އެންމެ އަވަދިނެތި އުޅޭ މީހުން ފޮތް ކިޔާނެ ވަގުތު ހޯދާ ގޮތް

ކިޔާފައިވާ ޢަދަދު: 4680
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: ލޯރާ ވެންޑަރކަމް
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

ރަސްމީ ތައުލީމު ނިމުނު ފަހުން، ފޮތެއް ކިޔައިލާނެ ވަގުތު ނުލިބޭކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ވަޒީފާއަށް ދަމުން، ކާވެނިކޮށް ދަރިން ލިބި،  ގޭތެރޭގައި ކުރަން ހުންނަ ތަފާތު ކަންތައް ކުރަމުން ފޮތްކިޔުން، ބައެއް މީހުންނަށް ވަނީ އަރާމަކަށް، އުފަލަކަށް ނޫނެވެ. އުޅެން ޖެހޭލެއް އަވަދިނެތިކަމުން، ފޮތް ކިޔުމަކީ އިތުރު ތަކުލީފަކަށް، އިތުރު ބުރައަކަށްވެސް ވެއްޖެއެވެ! ތިރީގައި، އަންނަނިވި ފޮޅުވަތްތަކުގައި ގެނެސް ދެވޭތޯ މި ބަލަނީ ކިޔައިލާ ހިތްވާ ފޮތްތައް ކިޔާނެ ވަގުތު ހޯދިދާނެ ތަފާތު ގޮތްތަކެކެވެ!

ހަމައެކަނި ވިދާޅުވެލެއްވުމަށް….(72)

ކިޔާފައިވާ ޢަދަދު: 1800
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރައްޔިތުންގެ މަޖްލިސްގެ ޚާއްޞަ ޖަލްސާއެއް

މިދިޔަ އަންގާރަ ދުވަހު ހަވީރު 4 ޖެހިއިރު، رعيّة ންގެ مجلسގެ خاصّ جلسة އެއް، ابراهيمّية ގައި އޮތެވެ. جلسة އަކީ وزيرالأعظم، އެއްކުރެއްވި جلسة އެކެވެ. ބޭނުންފުޅަކީ وزارةالصحّة ގެ ބަޖެޓްއަށް ފައިސާ އިތުރުކުރުމަށް އެ وزارة އިން އެދިވަޑައިގަންނަވައިގެން އެ مسألة ހުށަހެޅުއްވުމެވެ.

ސާހިބާ (36)

ކިޔާފައިވާ ޢަދަދު: 3523
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(5 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޝަހުދު ވަރަށް ބިރުންހުރެ، ގުދުވެ ފާޚާނާގެ ތަޅުވަޅުން އެތެރެ ބަލައިލިއެވެ. އެވަގުތު އޭނާގެ ފައިދޮށުން ބިންގަނޑު ދެމިގަތެވެ. ދުނިޔޭގެ ހަތަރު ފާރުގެ ތެރޭގައި އޭނާ ފިއްތައިލި ކަހަލައެވެ. އޭނާގެ ފައި ތުރުތުރުއަޅައިގަތެވެ. ހަށިގަނޑު ބާރު ދޫވާން އުޅުނެވެ.

އޭރުގެ ފަތްފުށްތަކުން…. (93)

ކިޔާފައިވާ ޢަދަދު: 1782
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖޭ.އާރ.ޖަޔަވަރްދަނާ

ލަންކާގެ އަގުހުރި ބަޠަލު އަދި ބޮޑުވަޒީރު

عبد اللّه حميد


އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. 1954 ހައިތަނުން ފެށިގެން އެމަނިކުފާނުގެ ލިޔުއްވުންތައް ވަނީ ފެންނަން ފަށައިފައެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ނޫސް، މަޖައްލާތަކުގެތެރޭގައި “ސަރުކާރުގެ ޚަބަރު” “ވިޔަފާރިމިއަދު” “ނާރެސް” “އަމާޒު” “ހަވީރު” އަދި މިނޫންވެސް ރާއްޖޭގައި ނުކުމެފައިވާ ތަފާތު ނޫސް މަޖައްލާތަކުން އެމަނިކުފާނުގެ ލިޔުއްވުންތައް ފެންނަމުން ގޮސްފައި ވެއެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (11)

