ތިމާވެށި ރައްކާތެރިކުރުން މިއީ އެންމެންގެ ޒިންމާއެއް…..!

ކިޔާފައިވާ ޢަދަދު: 3146
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބިޗް ނ.މަނަދޫ
ތިމާވެށި އޭގެ ރައްކާތެރި މަޤާމެއްގައި އަބަދު ބާއްވަން
                 ތިމާދިރިހުރިހިނދެއްގައިވާނެޔޭ އެކަމަށް ނަޒަރު ހިންގަން
ރަށުގެ ގޮނޑުދޮއްތަކާއިރަށުގެ އެތަންމިތަނަށްމެކުނިނާޅާ
                 ރަށުގެ މާހައުލު އެންމެން އެކުވެގެންވީސާފުކޮށް ބާއްވަން 

ސާހިބާ (45)

ކިޔާފައިވާ ޢަދަދު: 3404
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(28 އޮކުޓޫބަރު 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
މީނާހުރީ އެ ވާހަކަތައް އަޑުއަހާށެވެ. އެ މަންޒަރު ބަލާށެވެ. އޭނާ ހުރީ ހިސާބަކަށް ބިރުގެންފައެވެ. ޝަހުދު ފިޔާޒާއަށްޓަކައިވީ ޤުރްބާނީއާއި ތެޅުނު ޙާލު މީނާއަށް އެނގެއެވެ. އެ ފަދަ ގޮތަކަށް ޝަހުދު ކަންތައް ކޮށްފައި އެ ވަނީ، ފިޔާޒާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. އެހެން އެކަން އޮތް އިރު، ފިޔާޒާގެ އެ އާދޭސްތަކުގެ ސަބަބުން ޝަހުދުގެ ހިތުގައި ފިޔާޒާގެ މައްޗަށްވި ދުވަސްވީ ލޯބި ހޭލައިގެންފާނެތީ މީނާ ބިރުގަނެއެވެ.
“އެކަމަކު……..” ޝަހުދު ވާހަކަ ދެއްކިއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާންތަކާއެކު:

ކިޔާފައިވާ ޢަދަދު: 2700
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 

ނޮވެންބަރު ތިނެއްގެ ހަނދާންތަކާއެކު:

ދިވެހި ސިފައިންނާއި ފުލުހުންގެ ޤައުމީ ޚިދުމަތް

އަޙްމަދު އަޖުމަލް ޙާމިދު 
މާލޭގެ ގިނަ ރައްޔިތުންނަށް 3 ނޮވެމްބަރު 1988 ގެ އަލިވިލުނީ ގަދަ އަޑުފަށްގަނޑަކާއެކުއެވެ. ހީކުރެވުނީ އެއީ ކައިރިވަމުން އަންނަ 11 ނޮވެމްބަރު، އާދެ! ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ބައެއް ކަމަށެވެ. ގިނަ މީހުން ބެލީ އެއަޑަށް މާބޮޑު ސަމާލުކަމެއްނުދީ، ހެނދުނުވުމުގެ ކުރިން ކިތަންމެ ކުޑަމިންވަރަކަށްނަމަވެސް ނިދީގެ ފޮނިމީރުކަން އަލުން ޙާޞިލު ކުރެވޭތޯއެވެ. ނަމަވެސް އެފަދަ އަޑުތަކަށް ސަމާލުވެގެން، ނުނިދައި ތިބި ބަޔަކު ތިއްބެވެ. އެއަޑު އިވޭއިރަށް ވަގުތުން އެއީ ކޮންތާކުން، ކިހިނެއް އައި އަޑެއްތޯ ބެލުމަށް ތަޙްޤީޤްވެސް ފެށިމެއެވެ. އަދި މާގިނައިރު ތަކެއްނުވެ ރަށުތެރެއަށް “ސޯޓުބުރިއެއް” ލައިގެންތިބި، ގޮތްނޭނގޭ ބަޔަކު އަރައިގެން އުޅޭކަން ފާހަގަކުރެވުނެވެ. އެއީ ސީދާ ކޮންބައެއްކަން ނޭނގުނު ނަމަވެސް އެއީ ސަހަލު ބައެއްނޫންކަން އެނގި އެމީހުން ދިން ހަމަލާގައި ރައްދު ހަމަލާދޭން އިސާހިތަކު ފެށިއެވެ.
 

އުތުރު ސެންޓީނަލް ޖަޒީރާގައި ދިރިއުޅޭ އަންޒަމާނުކަރައިގެ އެންމެ ބޯހަރު މީހުން!

