އެއް ސަފުން ޖާގަ ނުލިބުނަސް!

ކިޔާފައިވާ ޢަދަދު: 2192
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު 
ޢުމަރު ބުން އަލްޚައްޠާބު ގެ ނަންފުޅު އިވުމާއެކު ކޮންމެ މުސްލިމެއްގެ ހިތަށް ވެސް ތަފާތު ހަނދާންތައް އާވެގެން ދާނެއެވެ. ސީރަތުގެ ޞަފުޙާތަކުގައި އެ ބޭކަލަކާ ބެހޭ ގޮތުން އެންމެ ޝައުޤުވެރި ވާހަކަތައް އެކުލެވޭ އެއް ޞަޙާބީއަކީ އެ ކަލޭގެފާނު ކަމަށް ވާތީއެވެ. އެ ކަލޭގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރީގެ ދިރިއުޅުއްވުމެވެ. އިސްލާމްވެވަޑައިގަތުމަށް ފަހު ކީރިތި ރަސޫލު صلى الله عليه وسلم އަށް އަދާކުރެއްވި ކިޔަމަންތެރި ކަމާއި، ޙައްޤު ބަސް ވިދާޅުވުމުގައި ފަސްޖެހިވަޑައި ނުގެންނެވި ކަމެވެ. އަބޫބަކުރުގެ ފާނުގެ ޚިލާފަތުގައި އެކަލޭގެފާނަށް ވަފާތެރިވި މިންވަރާއި ޚިލާފަތާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިސްލާމްދީނަށާއި މުޅި އިންސާނިއްޔަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކެވެ. ސާދާ ދިރިއުޅުއްވުމާއި އަޅުވެރިކަމެވެ. އިމާމުވެ ނަމާދު ކުރައްވަން ހުންނަވަނިކޮށް ވިހަ ޚަންޖަރެއް ހަރާލުމުން، މިޙުރާބު ތެރެއަށް ވެއްޓިވަޑައިގަތް ހަނދާންތަކެވެ.  މިތުރު ޞަޙާބީންގެ އަރިހުން ސީރަތު ޢިލްމުވެރިން ވަނީ ހަމަ ލޮލަށް ފެންނަ މަންޒަރުތަކެއް ފަދައިން އެކަންކަން ސިފަކޮށްދެއްވައިފައެވެ. 
 

މޫސުމަށް އަންނަމުންދާ ބަދަލުގެ ސަބަބުން އަޑިޔަށްދާ ޤައުމުޤައުމުގެ ކަނޑުގެ ސަރަޙައްދަކީ ކޮން ބައެއް ގެ ޙައްޤެއް ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 4776
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ބޮސްޓަން ގްލޯބުން: ލިޔުއްވީ Latif Nasser
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
މޫސުމަށް އަންނަމުންދާ ހަލުވި ބަދަލެއްގެ ސަބަބުން ކަނޑުތައް އުފުލެން ފެށައިފާނެ ކަމުގެ ބިރުވެރި ވާހަކަތަކަކީ އަޅުގަނޑުމެން އެންމެން ކަންބޮޑުވާ އެއްކަމެވެ. އަދި މި އުފުލުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމު ގައުމަށް ލިބިދާނެ ފޫ ނުބެއްދޭ ވަރުގެ ބޮޑެތި ތަފާތު ގެއްލުމަށް ޓަކައެވެ.

ސާހިބާ (43)

ކިޔާފައިވާ ޢަދަދު: 3814
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(19 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އޭނާއަށް ބޭވަފާތެރިވެ، ނަހަމަ ގޮތުގައި ބަލިވެއިން ގޮތްކުޑަ އަންހެން މީހާއަކީ ތީ…..ފިޔާޒާ!” މޭޒުގައި ބާރަށް ޖަހައިލުމަށްފަހު، ފިޔާޒާއާ ދިމާއަށް އިނގިލި ދިއްކުރަމުން ފަހުމީ ބުންޏެވެ. ފަހުމީއަށް މިހާރު ހުރިހާ އެއްޗެއް އެނގިއްޖެކަން ފިޔާޒާއަށް ޔަޤީންވެއްޖެއެވެ. ފަހުމީގެ ކުރިމަތީގައި އޭނާ ބޭޒާރުވެއްޖެއެވެ.
 
އޭނާގެ ހުރިހާ ކަމެއް ފަޅައިއަރައިފިއެވެ. ފިޔާޒާ ފަހުމީއާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ފަހުމީގެ ރަތް ދެލޮލާއި މޫނު ފެނުމުން އޭނާ ބިރުގަތެވެ. ފަސޭހަ ގޮތަކަށް އެ ތަނުން ނުކުމެގެން އަވަހަށް ދެވޭނެނަމައޭ، ފިޔާޒާގެ ހިތަށް އަރަމުން ދިޔައެވެ. ފަހުމީ ހިނގައިފައި އައިސް ފިޔާޒާ ގާތަށް ހުއްޓުނެވެ.
 

