެ” އިސްވެރިޔާއެވެ. ކިޔަވައިދެއްވުމުގެ އިތުރުން އިސްލާން ދީނާއި، ކީރިތި ރަސޫލާގެ ސީރަތާއި ބެހޭ ގޮތުން މީޑިޔާގައި ލިޔުއްވުމާއި ވާހަކަ ދެއްކެވުމުގައި މިހާރުވެސް އިސްވެ އުޅުއްވައެވެ. ކޮންމެ ހޫނު މޫސުމެއްގައި  ތުރުކީ ވިލާތަށް ސަގާފީ ފަތުރުވެރިކަމުގެ ދަތުރެއް ރާއްވަވައި އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދަވައެވެ.

” ދާދި ފަހުން ވަރަށް ގާތް ރަހުމަތްތެރި އަންހެނަކާ ބައްދަލުވުމުން އޭނާގެ ހާލުއަހުވާލު އަހައިލީމެވެ. ވަރަށް ވަރުބަލިވެފައި ހުރި ރާގަކަށް ބުންޏެވެ. ” މި އުޅެނީ ހާދަަހައި އަވަދި ނެތިއެވެ! ހަމަ އިތުރު އެންމެ މިނެޓެއްވެސް ހުސްކޮށެއް ނެތެވެ. ހާދަހައި ކަންތަކެއް ކުރާން ހުރެއެވެ! ” 
 

އިސްލާމީ ޝަރީޢަތުގައި ދައުލަތް (2)

ކިޔާފައިވާ ޢަދަދު: 2726
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޢާމިރު 
(06 ނޮވެމްބަރ 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާގުޅޭ)

5. ކީރިތި ރަސޫލާ ދައުލަތެއް ބިނާކުރައްވަން ފެއްޓެވުން

ޠަބީޢީގޮތުން އިސްލާމީ ޝަރީޢަތުގައި ދައުލަތެއް ޤާއިމް ކުރުން ލާޒިމް ކުރެއެވެ. އަދި އެކަމަށް އަމުރު ކުރެއެވެ. އެހެން ކަމާއެކު ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ މިދައުލަތް ޤާއިމް ކުރެއްވުމަށްޓަކައި މަސައްކަތް ފެއްޓެވިއެވެ. މިގޮތުން އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅަކީ ޢަޤަބާގައި ދެވަނަ ބައިޢަތު ހިއްޕެވުމެވެ. މިއީ މަދީނާއަށް ހިޖްރައަށްވަޑައިގަތުމުގެ ކުރިން ހިއްޕެވި ބައިޢަތެކެވެ.

އަސަރު (1)

ކިޔާފައިވާ ޢަދަދު: 3814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢައްބާސް އިބްރާހީމް ، މ.ސިލްވަރކްލައުޑް

އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ (ނުވަތަ ތުޅާދޫގޭ ޢައްބާސަކީ ނުވަތަ އެންދެރިމާގޭ ޢައްބާސަކީ) ދިވެހި އަދަބީ ދާއިރާގައި އިތުރު ތަޢާރުފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. އަދީބެކެވެ. ނޫސްވެރިއެކެވެ. ލިޔުންތެރިއެކެވެ. މުތަރުޖިމެކެވެ. މި ދާއިރާގައި އެކި ރޮނގުރޮނގުން ދިގު މުއްދަތެއްގައި ދިވެހި ޤައުމަށް ޚިދުމަތްކުރައްވައިފައިވާ ޚިދުމަތްތެރިއެކެވެ. މި ކަމުގެ އަގު ވަޒަންކުރައްވައި ދިވެހި ސަރުކާރުން ތަފާތު ފެންވަރުގެ ޤައުމީ އިނާމުތައް އެ މަނިކުފާނަށް  ވަނީ ދެއްވައިފައެވެ.

ހިތްވަރު ދެއްވުމުގެ އިނާމު

ކިޔާފައިވާ ޢަދަދު: 1902
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙައްމަދު ޒަކަރިއްޔާ ނައިފަރު 

މިއީ، މިއަހަރުގެ ޖުމްހޫރީ ދުވަހު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް، ޅ.ނައިފަރު، މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ، މީގެ 34 އަހަރު ކުރީން، 1980 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހުގެ “ހަވީރު” ނޫހުގައި ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން އޭނާ ލިޔުއްވާފައިވަނީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ލިބިވަޑައިގަތުމާ ގުޅިގެންނެވެ. 

އިޚުލާޞްތެރި ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 1890
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ލިޔުންތެރީންގެ ގުޅުން

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ “ޢާއިލާ”ގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންނަށް އަދަބިއްޔާތުގެ ދާއިރާގެ އެކި ރޮނގުރޮނގުން އެކި ޚިދުމަތަށް އިނާމުލިބިވަޑައިގެންފައިވާތީ މިދަންނަވާ ބޭފުޅުންނަށް ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ވަރަށް އުފަލާއެކު ނުހަނު އިޚުލާޞްތެރި ތަހުނިޔާއެއް އަރިސްކުރަމެވެ.