ކިޔާފައިވާ ޢަދަދު: 4323
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އިންޑިޔާގެ ސަރަހައްދެއް ކަމުގައިވާ އަންޑަމަން އެންޑް ނިކޯބާރަކީ ގާތްގަނޑަކަށް ފަސްސަތޭކަ ބާހަތްތަރި ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ، ދިވެހި ރާއްޖޭގެ ރަށްތައް ކަހަލަ ރީތި، ބިންތިރި ރަށްތަކެކެވެ.  ޖޯގްރަފީ ގޮތުން މިޔަންމާ، ތައިލޭންޑް، މެލޭޝިޔާ ގެ އިތުރުން އިންޑޮނީޝިޔާ އާއި މިރަށްތައް މާކައިރި ނަމަވެސް މިއީ އިންޑިޔާގެ ސަރަހައްދެކެވެ. އިންޑޮނީޝިޔާގެ މައި އެއްރަށް، ސުމާޓްރާގެ އެންމެ އުތުރު ކޮޅުގައިވާ (2004 ގެ ބިންހެލުމާއި ސުނާމީ ފެށުނު ހިސާބު) އަޗޭ ސަރަހައްދުން (ކުރީގެ ބަރުމާ) މިހާރުގެ މިޔަންމާ އަށް ދެވޭ ގޮތަށް މާ ކުރީ ޚިޔާލީ ޒަމާނެއްގައި އަޅާފައިވާ ދިގު މާސިންގާ ޚިޔާލީ ފާލަމެއް ފުނޑުފުނޑުވެ ކަނޑަށް ވެއްޓިފައިވާ ކަމަށް ޚިޔާލު ކޮށްލައްވާށެވެ. މިއީ، އިހުޒަމާނުގެ ނަމުންނަމަ އަންޒަމާނުކަރައެވެ!
 

ރަށްރަށުގެ ނަން (1)

ކިޔާފައިވާ ޢަދަދު: 3663
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން 
ކުރީއްސުރެ ރަށްރަށަށް ކީ ނަން މިއަދު އުވިގެން އެ ދިޔައީޔޭ
             ދަރިންނަށް ނޭނގިތިބެ އަދު އައު ނަމަށް ދޫ ހޭނި ނިމުނިއްޔޭ
 
މި ލަންކަންފިނޮޅަކީ އަދު ޕެރަޑައިސް އައިލެންޑު ނޫންތޯއޭ
             ދުލަށް އަދި ހިތުތެރަށް ކުޑަވެސް ސުވާލެއް ނުވަދެ އެނގުނިއްޔޭ

އާދަމުގެދަރިވަންތަކަން ނިގުޅައިގަތުމަކީ މުޅި ދުނިޔޭގައި، ހުރިހައި ޒަމާނެއްގައި ފެތުރިފައިވާ ކަމެކެވެ! (2 ވަނަބައި)