މާކަނޑުތައް ހުރަސްކޮށް އުދުހޭ ހޭނަކަތު ދޫނިތައް

ކިޔާފައިވާ ޢަދަދު: 5160
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިންޑިއާގެ މައިސޯރުގައި ޗާލްސް އެނޑަރސަން ދެއްވި ދަރުސެއް

އަޙްމަދް ސަމީރު ޢަލީ

“އަޅުގަނޑަކީ ފާއިތުވި ސައްބީހަކަށް އަހަރު، ވަޒަނަކީ ދިވެހިރާއްޖެ ކަމުގައި ބަލައިގެން އުޅެމުން އަންނަ އިނގިރޭސިއަކީމެވެ. ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހި ރާއްޖެއަކީ މި އިންޑިޔާގެ ހުޅަނގު ދެކުނުގައިވާ ކުދި ރަށްތަކަކުން ގެތިފައިވާ އަތޮޅުތަކެކެވެ. އަޅުގަނޑު ވަޒަންވެރިވެ ދިރިއުޅޭ މާލެއަކީ ވެރިރަށެވެ. ހަގީގަތުގައި މިތާ، މައިސޯރުގައި މިހެން ތިބޭއިރު ނިއު ޑެލްހީއަށްވުރެ އަޅުގަނޑުމެން ދިވެހި ރާއްޖެއާއި މާ ކައިރިވާނެއެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(74)

ކިޔާފައިވާ ޢަދަދު: 1913
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަނެއްކާވެސް މުޅިން އައު މިސްކިތެއް ބިނާކުރައްވަނީ!

ހަދީބީ މިސްކިތްވެސް……..!

މޫންލައިޓަށް ޚަބަރު ލިބިފައިވާ ގޮތުގައި، ދަންނަ މުޙަންމަދު ރަސްގެފާނު މިސްކިތާއި، ހެންވޭރު ބަންޑާރަ މިސްކިތް ނެންގެވުމަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. އެގިފައިވާ ގޮތުގައި މިހާރު ހަމަޖެހިފައިވަނީ، އެ ދެމިސްކިތް އުވާލެއްވުމަށެވެ. އަދި ހަދީބީ މިސްކިތް ކުރެއްވެން އޮތް އެންމެ ބޮޑެއް ކުރައްވާފައި ރަނގަޅަށް ހެއްދެވުމަށެވެ. ކުރިން މިދެންނެވި ދެމިސްކިތް އުވާލައްވަން ނިންމެވި ސަބަބެއްކަމަށް އެގިފައިވަނީ އެއް ހިސާބު ގަނޑެއްގައި، މިސްކިތްތައް މާގިނަވުމުން އެކަމުން އެއްވެސް ބޭނުމެއްނެތި އެތައް ކަމަކާއި އެތައް ޚަރަދެއް ހިނގާކަމެވެ. ހ.ބަންޑާރަ މިސްކިތާއި ދަންނަ މުޙަންމަދު ރަސްގެފާނު މިސްކިތަށް ބަލާއިރު، އެހިސާބު ގަނޑުގައި މީހުން އުޅޭ ގޭގެ ވަރަށް މަދެވެ. އަދި ކައިރީގައި، ހުކުރު މިސްކިތާއި، މާދުރުނޫން ހިސާބެއްގައި، ދާދިފަހުން ބިނާކުރެއްވި އިބްރާހީމް އިސްކަންދަރު (ބްލޫހެވަން ކައިރީގައި) އެބަހުއްޓެވެ.

ކީރިތި ޤުރްއާނުގެ މިސާލުބަސް

ކިޔާފައިވާ ޢަދަދު: 3612
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ

މާތްﷲ ކީރިތި ޤުރްއާނުގައި  ވަރަށް ގިނަ މިސާލުތައް ޖައްސަވައިފައިވެއެވެ. އެއިން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. މީސްތަކުންގެ ހިތްތަކަށް އެ ބަސްފުޅުތައް ވައްދަވައިދެއްވުމަށްޓަކައެވެ. އެއިން އަސަރު ފޯރުއްވުމަށްޓަކައެވެ. މިސާލުތައް ޖެއްސެވުމުގެ ބޭނުން ބަޔާންކޮށްދެއްވަމުން އަރަހުށި މަތްﷲ ވަޙީ ކުރައްވަނީ :