ކިޔާފައިވާ ޢަދަދު: 5329
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
{jcomments on}
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(4 އޮކްޓޯބަރ 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ގިނަ މީހުން އަންދާޒާ ކުރާނެހެން، މިސްކިތުގެ މަތިވަޑާން ބަހައްޓާފައި ހުރީ ހަމަ ސީދާ ތަނބުތަކުގެ މަތީގައެއް ނޫނެވެ. ހިރިގަލުގެ ކޮންމެ ތަނބެއްގެ މަތީގައި ފަންނީގޮތަކަށް ލިޔެފައި ހުރި، ތިރީބަޔާއި ގުޅޭ ވަރުގެ ކުޑަ ތަންކޮޅެއް ހިމަ، ލަކުޑި ބައެއް ގުޅުވައި މަތި ވަޑާންގަނޑު ބަހައްޓާފައިވަނީ މި ލަކުޑި ބައިގެ މަތީގައެވެ. ފުރާޅު ފަރުމާކޮށްފައިވަނީ ދެ ފުރާޅަށް ކަތި ކޮށްފައެއް ނޫނެވެ. ހަތަރެސްކަނަށް، ރީތި ބައްޓަމަކަށެވެ.

ކުދިވާހަކަ (60)

ކިޔާފައިވާ ޢަދަދު: 3857
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (60)

ފެންނަ ގޮތް ތަފާތުވުން

ޢައްބާސް އިބްރާހީމް

ކަފައިގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު އެކުވެރިންގެ ވާހަކަ އެކެވެ. ކަފަ ބަންޑެލިތައް ރައްކާކޮށްފައި ބެހެއްޓުމަށް އެ މީހުން ގުދަނެއް ހޯދައިފިއެވެ. އެ ކަފައިގައި ހުންނަ އޮށްތައް ކާން ވެގެން އެ ގުދަނުގައި މީދާ އުޅެން ފެށީ ދާދި އަވަހަށެވެ. އެހެންކަމުން މީދާތައް ބިރުގެންނެވުމުގެ ގޮތުން އެ ގުދަނުގައި ބުޅަލެއް ގެންގުޅެން އެ މީހުން ނިންމައިފިއެވެ.

އިސްކޫލު ތަކުގައި އޯގާވެރިކަން ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 5435
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުދައްރިސް އެޑަމް ޝާރމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މީގެ ތިން އަހަރު ކުރިން، އަޅުގަނޑު ގާތުގައި އަޅުގަނޑު ކިޔަވައިދޭ ދަރިވަރުންގެ ކިބައިން ހިތްހެޔޮ ކަމާއި އޯގާވެރިކަން  އާންމު ގޮތެއްގައި ފެންނަ މިންވަރާއި މެދު ތިބާ ސުވާލު ކުރެއްވި ނަމަ، އަޅުގަނޑު ދެންނެވީހީ ” ހަމަ ވަރަށް ރަނގަޅެވެ! އަޅުގަނޑު އެދެނީވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އަދި މުދައްރިސުންނަށް ވެސް އޯގާވެރިކަމާއި އިހުތިރާމާއި އެކު ކަންތައް ކުރުމެވެ.”