ކިޔާފައިވާ ޢަދަދު: 4189
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޕްރޮފެސަރ ޑޭވިޑް ލިވިންގްސްޓަން ސްމިތް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(30 އޮކްޓޯބަރ 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ) 
އާދަމުގެ ދަރީންގެ އަގު، އަޅުގަނޑުމެންގެ ހިތުގައި ދެވިފައިވާ މަތިވެރި މަގާމުން މާ ދަށްކޮށް ނިކަމެތި ކުރުމުގައި ހިމެނޭ އެއްކަމަކީ އަޅުގަނޑުމެނަށް ނޭނގި ނަމަވެސް އެކި ޖަނަވާރަށް، އެކި ސޫތްޕަށް އަޅުގަނޑުމެންގެ ވިސްނުމުގައި އެކި ދަރަޖަ ދެވިފައިވާ ކަމެވެ. އެއްޗެއް ވިއްކާލެވޭނެ  މާއްދީ އަގެއް ނޫނެވެ.)  intrinsic value ( އެއެއްޗެއްގެ އަމިއްލަ ޒާތަށް، އަޅުގަނޑުމެން އަޚްލާގީ މިންގަނޑަކުން ނުވަތަ ގަބޫލުކުރާ ގަބޫލު ކުރަމަކަށް ރިއާޔަތް ކޮށްފައި ދެވިފައިވާ ގަދަރަކާއި އިއްޒަތެކެވެ. ނުވަތަ ދެވިފައިވާ އިހާނާތްތެރި ދަށު ދަރަޖައެކެވެ. ( މިސާލަކަށް ކާޅަށް ދެވިފައިވާ ދަރަޖައާއި ( ހުދު) ކޮތަރަށް ގިނަ މީހުންގެ ހިތުގައި ދެވިފައިވަނީ ތަފާތު، މާ ދުރު ދެ ދަރަޖަނޫންތޯއެވެ! ) އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަކީ ވަރަށް އިއްޒަތްތެރި، އަގު އުފުލިގެންވާ ބައެކެވެ. ކުރަތްޕަކީ ވަރަށް ދަށު ދަރަޖައިގެ، އެއްވެސް އަގެއް ނެތް އެއްޗެކެވެ. މިހެންވެ، އަޅުގަނޑުމެން އަޅުގަނޑުމެން ފޫހިވާ މީހުން ނުވަތަ ވަރަށް ބޮޑަށް ރުޅިއަންނަ މީހުންނަށް މި ދޭ ދަރަޖައަކީ ކުރަތްޕަށް އަޅުގަނޑުމެން ދޭ ދަށު ދަރަޖައެވެ! ކުރަތްޕަކީ އަޅުގަނޑުމެން ފައިދަށުގައި ޗިސްޗިސް ކޮށްލާ އެއްޗެކެވެ. ނަަމަވެސް އިންސާނުންނަށް އެފަދަ ނިކަމެތި ކަމެއް ކުރުމަކީ އަޚުލާގީ ގޮތުން ކުރެވޭ އެންމެ ބޮޑު އެއް ކުށެވެ! މީގެ ބަރާބަރު ވިހި އަހަރު ކުރީގައި (އެފްރިކާގެ ރުވާންޑާގެ އެތެރޭގެ ތަޅައިފޮޅުމުގައި 8 ލައްކަ އެއްހައި މީހުން މިހާރު ގަބޫލު ކުރަންވެސް ދަތި، އަނިޔާވެރި ގޮތްގޮތުން މަރުވެގެން ދިޔައެވެ.) ރުވާންޑާގެ ބައިބޯ ހޫޓޫ ގަބީލާގެ މީހުން، ބައިމަދު ޓޫޓްސި ގަބީލާ މީހުންނަށް އެދުވަސްވަރު ކީ ނަމަކީ inyenzi  އެވެ. ރުވާންޑާގެ (މައި ދެ ގަބީލާ މީހުންގެވެސް) ބަހުން ކުރަތްޕެވެ! މިހައި ދަށު ދަރަޖައިގެ ނަމެއް ވަކި ބަޔަކަށް އާންމުކޮށް ކިޔައި، ހަރުކުރުމުން އެމީހުން މަރައި ސުންނާފަތި ކުރަން ހަމަ އެކަނި ހިތަށް ފަސޭހަ ވީއެއް ނޫނެވެ! ޓޫޓްސީން މެރުމަކީ ހޫޓޫން ކުރަން ޖެހޭ ކަމަކަށްވެސް ވެގެން ދިޔައީއެވެ!
 

ރިވެތި އަޚްލާޤް ގެ ވެރީންނާއި އެ ނޫން މީހުންގެ ސިފަތައް

ކިޔާފައިވާ ޢަދަދު: 3415
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޝައްކެއް ނެތެވެ. ދަރިފުޅު މަންމަގެ އުނގުން ތެދުވެ، އަމިއްލަ ދެފައިން ހިނގައިގަންނަ އިރު އޭނާ ލައްވަން ތައްޔާރު ކުރަންވާނީ، ހެޔޮ ލަފާ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަކަން ފެންނަ ފަދަ ރީތި ހެދުމެކެވެ. އެއަށްފަހު، އޭނާގެ ތަޢުލީމު ބިނާވާންވާނީ،އިސްލާމީ ރީތި އަޚްލާޤުގެ ބިންގާ މަތީގައެވެ. އޭނާގެ މުޅި ޙަޔާތުގެ އޮނިގަނޑު ހިފެހެއްޓިފައި ހުންނަންވާނީ، ހަރުދަނާ، ގޮތް ހުރި ތަރްބިއްޔަތުގެ ތަނބުތަކެއްގެ މަތީގައެވެ. އާދޭހެވެ. އެ ގޮތަށް ބޮޑެތިވާ ކުދިން، އެ ކުދިންގެ އެންމެ ފުރަތަމަ ވާޖިބަކަށް ހަދާނީ މައިން ބަފައިންގެ ބަސްއެހުމެވެ. އުމުރުން ދޮށީ މީހުންނަށް ޤަދަރު ކުރުމެވެ. ކިޔެވުމުގެ ބޭނުމެއް ހިފޭނީ އޭރުންނެވެ. ކިތަންމެވަރަކަށް ކިޔަވައި ދިނަސް،ޑިގްރީ މައްޗައް ޑިގްރީ ނަންގުވައި، ސަތޭކަ ޑިގްރީ ހަމަ ކުރުވިޔަސް،އޭނާ ހުރީ ތަރްބަވީ ގޮތުން ފޭލް ވެފައި ކަމަށް ވާނަމަ، އޭނާގެ މުޖްތަމަޢު އޭނާ ބަލައެއް ނުގަންނާނެ އެވެ. އޭނާއަކަށް ދުވަހަކުވެސް ހަރުދަނާ ދިރިއުޅުމެއް ނުލިބޭނެއެވެ.