އޭރުގެ ފަތްފުށްތަކުން…. (94)

ކިޔާފައިވާ ޢަދަދު: 1336
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ދުންފަތުގެ إِسْتِعمَالُ

الأمير موسى محمد ديدى

އަލްއަމީރު މޫސާ މުޙައްމަދު ދީދީ (ނުވަތަ އަންނަބީލް މޫސާ މުޙައްމަދު ދީދީ) – ރަޙިމަހުﷲ- އަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ލިސްޓްގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އެމަނިކުފާނެވެ. އެއީ އަތުން ލިޔެގެން “ހުޅެވިހަނދު” ގެ ނަމުގައި މަހަކު އެއްފަހަރު ނެރުއްވި މަޖައްލާ އެކެވެ. އޭގެ ފަހުން “ނަޔާޚިޔާލު” ކިޔާ މަޖައްލާއެއްވެސް ނެރުއްވިއެވެ. “އަލްއިޞްލާޙް”، “އައްރަފީޤު” ފަދަ މަޖައްލާތަކަށް އެމަނިކުފާނު ވަނީ ލިޔުއްވައިފައެވެ. 
 
އެމަނިކުފާނު އަދާކުރައްވާފައިވާ މުހިންމު މަޤާމުތަކުގެތެރޭގައި ވަޒީރުލް މަޢާރިފުގެ ނާއިބުކަމާއި މަދްރަސަތުލް މަޖީދިއްޔާގެ ނާޒިރުކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހިމެނެއެވެ. އެމަނިކުފާނަކީ، އުރުދޫ ބަހާއި އިނގިރޭސި ބަސް ދެނެވަޑައިގަނެއެވެ. 
 

އަހަރެންގެ ލޯބިވާ ވަތަން

ކިޔާފައިވާ ޢަދަދު: 2377
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް
‘އައިމެރޭ ޕިޔާރީ ވަތަން’ (އަހަރެންގެ ލޯބިވާ ވަތަނާއެވެ!) އަކީ ފިލްމް ‘ކާބުލިވާލޭ’ (1961) ގެ ލަވައެކެވެ. ގިނަ ނާގިދުންގެ ނަޒަރުގައި މިލަވަޔަކީ  ވަތަނީ ލޯބީގެ މައުޟޫއުގެމައްޗަށް ލިޔެވިފައިވާ އެންމެރީތި ހިންދީ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.

ފެނަކައިގެ ލަވަ

ކިޔާފައިވާ ޢަދަދު: 3266
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ވަޒަން: ޤައުމަށް އައި މިނިވަން ނޫރާނީ..

ޢަބްދުއްރަޝީދު ޙުސައިން
ކުރެވޭ އުއްމީދު ތަކާ  މެދުގައި  އިތުބާރު ޔަގީނުން  ވެސް  ލިބުނީ
       ކުރި ވަޢުދެއް މާގިނަ ދުވަހެއްނުވެ،   ފުދުމުން މި ޙަޤީޤަތް ހާމަ ވަނީ

ގިނަ ބަޔަކަށް ހަމަޖެހުމެއް ލިބިގެން، ރަށުގައިހުރި ޚިދްމަތް ރަނގަޅުވެގެން
       ފެނަކައިގެ މަސައްކަތް  އަގުކުރަމުން ހުރިހައި އަތޮޅެއް ހިނިތުން ވެލަނީ

މިހިރީ، ޤުދުރަތުން ކަންހިންމަވާ ގޮތެވެ.

ކިޔާފައިވާ ޢަދަދު: 2371
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
އަލްމަރުޙޫމް ހޯޑިން އާދަމް ކަލޭފާނަކީ ގަލޮޅު އަވަށު މުދިމެކެވެ. ނަކަތްތެރި ބޭސްފަންޑިތަ ދެނެލައްވާ ދީންވެރި  އެދުރު ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ޝަޚުޞިއްޔަތެކެވެ. ކޮންމެކޮންމެ މީހަކަށް އޭނާގެ ކުރިމައްޗަށް އަރައި ބޭނުން ކޮންމެ އެއްޗެއް ބުނަން ކެރޭވަރަށްވުރެ ހަރުދަނާ ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ރަޙުމަތްތެރިއެކެވެ. މުހުތާދު ޖެހިގެން ދާމީހުންގެ މުހުތާދުތައް ފުއްދައިދެއްވި ދަރުމަވެރިއެކެވެ. މިއަދު ދުނިޔޭގައި ހޯޑިން އާދަމް ކަލޭފާނުގެ ކާފަދަރިންނާއި މުނިކާފަދަރިން އެބަތިއްބެވިއެވެ.