ސާހިބާ (35)

ކިޔާފައިވާ ޢަދަދު: 3626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
3 އޮކްޓޯބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނިދާގަޑި ޖެހިއްޖެއެވެ. ފިޔާޒާއާ އެއް އެނދުގައި ނިދަން ޝަހުދަށް އުނދަގޫވިއެވެ. ޝަހުދު ހީކުރީ އެވަގުތަކީ ފިޔާޒާ އިންތިޒާރު ކުރާނޭ ވަގުތެއް ކަމަށެވެ. އެހެން ނަމަވެސް، ފިޔާޒާވެސް ޝަހުދާ މާ ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. ޝަހުދުވެސް ފިޔާޒާއާ ގާތްވާކަށް ނޫޅެއެވެ. ޝަހުދަށް ނިދާކަށް، މާ ފަސޭހައެއް ނުވިއެވެ. ފަތިސްވަންދެން އޭނާ ހޭލާ އޮތެވެ. ނިދާކަމަށް ހަދައިގެން އޮތަސް، ފިޔާޒާވެސް އޮތީ ނިދާފައި ނޫންކަން ޝަހުދަށް އެނގެއެވެ.

އަޟުޙާ ޢީދުގެ ތަހްނިޔާ

ކިޔާފައިވާ ޢަދަދު: 3027
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ޢީދު އަޟުޙާ އައުމާ އެކީގައި މީދަންނަވާ ހެޔޮހިތުން ތަހްނިޔާ
       ރީތި ފަރިހައި މަލުން ހެން ގަތާލައި، ހެޔޮބަސްތަކުން ދަންނަވާ ތަހްނިޔާ

އެންމެހެނދުނާ ނަލަކަންމަތީގައި އެންމެންއެކީގައި ޖަމާޢަތްހަދައި
       ދެން ސަލާމުން  އަތްތައް ގުޅާލައި  ހިނިތުންވެތިބެ ދަންނަވާ ތަހްނިޔާ

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (10)

ކިޔާފައިވާ ޢަދަދު: 5217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(1 އޮކްޓޯބަރ 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އެނބުރި މާލެއަށް އައުން:
ގަޑިން ބަރާބަރު ފަހެއް ޖެހުމުން ހުރާގެ ހިތްހެޔޮ، މެހެމާނުންނަށް އެންމެހައި ދީލަތި، ލޮބުވެތި ރައްޔިތުންނަށް އަލްވަދާޢު ކިޔައި މާލެދާން ފުރަން ޖެހިއްޖެއެވެ. މިފަހަރު އަޅުގަނޑުމެން އެންމެ ފުރަތަމަ ފާލާމުން ފޭބީ ކުޑަ ބޮއްކުރައަކަށެވެ. މި ބޮއްކުރާ އަރިއަޅައިލުން ހުއްޓުވުމުގެ ގޮތުން ވަރުގަދަ ހަތަރު ފިރިހެނުން، މޫދަށް އެރި، ކަކޫތާފެނުގައި ތިބެގެން އަޅުގަނޑުމެން ތިބި ބޮއްކުރާ މަޑުމަޑުން ކޮއްޕާފައި، ލާންޗުދޮށަށް ގެންގޮސް އަޅުގަނޑުމެން އެންމެން ލާންޗަށް އަރައި ނިމެންދެން ބޮއްކުރާ ސާބިތުކަންމަތީ އޮބަހައްޓައިދިނެވެ. ދެން ލާންޗު ދުއްވާ މީހާ، ވަރަށް ކުޅަދާނަ ކަމާއި ކެތްތެރިކަމާއި އެކު ފަޅުތެރޭގައިވާ ގާގަލުގައި ނުޖެހޭ ގޮތަށް، ދިރުނބާކޮޅުގައި ހުރި މީހެއްގެވެސް އެހީ އާއި އެކު، މަޑު ފެހި ކުލައިގެ ހިސާބުން ގަދަ ނޫކުލަ ފެށޭ ފުން ހިސާބަށް ލާންޗު ނެރެ ފުރިހަމަ ދުވެލީގައި މާލެއަށް މިސްރާބު ހިފައިފިއެވެ. ހުރައިން ފުރައިގެން އެނބުރި މާލެ އައި ދަތުރުގައި ފެނުނު މަންޒަރުތައް ކުރީދަތުރުހައި ފުރިހަމައެވެ.