އޭރުގެ ފަތްފުށްތަކުން…. (96)

ކިޔާފައިވާ ޢަދަދު: 1703
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފަރްޙު ދީބާގެ ޑައިރީންގަޑެއް

احمد حميد فہمی 

 
އަލްފާޟިލް އަޙްމަދު ޙަމީދު ފަހްމީއަކީ، ދިވެހި އަދަބިއްޔާތުގެ ފަންނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ލިޔުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ.  އެމަނިކުފާނު ލިޔުއްވާފައިވާ  ތާރީޚީ ވާހަކައެއްކަމުގައިވާ “ކެޕްޓަން ދޮން ޙަސަން މަނިކުފާނު” ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކުރައްވައިފައެވެ. 
 

އާދަމުގެދަރިވަންތަކަން ނިގުޅައިގަތުމަކީ މުޅި ދުނިޔޭގައި، ހުރިހައި ޒަމާނެއްގައި ފެތުރިފައިވާ ކަމެކެވެ!

ކިޔާފައިވާ ޢަދަދު: 4095
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޕްރޮފެސަރ ޑޭވިޑް ލިވިންގްސްޓަން ސްމިތް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
David Livingstone Smith ޕީ އެޗް ޑީ ފާސް ނެންގެވީ އިނގިރޭސިވިލާތުގައި، ޔުނިވަރސިޓީ އޮފް ލަންޑަން އިންނެވެ. ޕްރޮފެސަރ ޑ ލ ސްމިތަކީ އެމެރިކާގެ އެންމެ އިރު އުތުރު ސްޓޭޓް ‘މެއިން’ ގައި ހުންނަ ޔުނިވަރސިޓީ އޮފް ނިޔު އިންގްލެންޑުގައި ފަލްސަފާ ކިޔަވައިދެއްވާ އުސްތާޒެކެވެ. އަދި މި ޔުނިވަރސިޓީގެ ‘ އިންސާނީ ތޮބީއަތާއި ބެހޭ މަޝްރޫއު ‘ ހިންގަވާ އެންމެ އިސް ވެރިޔާވެސްމެއެވެ. އެންމެ އިސްކަމެއް ދެއްވައިގެން ދިރާސާ ކުރައްވަނީ  (philosophy of psychology  ) ނަފްސާނީ އިލްމުގެ ފަލްސަފާ އާއި ނަފްސާނީ އިލްމުގައި ހިމެނޭ އަޚްލާގީބައެވެ. ވަކިން ޚާއްސަ އަހަންމިއްޔަތެއް ދެއްވާ އެއް ކަމަކީ، އިންސާނާ އަމިއްލަ އަށް މަކަރު ހަދައި އޮޅުވައިލުމާއި، އާދަމުގެ ދަރިން، އެކަކު އަނެކެއްގެ އަގު އިންތިހާއަށް ވައްޓައިލުމާއި ހަނގުރާމައިގެ ފޮރުވިފައިވާ ނަފްސާނީ އިލްމާއި ގުޅުން ހުރި އަނދިރި ފަރާތެވެ. އަނބި ކަނބަލުންނާއި އެކު ދިރިއުޅުއްވަނީ ‘ މެއިން’ އިސްޓޭޓުގެ ވެރިރަށް ޕޯޓްލަންޑުގައެވެ. 

ކީރިތި ޤުރްއާނުގެ ޤިޔާސީ މިސާލުބަސްތަކަށް ބަލައިލުން

ކިޔާފައިވާ ޢަދަދު: 3442
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
ކުރިން ވެސް ދެންނެވި ފަދައިން ކީރިތި ޤުރްއާނުގައި ވާރިދުވެފައިވާ ޤިޔާސީ  مَثَلއަކީ އެއްގޮތްވުމާއި އެއްވައްތަރުވުމުގެ ތެރެއިން ލައިފައި ނުވަތަ ތަމްސީލުކުރުމުގެ ތެރެއިން ލައިފައި މާނައެއް ސާފުކޮށްދިނުމަށް  ނުވަތަ ބަޔާންކޮށްދިނުމަށް ގެނެވޭ ވަޞްފެކެވެ. ނުވަތަ ވާހަކައެކެވެ. ބަލާޣައިގެ ޢިލްމުވެރިން މިއަށް  މުރައްކަބު ތަޝްބީހަ އޭ ނުވަތަ ތަމްސީލު އޭ ވިދާޅުވެއެވެ. މި ބާވަތުގެ މިސާލުގެ ތެރޭގައި ހިމެނޭ މިސާލަކީ މާތްﷲގެ ބަސްފުޅު ”  اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖالْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚوَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ  – اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. “